ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް މާލެ ސަރަހައްދުގައި ކާފިއު އިއުލާނުކޮށް، ސަރުކާރުގެ އޮފީސްތައް ބަންދު ކުރުމާއި މެދު ގޮތެއް ނިންމުމަށް މަޝްވަރާ ކޮށްފިއެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން ކޮވިޑްގެ ވޭދަނަތައް އިތުރު ވަމުންދާތީ އަޅާނެ ފިޔަވަޅުތަކާއި މެދު މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމަށް ސަރުކާރުން ހުށަހެޅި ކާފިއު ހިންގުމަށާއި، ސަރުކާރު އޮފީސްތައް ބަންދު ކުރުމަށެވެ.

މި ބައްދަލުވުމުގައި ޓެކްނިކަލް އެވައިޒަރީ ގްރޫޕް (ޓެގް)އިން ހުށަހެޅީ މާލެ ސަރަހައްދު ފުރަބަންދު ކުރުމަށެވެ. ނަމަވެސް ސަރުކާރުން ވަނީ އެ ހުށަހެޅުމަށް ދެކޮޅު ހަދާފައެވެ.

ބައްދަލުވުމުގައި އެންމެ ފުރަތަމަ ސަރުކާރުން ހުށަހެޅީ އިރުއޮއްސި 6:00 އިން ހެނދުނު 6:00 އަށް މާލެ ސަރަހައްދުގައި ކާފިއު އިއުލާނު ކުރުމަށެވެ. ނަމަވެސް ރޯދަ މަހަށް ވުމުން ނަމާދަށް ދާ މީހުންނަށް ދަތިތަކެއް ހުންނާނެ ކަމަށް ފެންނާތީ އެގަޑިތަކުގައި ކާފިއު އިއުލާނު ކުރުމަށް ވެސް ބައެއް މީހުން ދެކޮޅު ހެދިއެވެ.

އެ ބައްދަލުވުމުގައި ފަހުން މަޝްވަރާ ކުރީ ރޭގަނޑު 8:00 އިން ފަތިހު 5:00 އަށް ކާފިއު އިއުލާނު ކުރުމަށެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ދުވަހުން ދުވަހަށް އިތުރުވަމުން އަންނާތީ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގެ ރަށްތަށް ފިޔަވައި ރާއްޖޭގެ އެހެން ރަށްތަކަށް ޒަރޫރީ ބޭނުމުގައި ނޫނީ ދަތުރު ނުކުރެވޭ ގޮތް މާދަމާއި ފެށިގެން ވަނީ ހަދާފައެވެ.

ރާއްޖެއިން އިއްޔެސް ވެސް 508 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ޖުމްލަ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 30،745 އަށް އަރާފައެވެ. އޭގެ ތެރެއިން މިވަގުތު 5،594 މީހަކަށް ފަރުވާ ދެމުން އަންނައިރު، 172 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ. އަދި މިބަލި ޖެހިގެން 25،068 މީހަކު ރަނގަޅުވެފައިވާއިރު، 74 މީހަކު ވަނީ ބަލި ޖެހިގެން ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. އަޙްމަދު

    ސްކޫލްތަށް ބަންދު ނުކުރައްޗޭ! މަދުބެލެނިވެރިން ބޭނުވެގެން އުޅޭ ޕްރައިވެޓް ޓައިމް ނުލިބިދާނެ! ނަނަމަ އެމީހުންގެ ޙައްގުގައުވެސް އަހަރުމެންގެ ފޮނުވާން ތައްޔާރު!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

    6
    2
    • ބުޅާ

      ނަމާދު ދެކެ މި މީހުން ވަރަށް ބިރުގަންނަކަމަށް ލަފާކުރެވޭ..

      4
      1
    • ޕާން

      އަޅުގަނޑުމެންގެ ކޮމިއުނިސްޓް ޑިކްޓޭޓަރ ސަރުކާރުން ބޭނުންވާނީ ރައްޔިތުން ނޮޅާފަވެސް ވެރިކަން ކުރަން

      2
      2
  2. ބޮއިކަޓް އަލީ

    އިންތިހާބު ނިމުނީތަ......

    16
    1
  3. ބޮއިކަޓް އަލީ

    އިންތިހާބު ނިމުނީތަ..........

    14
    1
  4. މުހައްމަދު އަލީ

    އޮފީސްތައް ބަންދުކުރުމަކީ ހަމައެކަނި ބޭނުންތެރި ކަމެއް ނޫން. އެއީ މަޖުބޫރު ކަމެއް. މިއަދުވެސް އަހަރެންގެ އޮފީހުން އެތައްބަޔަކު ޕޮޒިޓިވް ކޭސްތަކަކާއި ކޮންޓެކްޓް ވެގެން ކަރަންޓީނުކޮށްފި. އަނެއްބަޔަކު ޕޮޒިޓިވް ވެއްޖެ. އަހަރެމެން މިތިބެނީ ބޮޑު ނުރައްކަލެއްގަ. ގޭގައި އުމުރުން ދުވަސްވީ މައިންބަފައިން އެބަތިބި. ބަލިޖެހުނަސް ބޮޑުވަރުނުވެޔޭ ކިޔާނޭ ކަމެއް ނެތް. ބަލި މުޖްތަމައުގައި ފެތުރޭވަރަކަށް ވައިރަސް މިއުޓޭޓްވޭ. މިހާރު މިއުޅޭ އިންޑިއާ ވޭރިއެންޓު ވައިރަސް އަކީ ވެކްސިނަށް ނުގުޑާފާނޭ އެއްޗެއްކަމަށް ބައެއް ޑޮކްޓަރުން އެބަ ލަފާކުރޭ. ހެޔޮނުވާނެ މިކަން އަވަސްކުރޭ.

    19
    1
  5. ސަންގު އަންނި މިހިރީ

    އިންތިހާބު ބޭއްވިއިރު މިކެމެއް އިހުސާސެއް ނުވީތަ އެޗްޕީއޭއަށް؟ ކެމްޕޭން ކުރަން އެމްޑީޕީ މީހުން މާސްކުވެސް ނާޅާ އުޅުނު އިރު އެއްޗެކޭ ނުބުނީވެސް ތިހާ ބަލާތީ ދޯ .. ސަހަރޯ އޭ ބުނާނީ

    20
    1
  6. ސަރީ

    ކިހެނެއްވާނީ ދަންވަރު 3:00 އިން 5:30އަށް!!ސަޅިއެއްނު ހަމަ

    10
    3
  7. ގެެރި

    މުޒާހަރާ ކުރާނަން ލޮކްޑައުންކޮށްފިއްޔާ.. ވަކިވަރަކަށް ކެތްވާނީ

    28
    16
    • ޕައި މޫން

      ލޮކްޑައުން ނުކުރިޔަސް މުޒާހަރާކުރާނެ ބުރޯ

      13
      1
  8. ޙައްގުބަސް

    މިރަމަޟާން މަހުގެ ފަހު 10 އިގަ މިސްކިތްތަކަށް ދަނމު ނަމާދަށް ދިއުމާ ޖަމާއަތަށް ފަތިސް ނަމާދަށް ދެވެންވާނެ ފުރަބަންދުކުރިޔަސް!! އެކަން އެގޮތަށް ހަމަޖެހެންވާނެ!!

    23
    1
  9. ޓަކި މޫނާ

    ފޭކު ޓެސްޓުކިޓުތަކެއް ބޭނުންކޮށްގެން ހަޑި ހާވަނީ އެޗްޕީއޭ. ސިޔާސީ ޕަޕެޓް.

    33
    5
  10. އަޝްރަފް

    ކޮންތާކުންހޭ ތިބުނާ އަދަދަށް މީހުން ޗެކް ކުރަނީ. މި ދަނޑިވަޅުގަ ދޮގު ނުހަދާށޭ....

    14
    1
  11. ހެޗްޕީއޭ

    ރޭގަނޑު 8 އިން ފަތިހު 5 ކާފިއު އިޢުލާންކުރުމުގެ ބޭނުމަކީ ކޮބާ؟ މީހުން ނިދާފަ މަދުބަޔަކު ނިކުމެއުޅޭ ގަޑިއެއް. އަހަރެމެން ކާފިއު އިޢުލާންކުރީމޭ ބުނަންތަ؟ އަވައްޓެރި އިންޑިޔާގެ ދަރަޖަައައް ނުގެންގޮސް އަދިވެސް ކާފިއު އިޢުލާން ކޮށްލަބަލަ ދުވާލުގަޑީގަ.
    ފައްސިވާމީހުންނަށް ފަރުވާދެވޭތޯބަލާބަލަ.!
    ބުރިޖެއް. ފުލެޓެއްގެ، ރައީސްއެއްގެ ބޭނުމަކީ ކޮބާ ކޮންޓްރޯލް ނުކުރެވެންޔާ؟ ލޮލް

    18
    1
  12. ބަކުރު

    އެންމެންނިދާފަ ތިބޭގަޑީގަ ކާފިއުއިއުލާން ކުރަން މަޝްވަރާކޮށްބަލަ.

  13. ހާލުފޮޅި

    ސްކޫލުތައް ބަންދުކުރުން މާލަސްވެއްޖެ.. ދެން އޮފީސްތައްވެސް ހުޅުވާދުވަސް މަދުކުރަންވީ.. ދުވާ ޓްރެކާ ކުޅިވަރު ކުޅޭ ތަންތަން ބަންދުކުރަންވީ...މި ރޯދަމަހު ކާފިއު ހިންގަން އެންމެ ރަނގަޅީ ހެނދުނުން ފެށިގެން އިރުއޮއްސި 6 ޖަހަންދެން.. ބޭކާރުގޮތުގަ ފިނިބުރު ޖަހަން ނުކުތުން މިވަގުތަށް ހުއްޓުވަންވީ..؟ރޭގަނޑު 8 ކުން ބަންދުކުރާނަމަ ވަރަށް ގިނަ މީހުނަށް އުނދަގޫވާނެ، ސަބަބަކީ ހޮޓާތަކުން ހާރުކާ މީހުނަށް ބޭރަށް ނުދެވޭނެތީ.. ބޮޑުކަމެއް ނިންމާއިރު ހުރިހާ ކޮޅެއްވެސް ބަލަންވާނެ.. އެއްބަޔަކަށް ފައިދާ ވާގޮތަށް ވިސްނައިގެން މިކަމެއް ނުވާނެ..

  14. ބަކަރި

    މުޒާހަރާ ކުރާވަރު މަދީ.. ހުރިހާ ރައްޔިތުން މި އަނިޔާވެރިކަމާ ދެކޮޅަށް ނުކުންނަންވީ

    5
    1
  15. މަބޭ

    އިންދިޔާއީންއަންނަ ދިވެހިން ކަރަންޓީން މެދުއިރުމައްޗައްދާ އިންޑިޔާމީހުން ހުޅުމާލެތެރެކުދަކުރަނީ މާސްކެއްނާޅާ މުޅިރަށުތެރޭ ފުލުހުންލޯމަރާލަެިގެން އިންޑުޔާސަފީރު ރުޅިއައިސްދާނެތީ. މިހާވަރަކައްދެން އަޅުވެތިވާނީ