މާ ބޮޑަށް ލަސް ނުވަނީސް ކޮވިޑް-19 ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ޓަކައި މާލެ ސަރަހައްދުގައި ވެސް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ރައީސް، ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރަށްރަށަށް ދަތުރުކުރުން މަނާ ކުރުމަށް ސަރުކާރުން ނިންމި ނިންމުމަކީ ކޮވިޑް-19 ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ކޮންމެހެން ވެސް އަޅަން ޖެހިފައިވާ ފިޔަވަޅެއް ކަމަށެވެ.

"މާލޭގައި ވެސް ލަސްނުކޮށް ހަރުދަނާ ފިޔަވަޅުތަކެއް މިހާރުން މިހާރަށް އަަޅަން ޖެހޭ، ނޫނީ މާ ލަސްވެދާނެ،" 30 އަހަރު ދުވަހުގެ ދިގު މުއްދަތަކަށް ރާއްޖޭގެ ވެރިކަން ކުރެއްވި މައުމޫންގެ ޓްވީޓްގައި ލިޔުއްވާފައިވެއެވެ.

ފަހަކަށް އައިސް އަތޮޅުތަކުގެ ރަށްރަަށުގައި ވެސް ކޮވިޑް-19 ދަނީ ވަރަށް ބާރަށް ފެތުރެމުންނެވެ. އެ ކަން ކޮންޓްރޯލް ކުރުމުގެ ގޮތުން، އެޗްޕީއޭއިން ވަނީ މާދަމާއިން ފެށިގެން ހަފުތާއެއްގެމުއްދަތަކަށް މާލެ ސަރަހައްދުގެ ރަށްރަށް ފިޔަވައި އެހެން ރަށްރަށަށް ދަތުރު ކުރުން މަނާ ކޮށްފައެވެ.

އެހެން ވިޔަސް ޒަރޫރީ ބޭނުންތަކަށާއި، ރަށުގައި ލިބެން ނެތް ސިއްޚީ ފަރުވާ ހޯދުމަށް ޓަކައި އެ ޚިދުމަތް ލިބެން އޮތް ކައިރި ރަށްރަށަށް ދަތުރު ކުރެވޭނެއެވެ. އެކަމަށް ޓަކައި އެޗްޕީއޭގެ ހުއްދަ ނަގަން ޖެހެއެވެ.

ފިޔަވަޅު އަޅައިފައިވާ ހާއްސަ ހާލަތުގައި، ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެނޫންވެސް ޒަރޫރީ ތަކެތި ފޯރުކޮށް ދިނުމަށް ކުރާ ދަތުރުތަކާއި މަސައްކަތްތަކަށް ކައުންސިލްތަކުން މަގުފަހިކޮށްދޭން ވާނެ ކަމަށް އިއްޔެ އެޗްޕީއޭ އިން ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. މަސްއޫދު

  މި މީހާގަޑު އޮންނަނީ ގޭގައި މިސްކިތަކަށްވެސް ދަނީއެއްނޫން އެހެންވެ ފިޔަވަޅުތައް އަޅަން ގޮވާލަނީ ބަލަ ފިޔަވަޅުތައް ހަރުކަށި ކުރުން ޢާއްމީހާ ހުންނަނީ ނުކައިނުބޮއި ފައިސާ ލިބޭނެ ގޮތެއްވެސްނަތް! ރައްޔިތުން ޓެކުސްފައިސާއިން އެތަކެއް ރުފިޔާއެއް ނަގައިގެން ދިރިއުޅޭ މީހަކަށް މިކަމެއް ނުވިސްނޭނެ! ތިރީސް އަހަރުންދެންވެސް ރައްޔިތުންގެ ފައިސާއިން ކައިބޮއި އުޅުނީ ވެރިކުން ދުރުކުރީމައިވެސް މިހާރުވެސް ބޭނުންކުރަމުން ތިޔަދަނީ ރައްޔިތުން ތެކުސްފައިސާ

  5
  3
 2. މާމީ

  ރަން ފާޚާނާ ތައްޓައް ފާޚާނާ ކުރާ މީހުނައް ނިކަމެތި ރައްޔިތުންގެ އިހުސާސެއް ނޭގޭނެ. ހަރުކަށި ކުރި އަސް މަޑުކަށި ކުރިއަސް ތިބޭފުޅާއައް އަހަރެމެންގެ ޓެކުސް ފައިސާ އިން ދޭ ފައިސާ ދޭނެ

 3. ހަމްދީ

  މީނަޔަށް ރަތްޔެތުންގެ ލާރިން ކޮންމެމަހަކު =/300000ރުފިޔާލިބުނީމަ ދެފައި ތަޅުވާލަ ތަޅުވާލަ ކާލޯންގޮދަނޑިމަތީގަ އޮތީމަ ކާންބޯންލިބޭނެ ދެރަނިކަމެތިމީހާއަށް ކާބޯންލިބެނީ އެދުވަހެއްގެ ފަތިސްނަމާދުންފައިބާގޮތަށް ޓެކްސީއަށް އެރީމަ ނުވަތަ ބާޒާރުމަތީގައި ކޮޅުކޮޅުމައްޗަށް ރަތްދަކަ އަވީގައި ދުވެ ވަރުބަލިވާވަރަށް މަސައްކަތްކުރީމަ