ކޮވިޑް-19 ފެތުރެމުންދާތީ މާލެ ސަރަހައްދު ފުރަބަންދު ކުރަން ޑޮކްޓަރުން ދިން ލަފާ ގަބޫލު ނުކުރަން ސަރުކާރުން ނިންމައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެފައި ވަނީ ކޮވިޑް ކޮންޓްރޯލް ކުރަން ފިޔަވަޅުތައް ހަރުދަނާ ކުރަން މަޝްވަރާ ކުރަމުންދާ ކަމަށެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން އެ މަޝްވަރާ ބައްދަލުވުން މިއަދު ވަނީ ބާއްވާފައެވެ.

ނަމަވެސް އެ ހުށަހެޅުމާއި ސަރުކާރުން ދެކޮޅު ހަދާ ވަނީ މާލެ ސަރަހައްދު ފުރަބަންދު ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

އަދި ފުރަބަންދު ނުކުރަން ނިންމައި، ބަދަލުގައި ސަރުކާރުން ހުށަހެޅީ ވަކި ގަޑިތަކެއްގައި މާލޭގެ ކާފިއު އިއުލާނު ކުރުމަށެވެ. އެގޮތުން ސަރުކާރުން ވަނީ ރޭގަނޑު 20:00 އިން ފަތިހު 5:00 އަށް ކާފިއު އިއުލާން ކުރުމަށް މަޝްވަރާ ކޮށްފައެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ދުވަހުން ދުވަހަށް އަންނަނީ ގޯސްވަމުންނެވެ. އެގޮތުން ފައްސިވާ މީހުންގެ އިންސައްތަ އިތުރުވެ، ހޮސްޕިޓަލުގައި ފަރުވާ ދޭ މީހުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ.

އެހެން ނަމަވެސް ބަލި ކޮންޓްރޯލް ކުރުމަށް ސަރުކާރުން ރަނގަޅު ފިޔަވަޅުތަކެއް އަޅާފައި ނުވާތީ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ. އެފަދަ ފާޑުވިދާޅުވުންތަކެއް ކިޔަވަމުން އަންނަނިކޮށް، އިއްޔެ ސަރުކާރުން ވަނީ މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ އެހެން ރަށްތަކުގެ މީޙުން އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން މާދަމާއިން ފެށިގެން މަނާ ކޮށްފައެވެ.

އެގޮތަށް ދަތުރު ކުރެވޭނީ ހަމަ އެކަނި ޒާރޫރީ ބޭނުމަށް ދާ ފަރާތްތަކަށް އެކަނި ކަމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. އަޙްމަދު

    މިޤައުމު އިންޑިޔާއަށްވާން ބަޔަކު ވަރަށް ބޭނުންހެން ހީވަނީ! ރައްޔިތުންވެސް ދޫނުކުރާތީ! މާސްކުވެސް އަޅާނެކަމެއް ނެތް އެމީހަކު ބޭނުންގޮތަކަށް އެޅެފައި މިކަން ކޮންޓްރޯލް ނުވެގެން އުޅޭތީ!

    22
    8
    • އަސްލުހާލަތު

      ހުރިހާ ރޯޅިއެއް އަންނާނި ނިކަމެތި ސައިކަލުތަކަށް.. އެހެން ހަދައިފިއްޔާ މިފަހަރުވާނެ ބައިބަހާދަ މަގުތަކަށް ނިކުމެ ހިނގަން ނޫނީ ވެހިކަލް ނުދުއްވާ ގަޑީގަ މަގުމަތީގަ ކުޅެން.. އާނ ސަރުކާރުން އިހުލާސްތެރިކަމެއް ނެތި ޖެއްސުމަށް ކަންކުރަންޏާ ކީއްވެ އަހަރެމެންވެސް ޖެއްސުން ނުކުރަންވީ؟؟ އިހުލާސްތެރިކަމެއް ހުރިމަނަ ނަޝީދަށް ބިރު ނުގަނެ އޮފީސްތަކާ ސުކޫލުތައް ފަހު ދިހަ ނިމެންދެއް ނަމަވެސް ބަންދުކޮށްލާ ކޮންމެވެސް ވަރަކަށް ލުއިވާނެ.. އެންމެ ކޮންޓެކްޓްސް ހައިވާނި އެތަންތާނގަ..

      14
      1
  2. Anonymous

    ސަރުކާރު އެކަނި މައްސަލައެއް ނޫން ޑޮކްޓަރުންވެސް މިކަމުގެ ޒިންމާ ނަގަންޖެހޭ ރައްޔިތުންނަށް ވަރަށްގިނަ އޮޅުވާލުންތަކެއް ޑޮކްޓަރުންވެސް އޮޅުވާލާ ސަރުކާރުންވެސް އޮޅުވާލާ.

    22
    4
    • ނީޒާ

      ފުރަ ބަންދަކަށް ނުދިޔަޔަސް ސަރުކާރާ އަމިއްލަ އޮފީސްތަކާ ސްކޫލު އަދި ކޮލެޖުތައް ބަންދުކުރަން އެބަޖެހޭ މިވަގުތު..އެއީ އެންމެ ކޮންޓެކްޓު ގިނަ ތަންތަން ތިޔަ ކުޑަ ވަގުތުކޮޅަކަށް ގެންނަ ކާފިއު އިފެކްޓިވްނޫންކަން ކުރިންވެސް އޮތީ ފެނިފަ..އިބުރަތް ހާސިލެއް ނުވޭދޯ؟؟ ސަރުކާރުގެ އިހުލާސްތެރިކަމެއް ހުރިކަމަށް ޤަބޫލުކުރެވޭނީ އޭރުން..

      11
    • ސަކޫން

      ޑރ. ންގެ ބަހެއް ސަރު ކާރުން ގަބޫލެއް ނު ކުރޭ . އިންތިޚާބު ބޭއްވީވެސް މައިމޫނާ މަޖްލިސަށް ގެންގޮސް ބިރުދައް ކައިގެން . ހެލްތްގަ ހުރީ ނަސީމް އެ ކަލޭގެ ހަދާނީ އަންނި ބުނާގޮތް. ކަންތައް މިހާބާރަށް ފެތުރިގަތީ އިންތިޚާބް ބޭއްވީމަ. އެހެން ނޫން ކަން ދައް ކަން ވެގެން ހެދި އެތި ފަހަރަ ކީ ޓެސްޓް ތަ ކުގެ ނަތީޖާތައް އާއްމު ނު ކުރީ.

  3. ކަރީމު 222

    އެމެރިކާ، އިނގިރޭސިވިލާތް، ގްރީސް، އިންޑިއާ މިކަހަލަ ކޮންމެ ގައުމެއް ބޮޑު ނުރައްކަލަކަށް ވެއްޓި ގަބުރުސްތާނުތައް ފުރިގެން ދިޔައީ ޑޮކްޓަރުންގެ ލަފާގައި ސަރުކާރުތަކުން ކޮޅުފައިން ޖެހި ހިސާބުން. އޮފީސްތައް ބަންދުކޮށް ސްކޫލު ކޮލެޖު ބަންދުކުރޭ. ހެޔޮނުވާނެ މިހެން ހަދަން. ކާފިއުވެސް އިއުލާންކުރޭ. މާ ބިރުކުޑަކަމަށް ހެދިހެން އުޅޭ އެހެން ބަޔަކަށް ނުބަލާ މަދުބަޔަކަށްޓަކައި މިރާއްޖޭގެ ހުރިހާ ރަށްތަކުގެ ހުރިހާ ރައްޔިތުން ނުރައްކަލަށް ވައްޓާކަށް ނުޖެހޭ.

    22
    7
  4. ގަވަރުނަރު

    ތީ ސީދާ ބޮޑުވަޒީރުގެ ނިންމެވުމެއްކަން ކަށަވަރު.
    ތީ ރައްޔިތުންނަން ހެޔޮއެދިގެންއުޅޭ ސަރުކާރުގެ ފެންވަރު.

    52
    3
  5. އިބިލީސް

    އިބްރާޙިމާ. ކަލޭ ބޭނުންހާ ގޮތެއް މިކަމުގައި ހަދާފައި ފަހު ދިހައިގައި މީހުން ނަމާދުކުރަން ދުރުކުރަން ހިތުލަން ހަދާންނ ނައްތާލާ

    25
    2
  6. ހުސެން

    ތި ގަޑީ ތަކުގަ ބަންދުކުރުމގެ ބޭނުމެއްހިފޭނެ ހެންހީ އެއްނުވޭ !

    16
  7. ގެރި

    ލޮކްޑައުން ކޮށްފިއްޔާ މުޒާހަރާވެސް ކުރާނަން

    35
    10
  8. ނުކުރާތި

    އެނެއްކާ މަގޭ ފިރިމީހާއަށް އާމްދަނީއެއް ނުލިބޭނެ. ކުރިން ދިޔަ ހާލަތަށް ދާކަށް ބޭނުމެއްނޫން. ކަލޭމެން ސިޔާސީ ކުޅިކުޅޭނެ ވަރަކަށް ކުޅޭ އަހަރުމެން ނިކަމެތިން ފަނާ ނުކޮށް

    41
    1
  9. އަރީ

    އަލްހަމްދު ލިއްﷲ. ފުރަބަންދު ނުކޮއް އުޅެން ދަސްކުރަން އެބަޖެހޭ. ފުރަބަންދު ކުރީމަ ލިބޭގެއްލުމް މާބޮޑު . ޢެހެނަސް ފުރަބަންދު ކުރުމުން ޑޮކުޓަރުންނައް ފައިދާވާކަމީ ޝައްކެއް އޮތްކަމެއްނޫން

    29
    8
  10. ޙަބޭ

    ޢިންޑިޔގައި ފެތުރެމުންދާ ސީރިއަސް ކޮރޯނާގެ ވޭރިއަންޓް އެއް މިތާގައި ފެތުރެމުން ދާކަމަށް ބެލެވޭއިރު ތިބޭ ގޮތްދޫނުކޮށް ތިބެބަލަ. ޢެންމެން އެކައްޗެއް ކިޔައިގެން ދޯ މިކަމުން ސަލާމަތްވެވޭނީ

    34
    6
  11. ކާފަ

    ބުއްޅަބޭއަށް ބޮޑުވަޒީރުކަން ނުދޭތީ ކުރާ ޖެއްސުން

    31
    3
  12. ހަސަނު

    ދެން އެހެންދޯވާނީވެސް ނަޒުލާ އާ ދެންހުރި މީހަކު ބުނާއިރައް ކިހިނެއް ހުރިހާ ރައްޔިތުން ގޭގަ ބާއްވާނީ ޑޮކްޓަރުންގެ ޓީމަށް ވީކަމެއް ނެތެއްނު މިއޮއްހުރިހާ ދުވަހު
    ..ވާންޗޯ ޑރ

    10
  13. މަކިޓާ

    އިންޑިއާ އައްވީގޮތް ވީމަ ދިވެހިންނައްވިސްނޭނީ މިހާރަކު ދިވެހިންނެތްނޫޅޭ މާބޮޑައް ހާސްވެގެންނެތް މުޒާހަރާ ކުރާމީހުން މުޒާހަރާ މުބާރާތް ނުބޭތްވިގެން ހަޅޭފަޅޭޖަހަނީ ދުވަސްކޮޅަކުން އަމިއްލެޔައް އެމީހަކާ އެމީހަކު ފުރަބަންދުވާނެ

    6
    2
  14. ގާދިރު

    ސަރުކާރު ގަ އެއްވެސް ހަރުދަނާ ކަމެއް ނެއް އެޔައްވުރެ މާ ފިނޑި ވަޅޯ ސަރުކާރެއްމީ

    14
  15. Happy 123

    ތެންކިޔު ސަރުކާރު👌👍

    4
    10
  16. ތަރި

    ބޭނުންހާ އެއްޗެއް ހަދަން ނޫޅޭ ލޮކްޑައުން ނުކޮށް އެހެން ގޮތެއްހޯދާ އަދިވެސް އެލަވަންސް ލިބުންވަރު މަދީތަ

    10
    2
  17. ދުއްތުރާ

    ބަލަގަ ފުރަބަންދުވާން ބޭނުންވާ މީހުން ގޭ ބަންދު ވާންވީ.. ސަރުކާރުން ގަދަކަމުން ވައްދާކަށް ނުޖެހޭ.. ބަންދު ކުރިޔަސް ހަޅޭއް ލަވާނެ .. ނުކޮށްފިޔާ މިހާ ނުބައި ސަރުކާރެއް ނެތް... ބޯހަލާކު.. އެންމެންވެސް ފަރުދީ ޒިންމާ އަދާކޮށްގެން މީގެން މިންޖުވާނީ .. ބަންދުކޮށްގެން މީހުނަށް ލިބޭ ގެެއްލުމަށްވެސް ޒިންމާ ވާންވީ ހަމަ ސަރުކާރު... ހުރިހާ ކަމެއް ސިޔާ-ސީ ނުކޮށް އެންމެން އަތްދޮވެބަލަ!

    17
    3
  18. ދިވެހިން

    އަހަރުންނަށް ރަނގަޅު އެއްގޮތެއްވެސް ނެތް. ފުރަބަންދު ކުރީމަވެސް ސަރު ކާރު ގޯސް، ނު ކުރިޔަސް ގޯސް. ސަރު ކާރަށް ފާޑުނު ކިޔާ އަމިއްލަ ފަރުދީ ޒިންމާ އަދާ ކުރެވެނީ އަހަރުމެންގެ ތެރެއިން ކިތައްމީހުންނަށްބާ؟ އަމިއްލަ ނަފްސަށް މިސުވާލު ކޮށްލުން ރަނގަޅު. ތިމާގެ ފަރުދީ ޒިންމާ އަދާ ކުރެވޭވަރު ވިސްނާލުން މުހިންމު.
    އަހރުމެންނަށް ޖަމާޢަތުގަ ނަމާދު ނު ކުރެވި ރޯދަމަހެއް ގޮއްސި، އޭރު ފުރަ ބަންދު ކޮށްފަ އޮވެގެން ކިހާވަރަ ކަށް ސަރު ކާރަށް ފާޑު ކިއުން ރައްދުވި. ހަމ ހެޔޮ އެއްގޮތެއްވެސް ނެތް.... މީ ގައުމުގެ އަސްލު ހާލަތު..

    3
    1
  19. ައަހުމަދު

    ޤައުމު ފުރަބަންދުކޮށްގެން ނުވާނެ އެގޮތަށް އެކަންތައް ކޮށްފިއަޔާމުން އެތައް ބައެއްހާލުޖެހޭނެ ފަޒީފާގެއްލޭނެ އެއެއްމެންނަކަށް ސަރުކަރުން އެހީއެއްވެސް ނުވެވޭނެ ، ކޮވިޑުކޮންޓްރޯލް ކުރެވޭނެ ލޮކްޑައުންއަކަށް ނުގޮސްވެސް ހަރުދަނާ ފިޔަވަޅުތަކެއްއަޅައިގެން، މިޤައުމު ވަރަށްގިނަދުވސްވަންދެން ލޮކްޑައުން ކޮށްފައި އޮވެއްޖެ އޭގެއިން ނުކުތް ނަތީޖާވެސް އެގޭން މިބައްޔާއި އެއްކޮށް އުޅެން ދަސްކުރަން ވެއްއްޖެ އެނުނީ މިކަމުން ސަލަމަތްވެވޭކަށްނެތް، އެއްމެން އެކަތިގަނޑަކަށްވެގެން މިބަލިން ސަލަމަތްވާން މަސަތްކަތް ކޮށްގެންނޫނީ ސަލަމަތްވާން ވަރަށް ވަރަށް އުދަގުވާނެ.

  20. ހަލީލް

    ތިޔައުޅޭ ޑޮކްޓަރުންތިޔައުޅެނީ ދުވާލަކު =/500ރުފިޔާކެވޭނެގޮތެއްހޯދަން އަދި ނުވިތާކަށް ނިކަމެތިރަތްޔެތުން ބަޑަށްޖައްސާ ހަނާތިކޮށްލަން އަހަރެމެންގަބޫލެއްނުކުރަން ތިޔަބުނާކޮވިޑެއް މިހާރުމިކޮވިޑް ގޮވައިގެން އަހަރެމެންދިރިއުޅޭތާ 1އަހަރުވެއްޖެ ވީކަމެއްހަރާމް މީޗައިނާމީހުން ހަދައިގެންއުޅޭފޭކުއެއްޗެެއް އިންޑިޔާގައި ދުވާލަކު 3000ހާސް ނުވަތަ 6000ހާސް މީހުންމަރުވުމަކީ އާއްމުކަމެއް އިންޑިޔާގެއާބާދީއަކީ ގާތްގަޑަކަށް 3000މިލިޔަން މީހުން އެހެންވީމައި ކޮންމެ މިލިޔަނަކަށް 2މީހުންމަރުވިޔަސް މި އަދަދު ހަމަވާނެ މިގައުމުގައިވެސް ދުވާލަކު 2މީހުންނާއި 5މީހުންނާއި ދޭތެރޭގެ އަދަދަކަށް ކޮންމެދުވަހަކުވެސް މަރުވޭ އިންޑިޔާއިން މިހާރު މީޑިޔާތަކުގައި އިސްތިހާރުކުރާތީ އަހަރެމެންނަންފެންނަނީ ރައީސް ގެ ތިނިންމުކީ ވަރަށްރަނގަޅުނިންމުމެއް އެހެންވީމައި ދެ ރައީސުންނަށްވެސް ވަރަށްބޮޑަށް ޝުކްރިއްޔާ

    2
    5
  21. ހުސެން

    ސަރުކާރުގެ ދޯހަޅިކަމުން،

  22. އަޙްމަދް

    މި ޓެގް ޓީމު އުވާލަލާފަ މިމީހުންގެ މަސައްކަތް މަޖްލީހާއި ޙަވާލުކުރަން ފެނެެއެވެ.

    2
    2
  23. ޙައްވަ

    ކީއްވެ ގަބޫލު ނުކުރާންވީ. ގައިމު ރައީސްވިދާޅުވި ސިއްހަތާބެހޭކަންކަމުގަ ފަހުބަސްބުނާނީ ދާއިރާގެ މީހުންނޭ

    • ރަނާ

      މީ އަންނިގެ ބާރު ހިނގާ ސަރު ކާރެއް އެމީހުން ކަމެއް ކުރާނަމޭ ބުނިތަ އިދި ކޮޅަށް އެ ކަން ނިންމާނީ. ފަހުބަސް ބުނެ ބުނެ އޮއްވާ ބަސް ބުނާ މީހާއަށް ބިރު ދައް ކައިގެން އިންތިޚާބް ބޭއްވީ. މިހާ ބާރަށް ބަލި ފެތުރުމުގެ އަސް ލަ ކީ ހަމަ އެއީ

  24. އަބްދޫ

    ސަރުކާރުގެ ވިސްނުންހުރީ ދައުލަތް ލޫޓްވުމުގެ މައްޗަށް އެކަނި.ދައުލްތް ލޫޓްވައިގެން ފައިސާ ދަރަނީގެގޮތުގަ ނަގާ.ސަޕޯޓް ހޯދުމަށް ހަރަދުކުރުމުގެ ވިސްނުން ނޫން ވިސްނުމެއް ސަރުކަރުގަ ނެތް.ރައްޔިތުނަ މިބަލިން ދިފާއުކުރުމުގެއެއްވެސް ވިސްނުމެއްނެތް.

  25. ީއިކުރިމާ އިބުން އަބީ ޖަހުލް

    ވާވަރު ވީމަ. މިވާހަކަ އަޅުގަނޑު ބުނިން މާކުރިން މައިމޫނާ ކައިރި. ޢަޑު އިވޭކަމަށްވެސް ނުހެދި. ޜާއްޖެތެރެއަށް ކޮވިޑު ފެތުރި ނިމުނީމަ ދެން ރައްޔިތުންނަށް ކޮން އާރުކާޓީއެއް ތިދައްކަނީ. ޥެރިކަން ވައްޓާލާފަ މައިމުނާ ޖަލައްލާންވި. އަދި އިބޫ އަދި އިންޑިއާ ކޮވިޑް ޓުއަރިސްޓުންގެ ބާނީ މައުސޫމުވެސް ޖަލައްލާންވި.