ރައްޔިތުންގެ މަޖިލީހުގައި މަދަނީ އިޖުރާއަތްތަކުގެ ބިލުގެ މަސައްކަތް ލަސްވުމުގައި ރައްޔިތުންގެ މަޖިލިސް ގޯސްކުރައްވައި، ރައީސް އޮފީހުގެ ލީގަލް ކައުންސެލް އަޙްމަދު ޢަބްދުﷲ ޢަފީފް ވާހަކަ ދެއްކެވީ މަންދު ކޮލެޖަށް ބަދަލު ދިނުމަށް ނިންމާފައިވާ ނިންމުން ދިފާއު ކުރެއްވުމަށް ކަމަށް ވިދާޅުވެ އޭނާގެ އިޚްލާސްތެރިކަމާ މެދު، މަޖިލީހުގައި އެ ބިލް ދިރާސާ ކުރި ޖުޑިޝަރީ ކޮމިޓީގެ މުޤައްރިރު އިމްތިޔާޒް ފަހްމީ (އިންތި) ސުވާލު އުފައްދަވައިފިއެވެ.

ރައީސް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަފީފް ވަނީ ރައްޔިތުންގެ މަޖިލިހުގެ މަސައްކަތްތަކަށް ވެސް ފާޑު ވިދާޅުވެފައެވެ. މި ގޮތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި މަދަނީ އިޖުރާއަތްތަކުގެ ބިލް ފާސްކުރުމުގެ މަސައްކަތް ލަސްވަމުންދާތީވެ އިންސާފު ޤާއިމް ކޮށްދިނުމަށް ހުރަސް އެޅިގެންދާ ކަމަށް ޢަފީފް ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ފަރާތުން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި، މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ފާހަގަކުރެއްވި ގޮތުގައި ޢަފީފަކީ މަންދު ކޮލެޖްގެ ލީގަލް ފާމްގައި މަސައްކަތް ކުރައްވާ ވަކީލެއްގެ އިތުރުން ރައީސް އޮފީހުގެ ސެޓަލްމަންޓް ކޮމިޓީގެ ވެސް މެންބަރެއް ކަމަށެވެ.

އަދި އޭނާއަކީ މަންދު ކޮލެޖްގެ ވެރިޔާ އިބްރާޙީމް އިސްމާއީލް (އިބްރާ) ގެ ޅިޔަނު ކަން ވެސް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ބަލާލިން މިއީ ކިހިނެއްވާ ކަމެއްތޯ. ރައީސް އޮފީހުން ޕްރެސްއާ ބައްދަލުކޮށް ލީގަލް ކައުންސެލް މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފައި މިވަނީ ސޯޝަލް މީޑިއާގައި މަންދު ކޮލެޖްގެ ވެރިޔާ ވަރަށް ގިނައިން އެ ކޮލެޖަށް ބަދަލު ދިނުން ނިންމި ސަބަބު ސަރުކާރުން ސާފުކޮށްދޭށޭ ބުނެ ވާހަކަ ދައްކަމުން ދަނިކޮށް، ރައީސް އޮފީހުގެ ލީގަލް ކައުންސެލްއަކީ، މަންދު ކޮލެޖް ލީގަލް ފާމްގައި މަސައްކަތް ކުރައްވާ އަދި ރައީސް އޮފީހުގެ ސެޓަލްމަންޓް ކޮމިޓީ އަދި މަންދު ކޮލެޖްގެ ވެރިޔާގެ ޅިޔަނު، އޭނާގެ އިންޓެގްރިޓީއާ މެދު ސުވާލު އުފައްދަން." އިންތި ވިދާޅުވިއެވެ.

މި ސަރުކާރު އައި ފަހުން، ކުރީގެ ސަރުކާރުގައި ޤާނޫނާ ޚިލާފަށް އެއްބަސްވުންތައް އުވާލައިގެން ޝަރުއީ ކޯޓުތަކުގައި ގެއްލުމުގެ ބަދަލު ހޯދަން ހުށަހަޅާފައިވާ ފަރާތްތަކާ މެދު ސަރުކާރުން ދަނީ މަޝްވަރާކޮށް ޝަރުއީ މަރުހަލާގެ ބޭރުން އެއްބަސްވެވޭ ގޮތެއްގެ މަތިން މައްސަލަ ނިންމަން މަސައްކަތް ކުރަމުންނެވެ.

ރައީސް އޮފީހުގައި މި ކަމަށް ޓަކައި ސެޓަލްމަންޓް ކޮމިޓީއެއް ވެސް އުފައްދާފައިވެއެވެ. މި ކޮމިޓީ މެދުވެރިކޮށް ބަދަލުގެ ގޮތުގައި ގިނަ ކުންފުނިތަކަށް ފައިސާ ދިންއިރު، އޭގެ ތެރޭގައި އިބްރާގެ މަންދު ކޮލެޖާއި އޭނާގެ މަސްލަހަތު އޮންނަ ބިގް ކުންފުނި ވެސް ހިމެނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ކައިރު

  ކޮބާ އޭޖީ ރިފްޢަތު. އޭނައަކީވެސް ބޯގަންވިލާ ބައިގަނޑުގެ ތެރޭގައި ހިމެނޭ މީހެއް. މަގާމަށް އައުމުގެ ކުރިން ތި އަފީފުވެސް އަދި ރިފްޢަތުވެސް ދައުލަތާ ދެކޮޅަށް ބަދަލު ހޯދުމަށް ދިޔަ އީ ވަކާލާތު ކުރުމުން. ދައުލަތް ހިންގުމަށް ތިބި ބަޔަކު ދޭންޖެހޭ އެއްޗެކޭ ބުނީމަ ދެން ރައްޔިތުން ތިބޭ އަނގަޔާ އަތާ ދިމާނުވެ.

 2. ައަބޫ

  އެމްޑީޕީ އަދި އެވެރިންގެ ސަރުކާރުގަ އުޅޭމީހުން އެކަކުއަނެކަކައް ތިމާގެ ރައްޓެހި ގުޅުންނެގޭމީހަކުމަދުވާނެ މާލޭގަދިރިއުޅޭރައްޔިތުންގެތެރޭ ފަހަރުގަވެދާނެ މިއަދުޓީވީތަކައްއަރާ ތިކަންތައްހާމަކޮއްތިދެނީ އޮޅުޥާލުމައް ސިޔާސީމަންފާއެއްހޯދުމައް ފުރަތަމަ ދައުލަތުގެ ވެރިންގެ ގުޅުންކިއާދީބަލަ އައްނި އީވާ އިބޫ ދެންމިމީހުނާތިމާގެ ގުޅުންތިބި ކެބިނެޓުގަތިބިމީހުން ދެން މުއްސަސާތަކާ ކުންފުނިތަކުގަތިބި ވިއަފާރިވެރިން ދެންތިވިއްކަންއުޅޭ އެއްޗެއްނުވިއްކޭނެ މިޜާއްޖެއަކައް ދެތިންކޮހުންނަކައް ފެއިލްވީ ތިންބާރުންވެސް ތައްޔިތުން ބޭރުއަރުވާނެ 2023ގަ ވަގުތުއޮއްވާ ރޮޝިދަމަންދަސްކުރޭ.

 3. Anonymous

  އަފީފް އަކީ އިބްރާގެ ޅިޔަނު

 4. އަބްދޫ

  ތިޔަ ބަދލުދިނުނ ރަނގަޅުކަމަކަށް ނުބެލެވޭ. އެމްއިއެސް އިމަރާތް ސަރުކަރުން އިބްރައާއި ހަވާލުކުރީ މަންދު ކޮލެޖް ހިންގާކަށެއްނޫން. އިންތަރނެސަނަލް ސްކޫލެއް ހިންގުމަށް ހަވާލުކުރި ތަނުގަ މަންދު ކޮލެޖް ހިންގައިގެން ބޮޑުފައިދާ 2 އަހރުވަންދެން ހޯދި އެތަންހަވާލުކުރީ ތަނުގަހުރި އެވަގުތު ކުރަންޖެހޭ މަރަމާތަށް 3 މިލިއަންރުފަިޔާގެ ލޯނެއް ސަރުކާރުންދީގެން. އެތަން މަރާމާރު ކުރިނަމަ ކުރި ހުރިހާހަރަދެއް ހިންގީ އެލޯނުން. އޮޑިޓަރ ޖެނެރަލް އެބުނާ ހަރަދު އެތަނުގަކޮށްފަ ހުރީ އެލޯނުތެރޭން އަދިވެސް އެލޯނުގާ ނުދެއްކި ބާކީ 8 ލައްކަ އެބައޮތް. ވީމާ ދޮގުމައުލޫމާތު ހުށަހަލައިގެން އިންތަރނެސަނަލް ސްކޯލެއް ހިންގުމަށް އިމަރާތް ސަރުކާރުން ހޯދާ ނަޖައިޒް ފައިދާ ހޯދި މައްސަލާގަ އިބްރައާއި ދެކޮޅަށް ދައުވާ އުފުލަންޖެހޭނެ. އެއީ އޮޅުވަލައިގެން އިމަރާތް ހޮދާ މަންދު ކޮލެޖް ހިންގައިގެން ވަނީ ބޮޑުފައިދާ ނަގަފަ،

 5. އަބްދޫ

  އިބްރައާއި އަހްމަދު އަބްދުﷲ އަފިފް އެއީ ދެޅިޔަނުން. އިބުރާއިނދެގެންއުލެނީ އަހްމަދު އަބްދުﷲއަފީފްގެ ކޮއްކޮއައި

 6. ބޭޗާރާ

  ރާއްޖޭގައި ހުރި އެންމެ އިޚްލާޞްތެރިކަން ކުޑަ އެންމެ ގަބު އެންމެ އަމިއްލަ އެދުމުން ފުރިގެންވާ މީހާ އެހެން މީހުންގެ އިޚްލާޞްތެރިކަމާމެދު ސުވާލު އުފެއްދުމަކީ ތިމާގެ ފޫކޮޅުގައި އޮތް ހަޑިމުޑުދާރުކަން ތިމާއަށް ނުފެނުން. ރައްޔިތުންގެ މަޖިލީހުގެ ތާރީޚުގައި އެތަނަށް ވަދެ އުޅުނު މީހުންގެ ތެރެއިން އެންމެ ހަޑިމުޑުދާރު އެކަކު ތިޔަ ވާހަކަ ތިޔަ ދައްކަނީ. ޖުޑީޝަރީ ކޮމިޓީގައި އިންއިރު ޖުޑީޝަރީ ވަނީ ޑިކްޓޭޓަރެއްގެ އަތްދަށުގައި ކަމެއް ނޭނގުނު.