އެމްޑީޕީގެ މަޑަވެލީ ދާއިރާ ރައީސް ކަމަށް ވާދަކުރަން އިބްރާހިމް ނާފިޒް (ޗިކާ) ނިންމައިފިއެވެ.

އެމްޑީޕީ އެކްޓިވިސްޓެއްގެ ގޮތުގައި ފާހަގަ ކުރެވޭ ޗިކާ އަކީ އެމްޑީޕީ އުފެދުނީއްސުރެ އެޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވަމުން އަންނަ މީހެކެވެ.

އޭނާ ވަނީ 2019 ވަނަ އަހަރު އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި މަޑަވެލީ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވެސް ވާދަކޮށްފައެވެ. އެފަހަރު ޗިކާ އިންތިހާބުން ބަލިވީ 15 ވޯޓްގެ ތަފާތަކުންނެވެ.

އެމްޑީޕީގެ ޕްރައިމަރީން ބަލިވުމުން ޗިކާ ވަނީ އިންތިހާބު ކާމިޔާބު ކުރި މަޑަވެލީ ދާއިރާ މެންބަރު ޙުސައިން ފިރުޝާނަށް އިންތިހާބު ކާމިޔާބު ކޮށްދިނުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައެވެ.

ގދ.ނަޑެއްލާ އަށް ނިސްބަތްވާ ޗިކާ މިހާރު ވަނީ މިމަހުގެ ފަހުކޮޅު އޮންނަ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރުމަށް ކެމްޕޭން ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. ޢަފުން އަންނި

  ގޭންގް އިސްޓާރުން ވީމަ ދެން ހަކުރު ގިނަވޭ

  26
  2
 2. ޢަލީ

  ޗިކާ ވާނީ ޗިކާއައް އެއްވެސް މީހަކު ޗިކާ އައް ވޯޓް ނުދޭތި މީ ވަރައް ވާހަކަ

  22
  3
 3. ކަލޯ ގެ އިބުރާ

  ފަހު ޒަމާނު ގައި ތިބޭނީ މި ކ ކަހަލަ ވެރިން ދޯ

  27
  2
 4. ރަސްގެފާނު

  ޑްރަގުގެ ބޮޑެއް....

  24
  2
 5. ގަންގޫ

  މިކަހަލަ ހަމއިގައި ކޮންމެހެން ތިބެން ބޭނުން ނުވާ މީހުން މުޅިންވެސް ރީނދޫޕާޓީގަ ތިބޭނީ މިކަހަލަމީހުން ނައް ވޯޓުވެސް ދޭނީ ހަމައެކަހަލަ މީހުން

  22
 6. ޙަސަނާ

  މިކަހަލަ މީހުން އެންމެންނަކީ ނަސީދައްވާގިވެރިވާ މީހުން މިމީހުން މޑޕ ނޫންވެރިކަމެއްމިތާއޮންނަނަމަ މީހުންމަރާ މަރާމާރީ ހިންގާ ހަދާ މަސްތުވާތަކެތި ބޭނުންކުރާ އެންމެންނަކީ ނަސީދައްވާގިވެރިވާމީހުން މީގެސިއްރެއްވެސް ވާނެކަންޔަގީން...

  15
  1
 7. ފަޅޯ

  މިހާރު ސިޔާސީ މައިދާނުގަ ބާރުގަދައީ ހަކުރުން. މީ މިހާރު މެކްސިކޯ ގޮތަށް މިސްރާބު ޖަހާފައިވާ ގައުމެއް. ތީ އަސާސީ ތައުލީމެއްވެސް ހުރި މީހެއް ނޫން

  22
 8. މަންޖެ

  ހުސް ގޭންގު ސުޓާރުން ވެރިކަމްއްލާންވީ އޭރުން މިގައުމު ހަމަޔަކައް އަޅުވަދޭނަން

  12
  1
 9. އސލ

  މިއީ މޑޕ ގެ ހަގީގީ ސިފަ. އެންމެ ކުރިންވެސް.

  17
 10. މިންޖުވާންޖެހޭ

  ގުރޭޑް 4 އެއްގަވެސް ކިޔަވާފައި ނުވާނެ.. އަދާކުރާ ވަޒީފާއެއް ނެތް އުޅެނީ މާލޭގަ.އާއިލާ ލަންކާގަ. ދުވަހުވެސް ހަލާލު ލާރީގަ އުޅުނު މީހެއް ނޫން. އަތުގަ ރޮލެކުސް ގަޑި.

  18
 11. ޓިން

  މީނަ ވަޒީފާއެއްގަ ނޫޅޭ. އެކަމަކު ލަގްޒަރީ ލައިފް. ޒުވާނުން ހަލާކު ކުރި މޭސްތިރި

  19
 12. މަންޖެ

  ދުވަހަކުވެސް އަދާކުރި ވަޒީފާއް ނެތް. އުޅެނީ މާލޭގަ.ލަގްޒަރީ ލައިފްގަ. އަޅަނީ ރޮލެކްސް. ދަރިން ލަންކާ ކިޔަވަން. ބޮޑުވަރު

  14
 13. މީއް

  މިގައުމު ޒުވާނުން ހަލާކުކުރި ބޮޑެއް.

  15
 14. މައްސާހު

  މަޑަވެލި ދާއިރާގެ އެމްޑީޕީ އެންމެހާ މެމްބަރުންގެ ފުރިހަމަ ތާއީދު ޗިކާ އަށް

  1
  16
 15. ލަކުޑިބޯ

  އަސާސީ ތައުލީމާއި ގްރޭޑް 4 ގެ ފެންވަރު ނެތަސް މިހާރު އެއީ މައްސަލައެއްނޫން. ތައުލީމީ ފެންވަރު މައްސަލައަކަށްވާނީ ސިވިލް ސާވިސް ވަޒީފާއެއް ހޯދަންވީމަ. މިހާރު ވެސް މިސަރުކާރުގެ މިނިސްޓަރަކަށް އެބަހުރި ސިޔާސީ ދާއިރާ އަށް ވަނުމާއި ހަމައަށް ގޭގެއަށް ބިލް ބަހަން އުޅުނު މީހެއް. ޑިމޮކްރެސީ އައިފަހުން އައި 4 ސަރުކާރުގައި ރައްޔިތުންގެ މަޖްލިސް ގެ މެމްބަރުކަމާއި ސްޓޭޓް މިނިސްޓާރ ޑިޕިއުޓީ މިނިސްޓަރ ކަން އަދި ބޮޑެތި ކުންފުނި ތަކުގެ އެމްޑީކަން ކޮށްފަ އެބަހުރި އަސާސީ ތައުލީމް ފެންވަރުގެ މީހުން .

  4
  1
 16. ހައްގު

  މައިން ބަފައިން 7 ދުވަސް ވީމަ ނަމަކށް ކީ ( ޗިކާ) ތަ؟ ނޫނީ ނާފިޒްތަ؟
  މިބައިގަޑު މުޅިން ވެސް މިހެން ދޯ، މައިން ބަފައިން ކިޔާ ނަންވެސް ކަމުނުދަނީ ކަން ނޭގެ
  އަންނި .ބޮންޑާ، ދޮންބިލަތް ، ބޯދިގު ،މިހެން ގޮސް ކިޔާނެކަމެއް ނެތް ، މަބުނަން އޮތް އެއްޗަކީ ދެންވެސް މިގޯސް ނަހަދާ ކިވައިގެން ތިބި ދީނަށް ލޯބިކުރާ ބަޔަކަށް ފުރުސަތު ދެމާ ހިގާޝޭ....