23:27

ހޮސްޕިޓަލްތައް ފުރި ފަރުވާ ނުދެވިދާނެ ކަމުގެ ބިރު ހީވެއްޖެ - އެޗްއީއޯސީ

23:11

ރާއްޖެ އިންޑިއާ އާއި ނޭޕާލް އޮތް ހާލަތައް ހިނގައިދާނެ - އެޗްއީއޯސީ

23:03

ކޮވިޑް ކޮންޓްރޯލް ކުރަން އަޅާ ހަރުކަށި ފިޔަވަޅުތައް އިއުލާންކޮށްފި

22:58

މަބްރޫކް: ހުރިހާ ބޭފުޅުންނަށް ވެސް މަންޒަރު ވަރަށް ސާފު. އިއްޔެ ޕޮޒިޓިވްވީ 508. އޭގެ އެއްދުވަސް ފަހުން މިއަދު 585 ޕޮޒިޓިވް. ކޮވިޑްގެ އަދަދުތައް މިދަނީ މައްޗަށް. މިކަމުގެ ސަބަބުން އަޅުގަނޑުމެން ދެކެން ބޭނުން ނުވި ދުވަހެއް އަޅުގަނޑުމެންނާއި ހަމައަށް އައިސްދާނެ. ހޮސްޕިޓަލްތައް ފުރިދާނެ. ހިތާމަވެރި ދުވަސްތަކެއް އައިސްދާނެ. އުއްމީދަކީ ގުޅިގެން ކުރާ މަސައްކަތުން އާއްމު ހާލަތަކަށް ދެވޭނެ ކަމަށް.

22:49

އަނެއްކާވެސް ރާއްޖެ އިން ރެކޯޑެއް: މިއަދު 585 މީހުން ކޮވިޑަށް ފައްސިވެއްޖެ

22:44

ނޫސްވެރިންގެ ބައްދަލުވުން ފަށައިފި.

22:33

އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުން ކުޑައިރުކޮޅެއްގެ ތެރޭގައި ފެށޭނެ.

21:58

އެޗްއީއޯސީ އިން 22:00 ގައި ބާއްވަން ތާވަލްކުރި ނޫސްވެރިންގެ ބައްދަލުވުން 22:30 އަށް ލަސްކޮށްފި. ނޫސްވެރިންގެ ބައްދަލުވުން ލަސްކުރީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށް އެޗްއީއޯސީ އިން ވިދާޅުވި.

20:48

ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ ގޮތުން ކުޅިވަރު ކުޅުމާއި ކުޅިވަރުގެ މުބާރާތްތައް ބޭއްވުން ހުއްޓާލުމަށް ސަރުކާރުން އަންގައިފި.

20:35

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ރޭގަނޑު 12 އިން ފެށިގެން ފަތިހު 4 އަށް މާލޭގައި ކާފިއު ހިންގަން ސަރުކާރުން ނިންމައިފި

20:31

އިންޑިއާއިން ރާއްޖެ އަންނަ ދިވެހިންނާއި ވޯކްޕާމިޓް ހޯލްޑާސް 14 ދުވަހަށް ކަރަންޓީން ކުރަން ނިންމި ކަމުގައިވިޔަސް، ފަތުރުވެރިން ކަރަންޓީން ނުކުރަން ނިންމައިފި

20:25

ރާއްޖޭގައި ހަލުވި ކަމާއި އެކީ ކޮވިޑް-19 ފެތުރެމުންދާތީ އަޅާ ފިޔަވަޅެއްގެ ގޮތުން ސްކޫލްތަކާއި އޮފީސްތައް ބަންދު ކުރަން ނިންމައިފި

20:24

ކޮވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތައްވެސް ކަރަންޓީން ވާން ޖެހޭ ގޮތަށް ނިންމައިފި

20:18

ހއ. ދިއްދޫ އަދި މޮޅަދޫއިން ކޮވިޑް-19 ޖެހުނު ބަޔަކު ހާލު ދެރަވެގެން އިތުރު ފަރުވާ ދިނުމަށް ށ. އަތޮޅު ފެސިލިޓީގައި އެނދުމަތި ކޮށްފި.

19:21

އިންޑިއާގެ ހޮސްޕިޓަލެއްގައި އެނދުމަތި ކޮށްފައި ތިބި ބަލިމީހުންގެ ތެރެއިން އޮކްސިޖަން ނުލިބިގެން 24 ބަލި މީހަކު މަރުވެއްޖެ

19:01

ކ. ހިންމަފުށިން އިއްޔެ އަލަށް ފައްސިވި 14 މީހުންނާއި އެކީ އެރަށުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 122 އަށް އަރައިފި

17:53

ކޮވިޑް-19ގެ ހާލަތު ގޯސްވަމުން އަންނަ މިދަނޑިވަޅުގައި ރާއްޖޭގެ ސްކޫލްތައް ބަންދު ކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަ ކޮށްފި

17:36

ހއ. ދިއްދޫއިން ކޮވިޑް-19 ޖެހުނު މީހަކު ހާލު ދެރަވެގެން އިތުރު ފަރުވާ ދިނުމަށް ކޮވިޑް ފެސިލިޓިއަކަށް ގެންގޮސްފި

17:26

އިންޑިއާގައި ކޮވިޑް-19 ހަލުވި ކަމާއި އެކި ފެތުރެމުން އަންނާތީ ތެލުގެ އަގު ހެޔޮވެއްޖެ

17:19

މާންދޫ އިހާއާއި ގުޅުންހުރި އިތުރު 26 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

16:51

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް މާލެ ސަރަހައްދުގައި ކާފިއު އިއުލާނުކޮށް، ސަރުކާރުގެ އޮފީސްތައް ބަންދު ކުރުމާއި މެދު ގޮތެއް ނިންމުމަށް މަޝްވަރާ ކޮށްފި

16:43

ކޮވިޑް-19 ފެތުރެމުންދާތީ މާލެ ސަރަހައްދު ފުރަބަންދު ކުރަން ޑޮކްޓަރުން ދިން ލަފާ ގަބޫލު ނުކުރަން ސަރުކާރުން ނިންމައިފި

16:18

މިރޭ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދެވޭނީ ހަމަ އެކަނި ފެބްރުއަރީ މަސް ތެރޭ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް އެކަނި ކަމަށް ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ވިދާޅުވެއްޖެ

15:50

ރާއްޖޭގައި ކޮވިޑް-19 ގެ ވޭދަނަތައް އިތުރުވަމުން އަންނަ މި ދަނޑިވަޅުގައި އެކަކު އަނެކަކާއި ބައްދަލުވާ ގޮތަށް އެއްވުންތައް ހުއްޓުވައި ބަލި ފެތުރޭ ސަބަބު ހޯދަން ޖެހޭ ކަމަށް އައިޖީއެމްއެޗްގެ އެތެރެހަށީގެ ހާއްސަ ޑޮކްޓަރު، ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެ

15:49

އައްޑޫ ސިޓީ ހިތަދޫން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

13:57

އިންޑިއާގައި ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 ގެ ވޭރިއެންޓު އިންޑޮނޭޝިއާގެ ވެރިކަންކުރާ ޖަކާޓާއިން ފެނިފައިވާ ކަމަށް އެގައުމުގެ ހެލްތް މިނިސްޓަރު ގުނާދީ ސަދިކީން ވިދާޅުވެއްޖެ.

13:27

ޕާކިސްތާނުގައި މިދިޔަ މަހު 10 އަހަރުން ދަށުގެ 3،000 އަށް ވުރެ ގިނަ ކުދިން ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް ހެލްތް މިިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި.

10:30

ލަސް ނުވަނީސް މާލޭގައި ވެސް ފިޔަވަޅުތަކެއް އަޅަން ޖެހޭ - ރައީސް މައުމޫން

10:22

އާބާދީގެ ނިސްބަތުން އެންމެ ގިނަ މީހުންނަށް ކޮވިޑް ޖެހޭ ގައުމަކަށް ރާއްޖެ!

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ދައްތަ ހުރަސްކޮށް މައްޗަށް ޖެހެޖެމުން ޖެހެމުން ގޮސް މިއަދު މިވަނީ 500 ހުރަސް ކޮށްފައެވެ. ސިއްހީ ދާއިރާގެ ތަޖުރިބާކާރުންނާއި، ބޭރުގެ ގައުމުތަކުގެ ހާލަތައް އައި ބަދަލު އެނގޭ މީހުން މިމަންޒަރު ވަރަށް ބިރުވެރިކަމާއިއެކު ބަލަމުން ގެންދިޔަ ނަމަވެސް ގިނަ ދިވެހިންގެ މެދުގައި ބަލީގެ ބިރުވެރިކަން އޮތްހެނެއް ހިއެއް ނުވެއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރަން ސަރުކާރުން ވެސް މިހާރު މާގިނަ ފިޔަވަޅުތަކެއް އެޅުމުގެ ވިސްނުމެއް ނުގެންގުޅެއެވެ. ބަލި ކޮންޓްރޯލް ކުރުމުގެ މަސައްކަތް "ފަރުދީ ޒިންމާ އާއި ހަވާލުކޮށްފައި" ރަސްމީ އިދާރާތަކުގެ ބަސް އޮތީ ހުއްޓިފައެވެ. ކޮވިޑް ނެތް ރަށްތަކުން އެހެން ރަށްތަކަށް ކޮންމެހެން ދަތުރު ކުރަން ޖެހިގެން ނޫން ގޮތަކަށް ދަތުރު ނުކުރަން އެނގުން ފަދަ އާދައިގެ ކުޑަ ކަމަމުން ރާއްޖޭގެ ހާލަތު އަދިވެސް ކޮންޓްރޯލް ކުރެވިދާނެ ކަމަށް އެޗްޕީއޭ އިން ދެކެއެވެ.

މިއަދު މާލެ އިން 276 މީހުން އަދި އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 185 މީހުން ފައްސިވިއެވެ. އޭގެ އިތުރުން ރިސޯޓްތަކުން 12 މީހުން، އިންޑަސްޓްރިއަލް ރަށްތަކުން 32 މީހުން އަދި ސަފާރީއަކުން ތިން މީހުން މިއަދު ފައްސިވިއެވެ.

ރާއްޖޭގައި މިހާރު ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު 5594 އަށް އަރައެވެ. ކޮވިޑް ބަލި މީހުންގެ އަދަދު އިތުރުވަމުން އަންނަވަރަކަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ވެސް އަންނަނީ ގިނަ ވަމުންނެވެ. މިހާރު 172 މީހުންނަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މައިމޫނާ

    ޢަތޮޅުތަކަށް ކޮވިޑް ނުފެތުރި 1 އަަހަރު ފާހަގަކުރަން މައިމޫނާ އަތޮޅުތަކުގަ ހަވާއަރުވަނީނުން.......😤😤😤

  2. އެމް ޑީ ޕީ

    ސަރުކާރުން ބޭނުންވީ ރައްޔިތުން ހަނާ އަރުވާފަ ވިޔަސް ،ކެންޕޭން ކުރުމާއި، ވޯޓު ލުން. އެކަން ނިމުނު އިރު ޤައުމު ބަލިމަޑު ކަމުގެ ތެރެއަށް އަރަގު ވެއްޖެ. ސަރުކާރުން އުއްމީދު ނުކުރާހާ ގިނަ ރައްޔިތުން ތަކެއް ،މި ސަރުކާރަށް ވޯޓުން ނޫނެކޭ ބުނެފި. މިހާރު އޭގެ ބަދަލު ހިފުމުގެ ގޮތުން ރައްޔިތުން މަރަށް ދޫކޮށްލާފަ އެތިބީ. ނުވަންޏާ އިސްތިއުފާ ދީފަ މި ޤައުމު ދޫކޮށް ބަޗާ

    20
    1
  3. ޢަޙުމަދު

    ޢަދަދު މައްޗަށް ދިއުން އެއީ މައްސަލައެެއް ނޫނޭ މިއީ އާދައިގެ ރޯގާއެއް ވިއްޔަ ކޮންކަ މަކާ ހާސްވަނީ

    10
    1
  4. ފަރުދީ

    ދިވެހިރައްޔިތުން ދެކެމުން މިދަނީ ބަލާވެރިކަން ޔާﷲމިނުބައި ލާދީނީ އަނިޔާވެރިންގެ ކިބައިން މިޤައުމާއި އަޅަމެން ސަލާމަށް ކޮސްދެއްވާދޭ އަދި ރަގަޅުވެރިންތަކެއް ފޮނޮއްވައި ދެއްވާދޭ އާމީން! ހެޔޮއެދޭ އެންމެން ނަމާދު ފަހުގައި ގިނަގިނައި މިދުޢާ ކުރުން ގިނަކުރޭ އާދޭސްކޮއްފަ ބުނަން

  5. ވާދޫ

    ބިރެއްނެތީކީ އެއްނުން، ހަމަޖެހިލައިގެން މާލެއިން ނުކުމެ ރަށްތަކުގަ ތިއްބާ އިންތިޚާބައް މީހުން ގެނެސް އެކުވެރި އެއްޢާްއިލާތަކެއްހެން ދިރިއުޅެމުން ދިޔަ ބަޔެއްގެ ތެރެއަށް ބަލި ފަތުރާލީމާ ދެން މަތިމައްޗަށް 14 މާސްކު އެޅިޔަސް 10 ފޫޓު ދުރު ދުރުގަ ތިއްބަސް އަތުގެ ހަން ދާވަރަށް އަތްދޮވުނަސް ވާނެކަމެއް ނޯންނާނެކަން މިހާރު ގިނަމީހުންނަށް ޤަބޫލުކުރެވޭތީ އުޅޭގޮތުން ހީވަނީ ބިރެއްނެތި އުޅޭހެން. ދެންވެސް ބޮޑުވަޒީރޭ، ކައުންސިލޭ، ބަރުލަމާނީ، ކޯލިށަނޭ ކިޔާ ލަވަޖަހާ ނަށާ.

  6. ޕާންޑޭ

    މި ޤައުމު މިހާލަތަށް ވަށްޓާލީ ސީދާ ބޮޑުވަޒީރު ހެދިގެން އުޅޭ މޮޔަ...

    12
  7. ޔާމީނު

    މަ ދޫކޮއްލާފި.
    އާދޭ އަހަރެމެން ގެޔައް

  8. ޔާމީނު

    ފަޅޯ