ޕޭޕަރުތައް ލީކް ވަމުންދާ މައްސަލާގައި ރާއްޖެއިން އޭލެވެލް އިމްތިހާން ކެންސަލް ކޮށްފައިވާ ކަން އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.

މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، މިހާތަނަށް ބެލިބެލުމުން 3 ޕޭޕަރެއް ލީކު ވެފައިވާ ކަން ކަށަވަރު ވެފައިވާ ކަމަށެވެ.

އެގޮތުން އެންމެ ފުރަތަމަ ޕޭޕަރެއް ލީކު ވެފައިވާކަން އެނގިފައިވަނީ މިދިޔަ ބުރާސްފަތު ދުވަހު ކަމަށާއި އެހެން ކަމުން އެވަގުތުން ވަގުތަށް އެޑެކްސެލް އާއި އެކީ ބައްދަލުވުމެއް ބޭއްވި ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

އެ ބައްދަލުވުމުގައި، ލީކު ވެފައިވަނީ އަސްލު ޕޭޕަރުތޯ ކަށަވަރު ކުރަން ބޭނުން ކަމަށް އެބޭފުޅުން ވިދާޅުވި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެކަންކަން އެބޭފުޅުން ބަލައި، ދެ ޕޭޕަރެއް ލީކު ވެފައިވާކަން ކަށަވަރު ކޮށްދިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި އިތުރަށް ޕޭޕަރެއް ލީކު ނުވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެން ނަމަވެސް މިއަދު ހެނދުނު އެހެން ޕޭޕަރެއް ލީކުވެފައިވާ ކަމަށް މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އެ ޕޭޕަރު މިނިސްޓަރު އަށް ވެސް ލިބިފައިވާ ކަން ވަނީ ފާހަގަ ކުރައްވާފައެވެ.

"އެކަމާއި ގުޅިގެން މަޝްވަރާ ކުރުަމަށްފަހު އަޅުގަނޑުމެން މި ނިންމަނީ މިހާރު މި ކުރިއަށްދާ އިމްތިހާނު ދަރިވަރުންނަށް ދެ އޮޕަޝަނެއް ހުށަހަޅަން. ބައެއް ދަރިވަރުން ބޭނުންވަނީ އެގްޒާމް ހަދާފައި ޓެސްޓު ނިންމާލަން. އެއީ 3 އަހަރު ވަންދެން އޭލެވެލް ކިޔަވަމުން ދާތީ އިތުރަށް ދުވަސްތަކެއް ސްޕެންޑު ނުކުރުމަށް" މިނިސްޓަރ ވިދާޅުވިއެވެ.

ދެން ތިބި ކުދިން ބޭނުން ވަނީ އޮކްޓޯބަރ ނޮވެމްބަރުގައި ޓެސްޓު ހަދަން ކަމަށާއި އެހެން ނަމަވެސް އެޑެކްސެލް އިންވެސް ދެ ގޮތެއް ދީފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އެއީ މިހާރު ޓޭސްޓް ހަދަމުން އަންނަ ކުދިން ޓެސްޓުން ވިތްޑްރޯ ކޮށްފައި އަންނަ އޮކްޓޯބަރު ނޮވެމްބަރު މަހަށް ޓެސްޓް ހެދުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތަށް ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި ދެވަނަ އޮޕްޝަން ހާއްސަވަނީ އޭޕްރީލް/މެއި ގައި އިމްތިހާނު ހަދައި ކިޔަވަން ނިންމާލަން ބޭނުންވާ ދަރިވަރުންނަށް ކަމަށާއި އެ އޮޕްޝަނަކީ ޓީޗާ ބޭސްޑް އެސެސްމެންޓަކަށް ދިޔުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިގޮތަށް ޕޭޕަރު ލީކުވީމަ މި އެގްޒާމްގެ ކްރެޑިބިލިޓީ މިހާރު ގެއްލިއްޖެ" މިނިސްޓަރު ވިދާޅުވިއެވެ.

ޓީޗާ ބޭސްޑް އެސެސްމެންޓް މޮޑެލްގައި ކަންތައްތައް ވާގޮތް ތަފްސީލުކޮށްދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ، އެ މޮޑެލްގައި އެސެސްމެންޓުތައް ތައްޔާރުކުރާނީ ސީދާ ސްކޫލުތަކުން ކަމަށާއި އެއަށްފަހު އެ މާކްސްތައް މިނިސްޓްރީއާ ހިއްސާކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. މަ

    އަވަހީ ތިކަންްކުރިލެއް!😡😡

    7
    1
  2. މަ

    3 ޕޭޕަރަށްވުރެ ގިނައިން ލީކުވި!

    12
  3. އޭނަ

    ކުރިން ވެސް ބުނި ލީކެއް ނުވާނެއޭ.. އެންމެ ފަހުން މިއަދު ހެނދުނު ޕޭޕަރު ލީކުވީ... މެންދުރު ފަހު ޓެސްޓު އޮތީ.. އެޑިއުކޭޝަން ވަރަށް ޒިންމާ ދާރުކަން ކުޑަ.. 😕

    18
    3
  4. ޢަހަންމާ

    ޢަޅެ މީ ދުވަހަކުވެސް ރާއްޖެގައި ނުވާ ކަންކަން. މިކަންކަމަަށް ވިސްނަންވެއްޖެ ރާއްޖެ މިދާ މިސްރާބު ބަދަލުކުރަން ވެއްޖެ . މިކަން ވާނީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން .

    24
    4
  5. ހުސޭނުބެ232323232

    ކީއްވެތަ މިއުޅޭ މިނިސްޓަރުން މާ ގޮތްދޫނުކުރަން އުޅެނީ؟ ފޭފަރު ލީކުކޮށްގެން ގިރައިގެން ބޮއެ މަގުމައްޗަށް އުކާއިރުވެސް ފޮޓޯގައި އިން މީހާ ގޮތް ދޫނުކޮށް އެތައްފަހަރަކު ބުނެފި ޕޭފަރު ލީކުނުވެޔޭ. އެންމެފަހުން ބޮޑު އެއްވުމެއް ބާއްވާއިގެން ބަޔަކު ތެލުލެވުނީމަ މިކަންވެސް މިކުރީ. ކިބާ ބޮޑު ކަމެއް މިއީދެން. ކޮވިޑު ކަންތައްވެސް ހަމަ މިގޮތަށް ކުރިއަށް މިދަނީ

    16
    2
  6. ކާކަ

    ބުނީމެއްނު ލީކެއްނުވެޔޭ ދެން ކީއްކުރަން މިކަހަލަ މީހުން މިނިސްޓަރުމަކުގަޔޯ

    26
    3
  7. ކާސި

    ބުނީމެއްނު ލީކެއްނުވެޔޭ ދެން ކީއްކުރަން މިކަހަލަ މީހުން މިނިސްޓަރުމަކުގަޔޯ

    19
    3
  8. ގެރި

    ސަރުކާރުގެ ކްރެޑިބިލިޓީއެއް ނެތް. ތިބީ ހުސް ވަގުން

    23
    3
  9. ރާފިޢު

    ބުނީމެއްނު ލީކެއްނުވެޔޭ !މީހަކު ހޭބަލިވެދާނެ!

    17
    3
  10. ޙހހހ

    ތަނެއް ދޮރެއް ނުބަލައޭ ،ޕާޓީ ހަދަން އުޅެއުޅެފަ ތި ޖަވާބުދެނީ

    17
    3
  11. ސުމާރު

    މިކަހަލަ މީހަކަށް ވިއްޔާ މިނިސްޓަރުކަންދޭތި ބުންޏެއްނު ލީކެއްނުވޭ މަށަށްހީވަނީ އެގޯތި ބަދީގޭގެ އިސްކުރުންލީކުނުވާވާހަކަހެންބުނީ.

    19
    3
  12. ސިޕް

    ހުރިހާ އެއްޗެެއްވެސް ލީކް ވާނެ . ތިހުރީ މިނިސްޓަރ އިންނަގޮތް ދެން ލީކް ނުވިއްޔާ ދެރައެއްނު ....

  13. ފަރުދީ

    ނާގާބިލު މީހުންނާއި ތިވަރުގެ މަޤާމް ހަވާލުކުރީމާ ވާނެ 6 އެތި ތިވަނީ ބަލަ ޕީ.އެޗް.ޑީ ހެދުމަކުން ނުފުދޭ އެއީ އެއްބައި ކޮބާ ދެންހުރި 4 ބައި 5 ކުޅަނދު ހަމައެއް ނުވޭ

  14. ހުސް ވަގުން

    އޭ ލެވެލް ޕޭޕަރު ތަކުންވެސް ވައްކަން ކުރީ.