ލ.މާވަށު ކައުންސިލް ރައީސް ކަމަށް ހޮވުނީ ޕީޕީއެމްގެ އަހުމަދު މޫސާ ކަމަށް އިލެކްޝަންސް ކޮމިޝަންސް އިން އިއުލާން ކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ދެންމެ އިއުލާންކުރި އިންތިހާބުގެ ވަގުތީ ނަތީޖާ ބުނާ ގޮތުން އިންތިހާބުގައި މާވަށު ކައުންސިލް ރައީސް ކަމަށް ވާދަކުރި އެމްޑީޕީގެ އާދަމް އަބްދުއްރަހްމާނަށް ލިބުނީ 531 ވޯޓެވެ. ޕީޕީއެމްގެ ކެންޑިޑޭޓް އަދި މިހާރު ވެސް ކައުންސިލްގެ ރައީސް ކަމުގައި ހުންނެވި އަހުމަދު މޫސާ އަށް ވަނީ 557 ވޯޓް ލިބިފައެވެ.

މާވަށު ކައުންސިލް ރައީސްއެއް ހޮވުމަށް މިދިޔަ ހޮނިހިރު ދުވަހު އަލުން ވޯޓްލީ ވޯޓް އެއްވަރުވެފައި އޮތުމުންނާއި އެއްފޮއްޓަށް އެހެން ދާއިރާއެއްގެ މީހަކު ވޯޓް ލާފައި އޮތުމުންނެވެ. ހޮނިހިރު ދުވަހު ވޯޓް ނެގީ އެހެން ދާއިރާއެއްގެ މީހަކު ވޯޓް ލާފައި އޮތް ފޮށީގައި އެކަންޏެވެ.

އަހްމަދު މޫސާ މާވަށު ކައުންސިލް ރައީސްކަމަށް ހޮވުނުކަން އިލެކްޝަންސް ކޮމިޝަނުން މިއިއުލާން ކުރީ އިންތިހާބު ކާމިޔާބު ކުރީ އެމްޑީޕީގެ އާދަމް އަބްދުއްރަހުމާން ކަމަށް އެމްޑީޕީން ބުނަމުން ދަނިކޮށެވެ.

ހޮނިހިރު ދުވަހު ބޭއްވި ކައުންސިލްގެ އެއް ގޮނޑީގެ އިންތިހާބު ވެސް ކާމިޔާބު ކުރީ ޕީޕީއެމްގެ ކެންޑިޑޭޓެވެ. އިލެކްޝަންސް އިން ބުނި ގޮތުގައި މިއަދު މާވަށު ކައުންސިލްގެ ދާއިމީ ނަތީޖާ އިއުލާން ކުރާނެ އެވެ.

އެއް ފޮއްޓެއްގެ އަލުން އިންތިހާބު ބާއްވައިގެން ޕީޕިއެމްއަށް މާވަށު ކައުންސިލް އާއި މެމްބަރުކަމުގެ ގޮނޑި ލިބުމުން، އެ ކައުންސިލްގެ ހުރިހާ ގޮނޑިއެއްވެސް މިހާރު ވަނީ އެ ޕާޓީއަށް ލިބިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހެޔޮެއެދޭ ފަރާތެއް

    މަރުޙަބާ! އަޙުމަދު މޫސާ

    12
    1
  2. ގލ

    ކޮންމެ އިންތިޚާބެއްގައި މަ ކކަރާއި ހީލަތުން ކާމޔާބު
    ހޯދަން އުޅުމު ބަދަލުގައި ރައްޔިތުންގެ ތާއީދު ހޯދައިގެން
    ވެރި ކަމުގައި މަޑިއްޕަން ދަސް ކުރަން އެބަހެހެއެވެ.

  3. ހުސޭނުބޭ

    އެނޫން އެހެން ގޮތެއް ނެތީމާ ޖެހޭނީ އިޢުލާންކުރަން

  4. ނަައީމް

    ގިނަރަށުގަ ހަމަ ތިހާލު ވޯލީމީހުނައްވުރެ ބާތިލް ގިނަ ހުރިހާމީހުންގެ ނަންހުރީ އެއކަރުދާހުގާވީމާ އެންމެ ތަނެއްގާވެސް ރޮގެއްދަމާފަވީމާ ވެސް މުޅިކަރުދާސްބާތިލް އެގޭނެއް އެކަކުވެސް މިވާނުވާ

  5. ހއ

    ރަށުންބޭރު ރައްރަށުގަ ވޯޓްލާފާތިބިމީހުންގެ ވޯތްތައްއަދިވެސް ނުފެނޭ އެމްޑީޕީ ބަލިވެދާނެތީ ފޮރުވާފަ ހަމަ އެކަނި އެމީހުންގެ މީހަކައްލިބޭ ވޯޓެއްއެކަނި ނަގަނީ އަނެއްވޯޜް ނުވެސްފެންނަނީ އިލެކްސަންސައިޓުން