ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީ މެލޭޝިއާގެ ކުރީގެ އިދިކޮޅު ލީޑަރު އަދި މިހާރުގެ ބޮޑުވަޒީރުގެ ނައިބު ވަން އަޒީޒާ ވަން އިސްމާއިލްގެ ފިރިކަލުން އަންވަރު އިބްރާހިމްއާއި ބައްދަލުކުރައްވައިފިއެވެ.

އަންވަރާއި ލައިލާ، ބައްދަލުކުރެއްވީ އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގެ ޑޯޓީ ސްޓްރީޓް ޗެމްބަރސްގައި އޮތް އިވެންޓެއްގައެވެ. މި އިވެންޓްގައި އަންވަރު ވަނީ އެމަނިކުފާނަށް މެލޭޝިއާގެ ސިޔާސީ މަސްރަހުގައި ކުރިމަތިވެވަޑައިގެންނެވި ކަންތައްތަކާއި ބެހޭ ގޮތުން ވާހަކަ ދައްކަވާފައެވެ.

މެލޭޝިއާގެ އާންމު އިންތިޚާބުގައި ޕަކަޓަން ހަރަޕަންއަށް ލިބުނު ކާމިޔާބަށްފަހު ޖަލުން މިނިވަންވެ ވަޑައިގެން އަންވަރު އިބްރާހިމް މިހާރު އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރާއްޖޭެ ކުރީގެ ނައިބު ރައީސް ޑރ.ޖަމީލް، އާއި ވެސް އަންވަރު އިބްރާހިމް ވަނީ ބައްދަލު ކޮށްފައެވެ.

ނަަޝީދަށް އިންތިހާބުގައި ވާއްދަ ކުރެވޭނެ މަގު ފަހިކުރުމަށް ލައިލާ ގެންދައްވަނީ ގިނަ ގުނަ މަސައްކަތް ތަކެއް ކުރައްވަމުންނެވެ. އިދިކޮޅު ޕާޓީތައް ގުޅިގެން އުފައްދާފައިވާ ކޯލިޝަންގެ އެންމެ ބޮޑު ދެޕާޓީ ކަމަށްވާ އެމްޑީޕީ އާއި ޖޭޕީގެ ދެމެދުގައި ޚިޔާލުތަފާތުވުން އުފެދި އެއްބަޔަކު އަނެއްބަޔަކަށް ބަހުގެ ހަމަލާތައް ދަނީ ބަދަލު ކުރަމުން ނެވެ. ނަމަވެސް އިދިކޮޅުން ބުނަމުންދަނީ ވަކިވަކި ޕާޓީތަކުން ޕްރަމައިރީ ބާއްވާ ކެންޑިޑޭޓު ކަނޑައެޅިނަމަވެސް ރިޔާސީ އިންތިޚާބުގައި ޕާޓީތައް ތަމްސީލްކުރާނީ އެއް ކެންޑިޑޭޓުކަމަށެވެ.

ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގެންނެވި ހިސާބުން އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ ގުޅުން ވަނީ ގޯސްވެފައެވެ. ރިޔާސީ އިންތިޚާބަށް ރައީސް ނަޝީދު ނެރެން އެމްޑީޕީ އިން ބޭނުންވާއިރު ޖުމްހޫރީ ޕާޓީ އިން ބޭނުން ވަނީ ރިޔާސީ އިންތިޚާބަށް ގާސިމް އިބްރާހިމް ނެރޭށެވެ. ނަމަވެސް ދެބޭފުޅުން ކުރެ އެއްވެސް ބޭފުޅަކު ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ޝަރުތު ހަމައެއް ނުވެއެވެ.

އިދިކޮޅު ފަރާތްތަކުން އެއް ކެންޑިޑޭޓަކު ނެރެން މަޝްވަރާތައް ކުރިއަށް ގެންދިޔަ ނަމަވެސް ރައީސް ނަޝީދު އެމްޑީޕީގެ ޕްރައިމަރީ އަށް ކުރިމަތިލި ހިސާބުން އެމަޝްވަރާތައް ވަނީ ހުއްޓިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މޫސަ، ހއ. ދިއްދޫ

    ތިޔައޮތީ ފަސްޓްލޭޑީގެ ޝަރަފުލިބިފައި ދެން ރަށަށްދޭ

  2. ކަސަބު

    ބައްދަލުކުރީ ދޮގުހަދަންތަ!

  3. ޒާ

    ހާދަ ހީވެޔޭ އިނގިރޭސިވިލާތުން ބޭރުވާން އުޅޭހެން.

  4. ހުސޭނުބޭ

    ކާކު ބިރުގަންނަވަންތަ އަނެއްކާ އެ އުޅެނީ!

  5. ޢަފްލާ

    ޢަންވަރާ ބައްދަލު ކުރީމަ ރާއްޖެއަކާ.ކޮންކަމެއް ތީ އިނގިރޭސި މެޑަމް ހިމާޔަތް ދެނީ ތިތަނުން

  6. ާއދލ

    އަނެކަަ އަނނިިީ ފަކިީރު ހހހހހހހހދޯ؟؟؟؟؟