އެގްރިމެންޓްތައް އުވާލުމާއި ގުޅިގެން ސަރުކާރުން ބަދަލު ދެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވެފައިވާ އިންސާފު ހޯދައި ދިނުމުގެ ވައުދު ފުއްދަން ކަމަށް ރައީސް އޮފީހުން މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓް އަލްއުސްތާޛު އަޙްމަދު ޢަބްދުﷲ ޢަފީފް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ކޯޓުގެ ތިން މަރުހަލާ ނުނިމުނަސް ބަދަލު ދިނުން ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ކޯޓަށް ވެސް ނުގޮސް ގެއްލުމުގެ ބަދަލު ދިނުން ކަމަށެވެ.

އަޙްމަދު ޢަބްދުﷲ ޢަފީފް ވިދާޅުވީ އެންމެ ފުރަތަމަ ވެސް ސަރުކާރުން މަސައްކަތް ކުރީ މިބާވަތުގެ މައްސަލަތައް ކޯޓަށް ހުށަހެޅިފައި ހުރިއިރު ކަނޑައެޅިގެން ދައުލަތުން އެއްބަސްވުން ބާތިލް ކޮށްފައި އޮތީ އެއްބަސްވުމާއި ހިލާފަށްކަން އެނގޭ މައްސަލަތަކުގައި ދައުލަތް ދިފާއު ކުރުމުގެ ބަދަލުގައި އެކަމަށް އެއްބަސްވެ ކޯޓުގެ މަރުހަލާގެ ތެރޭގައި ދެފަރާތް އެއްބަސްވާ ގޮތަކަށް މައްސަލަ ނިންމުމަށް ކަމަށެވެ.

"ސަރުކާރުން އަބަދުވެސް ބަދަލުދޭނެ. މިއީ އަޅުގަނޑުމެން ހުއްޓާލާނެ ކަމެއް ނޫން." އަޙްމަދު ޢަބްދުﷲ ޢަފީފް ވިދާޅުވިއެވެ.

އަޙްމަދު ޢަބްދުﷲ ޢަފީފް ވިދާޅުވީ ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެންނެވިއިރު އެމަނިކުފާނުގެ އެންމެ މުހިއްމު ވައުދަކީ އިންސާފު ގާއިމު ކޮށްދިނުމުގެ ވައުދު ކަމަށެވެ. "އޭގެތެރޭގައި ހިމެނެނީ ހަމައެކަނި ކޯޓުތަކަށް ގެންނަ ބަދަލުތަކުގެ ވާހަކައެއް ނޫން. ނުހައްގުން ޖަލަށް ލާފައި ތިބި މީހުންނަށް އިންސާފު ހޯދައި ދިނުމުގެ ވާހަކައެއް ވެސް ނޫން. މީގެތެރޭގެ އެންމެ މުހިއްމު އެއްކަމަކީ ދައުލަތުން އެކިއެކި ފަރާތްތަކާއިއެކު ވެފައިވާ އެއްބަސްވުންތައް ގާނޫނާއި ހިލާފަށް އަދި އެއެއްބަސްވުމަކާއި ވެސް ހިލާފަށް ބާތިލް ކޮށްފައި އޮންނަ ހާލަތުގައި އެމީސް މީހުންނަށް ލިބޭ ގެއްލުމުގެ ބަދަލު." އަޙްމަދު ޢަބްދުﷲ ޢަފީފް ވިދާޅުވިއެވެ.

އަޙްމަދު ޢަބްދުﷲ ޢަފީފް ވިދާޅުވީ ކޯޓުން ބޭރުގައި މައްސަލަތައް ހައްލުކުރުމަށް ކޮމެޓީއެއް އުފައްދައިގެން މަސައްކަތް ކުރަން ސަރުކާރުން ނިންމީ ތިން މަރުހަލާ ނިމިގެން ދާއިރު ގިނަ ވަގުތުތަކެއް ހޭދަވާނެތީ ކަމަށެވެ. ކޯޓުތަކުގެ ތިން މަރުހަލާ ނުނިމެނީސް ގެއްލުމުގެ ބަދަލު ނަގައި ނުދޭން މަޖިލީހުގެ ބައެއް މެންބަރުން އެކަން ފާހަގަ ކުރި ނަމަވެސް ސަރުކާރުގެ ވިސްނުމަކީ އިންސާފު ލިބެން ޖެހޭނީ ތިން މަރުހަލާގެ ކޯޓުތަކުން ނިމުމުން ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

39 ކޮމެންޓް

  1. ޙ

    އިންސާނީ ވައުދު ފުއަދަން ޖެހެނީ ތިމާމެންގެ މަސްލަހަތު އޮތް އެއްބަޔަކަށްތޯ. ރައްޔިތުންގެ ފައިސާއިން ނަގާދޭއިރު އެހެން ރައްޔިތުންގެ ހައްގު ކޮބާތޯ. ތިގަންނަ ގަނޑު އެނގޭ. ހަމަރައްޔިތުންގެލާރި ކަނީ ކޯޓްތަކަށް ނުފޫޫޫ ހިންގަިގެން ދެޅިޔަނުންވެގެން .

    95
  2. ދީދީ

    ވައްކަން ކުރުމުގެ ނިޔަތެއް ނެތް ...އިންސާފު ހޯދައި ދިނުމުގެ ވައުދު ފުއްދަން ބަދަލު ދެނީ .... ސަހަރޯ ހީވޭ

    92
  3. ސަން

    ހަމަވަގުތުން ސަރުކާރު އިސްތިއުފާދީ. ދައުލަތުގެ ނުވަތަ ރައްޔިތުންގެ ފައިސާއެއް ތި ގޮތަކަށް ނު ބެހޭނެ. ތިހިންގަނީ ބޮޑުވެގެންވާ ޖަރީމާއެއް. ވޯޓުން ޖަވާބު ދޭނަން.

    97
    1
  4. ހަސީ

    އިބްރާއަކީ އަހްމަދު އަބްދުއްލާ އަފީފްގެ ޅިޔަނު. އެހެންވީމާ ކޯޓްތަކަށްނުގޮސްވެސް ފައިސާދޭން ހުއްނާނީ ތައްޔާރަށްތާ. ލަދުކޮބާ

    93
  5. ފޯވަހި

    މިއީ އަޅުގަނޑުމެން ހުއްޓާލާނެ ކަމެއް ނޫނޯ؟؟؟ކީކޭ ދެން ބުނާނީ ކޯޓްތަކުގަ ތިބީ ވެސް ކަލޭމެން....ސަރުކާރުން އަބަދުވެސް ބަދަލުދޭނެ ޔޯ؟؟؟/

    77
  6. ކިޔުންތެރިއެއް

    ސަޅިއެއްނު. ރައްޔިތުންގެ ރުފީޔާތައް ބަހާލާ ހުސްކޮށް ލަނީނު. ރައްޔިތުން ތިބޭ ބަލަހައްޓާގެން ބޭނުންވި ދެފުއްފެއްނަ އިންސާފުވެރި ސަރުކާރު މިއޮތީ ގެނެވިފަ. އިންސާފު އޮތީ ގާތްރައްޓެހިންނާ ، ޕާޓީކުދިން އަދި އާއިލާމީހުންނަސް އެކަނި.

    83
    1
  7. ސަމް

    ތީ އިންސާފު ހޯދައިދެނީކީ ނޫން. ތީ ރައްޔިތުންގެ ފައިސާ އިން ވައްކަން ކުރަނީ. އިންސާފު ހޯދޭނީ ކޯޓުން ކުރާ ޙުކުމުން. ޤާނޫނު އަސާސީގައި އިންސާފު ޤާއިމު ކުރަން ވަކި ގޮތްތަކެއް އޮއްވާ އޭގެ ބޭރުން އިންސާފޭ ކިޔައިގެން ކުރާ ކަންކަމީ ޢައިރު ޤާނޫނީ ކަންކަން. ސޯލިހުގެ ގަމާރު ކަމުގެ އެޑްވާންޓޭޖް ބަޔަކު ނަގަމުންދާތަން މިފެންނަނީ ނުވަތަ ސޯލިހު ވެސް ތީގައި އެވަނީ ބައިވެރިވެފައި.

    72
  8. ލުޑް

    ތީ ޖޯކެއްތަ.!!!!!!! މިހާރު ތި މޮޔަ ގޮވަން ފެށީ.

    69
  9. ބައްޗާ

    ތިބަހާނަގަނީ ރައްޔިތުން ބުރަމަސައްކަތުން ހޯދި ފައިސާ ފާޅުގައި، އަގަޔާ އަތާ ދިމާނުވެގެން އުޅޭއިރު ތިއީތޯ ހެޔޮ ވެރިކަމަކީ!އޯގާތެރި ސާލިހު ވެރިކަމެއްގެ ސިފަ ޗާލޭ!

    66
  10. ާައަހުމަދު

    އެމްއެމްޕީރސީ މައްސަލަ ބަލާކަށް ވައުދެއް ނުވޭތޯ. ހަމައެކަނި ވައުދުވީ ވަކިއާއިލާ އަކަށް އިންސާފު ހޯދާދެންތޯ؟

    14
  11. ލީނޯ

    ދީބާޖާއަށް ބަދަލު ނުދިނީ އިންސާފުގެ ވައުދު ފުއްދަން؟

    12
  12. ދުންތަރި

    ލިޔަނަށް ފަހަރިންނަށް އާއިލާއަށް ވީމާ ތިޔަ ބުނާ ބަދަލުދެނީ އެކަމަކު ދެރަ ނިކަމެތިންނަށް ބަދަލުދޭންވީމާ ނުޙައްޤު މުއްސަނދިކަމަކަށްވަނީ ތިޔަބުނާ ވަޢުދެއް ނުޙައްޤުން ވަޒީފާއިން ވަކިކުރިމީހުނަށް ބަދަލާ އަނބުރާ ވަޒީފާދިނުންވެސް އެއީ ތިޔަބުނާ ލީގަލް ޑިރެކްޓަރު އިސްވެ ހުރެ ބައިކުދިންނަށް އެކަނި އެބުނާ ބަދަލާ ވަޒީފާ އަނބުރާދިނީ ކުލަޔާ ސިޔާސީ ވިސްނުމަށްބަލާފަ އަނބުރާ ވަޒީފާޔާ ބަދަލުދިނީ ކޮބާ އިންސާފަކީ މީތަ ތިޔަބުނާ އިންސާފަކީ؟

    13
  13. ރަދީފް ހުސެން

    ތިމާމެން ހިތުއެރި ގޮތަކައް ބަދަލުދެވޭތަ؟ އޮޑިޓް އެސެސްމަންޓުން ބަދަލު ދޭންޖެހޭ އަދަދަކީ 1.5 ކަމައް ބުނީމަ 15 މިލިޔަން؟. އެތައް އަހަރަކު ދައުލަތައް ދޭންޖެހޭ ޓެކްސްނުދައްކާ ހުރެ ޖޫރިމަނާ އެރީމަ، ހޮވާލެވޭ ވަކިމީހަކައް 400 މިލިޔަން މާފު. ކުރީސަރުކާރު ތަކުން ޖޫރިމަނާ މާފްކުރީ މީރާ އިން އެންމެނައް ހުޅުވައިލައިގެން ވަކިމީހަކު ބެލުމެތްނެތި. މިސަރުކާރުގެ އިންސާފަކީ ވަކިމީހަކައް ވަކިގޮތެއް. ތިފުއްދަނީ ލާރި ލޫޓުވަން ކުރިވައުދު. އެކަން ގާތް މީހުނައް އެބަފުދެ.

    14
  14. ފިޔަވަޅު

    ދެން ކޯޓްތައް މީ ކީއްކުރާ ތަނެކޯ .

    14
  15. މަރީ

    ކޮބައިތޯ އަފްރާޝިމް ގެ މަރުގެ އިންސާފު؟

    15
  16. އަރީބު

    އަޙުމަދު ޢަބްދުﷲ އަފީފު ތީ މަންދު ކޮލެޖް ވެރިޔާގެ ޅިޔަނު. އެހެން ވީމަ ބޯގަންވިލާ އާއިލާ އަށް ދައުލަތުގެ ފައިސާ ހަމައެއް ނެތި ނުދޭންޖެހޭ ސަބަބެއް ނެތެއްނު.

    13
  17. އަބްދޫ

    ބަދަލުގެ ނަމުގަ ފައިސާދެނީ ސަޕޯޓް ގަތުމަށް ޓަކާ ބަދަލު ދޭންޖެހޭނަމަ އެކަމުގަ އިހުމާލްވީ ފަރާތެއްވާނެ. ގާނޫނު ގަބުނަނީ އެ މުވައްޒަފެއްގެ އިހުމާލުން ލިބޭ ގެއްލުމުގަ އެ މުވައްޒަފަކު ޒިންމާ އުފުލަން ޖެހޭނެ ކަމަށް. ވީމާ ދަވްލަތުން ބަދަލު ނުދެވޭނެ. ދަވްލަތުން ބަދަލުދީފިނަމަ އެކަމުގާ އިހުމާލުވީ މުވައްޒަފެއްގެ އަތުން އެފައިސާ އަބުރާ އޯދުމަކީ ދަވްލަތުގެ ޒިންމާގަ ކުރަންޖެހޭނެ ކަމެއް. އެމީހެއްގެ މައްޗަސް ކޯޓްގާ ދައުވާ އުފުލެންވާނެ. އެމުވައްޒަފުގެ އިހުމާލެއްނެތްނަމަ ބަދަލު ނުދެވޭނެ.

    10
  18. އަބްދޫ

    އެއްވެސް މައްސަލައެއްގާ އެއްބަސްވުންބާތިލް ކޮށްފަވަނީ ގޯސްކޮށްކަންއެގޭނީ ކޯޓްމަރުހަލާގެތެރޭން ނިމުނުން.މި ލިއުމަށްބެލުމުން ބަދަލު ދިނުމަކީ ވަރަށް ގޯސްކޮށް ހިގަމުންދާ ކަމެއްކަން ދޭހަވެއްޖެ. ބަދަލު ދިނުން މިސަރުކާރުގެ އިސްވެރިން ކޯޓް މަރުހަލާއަށް ހުށަހެޅި ބަޔަކަށް ނަޖާއިޒް ފައިދަ ހޯދާދިންކަން ސާބިތުވާ ދުވަހެއް އައުން ވަރަށް ކައިރި.ތިޔަ އީ ގައިރު ގާނޫނީ ބަދަލެއްކަމަށް ދެކެން.

  19. ސަދޫމް

    ރަގަޅު..ތި ކުރާ ކަމައް ތި ކުރަނީ ހެޔޮނިޔަތުގަ.. ހުރިހާ ފައިސާ އެއް ބަހާ ހުސް ކޮށްލިޔަސް ހެޔޮނިޔަތުގަ ކުރީމަ ރަގަޅުވާނެ..ހެޔޮނިޔަތުގަ ކޮންމެ ކަމެއް ކުރިނަމަވެސް ކުއްވެރިއެއް ނުވާނެ....ގާޒީ ކޮބާ؟..

    13
  20. ގާރޫނު

    ގާރޫނު ވާހަކަ ދެއްކުމުގެ ރާގުވެސް ހުރީ ތިހެން. ތިމަންނާގެ މަސައްކަތުން ހޯދި މުދަލޭ، ތިމަންނާ އަތުގައި ހުއްޓަސް ކަލޭމެންގެ މުދަލޭ. މިހާރު ތިދައްކަނީ އެޒާތުގެ ވާހަކަ. ވައްކަންކުރަނީއެއް ނޫނޭ، ބަދަލުދެނީއޭ ކިޔާފައި އާއިލާގެ މީހުންނަށް ދައުލަތުގެ ބަޖެޓް ބަހައިލުމެކޭ ގާރޫނުގެ އިންސާފެކޭ ތަފާތެއް ނެތް. ބަލަ އިހަށްދުވަހު ސްޕްރީމް ކޯޓުން ހުކުމްކުރީ މާލީ ބަދަލު ނަގައިދެވޭނީ ގެއްލުންވީ މިންވަރު ސާބިތުވީމައޭ. އިބްރާއަށް ގެއްލުންވީ ކަމަށް އޯޑިޓް ރިޕޯޓުގައި އޮތީ 1.5 މިލިޔަން ރުފިޔާ. 1.5 މިލިޔަން ރުފިޔާގެ ގެއްލުމަކަށް 15 މިލިޔަން ދެވެންވީ ކީއްވެ؟ ކޮބައިތަ އިބްރާ ތިޔަ ތަން ނެގި އަލީ މުސްތަފާއަށް ނުދައްކައި އޮތް ލާރި. އަދި ކޮބައިތަ އެޑިޔުކޭޝަނުން ނަގާފައި ނުދައްކައި އޮތް ލޯނު. މިއިން އެއްވެސް ވާހަކައެއް މިހާރު ދެއްކުމެއް ނެތް. ހައްތާވެސް ގެޔަށް ބަދަލުގެ ގޮތުގައި ދައުލަތުގެ ބަޖެޓް.

    11
  21. އިއްސޭ

    ރައްޔަތުންގެފައިސާއިތިދޭބަދަލުހިތިވާނެކަން
    ދަންނާތި

    10
  22. މުހައްމަދު

    ދައުލަތުގެ ފައިސާ އާއި މުދަލަކީ ރައީސުލް ޖުމުހޫރިއްޔާ ބޭނުންގޮތަކަށް ބޭނުންކުރަން ރައްޔިތުން ހަވާލުކުރި އެއްޗެއްނޫން. ވޯޓު ހޯދަން ހިތުހުރިހާ ވައުދެއް ވެފަ ވަކިބަޔަކަށް ފައިދާ ހޯދަދޭން ރައްޔިތުންގެ ފައިސާ ޚަރަދެއްނުކުރެވޭނެ. ދައުލަތުގެ މުދަލާއި ފައިސާ ބޭނުންކުރަންވާނީ ހުރިހާ ރައްޔިތުންނަށް އެންމެ ބޮޑަށް ފައިދާވާގޮތަށް.

    10
  23. ޚިޔާލު 3

    ގާނޫނާއި ޚިލާފަށް ބާރުއޮތަތީ ދެވޭ ގެއްލުންތަކަށާއި އަނިޔާތަކަށް ބަދަލު ދޭންޖެހޭނެ އަދުލުވެރިވުމަކީ އެއީ ވަޒީފާތަކުން މީހުން ވަކިކޮށް ބޭނުންވީ މާ މީސްތަކުންގެ މިލްކިއްޔާތު ދަ މައިގަތުމަކީ އިންސާނީ ހަ މައެއްނޫން ޢަދުލުވެރި ބަދަލު ދޭންވާނީ އެކަންއޮތީއެހެން. ގާނޫން އަސާސީވެސް އޮތީ އެހެން.

  24. މުސްތޯ

    ބަލަ ގަބީލާ މީހުނަށް ބައިތުލް މާލް ބަހާ ހުސްކުރާކަށް ނޫނޭ ކަލޭމެން ވެރިކަމަށް ގެނައީ..ލަދުކޮބައި؟؟؟؟މ

    12
    1
  25. މާލޭގެ ހާލަތު ގޯސް ބަޑައްޖެހިއްޖެ

    . ބަލަގަ 40 ވަގުން ބަގުޑި ބައްދަނީ ސަރުކާރު ތޮށި ގަޑަށް ހަދާލަ އިފި.

    10
  26. އަލީ

    މިވަރުގެ އާއިލީ ވެރިކަމެއް އަދި ރާއްޖެ ނުދެކެ.

    13
  27. ހަސަންބެ

    މިމީހުން މަރަށްވެސް ތެދެއް ނަހަދާނެ.ކައުންސިލް އިންތިހާބާ ދިމާކޮށްފަ ރަށްރަށުގެ ތާއީދު ހޯދުމަށްވެސް ބަދަލު ދިން ތަނެއް ދޮރެއް ނުބަލާ.

    11
  28. ޑައެލޯގް

    ތިހާ އިންސާފުވެރިއްޔާ ކީއްވެތޯ ރ.ޔާމީނު ޖަލަށްލާފައި އަދީބުމެން ދޫވެވުނީ. އެކަމު ރީދޫކުދިންނާއި އަންނިވެސް އެންމެންގެ ތެރޭގައި އެއްބަސްވެފައޮތީ އަދީބަކީ ފަންޏެއްކަމާއި އެފަނި އަޅުވައިގެންނޭ ޔާމީނު ވެރިކަން ބަދަލުވާނީ ވީއިރު އެވައްކަމުގެ މުލުގައި ހުރި އަންނިއާއި އަދީބަށް ލުއިގޮތް އޮތީ އިންސާފުވެރިވީމަތޯއެވެ.

    16
  29. ވަގު ވަގު

    ވެރިކަމައް އަންނަން އެހީތެރިވެދިން އެންމެންނައް ރައްޔިތުންގެ ފައިސާ ބަހައި ހުސްކޮއްފި. ވަގުވެރިކަން.

  30. ހަވާސާ އިބޫ

    ބަދަލު ދޭއިރު ތިޔަބުނާ ވައުދެއް ފުއްދާއިރު ގައުމުގެ މާލީހާލަތާއި މިހާރު މިގައުމު ތަހަންމަލްކުރަމުންދާ ކަންކަމަށްވެސް ރިއާޔަރްކުރަންޖެހޭ ނޫންތޯ މިކަން ނުކުރީމާ ގުރީކުއެކޭ އެއްގޮތަށް ގައުމު ބަނގުރޫޓުވަނީ

  31. Anonymous

    ރައީސް ސޯލިހުގެ އަމިއްލަ ފައިސާތަ ދައުލަތުގައި ހުންނަނީ؟ ތިހާ ބަދަލު ދޭހިތްވަންޏާ އަމިއްލަމުސާރައިންނާއި ކުރިން ހޯދާފަހުރި މމޕރސ ފައިސާއިން ދީބަލަ!!

  32. Anonymous

    އިންސާފު ހޯދައިދިނުމަކީ ފައިސާ ދިނުންތަ؟ ބަލަ ދައުލަތުގެ މުދާ ދައުލަތަށް ނަގައިގެން އިބުރާއަށް 15 މިލިއަން ދިނިއްޔާ ދިވެހި ހުރިހާ ރައްޔިތުންނަށް ކޮންމެ މީހަކަށް 15 މިލިއަން ދޭންޖެހޭނެ. އިބުރާއަށް ބަދަލުދޭންޖެހޭނެ އެއްވެސް އިންސާފުގެ މަގެއްނޯންނާނެ. އެހެންނޫން، ސޯލިހު ބަހާއެއްޗެއް ކަމަށްވަންޏާ އަދި އެބަހަނީ ރައްޔިތުންގެ ފައިސާއިން ކަމުގައިވަނީނަމަ ހުރިހާ ރައްޔިތުންނަށް އެއްހަމައަކަުން 15 މިލިއަން ކޮންމެ މީހަކަށް ދީ!!!

  33. އައިނާ

    ތީ ވަރަށް ކަޑަ އެއްޗެއް ހަދަމުންދާ..

  34. ފައްސި2

    އެހެންވީ ސޯލިހުގެ ޖީބުން ބަދަލު ދީބަ އަހަރުމެން ގެ ލާރި ހުސްކުރަންވީ ކީއްވެ

  35. ކޮވިޑް

    " ބަދަލު ދެނީ ރައީސް ސޯލީހް ވެފައިވާ އިންސާފު ހޯދައި ދިނުމުގެ ވައުދު ފުއްދަން " މިއޭ ހަމަ އެކަނި ވީ ވައުދަކީ. ތި ވަޢުދު ކޮންމެހެންވެސް ފުއްދަން ވާނެ އޭރަށް ދޯ ޖީބަށް އަސަރެއް ކުރާނީ ، ގޮތްކުޑަ ކަމުން މިކަހަލަގެ ދެއުޅިއެއް ނުވާ ވާހަކަ އެބަ ދެއްކޭ ވިއްޔާ.

  36. އަހުމަދު

    އިންސާފާ ބަދަލާ ދެނީ މުއްސަދިންނާ ވިޔަފާރިވެރިންނަށް. ބަލަ ކޮބާތަ ވަޒީފާގެއްލިފަ ތިބި ނިކަމެތިންނަށް ވީ ވަޢުދު؟ ބަދަލު؟ ކިހާދެރަކަމެއް. ނޫސްވެރިންވެސް ނިކަމެތިންގެ ވާހަކައެއް ނުދައްކާނެ!

  37. ނާޝިޒް

    ތަނެއްދޮރެއް ނުދަންނަ ގަމާރަކު ވެރިކަމައް ގެނާމަ އޮންނާނީ އަބަދުވެސް ބެހުން އަރިސްބޭފުޅުން ހިތްހަމަ ޖައްސަން މީދެން ކޮންފަދަ މުސީބާތެއް ޤައުމު އިނދަ ޖެހިއްޖެ އަދިވެސް ބެހުމުގައި..

  38. ކާފަ

    އެހެންވީމާ މިކަލޭގެ ވެރިކަމަށް އަންނަން ވީ އޭނަގެ އެކުވެރިންނަށް ބަޖެޓު ބަހާ ވައުދު އެކަނިތާ؟

  39. އަޅައިގަންނަ ތަންކޮޅެއް

    "ސަރުކާރުން އަބަދުވެސް ބަދަލުދޭނެ. މިއީ އަޅުގަނޑުމެން ހުއްޓާލާނެ ކަމެއް ނޫން."