ކޮވިޑް-19 އާ ގުޅިގެން 50 އަށްވުރެ ގިނަ ރިސޯޓަކަށް މާލީ އެހީތެެެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

ރައީސް އޮފީީހުން ބާއްވަމުން އަންނަ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ރޭ ބޭއްވި ނޫސްވެެރިިންގެެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، މި ދަނޑިވަޅުގައި ސަރުކާރުން މަސައްކަތްކޮށްފައިވާނީ ވިިޔަފާރިތައް ހުއްޓުމަކަށް ނައިސް ކުރިއަށް ގެންދެވޭތޯ ކަމަށެވެ. ރާއްޖޭގެެ އެންމެ ގިނަ ބަޔަކު ވަޒީފާ އަދާކުރަމުންް އަންނަ ދާއިރާއަކީ ފަތުރުވެރިކަމުގެ ދާއިރާ ކަމުން އެެެންމެ ރިސޯޓެެއް ހުއްޓުމަކަށް އަޔަސް އެތައް ބައެއްގެެ ވަޒީފާތައް ގެއްލިގެންދާ ކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ.

ރިސޯޓުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފަައިވާނީ އިކޮނޮމިކް ކައުންސިލްގެ މަޝްވަރާގެ ދަށުންކަން ފާހަގަކުރައްވައި މަބްރޫކް ވިދާޅުވީ، މިކަމުގެ އެއްވެސް ރިސޯޓެއްގެ ވަކި މަގާމެއްގައި ހުރި މީހަކަށްް މަންފާވާ ގޮތަށް މަސައްކަތް ކޮށްފައި ނުވާނެ ކަމަށެވެ.

މީގެ ދެ އަހަރު ކުރިން، 2019 ވަނަ އަހަރު ފަހުކޮޅު ޗައިނާ އިން ފެނުނު ކޮވިޑް-19 ވައިރަސް ރާއްޖެއިން ފެެނުމާ ގުޅިގެެން ސަރުކާރުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައެެވެ. މާޗް މަހުގެ ތެެެރޭގައި ބޯޑަރު ބަންދުކޮށްްފައި އޮތުމަށްފަހު އަލުން ހުޅުވާލާފައި ވަނީ މިދިޔަ ޖުލައި މަހުގެެ 15 ވަނަ ދުވަހުއެވެެ.

އެ މުއްދަތުގައި ރާއްޖޭގެ ރިސޯޓުތައް ބަންދުކުރަން ޖެހުމުގެ ސަބަބުން ފަތުރުވެރިިކަމުގެ ދާއއިރާގައި މަސައްކަތް ކުރަމުން ދިޔަ ގިނަ އަދަދެެއްގެ މުވައްޒަފުންނަށް ވަނީ ނޯޕޭ ލީވް، އަދި ވަޒީފާއިން ވަކިކޮށްްފައެވެ. ރިސޯޓުތަކަށް ވެެފައިވާ އއެހީގެ އިތުރަށް އެފަރާތްތަކަށް ވެސް ސަރުކާރުން ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ފދ

    ދިވެހި މުވައްޒަފުން ނޯޕޭގަ ނޫނީ ވަޒީފާއިން ވަކިކރީމަ ދައުލަތުން އަދިވެސް ރިސޯޓްތަކަށް ދެނީ އެހީ ދޯ ސާބަސް

  2. ފދ

    ދިވެހި މުވައްޒަފުން ނޯޕޭގަ ނޫނީ ވަޒީފާއިން ވަކިކރީމަ ދައުލަތުން އަދިވެސް ރިސޯޓްތަކަށް ދެނީ އެހީ ދޯ ސާބަސް............................

  3. އެލެކްސް

    ކިތައްމެ އެހީތެރިކަމެއްދިނަސް ސޭޓްވަނީ ތިބުނާއެއްޗެއް ނަގާ މިއަދާއި ހަމައށްވެސް ސްޓރފުންނަށް ހަމަ މުސާރަނުދީ އެންމެގިނަ ޓޫރިސްޓުން އައީ ސޭޓްގެ ރިސޯޓްތަ ކަށް މުޅި ސަންއައި ލެންޑް އެހިފަހައްޓަނީ %95 ގައި ކިއްވާނީ ހަމަމުސާރަ ދިނިއްޔާ ސަރުކާރުންވެސް މި ކަން ަަކންނުބަލާތީ ވާގޮތްމީ

  4. އަކޭ

    އަޅުގަނޑުމެންވެސް މިއުޅެނީ ލޯނާހެދި ސަލާމަތް ނުވެވިގެން. ރީޝެޑިއުލް ކުރެވޭނެގޮތެއް ހަމަޖައްސަވައިދީ. ކޮވިޑްގެ ކުރިން ބަރާބަރަށް ދައްކަމުން ދިޔައީ.

  5. އަލީ

    ދުވާލެއްގެ މައްޗައް އެތައް ލައްކައަކުން ޑޮލަރު ވައްނަ ބައެއް ރިސޯޓްތަކުން މުވައްޒަފުންނަށް ހައްގުވާ ސާވިސްޗަރޖުންވެސް ބައެއް ކަޓުވާފަ އެވަރުންވެސް ދެދުވަހަކައް ރިސޯޓު ހުއްޓުމަކައް އަޔަސް މުވައްޒަފުންނައް ދޭނެ ލޯލާރި ފޮއްޗެއްވެސް ނުއޮއްނަ މިކަހަލަ ފަގީރުންނައް ސަރުކާރުން ވާނެ ކޮންމެހެންވެސް މާލީ އެހީތެރިކަން ދޭން..

  6. ޖަނާޒާ

    ތިޔައީ ޑީލެއްނޫންތޯ! ކަންކަން އޮޅުވާލައްވަނީތޯ! އަދިވެސް