މާލެެ އާއި ހުޅުމާލެ ގުޅުވާލާ "ސިނަމާލެ ބުރިޖް"ގައި ރެނދުލަމުން އަންނަކަމަށް ބުނެ ދައުރުވަމުންދާ ފޮޓޯތަކަކީ އެއްވެސް ހަގީގަތެއް ނެތް، ފޭކް ފޮޓޯތަކެއްކަން ކަށަވަރު ކުރެވިއްޖެއެވެ.

ސިނަމާލެެ ބުރިޖްގައި ރެނދުލާފައި އެބަހުރިކަމަށްްް ބުނާ ފޮޓޯތައް ދައުރުވާން ފަށާފައި ވަނީ މި ހަފްތާގެ ތެރޭގައެވެެ. ބްރިޖްގައި ރެނދުލަމުން އަންނަ ކަމަށާއި، ކުރީގެެ ސަރުކާރުން ކޮށްފައިވާ މަސައްކަތަކީ ބޮޑު އަގު ހޭދަވިޔަސް ރަނގަޅު ފެންވަރުގ ބްރިޖެއް ނޫންކަމަށް ފޮޓޯއަށް ފާޑުކީ މީހުން ވަނީ ބުނެފައެވެ.

އެހެެން ނަމަވެސް ބައެއް ފަރާތްްތަކުންް ވަނީ މި ފޮޓޯ އާންމުވާން ފެށުމާއި އެކު އެ ސަރަހައްދަށް ގޮސް ބަލާފައެވެ. ރެނދުގެ އެއްވެެސް ނިޝާނެއް ފެންނަން ނެތް ކަމަށް އެފަރާތްތަކުން ވަނީ ހާމަކޮށްފައެވެެ.

ބުރިޖު އަޅަމުން ދިޔަ ދުވަސްވަރު ވެސް ބުރިޖާއި ގުޅޭ މިފަދަ ވާހަކަތައް ފަތުރާފައި ވެއެވެ. އެގޮތުން ބުރިޖު އަޑިއަށްދާ ކަމަށާއި، ބުރިޖު މައްޗަށް ރާޅު އަރާނެ ކަމަށް ބުނެ ވެސް ވާހަކަތައް ދައްކާފައިވެއެވެ.

ބުރިޖުގެ ފޭކް ފޮޓޯތަކެއް ދައުރުކުރަން ފަށާފައި މިވަނީ ބުރިޖުގެ އަމަލީ މަސައްކަތް ފެށިތާ ފަސް އަހަރު ފުރުމާއި ދިމާކޮށެވެ.

ޗައިނާގެ ސީސީސީސީން ހެދި ބްރިޖު ހިލޭ މަރާމާތުކުރާ ގޮތަށް އެ ގައުމުގެ ސަރުކާރުން ނިންމީ ދެ އަހަރަށެވެ. އެކަމަކު، ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ސީސީސީސީން ބްރިޖު މަރާމާތުކޮށްދޭ މުއްދަތު މިހާރު ވަނީ ފަސް އަހަރަށް އިތުރުކޮށްފައެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އެޅި ސިނަމާލެ ބްރިޖް ހަދަން ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ވަނީ ހަރަދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އަލީ

    ބަޔަކު ކޮއްފަ ހުރި މަސައްކަތުގެ އަގުވައްޓާލަން އޮޅުވާލުމުގެ ބަދަލުގަ މޮޅެތިކަންތައް ކޮއްފަ ދައްކައިގެން މީހުންގެ ލޯބި ހޯދަން ދަސްކޮއްބަލަ. މާ ސަޅިވާނެ އޭރުން. މިހާރު މި ވީގޮތް މާ ހަޑިއެއްނު.

    84
  2. ޖައުފަރު

    އެކަމަކު އެނގޭކަމަކީ އިންޑިޔާ މީހުން ބުރިޖު ހަދާ ނިމޭތަނުން އޮންނާނީ ވެއްޓި ކަނޑުއަޑީގައި ކަން. އަދި ހީއެއް ނުވޭ އެފަދަ ކަމެއް ކުރެވޭވަރު ބައެއް ހެންވެސް. މިހާތަނަށް އިންޑިޔާ މީހުން އެޅިބުރިޖެއް ވިއްޔާ އެއްގަމުގައި އެޅިޔަސް، ކޯރުގައި އެޅިޔަސް، މޫދުގައި އެޅިޔަސް އަދި ކަނޑުގައި އެޅިޔަސް އޮތީވެއްޓިފައި.

    68
    • ހުސޭނުބޭ

      އިންޑިޔާ މީހުން ބްރިޖް ހަދާތަ؟ މިކަހަލަ ހާޑް ޕްރޮޖެކްޓް ހިންގަން ދަންނަ ބައެއް ނޫން އެއީ. ފަހަރުގައި ގެރި ގުއި ބޭނުންކޮށްގެން ބޮޑު ޢިދަށް އުޅާލި ހަދާފާނެ!

    • ކަރުސަތުނާމާ އޮފިޝަލް

      އެހެން ވެގެންދޯ ކަލޭ އިންޑިޔާއަށް ބޭސްފަރުވާކުރަން ގޮސް އެކި ބްރިޖް މަތިން ދުއްވެނީ؟؟

      4
      31
    • ކެކެކެކެ

      އެހެންވީމަ އެމީހުންނަށް އެނގެނީ ވެއްޓޭ ބުރިޖު އަޅަން ދޯ..

      21
      1
  3. ރ

    ބްރިޖަށް އެއް ވެސް ގެއްލުމެއް ވޭތޯ ޗައިނަ މީހުން ދަނީ ބަލަމުން އިއްޗެވެސް އެކަން ކުރި އެއީ ރެންޑަމް ކޮއްކުަރާ ކަމެއް އެތަން އެމްޑިޕީ މޮޔައިންނަށް ފެނި ވާހަކައެއް ހަދާލީ ނިއުމަތަށް ޝުކުރުކުރުމެއް ނެތް ހަވީރު ފިނި ބުރުޖަހަން މިއަދުވެސް އެންމެ ގިނައިންދާނީ އެ ޕާރޓީ މީހުން

    34
    1
  4. ޢަޒު

    ކޮންމެ ކަމެއްވެސް މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ އެކަލާނގެ ކުޅަދުންވަންތަ ކަން އެހެން ހުރިހައި ތަކެއްޗަކާއި ކަމަކަށްވުރެން ފުރިހަމަ އެކަލާނގެ އިރާދަ ކުރައްވައިފި ނަމަ ކިތަންމެ ވަރުގަދަ ބޮރިޖެއްވެސް ވެއްޓެން ސިކުންތެއްވެސް ނުނަގާނެ ކިތަންމެ އާދައިގެ ބްރިޖެއްވެސް ގިނަދުވަހު ކޮޅަށް ހުންނަން އެކަލާނގެ އިރާދަ ކިރައްވައިފި ނަމަ 70.000 އަހަރަށްވެސް ހުރެދާނެ އިންސާނުންނަށް ބާރުދެއްވި ފަރާތުން އެބާރު ގެންދަނީވެސް ﷲ އަކްބަރު

  5. ޢަހަންމާ

    ބުރިޖް ޢެއީ އިންސާނުން ހަދާ އެއްޗެއް ރެދެއް އެޅީމަ ކޮބާ މައްސަލަ. ބޯ ގަޅި މީހުން ތި ކަހަލަ ފާޑު ފާޑު ގެ ވާހަކަ ދައްކާނެ. މީ ސަރުކާރު ފެއިލްވަމުން ދާތީ ކުރާނެ ކަމެއް ނެތިގެން ކުރާކައްތައް

  6. ކަމަނަ

    އަނގެއް އޮތީމަ ތަޅުވަނީ ދޯ ކަލޯ... އަޅެ އެމްޑީޕީގަ ނޫޅޭ ހެޔޮ އެއްޗެއް ކިޔާ އެކަތިވެސް... ހުސް މި ކަހަލަ ޤަމާރުން...🙈🙈🤣🤣

    38
    • ރާގޮޑިރާޖަ

      ޙެޔޮއެއްޗެތި ކިޔަންއެގޭނީ ހަމައެކަނި ވަގުންނަށްތޯ؟

      • ބިސް

        ރާގޮޑިރާޖާ ވަރަށް މޮޅުއެއްޗެއްދޯ ތިބުނެވުނި؟ އެމްޑީޕީ ވެރިންނަށް ކަމެއްނުވުމަކީ އެހެންމީހުންނަށް ވަގަށް ގޮވައިގެން ކުރިއެރުން ލިބޭނެ ކަމެއްނޫން...ބަލާލަބަލަ ތިންއަހަރުން އެއްވެސް ކަމެއް ނުވެ ގައުމު ކައިހުސް ކޮއްލީ ކޮންބައެއްތޯk

  7. ޙެހެ

    ވޯލް ޕުޓީ އަޅާ ފޮރުވާފަ.

    1
    1
  8. ކާލާ

    މިތަނުގަ ދެންވެސް ބްރިޖެއް އެޅިއްޔާ އަޅާނީ ޗައިނާ މީހުންލައްވާ އެކަމަކު ނަން އޮންނާނީ އިންޑިޔާ މީހުން ކުރިމަސައް ކަތެއްގެ ނަމުގަ އެއީ އެމީހުންގެ ފެންވަރު

  9. ދިވެހިސޮރު

    ރެނދުލީ އިބްރާހިމް ސަރުކާރުގަ..އިންޝާﷲ ވ އަވަހަށް ވެއްޓޭނެ.ރައްޔިތުންނަށް ދިނީ އަނިޔާ

  10. ނަސީ

    މިސަރުކާރައް ބްރިޖް ހަޖަމުނުވަނީ އެހެން ދޯދެންވާނީ އިންޑިޔާއައް މުޅިގައުމް ވިއްކާލައިގެންވެސް މިވެރިންނަކައް ބްރިޖެއް ފެށޭވަރު އަދި ނުވޭ މިއޮއްގެން ވެެރިކަން ނިމެންކައިރިވީ 2023 ، މިބީތާއިން ދެން 2023 ހައް ކުރިމަތި ލާއިރު ކޯޗެއްބާ ދެން ރައްއިތުންނައް ވިއްކަން ނުކުންނާނީ ، ފަހަރެއްގާ އިންޑިޔާ ޕާސްޓޯޓް ލިބޭގޮތް ވެދާނެތޯޗެއް