ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން އަޅާނެ ފިޔަވަޅުތަކުގެ މަޝްވަރާތައް ފަށައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ކޮވިޑްގެ އަދަދުތައް އިންތިހާ އަށް މަތިވަމުން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެހެންވެ، ބަލިން ރައްކާތެރިވުމުގެ ގޮތުން އަޅާފައި ހުރި ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

"ބަލި ކޮންޓްރޯލްކުރުމަށް ފިޔަވަޅުތައް. ހަރުދަނާ ކުރުމަށް މިއަދު އެބަ މަޝްވަރާ ކުރަން،" ރައީސް ވިދާޅުވިއެވެ.

ރައީސް އެގޮތަށް ވިދާޅުވި އިރު، ރާއްޖޭގައި ފަހަކަށް އައިސް، ކޮވިޑް ފެތުރެމުން ދަނީ ހީވެސް ނުކުރާހާ ބާރު މިނެއްގައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖެ އިން މިހާތަނަށް 30،745 މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މި ބަލީގައި ދުނިޔެ ދޫކޮށްފައި ވަނީ 74 މީހުންނެވެ. ބަލި ޖެހިގެން މިވަގުތު ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު ވެސް 5،594 އަށް އަރައެވެ. އޭގެ ތެރެއިން 172 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްތަކާއި ކޮވިޑް ފެސިލީޓީތަކުގައެވެ.

ވޭތުވެދިޔަ ތިން ދުވަހުގެ ތެރޭގައި ރާއްޖެ އިން އެކަނި ވެސް ހާހަކަށް ވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެފައިވާ އިރު، އިއްޔެ ވަނީ އާ ރިކޯޑެއް ގާއިމުކޮށްފައެވެ. އިއްޔެއަކީ އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވި ދުވަހެވެ. އެގޮތުން އިއްޔެ އެކަނި ވެސް ކޮވިޑް-19 އަށް 507 މީހުން ފައްސިވެފައިވާ އިރު، އެންމެ ގިނަ ބަޔަކަށް ބަލި ޖެހުނީ މާލެއިންނެވެ. އެއީ 276 މީހުންނެވެ.

ޖެހިޖެހިގެން ދުވާލެއްގެ މައްޗަށް ކޮވިޑް-19 ގެ ވޭދަނަތައް 300 އަށް ވުރެ މަތީގައި އުޅޭތާ މިހާރު ވަނީ ހަފްތާއެއް ވެފައެވެ. އަދި ތިން ދުވަސް ވަންދެން މި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް 400 އަށް ވުރެ މަތީގައި ވެސް ހުއްޓެވެ. ކޮވިޑް-19 ހާލަތު މިހާރު އެންމެ ބޮޑަށް ގޯސްވެފައިވާ ގައުމުތަކަށް ބަލާއިރު އާބާދީގެ ނިސްބަތުން އެންމެ ގިނަ ބަޔަކަށް ކޮވިޑް ޖެހެމުންދާ ގައުމަކަށް ރާއްޖެ ވަނީ ވެފައެވެ. މިއީ ރާއްޖެ ކަހަލަ ކުޑަ ގައުމަކާ އަޅާބަލާ އިރު، ވަރަށް ބޮޑު އަދަދެއް ކަން ސިއްހީ ތަޖުރިބާކާރުން ގަބޫލު ކުރެއެވެ.

ކޮވިޑަކީ ސީރިއަސް ބައްޔެއްގެ ގޮތުގައި ކުރިން ރައްޔިތުން ދެކުނު ކަމުގައި ވިޔަސް، މިހާރު ބައެއް މީހުންނަށް އެ ބައްޔަކީ އާދައިގެ ބައްޔެކެވެ. ބައެއް މީހުން މިކަން ސީރިއަސްކޮށް ނުނަގާ ކަމީ ބަލި ފެތުރޭ އެންމެ ބޮޑު އެއް ސަބަބެވެ. އެހެންވެ، މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރަން ސިއްހީ ބައެއް ތަޖުރިބާކާރުންނާއި ސިޔާސީ ބައެއް ބޭފުޅުން ވެސް ދަނީ ގޮވާލައްވަމުންނެވެ.

މާލެއެކޭ އެއްވަރަށް ރާއްޖޭގެ އެކި ރަށްރަށުން ކޮވިޑްގެ ވޭދަނަތައް ގިނަވުމަކީ ވެސް އަނެއް ކަންބޮޑުވުމެވެ. ސަބަބަކީ ގިނަ ރަށްރަށުގައި ސިއްހީ ވަސީލަތްތައް ގާއިމުވެފައި ނެތުމުންނެވެ. ފަރުވާ ދޭން ޖެހިއްޖެ ނަމަ، ގެންނަން ޖެހެނީ ކައިރީގައި ހުރި ކޮވިޑް ފެސިލިޓީ އަށް ނުވަތަ މާލެއަށެވެ. އެހެންވެ އަތޮޅު ތެރެއަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަން ޖެހޭ ހާލަތަށް ވަނީ ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ހަފްސާ

    ހިތުހުރިގޮަތަކަށް ސަކަރާތް ޖަހަޖަހާފަ ރައްޔަތުން ބޮލަށް ކަނޑަން ތިއުޅެނީ. ނިމުނި އަނެއްކާ މާލޭގަ ބަންދުކުރަން އުޅެފިއްޔާ. ބުނިހާ ގޮތެއްހެދިގެން ގޭގަ ބަންދުވެގެން ކާފިއުއެއް އޮތިއްޔާ ތަބަވެގެން އުޅުނީމަވެސް ޖެހުނީ މި ހަމަ ޖެހުނުތާ. ސިޔާސީންގެ އަމިއްލެ އެދުމައިގެން އުޅެން ހަދައިގެން ވީ ފައިދައެއް ނެތް މިހާރަކު އޭރު ބަސްއަހައިގެން ތިބީމަވެސް. އޭރު ލޮކްޑައުންގަތިބީ މިހާތަނަށް އެދެވޭ ކާމިޔާބެއް ހޯދައި ހިތްދެމިލެވޭނަކަަމަށް ރައްޔަތުންނަށް ގަބޫލު ކުރެވުނީމަ. މިހާރު ލޮކްޑައުން ކުރިޔަސް ސިޔާސަތު ކަނޑައަޅަން ތިބި މީހުންނާ ދޭތެރޭ އުންމީދެއްނެތް ރައްޔަތުންނަކަށް. ރައްޔަތުންގެ ސީރއަސް ކަން ގެއްލުނީ ފާޅުގަ ސިޔާސީން ރުއްސަން އެޗް.ޕީ.އޭ އިން ކުޅިވަރު ކުޅެން ފެށުމުން. ދެން ނުތިބޭނަނަން. ކޮޅެއްމެދެއް ނުހޯދުނު ކަލޭމެންނަކަށް. ޅަދަރިން ނަފްސާނީ ކޮއްލާ ދިރިއުޅުމުގެ އުފާވެރިކަން ނަގާލައިފިމުޅިން

    45
    1
  2. އަހްމަދް

    ޢާރެއްބާރެއްނެތް މީހަ ކަށް ކުރެވޭނީ ކޮން ހަރުދނާ ކަމެއް

    29
  3. ކިޔުންތެރިއެއް

    މިސަރުކާރު އަދި އެޗްޕީއޭ އިސްތިއުފާދީ. ތީ ފެއިލްވެފައިވާ ވަގުންގެ މަކަރުވެރި ބައެއް. ނިމިދިޔަ އަހަރުން ނިކަމެތިވެފައިވާ ރައްޔިތުން އަނެއްކާވެސް ބޮޑަށް ނިކަމެތިކޮށްލަން ތިމަޝްަވަރާކުރަނީ. ތިއުޅެނީ ސަރުކާރުގެ އިސްވެރިން ކޮވިޑުގެ އައު ވައްކަމެއް މި އަހަރުވެސް ދިރުވާލަން. ރައްޔިތުން އަދިވެސް ތިބެންވީތަ މިބަލާ މުސީބާތް ނުހުއްޓުވާ.

    32
  4. ޖުލައި

    މިސްކިތަށް ބަންދު ކުރަން ފުރަތަމަ އައިނުންވެސް މި ސަރުކާރުން ދުއްވައި ގަންނާނި

    24
    3
  5. Anonymous

    މަޝަވަރާކުރަން އޮތީ ކޮންކަމެއް. ހިންގަން ނޭގޭ ފިޔަވަޅުއަޅަން ޖެހިލުންވާ ބައެއްގެ އަތަށް ވެރިކަން އެރީމައި ވާނީ މިހެން. ޔާމީން އަށް ވަގޭ ކިޔާފައި އައިމީހުންނަށް ވީކަމެއް ނެތް. ޔާމީންއަށް މިހާރުވެސް ހަވާލުކޮށްބަލަ، އިނގޭނެ ކުރަންވީ ކަންތައް

    26
  6. ޑރ . ނަބީލު

    އެޗް.ޕީ.އޭ އިން އަޅާނެ ފިޔަވަޅެއް ނެތިއްޔާ ރައްޔިތުން ކުރިން އުޅެމުން އައި ދިރިއުޅުމަށް ދޫކޮށްލާ ، ބަލިވާ މީހުން ޑޮކްޓަރަކަށް ދެއްކީމަ މިހާރުވެސް ކޮވިޑަށް ދޭ ޕެނަޑޯލް ދޭނީ
    ބައެއްގެ ވިޔަފާރި ކުރިއަރުވަން ނުވަތަ ބަޔަކަށް ލިބޭ މަންފާ މަދުވެދާނެތީ މި ބަލި އެބަޖެހޭ ކޮންމެ ހެންވެސް އިތުރު ކުރަން އޭރުންތާ އެޗް.ޕީ.އޭގެ ހިމެނޭ ޑޮކްޓަރުންގެ ޓީމް ޙިއްސާވާ ކްލިނިކު ތަކަށް ޓެސްޓް ހަދައިގެން އާމްދަނީ އެއް ލިބޭނީ..

  7. އެމަންޖެ

    އަދި އަވަސް މަސްވަރާ ކުރަން ، ހަމަ ބުނެލީ މިހާރުވެސް މިއުޅެނީ ގޭގެ އެންމެން ތިކިޔާ ކޮވިޑް އެއް ޖެހިގެން ، އަމާ އައިސީޔޫގަ ނޭވާ ހޮޅިޔައް އެޅިފަ ދެންތިބި މީހުން ނޭވާލާން އުނދަގުވާތީ ފެސިލިޓީ ތަކުގަ.

  8. އަމަަާ

    19ކޯވިޱް ކޮންޓު ރޯލް ކޮށް އެޗްޕީއޭ ނިންމަން ބޭނުމެއް ނުވާނެ މިމީހުން މިނަގަމުން މިދާ ފައިސާ ތައް އޭސީީސީން ބލަންނުފަށަހާ ހިނދަކު...އެތާގައި އުޅޭ އެންމެ ދަށް މުއައްޒިފަކު ވެސް މަހަކު 65000 ރުފިޔާ ގެއަށް ގެންދޭ..

  9. އިބިލީސް

    ނާގާބިލް ސަރުކާރެެއް. ހުރިހާ ކަމެއް ފަރުދީ ޒިންމާގެ ބޮލަށް ކަނޑާލާ ސަރުކާރެއް. މަރުވާމީހާގެ މަރުވާ ސަބަބަކީ އޭނާ ފަރުވާ ކުޑަކަން، ބަލިޖެހޭ މީހާ ބަލިވަނީ އޭނަގެ ފަރުވާކުޑަކަމުން. މި މެންޓަލިޓީ ހުންނަ ބަޔަކަށް ކޮން ވެރިކަމެއްް ކުރެވޭނީ؟ ކޮން މެނޭޖެއްނުރެވޭނީ މިކަހަލަ ކަންތައްތަށް

  10. ވާދޫ

    އަދި އެއްފަހަރު އިލެކްޝަނެއްބާއްވާ ރަށްތަކަށް ތަންކޮޅެއްގިނައިން މީހުން ފުނުވާލާ، އޭރަށް ކޮންޓުރޯލް ވެފަ އޮންނާނީ....

  11. Anonymous

    ނޫނޭ އަދި ހާހަކަށް ނާރާނު.
    އަދިވެސް ތަންކޮޅެއް އަވަހީ ފިޔަވަޅު އަޅަން.
    ފާހަގަ ކުރާނެ ކްރިސްމަހެއް އާއަހަރެއް، ވޯޓެއް ނެތީތޯ. ވާނުވާ ނޭނގެ ތޯއްޗެ އަމިއްލަ ނަފްސަށްވެސް. ކުދިޅަދަރިން ސްކޫލުތަކަށް ނެރެ މިއޮއްފަދަ ރަމްޟާން މަހު ކޮން ސަކަރާތެއް ޖަހާކަށް. މަޝްވަރާ ކުރަންވީ އިސްތިއުފާ ދޭން.
    މަޖްލީހާއި ހުރިހާ އެއްޗެއް ލިބުނީމަވެސް ވީކަމެއް ޙަރާމް. އިންޑިޔާ ރައްޔިތުންނަށް ބައިއެޅުން.
    އެއާރޕޯޓް ގެވެސް ފަސް މަޤާމު ގައި މިހާރު މަތީ ލެވެލް ގައި އެމީހުން. ކޮބާތޯ ޒީރޯ ޓޮލަރެންސް ؟

  12. ސްކިޕަރ

    ކޮވިޑު ކޭސްތައް ރެކޯޑު މިންވަރަށް، 500 އިން މައްޗަށްދާ މިދުވަސްކޮޅު އޮފީސްތަކާއި ސްކޫލުތައް 2 ހަފްތާއަށް ނަމަވެސް ބަންދު ކުރުމަކީ ކޮންމެހެން ކުރަންޖެހޭކަމެއް. އޮފީސްތަކާއި ސްކޫލުތައް ހުޅުވިފައި ހުންނަނަމަ ކާފިއު ގެނަޔަސް އެކި ބޭނުންތަކަށް މީހުން ބައިބަޔަށް ބޭރަށް ނިކުންނާނެ. މިކަމާ ސަރުކާރުން ފަރުވާ ކުޑަކޮށްފިނަމަ ވެކްސިނަށް ނުގުޑާ ނުތައްކާތެރި ވޭރިއެންޓްތައް މާލެއާއި މުޅިރާއްޖެއަށް ފެތުރި، އިންޑިޔާއަށް ވީހެން ވެދާނެ. ވަގުތު އޮތްވާ މިބުނީ

  13. ގާދިރު

    ހުސް ދޮގު އަމިއްލަ އެދުމަށް ރައްޔިތުން ރިސްކް އަށްލާފަ ދެންކީކޭކިޔާކަށް ވާނެ ހުރިހައި އެއަޗެއް ވީމަ މުޅި ޤައުމު ގަ ކޮންޓްރޯލް ކުރެވިފަ އޮއި ކަމެއް ހަމަ ބޮޑުންގެ ތަޅާފޮޅުމުގަ ރައްޔޮތުން ހަނާވީ މީގެ ޒިންމާ ސަރުކާރާ ޕީޕީއެމް ނަގަން ޖެހޭނެ

  14. އަކޭ

    ލޮކްޑައުން ކުރާނީ ބޭންކްލޯނުތައް ރީސްޓްރަކްޗަރ ކުރުވާފަ

  15. ބަރުގޮނު

    ސަރުކާރާ ގުޅުންހުރި ފަރާތްތަކާ ޖެހުނީމާ ފިޔަވަޅުތައް ލުއިކުރަން ޖެހޭ. ޕާޓީއަށް ސަޕޯޓް ހޯދަން ޖެހުނީމާ ރަސްމީ ދަތުރަކަށް ވާންޖެހޭ. އަމިއްލަ އެދުމާ ޖެހުނީމާ މިކަންކަން މިހެންވީމާ ޢާންމުންނަށްވެސް ހީކުރެވުނީ މިއީ ހަމަ ކުޅޭކުޅޭ ކަމެކޭ. ކައުންސިލް އިންތިޚާބުވެސް ފަސްކޮށްލުމުގެ ވިސްނުމެއް އީ.ސީ އިން ގެންގުޅުއްވަނިކޮށް ތިމަންނަގެ ދަރިފުޅު ސްކޫކަށް ނުދަންވެސް މިކަހަލަ ބަހަނާ ދައްކަޔޭ ކިޔާފައި .. މަޖްލިސްގެ ރައީސް ވާހަކަ ދެއްކެވި އިރު ކޮވިޑްގެ ނުރައްކާ އޮތްކަމަކަށްނުވޭ. އޮތްކަމަށް ހީކުރީވެސް އެޗް.ޕީ.އޭ އެކަނި. އެތަނަށްވެސް އުދަގޫކޮށްގެން ކެމްޕޭނަށް ޚާއްޞަ އުޞޫލެއް ހެދީ. މިހާރު ކީހާ ޅެން ފަރިއްސަށްވެ ކޮވިޑްގެ ޙާލަތު ގޯސްވުމުގެ ސަބަބަކަށް މި ހަދަނީ ޢާންމުން ގެ ފަރުވާކުޑަކަން.

  16. ޓިނު ދޮންބެ

    ޓެކްސީތައް ހައްޔަރުކުރޭ..ގިނަގިނައިން ސިޔާސީ އިންތިޚާބު ބާޢޤވާ އޭރުން ކޮންޓްރޯލް ވާނެ ..މުޅިދައުލަތް އިސްތިއުފަ

  17. ގިޔަރު

    ސޯލިހު ވެރިކަމުންބާލާ އެއީ ހުރިހާވެސް މަށްސަލަޔަކީ މިކަމާ މަޝްވަރާކޮށްބަލަ އިތުރު މަޝްވަރާއެއް ބޭނުމެއްނޫން..

  18. ޢަބޫ

    ޓޫރިޒަމަކާ ޓުރިޒަމެއް، ޢިލެކްޝަނަކާ އިލެކްޝަނެއް، ކުޅިވަރަކާ ކުޅިވަރެއް، މުޒާހަރާ އަކާ މުޒާހަރާއެއް. މިހުރިހާ ސަކަރާތެއް ޖަހަނީ އާއްމުރައްޔިތުންގެ ބާރުން ބޭރުގަ. ގޯސްވާ ކޮންމެ ފަހަރަކު އާންމު ރައްޔިތު މީހާ ފަރުދީ ޒިންމާ.