މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 508 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދަކީ މިހާތަނަށް ރާއްޖެ އިން އެންމެ ގިނަ އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.

މިއަދު މާލެ އިން 276 މީހުން އަދި އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 185 މީހުން ފައްސިވިއެވެ. އޭގެ އިތުރުން ރިސޯޓްތަކުން 12 މީހުން، އިންޑަސްޓްރިއަލް ރަށްތަކުން 32 މީހުން އަދި ސަފާރީއަކުން ތިން މީހުން މިއަދު ފައްސިވިއެވެ.

ރާއްޖޭގައި މިހާރު ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު 5594 އަށް އަރައެވެ. ކޮވިޑް ބަލި މީހުންގެ އަދަދު އިތުރުވަމުން އަންނަވަރަކަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ވެސް އަންނަނީ ގިނަ ވަމުންނެވެ. މިހާރު 172 މީހުންނަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން މިއަދު ވަނީ ކޮވިޑް ނެތް ރަށްރަށުން ވެސް އެހެން ރަށްރަށަށް ދަތުރު ކުރުން އަންނަ އަންގާރަ ދުވަހުން ފެށިގެން މަނާ ކޮށްފައެވެ. އަންގާރަ ދުވަހުން ފެށިގެން އެއްރަށުން އަނެއް ރަށަށް ދަތުރު ކުރެވޭނީ ހަމައެކަނި ޒަރޫރީ ބޭނުންތަކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޢިއްބެ

    ބޮޑުވަޒީރު ބޭނުނއފުޅުވިގޮތަށް ކަން ކަން މިދަނީ. ޙުރިހާ ތުރާލެއް ރައްޔިތުންނަށް.

    14
  2. އަބްސީ

    އިދިކޮޅުން އެއްވުން ގިނަކުރި ވަރަކަށް ކޮވިޑް ގިނަވާނެ، ދެން ލޮކްޑައުން އަށް ދާން ރެޑީވަނީ - ވޯޓަށް ގައުމު ހުޅުވާލީ ރައްޔިތުންނަށް ވާނެގޮތެއްވާން

    12
  3. ކިޔުންތެރިޔާ

    އަޅެ މިވަރުން ދާއިރުވެސް ސަރުކާރު މަޑުން އޮތީ މަ ހައިރާންވޭ. ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާ އަބަދު ލޮކްޑައުން ކޮށްފަ ބޭއްވުމަކީ ދަތި ވާނެ ކަ މެއް ކަން ގަބޫލުކުރަން. އެކަ މަކު ދެ އަހަރު ބައިގެ ތުއްތު ކުިދިންވެސް ސުކޫލަށް ވެސް އެބަ ފޮނުވަން ޖޭހޭ. ހަ މަ އެކަނި މާސްކަށް ޑިޕެންޑް ވެގެން ތިބެގެން ބޮޑު ހިތާ މައެއް ކުރަންޖެހިދާނެ. މިހާރުވެސް 😭

    14
  4. ހިތާމަ

    ހެޔޮނުވާނެ މިކަމަށް އަވަސް ފިޔަވަޅެއް އެޅުން ވަރަށް މުހިންމު އެންމެ ގާތުގަ އޮތް އިންޑިއާއަށް ވާގޮތްވެސް އެބަފެނޭ.. އިންޝާﷲ ރާއްޖެ އެފަދަ ހާލަތަކަށް ނުދިއުން އެދެނީ....
    ސަރުކާރުގެ ޒިންމާ އާއި ފަރުދީ ޒިންމާ ނެންގެވުން އެދި އާދޭސް ކުރަން..

  5. ބޭޓާ

    ޑރ ޝީނާ އާއި ޑރ އަލީ ލަތީފް މިހާރު ކޮބައިތޯ؟ ޢެބަޖެހޭ މަޑުން ނުތިއްބަވާ އެއްޗެކޭ ވިދާޅުވާން! މިކޮވިޑްގެ ހާލަތާއި ދޭތެރެ! މިގައުމު ބޮލުރޮދި ކެޑި ފައިތިބި ބައެއްގެ އަތްމައްޗަށް މިއޮތީ ގޮސްފައި!