ކޮވިޑް-19 އަށް ފައްސިވާ މީހުންނަށް ފަރުވާ ދިނުމަށް ށ.ފުނަދޫގައި ހަދާފައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަހަކަށް އައިސް އެޑްމިޓް ކުރި އެއްވެސް ބަލި މީހަކަށް ސަރުކާރުން ކާންނުދިން މައްސަލައެއް ފެންމަތިވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުނަދޫ ފެސިލިޓީގައި އެންމެ ފަހުން އެޑްމިޓް ކުރި ތިން މީހުންނަށް ސަރުކާރުން ކެއުމާއި ބުއިމެއް ނުދެއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުން އެންމެ ފަހުން އެޑްމިޓް ކުރި ތިން މީހުންނަށް ވެސް ދައުލަތުގެ ފަރާތުން ކާން ނުދިނުމުން ކާއެއްޗެހި ގެންގޮސްފައި ވަނީ އަމިއްލަ ގޮތުންނާއި ށ.އަތޮޅު ހޮސްޕިޓަލް މުވައްޒަފުންގެ ފަރާތުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ބަލި މީހުންނަށް ކެއުން ހަމަޖެއްސުމަށް ހޮސްޕިޓަލްގެ މުވައްޒަފުން ވެސް ވަނީ އަމިއްލަ ޖީބުން އެތައް ހާސް ރުފިޔާއެއް ހަރަދުކޮށްފައެވެ.

ސަރުކާރުން ބަލި މީހުންނަށް ކެއުން ފޯރުކޮށްދިނުން ހުއްޓާލީ ބަލި މީހުންނަށް ކެއުމުގެ ހިދުމަތް ދެވެން ނެތްކަން ފުނަދޫގެ ރެސްޓޯރެންޓްތަކުން އެންގުމުންނެވެ. ރެސްޓޯރެންޓްތަކުން އެގޮތައް އެންގީ މިދިޔަ އަހަރު ފެސިލިޓީގައި އެޑްމިޓް ކުރި ބަލި މީހުންނަށް ކާން ދިނުމަށްފަހު ކުރި ބިލްތަކަށް ސަރުކާރުން އަދިވެސް އެއްވެސް ފައިސާއެއް ދައްކާފައި ނުވުމުންނެވެ.

ކޮވިޑް ފެސިލިޓީގައި އެޑްމިޓް ކުރި ބަލި މީހުންނަށް ކާން ދިނުމުގެ ހިދުމަތް ދިން ރެސްޓޯރެންޓަކުން ވަނީ އެމީހުން ދިން ހިދުމަތައް އަދިވެސް ފައިސާ ނުލިބޭކަން "ވަގުތު" އަށް ކަށަވަރު ކޮށްދީފައެވެ.

ރެސްޓޯރެންޓްގެ އޮފިޝަލަކު ވިދާޅުވީ ފައިސާ ނުލިބޭތީ ކޮވިޑް ބަލި މީހުންގެ ކެއުން ބުއިމުގެ ކަންކަން ހަމަޖައްސަވައި ދެވެން ނެތްކަމަށެވެ. "ކިހިނެއްތޯ ހިލޭސާބަހަށް މިކަން ކުރާނީ. މިދިޔަ އަހަރުގެ ބިލްތަކަށް ވެސް މިއަހަރުގެ ބިލްތަކަށް ވެސް އަދި ފައިސާއެއް ނުލިބޭ." އޭނާ ވިދާޅުވިއެވެ.

ފުނަދޫ ކޮވިޑް ފެސިލިޓީގައި މިވަގުތު ބަލި މީހަކު އެޑްމިޓް ކޮށްފައެއް ނެތެވެ. އެންމެފަހުން އެތަނުގައި އެޑްމިޓް ކޮށްފައި އޮތް ބަލި މީހާ ރޭގެ ވަގުތެއްގައި ވަނީ ދޫކޮށްލާފައެވެ.

މިކަމާއި ގުޅިގެން ސަރުކާރުގެ ބަހެއް ހޯދަން ކުރި މަސައްކަތް އަދި ކާމިޔާބެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ހުސޭނުބޭ

    ތިކަމަށް ޚަރަދުކުރަން ހުރި ފައިސާ ސަރުކާރުގެ ބޮޑުން ބަނޑުއަޅާލީމާ ނުލިބޭނެ ދޯ!

    67
    2
  2. ކަޅުކައްޅަ

    މުޅިންވެސް ސަކުވާ މިސަރުކާރުގަ ހުންގުންތެރިއަކުނެތް ފައިސާހުރީތީ ތަޅާބާލަނީ ހިކުމަތުގެ އަމަލުން ކުރަންއިންގޭ އެއްކަމެއްވެސް ނެތް އިންގޭހާވެސްކަމަކީ ދޮގުހެދުމާ އޮޅުައިލުން މުޅިގައުމުމިވަނީ އިގުތިސާދު އިންދަޖެހިފަ

    58
    1
  3. މާމިގިލީ މީހާ

    ދައުލަތުގެ ލާރި ގަނޑު ހިފައިގެން އަލީ ވަހީދު، ވަނދު ކަރާ، އެހެރީ ފިލާ ރައްކާވެފަ. މިކަލޭގެ ހައްޔަރު ކޮއް މި ލާރި ހޯދާންޖެހޭ.

    42
    7
  4. ރިފް

    ހޮސްޕިޓަލްގެ އިދާރީ މުވައްޒިފުންގެ ޖީބުން ޚަރަދުކުރީ.. އެކަމު ނަންވާނީ ނަރުހުން

    36
    37
    • އައްޑޫ ޝަކުވާ ބޯޓު

      ޒާތީ ޥާއެއްޗެއް ނޫން.
      ކޮން މެ ބަޔަކު ކުރިޔަސް އެއޮތީ އިންސާނީއްޔަަތު ކަ މަށްޓަކައި ކޮށްފައި. އެހެންނޫނަސް ލިޔު މުގައި އެއޮތީ "ހޮސްޕިޓަލުގެ މުވައްޒަފުންނޭ". ތިހެންވެއްޖެއްޔާ ކީއްވެ ޑޮކްޓަރުން ""ނަން ނުވާންވީ؟"" ސޮރީ އެއްވެސް ޢޮއްޓަރެއް ހުރި ކޮ މެންޓެއް ނޫން.!
      މިކަ މުންވެސް މި އެނގެނީ، ޥެރިކަ މަގައި ތިބި ގޭންގަކީ އިންސާނިއްޔަތުކަ މެއް، އަދި ރައްޔިތުންގެ އެެއްވެސް އިހްސާސެއް އެނގޭ ބައެއް ނޫން ކަން .

      6
      1
    • ޏނނ

      މިތާކު ނެތް ނަރުހުންނޭ ބުނެފައެއް. ނަރުހުން ދެކެ ރުޅި އަޔަސް ތިދެން ބޮޑުވަރު😡

      7
      1
  5. ކިޔުންތެރިއެއް

    ކޮބާ ކޮވިޑަށް ސަރުކާރުން ކުރާ ޙަރަދޭ ކިޔާ ކުރަމުންދާ ވައްކަމަށް ކިތައް ބިލިޔަންތަ މިހާރުއެރީ.

    53
    1
  6. ޏނނނނ

    އަސްލުވެސް މީ ހަގީގަތް ، އިދާރީ މުވައްޒަފުން ހޯހޯ ބުނީ

    35
    26
    • އައްޑޫ ޝަކުވާ ބޯޓު

      ހޮސްޕިޓަލު ކުނިކާ މީހުނާ، އިދާރީ މިހުނާ ނަރުހުންގެ ޒާތީ ޑްރާމާ އެނގޭކަށް ބޭނުމެއް ނޫން.
      މިއީ ސަރުކާރު އިހްމާލުވީކަމެއް. ދެޓްސް ނޫސްވެރިޔާގެވެސް ކިޔުންތެރިންގެ ވެސް ކޮންސާރން އަކީ.
      މިތާ ކޮމެންޓް ކޮށްފައި އިން "ރިފް" އާ ތިބޭފުޅާ ރިކުއެސްޓް ކުރަންޥީނު ތި ޑްޜާމާގަނޑަށް ވަކި ހަބަރެއް ލިޔަން. ލޮލް.
      މި ހޮސްޕިޓާތަކުގައި އުޅޭ މީހުން ވަރަށް ޑްރާމާ ބޮޑު ވާނެ. ޢެކުވެރިކާމާއެކު އެންމެން މަސައްކަތް ކުރެވޭތޯބަލާބަލަ. ތި ދެން ކޮން ކަމެއް ؟

      3
      1
  7. ޓ

    ކކކކކހކެރަފާ ނަސީމް އަ ކީ ލޮނުޒިޔާރަތް ޕާ ކު ހެދިއިރުވެސް
    ޢެވަރަށް ފައިސާ ކައްޅަން ކުރި މިހެއް...ނަސީމް އިސްތިއުފާ

  8. ޢިއްތިހާދު

    ވައުދުވީ ބަދަލްދޭން ލޯނުނެގީވެސް ތަންތަންވިއްކާލަނީވެސް ވަކިވައްތަރެއް ގެމުދާތަކުން އަގުބޮޑުކުރީވެސް ބަދަލްދޭން ފުލެޓްތައްވެސް ބަހަލީ ބަދަލްދޭން މުޅިދައުލަތުގެ މަގާމުތައްވެސް ދެނީބަދަލްދޭން ވަކިބަޔަކައްމަން ފާހޯދަދިނުމެއްނޫންމިއީ ރައީސްވެރިކަމެއްކޮއްލާ ހިތުންފުއްދާނުލެވޭވަރުގެ ވަދުތައްވީމަ ނިކަމެތިރައްޔިތުންހަނާވަނީ އިތުރު 5 އަހަރުގެ ދައުރެއްދީފިނަމަ ވައުދުތައްފުއްދަން ނޭގިތިއްބާ ވިއްކާލާނެ ނިދާއެނދުވެސް ފަތިސްގަޑީގަ 3 އަހަރުވީއިރު އަދިމިއެގުނީ ތިމާގެ ކެބިނެޓްގަ ހުރިވަރުވެސް 5 އަހަރުވާއިރުދެންއެގޭނީ ސޭފްތަކުގަހުރީލައްޑޫއާ ގުލާބުޖާމުދިއަކަން.

  9. ރަދީފް ހުސެން

    ޖަހާނެ ސަކަރާތެއް ޖަހާނިމުނީނަ ކޭސް އިތުރު. ކެވުނުވަރު އަދިވެސް މަދުވެގެން ކޭސްތަކުގެ ނަންބަރު އިތުރުކޮއް ފެސިލިޓިތަކާ ރިސޯޓުތަކަށާ ގެސްޓްހައުސްތައް އަދަދު ކިޔާލާފަ ލާރިތައް އެކިގޮތްގޮތައް ކައްވާލާ. ހިދުމަތެއް ނުދެވުނަސް މިފަހަރުވެސް މީހަކު ނެތަސް ކޮޓަރިއަކައް 6 ކަމީހުންޖަހާފަ ލާރިނަގާތި. ނުވިތާކައް ދަރުބާރުގެއައް ގަންނަ ހަކުރުކިލޯއެއް މިފަހަރުވާނެ 25ރ ޖައްސަން

  10. ޖުމައިނާ

    އެކަމަކު ޓީވީ އަރާ އަނގަ އައްޕަތިރޮނޑެއްހެން ހަދައިގެން ބުނާނެ ކޮވިޑް ފެސިލިޓީގައިތިބި ބަލިމީހުން މިތެކެއް މިލިއަން ރުފިޔާ ދައުލަތުން ޚަރަދު ކޮށްފިޔޭ.ދޭތެރެޔަކުން ބުނާނެ އިންކަމް ސަޕޯޓް އެލަވަންސް ގޮތުގަ މިތަކެއް މިލިއަން ދީފީމޯ..ކޮބާތޯ ލިބުނު މީހުންނަކީ؟ޕާޓީ ކުދިންކޮޅަކަށް ނުދޭ ވާހަކައެއްނުން.ދޫކުރިކަމަށް އެބުނާ އަދަދުގެ 0.1 ޕަސަންޓްވެސް ޕާޓީ ނޫން ބަޔަކަށް ނުދޭނެ.އަދި އެއަދަދުގެ 05 ޕަސެންޓްވެސް ނޯންނާނެ ބަޔަކަށް ދީމަ.މުޅިންވެސް އޮޅުވާލުމާއި މަކަރާއި ހީލަތް.

  11. ނީމް

    😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  12. ސޯލިހުބޭ

    އެެންވީމާ ސަރުކާރުން ކެއުން ނުދިނީ ތިޔަ 3މީހުނަށް އެކަންޏެއްނޫނެއްނު؟ ތިޔަތަނުގައި މީގެކުރިން ތިބި އެއްވެސް މީހަކަށް ސަރުކާރުން ކާންދީފައެއްނެތް. ރެސްޓޯރެންޓްތަކުން ކާންދިނީ. ސަރުކާރުން ފައިސާ ދޭނެކަމަށްބުނެ އޮޅުވާލައިގެން ތިޔަވަނީ ބޮޑު ޖަރީމާއެއް ހިންގާފާ. މިވަރުންވެސް މިހިރަ ކިނބޫޖާހިލު ލަދެއްނުގަނޭދޯ ރައްޔިތުންގެ ވެރިއަކަށް ހުންނާކަށް. ހަފަރާތުން އިވެމުން މިދަނީ މިސަރުކާރުގެ ވައްކަމާ މަކަރާ އޮޅުވާލުމުގެ ވާހަކަ. އެމްޑީޕީގެ އެކްޓިވިސްޓުންނަށް މަގާމުގެ ކުރިއެރުންދީ މުސާރަ ބޮޑުކުރާވާހަކަ. ނިކަމެތިރައްޔިތުމީހާ ސަލާންޖަހަން ގޮނޑުހޮވަން މަގުމަތީގައި.

  13. ޙާސިންޖީ

    ސަރުކާރުގެ ދެކޮޅު ނުޖެހޭ ސިޔާސަތު މީ ފުރަތަމަ މާލޭ ބޭފުޅުން ރޯގާ ހެނ ހީވިއަސް ރިސޯޓްތަކަށްލާ ބޮޑެތި ބޮޑެތި އަދަދުތަކުން ހަރަދުކޮށްލީ މިއަދު ރާއްޖެތެރެއަށް މި ބަލިއާއިރު ހަރަދެއްކޮށްލާނެ އެންމެ ފައިސާ ފޮއްޗެއްވެސްނެތް މިއަދު ޕޮޒްޓިވް މީހުން އެތިބެނީ ބޮޑްރިސްކެއް ނަގާ އެމީހާގެބއާއިލާ ކާރީގައި ބަލީގެ ހިތާމަޔާ ދެންބެދާނެ ގޮތެއްގެ ހިތާމައިގައި ރާއްޖެތެރެ ވީމާ ސަރުކާރެއް ބައިތުލްމާލެއްނެއް