އައްޑޫ ސިޓީ ހުޅުމީދޫން އިތުރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ވިދާޅުވީ ހުޅުމީދޫން ފައްސިވި މީހާ އާއިއެކު އެރަށުން މީހުންގެ އަދަދު 14 އަށް އަރާފައިވާ ކަމަށެވެ. މިރޭ ފައްސިވި މީހާ އާއ ގާތުން ބައްދަލުވި މީހުންގެ ގޮތުގައި މިހާތަނަށް 66 ފަރާތެއް ފާހަގަކުރެވިފައިވާ ކަމަށެވެ.

ހުޅުމީދޫން އެންމެ ފުރަތަމަ ކޮވިޑަށް ފައްސި ވެފައިވަނީ މާލެ ދަތުރުކުރާ "ނިއުލައިން" ބޯޓުގެ ފަޅުވެރިއެކެވެ. ނިއުލައިން ބޯޓުގައި މަސައްކަތް ކުރާ ދިވެއްސެއްގެ ގައިން ކޮވިޑް-19 އިގެ އަލާމާތްތައް ފެންނާތީީ އޭނާގެ ސުންކު ނެގި އިރު ފައްސިވެފައިވާތީ ހުޅުދޫ މީދޫ މޮނިޓަރިން އަށް ލާފައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. އޭނާ ފައްސިވެފައިވާ ކަން އެނގުނީ ނިއުލައިން ބޯޓު އެ ރަށުގައި އޮންނަތާ ހަފްތާއެއްހާ ދުވަސް ފަހުންނެވެ.

އޭގެ ފަހުން ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އެ ބޯޓުގެ އިތުރު ފަޅުވެރިންތަކެއް ބައްޔަށް ފައްސި ވެފައިވާއިރު، އެ ރަށުން ވަކި ތަރުތީބެއް ނެތި ނެގި ސުންކުތަކެއް ވެސް ވަނީ ފައްސިވެފައެވެ.

ހިތަދޫ ފްލޫ ކްލިނިކަށް ދެއްކި ފޭދޫ މީހަކު ވެސް އިއްޔެ ވަނީ ކޮވިޑަށް ފައްސި ވެފައެވެ. އޭނާގެ ކޮންޓެކްޓުންގެ އަދަދު ވަނީ 24 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޜތޔޔ

    ބަލަގަ ނޫސްވެރިންނޭވެ. ހުޅުމީދޫ އެއް ނޯވޭ. އޮންނަނީ ހުޅުދޫ އާއި މީދޫ. ރާއްޖޭގެ ޖިއޮގްރަފީ ދަސް ކޮށްބަ ލަ . ނޫހަށް ލިއުމުގެ ކުރިން. شكرية

  2. އަލީ

    ކޮއިއްޔާ ދީނާ ، ހުޅުމީދޫ އަށް ނުނޭ ހުޅުދޫ އަދީ މީދޫ އޭ ވާ