ކޮވިޑް-19ގެ ހާލަތު ގޯސްވަމުން އަންނަ މިދަނޑިވަޅުގައި ރާއްޖޭގެ ސްކޫލްތައް ބަންދު ކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަ ކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ސްކޫލްތައް ބަންދު ކުރުމާއި ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާދެއްވަމުން މިނިސްޓްރު ޑރ. އައިޝަތު އަލީ ވިދާޅުވީ، އެކަމާއި މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
"އެވާހަކަތައް ދެކެވެމުން އެބަދޭ. ހަމަ ވަރަށް އަވަހަށް ތިބޭފުޅުންނަށް އެޗްޕީއޭ ތްރޫކޮށް އެކަން ކަން ހިއްސާކުރާނެ" މިނިސްޓަރ ވިދާޅުވިއެވެ.
އެފަދައިން މިނިސްޓަރ ވިދާޅުވެފައިވާއިރު، މިހާރު ރާއްޖޭގެ ހާލަތު އަންނަނީ ދުވަހުން ދުވަހަށް ގޯސްވަމުންނެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރު މި ބައްޔަށް 503 މީހަކު ވަނީ ފައްސިވެފައެވެ.
ކޮވިޑުގެ ހާލަތު ގޯސްވުމުން މީގެ ކުރިން ވެސް މާލެ ސަރަހައްދުގެ ސްކޫލުތައް އެތައް ފަހަރަކު ބަންދުކުރި އެވެ. މިދިޔަ ޖެނުއަރީ 10 ގައި ސްކޫލުތައް ހުޅުވުމަށްފަހު އޭގެ މަހެއްފަހުން ބަންދުކުރުމަށްފަހު އަލުން ހުޅުވައި ކިޔަވައިދޭން ފެށީ މިދިޔަ މަހުގެ އެއް ވަނަ ދުވަހެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާ ބޮޑު ފިޔަވަޅުތަކެއް އަޅާފައި ނެތުމުން ސަރުކާރަށް ވަނީ ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުވެފައެވެ. އެފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް، ސަރުކާރުން ވަނީ މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން މަނާކޮށް އިންޑިއާ ފަތުރުވެރިން ރާއްޖެ އައުން މަނާ ކޮށްފައެވެ.
ހަމަ ނަމްބަރެއް މަތިވާ އިރަކަށް ސުކޫލްތައް ބަންދުކުރާކަށް ނުޖެހޭނެ. ސުކޫލްތަކުން ތިޔަ ފެތުރޭކަމަކަށް ދިރާސާތަކުން ނުދައްކާ އަނެއްކާ ސުކޫލްތަކުގައި ތިބެނީ ވަރަށް ކޮންޓްރޯލްޑް އެޓްމޮސްފިއަރއެއްގަ. ކުދިން ސައިކޯ ވެދާނެ މީހާރުވެސް ސައިކޯވެފަ އެތިބެނީ
ކުޅުދުއްފުށި މޮނީޓަރިންލަށް ލުމުންވެސް ތިން އިސްކޫލު ހުންނައިރު އެއް އިސްކޫލެއްގައި ހުރިހާ މުވައްޒފުން ނެރެގެން މަސައްކަތްކުރުވަނީ! އަނެއް ދެ އިސްކޫލުގަ ގުރޭޑް 9 އަދި އޯލެވެލް އާއި އޭ ލެވެލް ހަދާކުދިން އެކަނި މިނެރެނީ! ފަހަރެއްގަ ވެދާނެ މުވައްޒަފުން ނެރޭ އިސްކޫލުގަ ކޮވިޑް ފެތުރުމުގެ އެއްވެސް ފުރުޞަތެއް ނެތީކަމަށް.
މި ޓަރމު ނިމެންދެން އިހަށް މަޑުކޮށްލާ ދެން، އެހެންނޫނީ ކިޔަވާ ކުދިންގެ ކިޔެވުމަށް ހާދަ ބޮޑު އަސަރެކޭ އެކުރަނީ، ގުރޭޑް ދިގު ދެމިގެން ދާތި ކުދިން ކިޔެވުން މަތިން ވެސް ފޫހިވާން ފަށައިފި. އަދޭސް ކޮށްފަ ދަންނަވަން މި ޓަރމު ނިމެންދެން ސްކޫލްތައް ބަންދު ނުކޮށް ބަހައްޓައިދީ...
ކަމަނާ ރޯގާ އޮތްރައްތައްކުރެޭ ރޯގާނެތް ރަށްރަށުގަ ކިތަވައިދިނަދީ . ކުދިންގެ ތައުލީމު ހަލާކުނުކުރޭ. ތިޔޮތީ ވޯޓްލެވިފަ ރޯގާވާހަކަ ނުދައްކަވާ ބާރަށް އަތްޖަހާ. ޢެޖެނޑާ 19 ތަފާތު ކޮވިޑް 19 ތަފާތު ﷲ ބިރުވެތިވެ ކިތަމަނވެ ބޮޑެތިބަސްތައް ބުނުން ހުއޓާލާ
މީ ފަހު 10 އެއް މިސްކިތް ބަންދު ނުކުރާތި ހެޔޮނުވާނެ އާދޭސްކޮށް ދެފާގަ ދޫލާފަ މި ބުނަނީއ