ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް މަޝްވަރާ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި ވަގުތު އިސްކަން ނުދެއްވާ ކަމަށާއި ނަމަވެސް އެއީ ރައީސް އާއިއެކު މަޝްވަރާ ކުރެވިދާނެ ކަމެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި މަބްރޫކް ވިދާޅުވީ ރައީސް މި ވަގުތު އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ރައްޔިތުންނަށް އެ ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށް ކަމަށެވެ. އޭގެ އިތުރުން އިސްކަން ދެއްވަނީ ކޮވިޑްގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ދަތިކަމުގެ ހާލަތު ރަނގަޅު ކުރުމަށް ކަމަށް ވެސް ވިދާޅުވި އެވެ.
"ރައީސް އެ ވިދާޅުވި ވާހަކައަކީ ރައީސްގެ ފޯކަސް ހުރީ މިކަމަކަށް ނޫން. ރައީސްގެ ފޯކަސް ހުރީ އިކޮނޮމީ ރިކަވަރީއަށް. ރައީސް ހުންނެވީ ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމަށް،" މަބުރޫކް ވިދާޅުވިއެވެ.
މަބުރޫކް ވިދާޅުވީ ނިޒާމު ބަދަލުކުރަން ޖެހޭ ކަމަށް ރައްޔިތުންނަށް ފެނިއްޖެ ހާލަތެއްގައި އެކަން ކުރަން ސަރުކާރު ފަސް ނުޖެހޭނެ ކަމަށެވެ. ނިޒާމުގެ ބަހުސް ކުރައްވަން ބޭނުންފުޅުންވާ ލީޑަރުންނާއެކު ރައީސް މަޝްވަރާ ކުރައްވަންވެސް ފަސް ޖެހިވަޑައިނުގަންނަވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ ބަހުސް ފެށިފައި މިވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް އަންނަ ފެބްރުއަރީ މަހާއި ހަމައަށް އަންނައިރު ބޮޑުވަޒީރު ކަމާއި ހަވާލުވާން ބޭނުންވާ ކަމަށް ރައީސް ނަޝީދު ރައީސް ޞާލިހަށް އެންގެވުމުންނެވެ.
އިބޫވެސް އިސްކަމެއްނުދޭތާ އޭނާވެސް ވެރިކަން ބޭނުންވޭވިއްޔާ. ތަބަކަކަށް ލައިގެން ވެރިކަންލިބުނީ ކިނބުލުގައި ނުހުރޭ އެއްވެސް އުރަތްޕެއް ބޯގޯސްމީހަކަށް ވެރިކަންދީގެންވެސް ނުވިސްނޭކުދިންނާއި އިންޑިޔާއާއި އީސީން ވައްކަންކޮށްގެން ގައުމަށް ތަރައްގީގެނައި ޔާމީނު ބޭރުކުރީއެވެ.
ކަލޭ ފޭވަޅުގަ މުލިއްސެއް ޖަހައިގެން އުޅޭހެން ބޮޑުވަޒީރުކަން ހޯދަން ތިޔަ ތެޅިބާލަނީ، ބަލަގަ މަވެސް ވެރިކަން ބޭނުމޭ.
ދައުލަތް ދަވާލުމުގެ މަސައްކަތުގައި ހޭބޯނާރާ އުޅެނީ އެހެންނުތޯ؟
ބޯގޯސް މަބުރޫކާ! ވެރިކަމުގެ ނިޒާމަކީ ރައީސަކު އިސްކަންދީގެން ބޯދޮށަށް ލައިގެން ނިދާހެދުމުން ބަދަލުވާ އެއްޗެއްތަ؟