ކޮވިޑް-19 ހާލަތު މިހާރު އެންމެ ބޮޑަށް ގޯސްވެފައިވާ ގައުމުތަކަށް ބަލާއިރު އާބާދީގެ ނިސްބަތުން އެންމެ ގިނަ ބަޔަކަށް ކޮވިޑް ޖެހެމުންދާ ގައުމަކަށް ދިވެހިރާއްޖެ ވެއްޖެއެވެ.

"ވޯލްޑް އިން ޑޭޓާ" ވެބްސައިޓުން ފެންނަން ހުރި މައުލޫމާތައް ބަލާއިރު ފާއިތުވި ހަތް ދުވަހުގެ ތަފާސް ހިސާބަށް ބަލައިގެން މިލިއަނަކަށް ނިސްބަތް ކުރާއިރު ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު ހުރީ 691.71 ގައެވެ. ދެވަނައިގައި އޮތީ މިހާރު އެންމެ ހާލަތު ގޯސް ފްރާންސެވެ. ފްރާންސުން ފައްސިވާ މީހުންގެ ނިސްބަތް ހުރީ 353.96 ގައެވެ.

އިންޑިއާ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދާއި، ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު ގިނަ ނަމަވެސް އިންޑިއާގެ އާބާދީ ބޮޑުވުމުން ނިސްބަތައް ބަލާއިރު އިންޑިއާ އަކީ އަދިވެސް ތިން ވަނަ އަށް އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވާ ގައުމެވެ. އިންޑިއާ އިން ކޮވިޑަށް ފައްސިވާ މީހުންގެ ނިސްބަތް ހުރީ 268.87 ގައެވެ.

ޖަރުމަންވިލާތުން ކޮވިޑަށް ފައްސިވާ މީހުންގެ ނިސްބަތް 226.1 ގައި ހުރިއިރު ކެނެޑާގައި ފައްސިވާ މީހުންގެ ނިސްބަތް ހުރީ 207.6 ގައެވެ.

އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައިވާ އެމެރިކާގެ ހާލަތު މިހާރު އަންނަނީ ރަނގަޅު ވަމުންނެވެ. އެމެރިކާ އިން މިހާރު ކޮވިޑަށް ފައްސިވާ މީހުންގެ ނިސްބަތް ހުރީ 149.83 ގައެވެ. ކޮވިޑް ފެތުރުން ކޮންޓްރޯލުން ނައްޓާލުމުން ހަރުކަށި ފިޔަވަޅުތަކެއް އަޅައިގެން ބަލި ކޮންޓްރޯލް ކުރި އިނގިރޭސިވިލާތުގެ ހާލަތު ވެސް މިހާރު އަންނަނީ ރަނގަޅު ވަމުންނެވެ. އިނގިރޭސިވިލާތުގައި ކޮވިޑުން ދިފާއުވުމަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ވެސް ވަނީ ވަރަށް ބޮޑަށް ފުޅާ ކޮށްފައެވެ. އިނގިރޭސިވިލާތުން ކޮވިޑަށް ފައްސިވާ މީހުންގެ ނިސްބަތް ހުރީ 32.51 ގައެވެ.

ރާއްޖޭގައި މިހާރު ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު 5594 އަށް އަރައެވެ. ކޮވިޑް ބަލި މީހުންގެ އަދަދު އިތުރުވަމުން އަންނަވަރަކަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ވެސް އަންނަނީ ގިނަ ވަމުންނެވެ. މިހާރު 172 މީހުންނަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުވެފައި ވީނަމަވެސް ބަލި ކޮންޓްރޯލް ކުރުމަށް މިހާރު މާގިނަ ފިޔަވަޅުތަކެއް އަޅާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. ރާނީ

  ރާއްޖޭގެ ވެރިމީހާގެ ޤާބިލްކަން އެއީ! ވަކިވަކިން ދުރުދުރުގައި މިއޮތް ކުޑަ އާބާދީގައި މިފެންވަރަށް ރޯގާ ފެތުރިގެން ދިޔުމަކީ ވެރިމީހާގެ ނާޤާބިލްކަން އަމިއްލަޔަަށް ވިސްނި އިސްތިޢުފާދޭންޖެހޭ ނޭކަމެއް!

  53
  3
  • އަލީނަޝީދު

   އަދިވެސް ގޮތް ދޫކުރާކަހަލަ ގޮތަކަށް ނޫން މިސަރުކާރު އޮތީ. އޮފީސްތަކާއި ސްކޫލު ކޮލެޖު ރެސްޓޯރަންޓުތައް ތަންމިނަށް ހުޅުވައިގެން މުވައްޒަފުންނާއި ކަސްޓަމަރުން އެއްކޮށްގެން އަނބުރަނީ.. މާލޭގެ ސަބަބުން މުޅި ރާއްޖެ އެއްކޮށް މިކަންތައްގަނޑުގެ ތެރެއަށް ވެއްޓި ހަނާވަނީ

 2. ބޮޑޭ

  ނަޝީދުއާއި މައިމޫނާ ތިރޭސް ކާމިޔާބު ކުރާނެ

  37
 3. ޑގގ

  ކޮވިޑް ގެ ވެސް ރެކޯޑް

  38
 4. ކަނބުލޮ

  އާބާދީ މަދު އިރުވެސް ކޮވިޑް-19 ރާއްޖޭގައި ކޮންޓްރޯލް ނުވަނީ ސަރުކާރުގެ ދޯހަޅިކަމުން. ފެއިލްވެފައިވާ ސަރުކާރެއް މި ރާއްޖޭގައި މިއޮތީ

  45
 5. މާސްޓާ ޕްލޭން

  ކޮނަމެ ރައީސަކުވެސް ރައީސަކަމަށް އަރާ ވެރިކން ދަމަހައްޓަން މާލެ ފުނި ޖެއްސޭތޯ ބެލީމަ ވާނެއެތި ވެފަމިއޮތީ.މާލެ ނޫން އެހެން ތަނެއް ރާއްޖޭގައި ނެތީތަ

  14
  1
 6. ސުވާޅް

  ވަގުތުން އަބަދު ބްރޭކިން ނިއުސް ގެނެސްދޭއިރު ފަތިހި ފަހަކުން ހަތެއް ޖަހަންދެން ހިތަދޫގައި ކަރަންޓު ނެތް ވާހަކަ ގެނެސްނުދިނީ ކީއްވެތަ؟

  15
 7. ހުސޭނުބޭ

  ތި ތަނުގައި އަދި އެއް ޗާޓު މަދެއްނު! ކޮވިޑް 19 ގައި އެންމެ ބޮޑެތި ވައްކަންކުރި ޤައުމުތަކުގެ ޗާޓު ކޮބައި؟ ރާއްޖެ އޮންނާނެ 1 ވަނާގައި

  20
 8. އަޙްމަދު

  އަދިވެސް ކަންޞޮޑުވާވަރަކަށް ނަމްބަރުތަކެއް ނާރާ! މައިމުނާގޭ އެޗްޕީއޭ ފާޓީ އޮޓީ އެމްޑީޕީޢާއި ގުޅިގެން ކޯލިޝަން ހަދާފައި!
  މިޤައުމުގެ ވެރިންކޮބާތޯވެސް ހިތަށްއަރާ! އަނެއްކާ އިންޑިޔާއަށް ވީހެންވާން ދޫކޮށްލަނީބާ! މިޤައުމަކި ފަރުދީޒިންމާވެސް އެންމެ ކުޑަޤައުމު!!! ރައްޔިތުންވެސް އުޅެނީ އެމީހާކު ބޭނުންވާ ގޮތަކަށް! މަސްކުވެސް އަޅަނީ އެމީހަކު ބޭނުންގޮތަކަށް! ޒުވާން ފުރާގެ އަންހެން ކުދިން އެމީހުންގެ ތުންފަތުގައި ލާފައި ހުންނަ ކުލަފެންނަގޮތަށް! ޒުވާނުން ދަތްދޮޅީގައި ނުވަތަ ނުވެސް އަޅަނީ! ތުނބުލީ ދިގުކޮށްގެން އުޅޭމީހުންގެ ތެރެއިން ބައެއްމީހުން އެއްވެސް ގޮތަކަށް ނާޅަނީ!!!

  14
  1
 9. ޅަބޭ

  ދެން ރައީސުއް ޖުމުހޫރިއްޔާ ޓީވީއައް އަރާ ފުއްމައިގެންފަ ބުނޭ މިއީ ކާމިޔާބެކޭ....

  14
 10. ޜެއްކާބެ

  ޜާއްޖޭގައި ނުރައްކާ އެތަށް ރޯގާއެއް އުޅުނު! މިހާ ގިނަދުވަހެއް އެއްވެސް ރޯގާ އެއް ކޮންޓްރޯލް ކުރާކަށް ނުނަގާ! މަވެތި ވެފައި ތިބި ބޮޑާ ބަޔެއްގެ އަތް މައްޗަށް މިގައުމުގެ އިދާރީ ހިންގުން ދިޔުމުން ވާގޮތް މިދަނީ ފެންނަމުން!މިކަމުން އިބްރަތް ލިބިގަނެ ރައްޔިތުން މިގައުމުގެ ކުރިމަގު ބައްޓަން ކުރަން އެބަޖެހޭ!

 11. ހަތްތަރި

  ބަންގްލަދޭސް ބޭފުޅުންވެސް މަގުމަތީގަ ޕާޓީހައްދަވާފަ ވަޑައިގަންނަވާއިރުވެސް މާސްކް އޮންނަނީ ދަތްދޮޅީގަ ފެންނަމީހަކުނޫޅޭ މާލޭގެ އާބާދީއޢްވުރެންގިނަ

  4
  1
 12. ށުވޭސް

  ޢާބާދީގެ ނިސްބަތުން އެންމެ ގިނަމީހުން ރަނގަޅުވީ ކޮންގައުމަކުން

  2
  3
 13. ޙަސަނާ

  ތިއޮއް ޓީޖެޓީ އެއްކާރިއައްދޭބަލަ މިތާއުޅޭވަގުބިދޭސީންގަޑު ފުނިޖެހިގެން ތެޅިބާލާގޮތް މިރައީސްްމިހާރުހަދާންވެސްނެތް ވޯޓުހޯދަން ހެދިދޮގު މިހާލަތުގަވެސް ލިބުނު މަދުވެކުސިންކޮޅުވެސް ދިގުކިއުހަދުވައިގެންބިދޭސީންނައްޖަހާހުސްކުރަނީ ދިވެހިރައްޔިތުންނައްނިސްބަތުންޖެހީ މަދުވެކުސިންް މިހާރަކުނޭގެ އެއްވެސްތަފުސީލެއް ކޮވިދުޖެހުނީ ކިތައްދިވެހިން ތޯ އެއްވެސް ފެށުނުތާކުރީކޮޅު ތަފުސީލުދީފަ މިހާރު އޮޅުވާލަނީ އިމަންޖެއްސީ ސެންޓަރުވެސް އުވާލީ ބަލިކޮންޓުރޯލްވިއްޔޯކިއާފަ މީކޮންކަހަލަ ވެރިކަމެއްބާ...

 14. މިވެސް

  އަވަހަށް މުޒާހިރާއަށް ދުއްވާގަނޭ ރައްޔިތުންގެ ހައްގުގައޭ ކިޔާފަ ސިޔާސީ މީހުންގެ ގަމާރު ގުނބޯ ހެދޭމީހުން ހަމަ އަދިވެސް ރާއްޖޭގަ ގިނައީ. އެންމެފަހުގެ އައި ފޯން ގެންގުޅުނަސް ހޭލުންތެރިވީ ކަމަކަށް ނުވާނެ. ރާއްޖެއަކީ ނިސްބަތުން އެންމެ ހޭލުންތެރި މީހުން ގިނަ ޤައުމަކަށް ވާނެކަން ޔަޤީން

 15. މިވެސް

  އަވަހަށް މުޒާހިރާއަށް ދުއްވާގަނޭ ރައްޔިތުންގެ ހައްގުގައޭ ކިޔާފަ ސިޔާސީ މީހުންގެ ގަމާރު ގުނބޯ ހެދޭމީހުން ހަމަ އަދިވެސް ރާއްޖޭގަ ގިނައީ. އެންމެފަހުގެ އައި ފޯން ގެންގުޅުނަސް ހޭލުންތެރިވީ ކަމަކަށް ނުވާނެ. ރާއްޖެއަކީ ނިސްބަތުން އެންމެ ހޭލުންތެރި މީހުން މަދު ޤައުމަކަށް ވާނެކަން ޔަޤީން

 16. ވަޒީރެއާލާ

  ސޯލިހު ކީރިތި ނުކުރައްވާތޯ މިހާވަރު ވާއިރުވެސް.

 17. ނަންރީތި

  ހީވަނީބަޔަކު ހޯދަން އުޅުނު ރެކޯޑް މުގުރާ ލެވުނީނޫންތޯ ކުށުގެރެކޯޑް ރޭޕްރެކޯޑް ކޮރަޕްޝަން ރެކޯޑް ވަރީގެ ރެކޯޑް ނަންހުސްކޮއް ރެކޯޑް ރިކޯޑް ގައުމު އަދިވެސް ބޮޑުވަޒީރެކޭ ކިޔޭތޯ ބަލަ