''ފޯބިއާ'' ނުވަތަ ބިރަކީ މިހާަރު އާއްމު ކަމެކެވެ. އެކި މީހުން ބިރުގަންނާނީ އެކި ކަންކަމާއެވެ. އަދި އެ ބިރު ހުންނަ މިންވަރު ވެސް ތަފާތުވެއެވެ. މިކަމުގެ ސަބަބުން އެމީހުންގެ މުޅި ދިރިއުޅުން ކޮންޓްރޯލް ކުރެވި އަބަދު އެކަމާއި މެދު ވިސްނާ މީހާ ނަފުސާނީ ގޮތުން ބަލިވާ ފަހަރު ވެސް އާދެއެވެ.

އުމުރުން 35 އަހަރުގެ އެމާ ޑޭވިސްއަކީ ހޮޑުލާން ނުވަތަ ހޮޑުދެކެ ބިރުގަންނަ މީހެކެވެ. ''އެމެޓޮފޯބިއާ'' ހުންނަ މީހެކެވެ. ''އެމެޓޮފޯބިއާއަކީ ހޮޑުލުމަށް ބިރުގަތުމެވެ. ހޮޑުލާތަން ނުވަތަ އެހެން މީހަކު ނަމަވެސް ހޮޑުލާތަން ބެލުމަކީ މިފަދަ މީހުންނަށް ބިރުވެރި ކަމެކެވެ. މިފަދަ މީހުންނަށް ހޮޑުލާތަން ފެނިއްޖެނަމަ އެމީހުން ބަލިވެ، އެތައް އުދަނގޫތަކެއް ތަހައްމަލު ކުރަންޖެހެއެވެ.

ހޮޑު ދެކެ ބިރުގަންނާތީ އެމާ ގެއިން ނުނިކުންނަތާ ހަ އަހަރު ވެއްޖެއެވެ. ނަމަވެސް މިކަމާ ބިރުން މިހާރު ވެސް އޭނާއަށް ''ޕެނިކް އެޓޭކް'' ޖެހޭ ކަމަށް އެމާ ބުނެފައިވެއެވެ.

''މިކަމާ އަހަރެން މި އިންނަނީ ވަރަށް ޑިޕްރެސްވެފައި. މިކަމާ ބިރުން އަހަރެންނަށް ގެއިން ބޭރަށް ވެސް ދާން ނުކުރެ. ބަލިވެދާނީ ގަންނަ ބިރަށް ވުރެ ވެސް ބިރުހުރި ކަމެއް މިއީ. އަބަދުވެސް އަހަރެންނަށް ވިސްނެނީ މިކަމާ'' ދެ ކުދިންގެ މަންމައެއް ކަމުގައިވާ އެމާ ބުނެފައިވެއެވެ.

އެންމެ ކުޑައިރުއްސުރެ ހޮޑަކީ އެމާއަށް އުދަނގޫ ކުރުވާ އެއްޗެކެެވެ. ނަަމަވެސް މިކަން ފޯބިއާއަށް ވެގެން ދިޔައީ މީގެ 12 އަހަރު ކުރިންނެވެ.

ކުރީގައި މަސައްކަތުގެ މާހައުލުގައާއި އޮފީހަށް ދިޔުމަށްޓަކައި ދަތުރު ކުރާ ބަހުގައި ވެސް އިންނަން އުދަނގޫވާ ކަމަށާއި ''ޕެނިކް އެޓޭކް'' ވާ ކަމަށް ވެސް އެމާ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު