އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިބްރާހިމް އިސްމާއިލްގެ މަންދު ކޮލެޖަށް މި ސަރުކާރުން ބަދަލުދޭން އުޅޭ މައްސަލަ މަޖިލީހުން ބަލައި ދިނުމަށް އެދިފައި ވަނިކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިބުރާގެ ހޫނު ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވައފިއެވެ

އެމްއީއެސް ހިންގި އިމާރާތުގައި ހިންގަމުން ދިޔަ މަންދު ކޮލެޖު އަތުން އެތަން އަތުލުމުން ބަދަލެއްގެ ގޮތުގައި 15 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ދައުލަތުގެ މައްޗަށް މިދިޔަ އޭޕްރިލް މަހު ވަނީ ހުކުމްކޮށްފައެވެ.

މަންދު ކޮލެޖް ހިންގާ މާލެ ހައި ޕްރައިވެޓް ލިމިޓެޑަށް އެމްއީއެސް ކުރިން ހިންގި އިމާރާތް ސަރުކާރުން ދޫކޮށްފައި ވަނިކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވަނީ އެ އެއްބަސްވުން ބާތިލްކޮށް، އެތަން އަތުލައިފައެވެ.

އެ އެއްބަސްވުން ބާތިލް ކުރީ އެޑިއުކޭޝަން މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެ ތަނުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގަން ޖެހުނު ނަމަވެސް އެ އެއްބަސްވުމާ އެއްގޮތަށް އަމަލު ނުކުރި ކަމަށް ބުނެއެވެ.

އެއާއެކު މަންދު ކޮލެޖުން ވަނީ އެ އިމާރާތުން ބޭރުކޮށްލުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން 18 މިލިއަން ރުފިޔާ ހޯދުމަށް ދައުވާކޮށްފައެވެ. ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ދެފަރާތުން ވަނީ 15 މިލިއަން ރުފިޔާ ދެއްކުމަށް އެއްބަސްވެފައެވެ. އަދި ދެ ފަރާތުން އެގޮތަށް އެއްބަސްވުމުން މިދިޔަ ހޯމަ ދުވަހު ދައުލަތުގެ މައްޗަށް ކޯޓުން ހުކުމްކުރީ އެ ފައިސާ އެއް މަސް ތެރޭގައި ދެއްކުމަށެވެ.

އޭގެ ފަހުން އޮޑިޓަ ޖެނެރަލްގެ އޮފީހުން ނެރެފައިވާ އެސެސްމަންޓް ރިޕޯޓްގައިވާ ގޮތުން މަންދު ކޮލެޖަށް އެމްއީއެސްގެ އިމާރާތަށް ކުރި އިންވެސްޓްމެންޓްގެ އަގުގެ ގޮތުގައި ކެޕިޓަލައިޒްކޮށްފައިވާ 1.5 މިލިއަން ރުފިޔާ ކަަމަށާއި ވިޔަފާރިއަށް ލިބުނު އިތުރު ގެއްލުމުގެ ބަދަލު ދައުލަތުން ދައްކަން ޖެހޭ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށް ހާމަކުރި ހިސާބުން މަންދު ކޮލެޖަށް ބަދަލު ދިން މައްސަލަ ހޫނުވިއެވެ.

އެ މައްސަލަ އަށް އާއްމުންގެ ފާޑުކިޔުން ބޮޑުވެ އޮޑިޓާ ޖެނެރަލް އެކުލަވާލި އެސެމަންޓް ރިޕޯޓާއިއެކު މިމައްސަލަ ބަލައި ދިނުމަށް މަޖިލިސް ރައީސް ނަޝީދު ވަނީ މާލިއްޔަތު ކޮމިޓީއަށް ފޮނުވާފައެވެ.

އެކަމާއި ގުޅިގެން އިބުރާ ވަނީ ދައުލަތުން އޭނާގެ ހައްގަކަށް އަރައިގަނެ، މުދާ ފޭރިގަނެފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވަނިކޮށް ރައީސް ނަޝީދު އެކަމާ ބެހެންވީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ. ނަޝިދު ކަނޑައެޅިވަރަށް ވުރެ އިތުރަށް އޭނާ އަށް ހައްގުވާ ކަމަށް ދެކެނީތޯ އޭނާ ސުވާލު ކުރެއްވިއެވެ.

އިބުރާ ވަނީ އޭނާގެ އެއްބަނޑު މީހުންނާއި ގާތްތިމާގެ މީހުން ދައުލަތުގެ މަގާމުތަކުގައި ތިބުމަކީ އޭނާއަަށް ލިބެން ޖެހޭ ހައްގަކުން މަހްރޫމް ކުރަން ޖެހޭ ސަބަބެއް ނޫން ކަމަށް ވިދާޅުވެފައެވެ.

" ދެން ހަމަ އަހަރެމެން ގަބޫލުކުރަންވީ ތީ މާ އިންސާފުވެރި އޯގާތެރި މީހެއް ކަމަށް؟ އިންސާފަކީ އަންނި ކަނޑައަޅާ އެއްޗެއް؟ އަންނި ޖަހާނެ ސަކަރާތެއް ޖަހަން ދުރުގައި ހުރީމަވެސް ނުފުދުނު؟ މިތާ އެހެން މީހަކު އުޅޭނެ ކަމެއް ނެތް؟ އަބަދު ހަމައިގަ ނެތަސް ކޮންމެވެސް އެއްގަޑިއަކު ހަމައިގައި ތިބެންވާނެ" އިބުރާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހިމް އިސްމާއިލް (އިބްރާ) ގެ މަންދު ކޮލެޖް ހިންގި އިމާރާތް، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ކުއްލި ގޮތަކަށް އަތުލުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ލިބެން ޖެހެނީ އެ ކޮލެޖްގެ ފަރާތުން ހުށަހަޅާފައިވާ 243 މިލިއަން ރުފިޔާއަށް ވުރެ ވެސް ބޮޑު އަދަދެއް ކަމަށް އިބްރާ ވިދާޅުވެއެވެ.

އެގޮތުން އެ ކޮލެޖަށް ލިބެން ޖެހޭ އަދަދަކީ އެންމެ 1.5 މިލިއަން ރުފިޔާ ނޫން ކަމަށާއި ސަރުކާރަށް ކޮލެޖުން ހުށަހަޅާފައިވާ ގޮތަށް 240 މިލިއަން ރުފިޔާ އަށް ވުރެ ވެސް ބޮޑު އަދަދެއް ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އިބުރާ ވަނީ އެކަމުގެ ހެކި ހުރި ކަމަށް ވެސް ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. މާމިގިލީ މީހާ

  24 ގަޑި އިރު ހަމައިގަ ހުންނާން ނުޖެހޭނޭ ނަސީދު ބުނީ. އެހެންވީމާ ގިނަ މީހުން ނަސީދައް ތާއީދު ކުރަނީ. ގަހު ކުރީ ތީބޭންޖެހޭނީ.

  10
  1
 2. އި ބުރާ

  ކކކކކއޭ ބަލަ ނަޝީދު މަގޭ ލާރި ކޮޅަށް ހުރަސް އަޅަނީ ކީއް ކކވެތަ

 3. ހަސަނުގެ ދަރި

  ތިޔަ މަޖްލިސްގައި އެބަތިބިބާ އެފެންވަރުގެ ބަޔެއް. ދެން އެހެން ނޫނަސް ރައްޔިތުންގެ މަޖްލިސްއޭ ކިޔާފައި ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކަށްވެސް އަރައިގަންނަނީ ނުވިތާކަށް ޝަރުޢީ ދާއިރާއަށްވެސް އަންނިގެ ދެފައި ބާނައިގެން ހަލުވަން ފެށީ. ތިމާއަކީ ގައުމުގެ ބޮޑުވަޒީރުކަމަށް ހީކޮށްގެން ހުރިހާ ދިމާއަކަށް ބޭނެނީ . އަހުން މިބުނަނީ އިބްރާއަށް ދޭންވާ ފައިސާގެ އަދަދު ރަގަޅެކޭ ނޫން އެކަމަކު މި ހަވަރު މަޖްލިސް ކޮންމެ ތާކަށް ބޭނި ގަނެގެން ނޮހޮރުއްޕާން ކުރަނީ. އިބޫ މިހާރުވެއްޖެ މި މަޖްލިސް އުވާލަން.

 4. Happy 123

  ޢިބުރާމެން ގުަޅިގެން މުޅި ގައުމު ދަވާލަނީ.. 15މ ދޭންޖެހެ ސަބަބެއްނޭގެ!!

 5. ާައަހުމަދު

  އިބުރާވެސް މިއުޅެނީ ރައްޔިތުންގެ ފައިސާކޮޅު ކާލެވޭތޯ. މާލޭގަ އަހަރުމެންގެ ހަޔާތުގަ ދީން ބަދަލު ކުރިކަމަށް ކިޔާ އަޑު އިވެނީ ތިގޭތެރޭނ ވިލާ

 6. އޯގާތެރިވޭ

  " ދެން ހަމަ އަހަރެމެން ގަބޫލުކުރަންވީ ތީ މާ އިންސާފުވެރި އޯގާތެރި މީހެއް ކަމަށް؟ އިންސާފަކީ އަންނި ކަނޑައަޅާ އެއްޗެއް؟ އަންނި ޖަހާނެ ސަކަރާތެއް ޖަހަން ދުރުގައި ހުރީމަވެސް ނުފުދުނު؟ މިތާ އެހެން މީހަކު އުޅޭނެ ކަމެއް ނެތް؟ އަބަދު ހަމައިގަ ނެތަސް ކޮންމެވެސް އެއްގަޑިއަކު ހަމައިގައި ތިބެންވާނެ" އިބުރާ ވިދާޅުވިއެވެ. މިވާހަ ކިޔާލީމާ އަންނަނީ ހިނި އެއީ ތިޔަ އިބުރާޔައް އެސްކޫލް ދިނީ އިންސާފުންތޯ ދިވެހިރައޔިތުންގެ މިލްކިއްޔާތެއް ތިޔަބުނާ އަންނިޔޭކިޔާމީހަކައް ދެވިދާނޯ ވެރިކަމައް އާދެވުނބީމަ މިގައުމުގެ ހުރިހާމުދަލަކާ މުޅިގައުމަކީ އެވެރިޔެއްގެ ތަރިކަމުދާތޯ އިބުރާ އަމިއްލަނަފްސައް ސުވާލްކޮއްލަ ބައްލަވަ

 7. ދޮނާ

  މިހާރު ހަމައިގައި ނެތީ އިބުރާހެން މަށަށް ހީވަނީ. ދައުލަތުގެ އޮޑިޓަރ ޖެނެރަލް ނެރުނު ރިޕޯޓުގައި އޮތީ 1.5 މިލިޔަން ރުފިޔާއަށް ވުރެ އިތުރަށް ދޭން ނުޖެހޭ ކަމަށް. އެކަމަކު ނިކަމެތި ރައްޔިތުންގެ ޓެކުހުން ތި ދަމައިގަތީ 15 މިލިޔަން. އަންނިއަށްވެސް ހުރެވިދާނެ އަޅާ ނުލާވެސް. އެކަމަކު ރައްޔިތުންގެ ފައިސާ ތިގޮތަށް ޕަކަޅާ ކުރާއިރު އަންނި ހަމައިގަ ނެތަސް އޭނަ ކީއްކުރަށް އެއްވެސް ހެޔޮވިސްނޭ ރައްޔިތަކު ނުހުންނާނެ އަޅާ ނުލާ. ހެޔޮ ނުވާނެ ރައްޔިތުންގެ ފައިސާ ތިގޮތަށް ދަމައިގަންނަން.

 8. ަނޫނު

  ހޭބައްޔާ. ތީ ތިކަހަލަ 15 ކޮލެޖް އަޅައިގެން ހިންގޭނެ ފައިސާ ތި ދަމައިގަތީ. އަންނި ތި މައްސަލަ ރަގަޅަށް ބަލަންޖެހޭނެ.