ރާއްޖޭގައި ކޮވިޑް-19 ގެ ވޭދަނަތައް އިތުރުވަމުން އަންނަ މި ދަނޑިވަޅުގައި އެކަކު އަނެކަކާއި ބައްދަލުވާ ގޮތަށް އެއްވުންތައް ހުއްޓުވައި ބަލި ފެތުރޭ ސަބަބު ހޯދަން ޖެހޭ ކަމަށް އައިޖީއެމްއެޗްގެ އެތެރެހަށީގެ ހާއްސަ ޑޮކްޓަރު، ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އިންސައްތަ ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވ.ެ އެގޮތުން ފާއިތުވި ދުވަސްތަކުގައި ބަލި ޖެހޭ މީހުންގެ އަދަދު ވަނީ 400 އަށްވުރެ މައްޗަށް އަރާފައެވެ. އަދި އިއްޔެ އެކަނި މި ބަލި ޖެހުނު މީހުންގެ އަދަދު 500 އިން މައްޗަށް ވަނީ އަރާފައެވެ.

މުހައްމަދު އަލީ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، އެހެން ގައުމުތަކުގެ ކޮވިޑްގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި ވެސް މިހާރު ކޮވިޑްގެ ވޭދަނަތައް އިތުރުވަމުން އަންނަކަން ފާހަގަ ކުރެވޭ ކަމަށެވެ.

އެހެންކަމުން އެކަކު އަނެކަކާއި ބައްދަލުވާ ގޮތަށް ބާއްވާ ބައްދަލުވުންތައް އެއްކޮށް ހުއްޓާލަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަދި ބަލި ފެތުރޭ ސަބަބު ހޯދަންޖެހޭ. ވެދާނެ ބަލީގެ އާ ވައްތަރެއްގެ ސަބަބުން ކަމަށް، ނުވަތަ މީހުން އުޅޭ ގޮތުގެ ސަބަބުން ކަމަށް" ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

އާ ވައްތަރެއްގެ ސަބަބުން ބައްޔަށް ފައްސިވާ މީހުންގެ އިންސައްތަ އިތުރުވާ ކަމަށް ޑރ. ވިދާޅުވެފައިވާއިރު، އަވަށްޓެރި އިންޑިއާއިން ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެ އަންނާތީ އެގައުމުން ފެނިފައިވާ ކޮވިޑްގެ ވައްތަރު ރާއްޖޭގައި އުޅުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ވިދާޅުވަމުންނެވެ.

އަދި އިންޑިއާއިން ފެންނަމުންދާ ކޮވިޑްެގެ ގިނަ ވައްތަރުތައް މިހާރުވެސް އަވައްޓެރި ގައުމުތަކުން ފެންނަމުންދާކަމަށް ބޭރު ދުނިޔޭގެ ހަބަރުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހުސޭނުބޭ

    ދެން މިހާ ދުވަސްވަންދެން މާސްކްއަޅާށޭ...... ގައިދުރުކުރާށޭ...... ގިނަގިނައިން އަތްދޮންނާށޭ....... ގޭގައި ތިބޭށޭ...... މިހެން ތި ގޮވީ ކީއްވެ. މިހާރު ދޯ މިއެނީ އެއީ ކޮވިޑާ ގުޅުމެއްވެސް ނެތް ކަމެއްކަން

  2. މާކަނާ

    ބަލަ ކަލޭމެނާ ހަވާލުކޮށްގެން ތިބޭތާ 1.5 އަހަރު ވީ، ދެން ކީއްތިކުރީ، ކަލޭމެނަށް ސާފު ނުވިޔަސް ވެގެން އުޅޭގޮތް މީހުނަށް އިނގޭ

  3. Anonymous

    ކޮވިޑް ފެތުރޭ ސަބަބަކީ މި އަނިޔާވެރި ސަރުކާރު..

    • ވަޒީރުފަލަބޮޑު

      ކޮބާ ޑަކްޓަރުން ބަސް ގަބޫކުރާނެ ކަމަށް ބުނި ރައީސް؟؟؟؟؟ ގައުމު އިންޑިއާ ހާލަތަށް ވެއްޓމުގެ ކުރިން ފިޔަވަޅު އަޅުއްވާ. ފުލް ލޮކްޑައުނަށް ނުދިޔަސް ހަރުކަށި ފިޔަވަޅުތައް އެޅޭނެ! ބޮޑުވަޒީރު ދައްކާބިރަށް ހެއްލުނީމަ ކޮވިޑް މި ގައުމަށް އެތެރެވީ. ފެތުރުނީ..މިހާރު ބިރުވެރި ރަގަބީލު ޖަހަނީ....

  4. ފަރުދީ

    ކަލޭމެން މަޤާމުގެ ބޭނުމުގަ ސިޔާސީވީމަ ވާނީ މިހެން މުހައްމަދު އަލީ ދެން ކޯއްޗެކޭ ކިޔާކަށް ކަލޭމެން ދައްކާ ވާހަކަ ދިމަލެއް ނުވޭ ހަދަނީ ހުސް ދޮގު