ކެންސަރަށް ފަރުވާ ކުރަމުން ދިޔަ، ޅ.ކުރެންދޫ އަށް އުފަން އުމުރުން 11 އަހަރުގެ ނުހައިކު ބިން މުހައްމަދު ރިޔާޒް މިއަދު ނިޔާވެއްޖެއެވެ.

ނުހައިކަކީ އުފެދުމުގައި ބަލި ހާލަތު ހުރި ގޮތުން އަމިއްލަ އަށް އެކަނި ހިނގާ ބިނގާވެ ނޫޅެވޭ އަދި އަޑު ނީވޭ ކުއްޖެކެވެ. މީގެ އިތުރުން ނާރުގެ މައްސަލައެއް ހުރުމުން ބެލެންސްވެސް އޭނާ އަށް ނުކުރެވެއެވެ.

އެ ކުއްޖާގެ ހާލަތު މިހާ ދަށްވެފައި ހުއްޓާ މިއަަހަރު ކުރީކޮޅު ނުހައިކަށް އެންމެ ފުރަތަމަ ދިމާވީ ކަރުތެރެ ދުޅަވުމުގެ އުނދަގޫތަކެވެ.

މިދިޔަ ފެބްރުއަރީ މަހު ނުހައިކުގެ ކަރުތެރެ ދުޅަވެގެން އައިޖީއެމްއެޗަށް ދެއްކުމުން ވީއެންމެ އަވަހަކަށް ޑޮކްޓަރަށް ދައްކަން އިންޑިއާ އަށް ދިއުމަށް އެދިފައިވެއެވެ. އެހިސާބުން އެ ކުއްޖާ އިންޑިއާއަށް ގެންގޮސްގޮސް ޑޮކްޓަރަށް ދެއްކުމަށްފަހު ހެދި ޓެސްޓުތަކުން އެނގުނީ ނުހައިކު އަށް (Hodgkin Lymphoma Non)ކިޔާ ކެންސަރުގެ ވައްތަރެއް ޖެހިފައިވާ ކަމެވެ.

މިދިޔަ މާޗް މަހުން ފެށިގެން ނުހައިކަށް ޝިފާ އެއް ލިބުމުގެ އުންމީދުގައި އިންޑިއާގެ ޓްރިވެންޑްރަމްގެ ކިމްސް ހޮސްޕިޓަލްގައި އައީ ފަރުވާދެމުންނެވެ. ކަންދިމާކުރި ގޮތުން އެ ހޮސްޕިޓަލުން އާސަންދަ ނުލިބުމާއެކު އާއިލާ އިން ވަނީ އޭރު ފަރުވާ އަށް އާއްމުންގެ އެހީތެރިކަމަށް ވެސް އެދިފައެވެ. ކީމޯތެރަޕީގެ ފަރުވާ ދޭންޖެހޭތީވެ، ދަރިފުޅުގެ ކެންސަރުބަލީގެ ފަރުވާއަށް އެކަނިވެސް 14000 (ސާދަ ހާސް) ޑޮލަރު ޚަރަދުވާނެ ކަމަށް ޑޮކްޓަރު ލަފާކުރެވުނުކަން އާއިލާ އިން ވަނީ އޭރު ފާހަގަކޮށްފައެވެ.

ނަމަވެސް ނުހައިކުގެ ބަލި ހާލަތު ރަނގަޅު ނުވެ މިއަދު ހެނދުނު 11:00 ޖަހާކަންހާއިރު ވަނީ އިންޑިއާގައި ނިޔާވެފައެވެ. ނުހައިކްގެ އާއިލާ މީހަކު ފޭސްބުކްގައި ހިއްސާކުރި ސްޓޭޓަސްއެއްގައި ވަނީ ނުހައިކު ނިޔާވުމަކީ ހިތަށް ބުރަކަމެއް ލިބުނު ކަމެއްކަން ފާހަގަކޮށްފައެވެ. އަދި ނުހައިކްގެ ހަނދާންތައް އަބަދުވެސް ދެމި ހުންނާނެކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

ނުހައިކް އަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިއުމަތް ލަހައްޓަވާ، އާއިލާ އާއި ގާތް މީހުންނަށް ކެތްތެރިކަން މިންވަރުކުރައްވާށިއެވެ. އާމީން!

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޙަސަނާ

    އާއިލާއައްކެތްތެރިކަން ދެއްވާ ނުހައިކު އައްސުވަރުގޭގެ ދާއިމީނިއުމަތްމިންވަރުކުރައްވާށި..އާމީން

    11
  2. މީލް

    ނުހައިކް އަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިއުމަތް ލަހައްޓަވާ، އާއިލާ އާއި ގާތް މީހުންނަށް ކެތްތެރިކަން މިންވަރުކުރައްވާށިއެވެ

    10
  3. އަހޫ

    އާސަންދައި ކުރަނީ ކީއްތަ. އެންމެ މުހިންމު ބޭނުމަށް އާސަންދަނުލިބޭ އިރު އާސަނދަ އޮތުމުގެ މާނައެއް ނެތް.

  4. މީމު ޔާ

    އާމީން

  5. ޙަމްދަރުދީ

    އާމީން

  6. ޙަމްދަރުދީ

    އިންނާލިއްލާހި ވައިންނާއިލައިހި ރާޖިއޫން

  7. ޒީވާ

    އިންނާލިއްލާހި ވައިންނާ އިލައިހި ރާޖިޢޫން

  8. 😥😥😥

    😥😥😥

    6
    1
  9. އިބުރާހީމް

    ނުހައިކުގެ ފުރާނައަށް ހަމަޖެހުން ދެއްވައި، ސުވަރުގޭގެ އެންމެ މަތިވެރި ނިޢުމަތް ދެއްވާށި. އަދި ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވާށި. އާމީން

  10. ރަނާ

    އަޑުއިވިފައިވާ ގޮތުގަ ކިމްސް އަށް އާސަންދަ ދޭ ދިވެހިން ޓްރިވެންޑްރަމް އިން އެންމެ ގިނައިން ދާ ހޮސްޕިޓަލް އަ ކީވެސް ކިމްސް . މިގަހަރުބތިޔަވީ ގޮތެއް ނޭނގުނު