“ހަޔާތް ކުޑަވާން”ވެއްޖެނަމަ، އިންތިމެންނަށްވުރެ މާ “ހަޔާތް ކުޑަވާނެ”ކަމަށް ވިދާޅުވެ މަންދު ކޮލެޖްގެ ޗެއަރމަން އިބްރާހިމް އިސްމާޢީލް (އިބްރާ) މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މުޤައްރިރު އިމްތިޔާޒް ފަހުމީއަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

އިބްރާ، އިންތިއަށް އެފަދަ ރައްދެއް ދެއްވާފައިވަނީ މަންދު ކޮލެޖަށް ދަޢުލަތުން ބަދަލު ދިނުމަށް ނިންމާފައިވާ މައްސަލައާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކީ އިބްރާގެ ޓްވީޓްތަކުގެ ތަފްސީލް ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް ކަމަށް ބެލެވޭ ކަމަށް ބުނެ އިންތި ވާހަކަ ދައްކާފައިވާތީއެވެ.

އެގޮތުން އިންތި ވިދާޅުވީ، އެ ބައްދަލުވުމުގައި މަޢުލޫމާތު ދެއްވި ރައީސްގެ ލީގަލް ކައުންސެލް އަޙްމަދު ޢަބްދުﷲ އަފީފަކީ އިބްރާގެ "ޅިޔަނެއް" ކަމަށެވެ.

މިކަމާއި ގުޅިގެން އިބްރާ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، ޙައްޤު ހޯދުމަކީ އޭނާ ވަރަށް ފަރިތަކަމެއް ކަމަށާއި، ބިރަކީ ދަންނަ އެއްޗެއް ނޫން ކަމަށެވެ. އަދި އޭނާ ބަސްބުނުމުގެ ޙައްޤު ހޯދިއިރު އިންތި އިނީ ސިއެސްޓާ އެއްގައި ނިދާފައި ކަމަށް ކަމަށް އިބްރާ ވިދާޅުވިއެވެ.

"ހަޔާތް ކުޑަވާން ވެއްޖެ ނަމަ އިންތި މެންނަށް އަދި އެއް މޭލު ކައިރިއަށްވެސް ނާދެވޭނެ." އިބްރާ ވިދާޅުވިއެވެ.

މީގެ އިތުރުން ކިތަންމެ ވަރަކަށް އޭނާ ބަދުނާމު ކުރަން އުޅުނު ކަމުގައި ވިއަސް ހައްޤު ހޯދުމުގައި ފަސް ނުޖެހޭނެ ކަމަށާއި، އިންތި ދެއްކީ ޤާނޫނާ ޚިލާފު ވާހަކަތަކެއް ކަމަށް އިބްރާ ވިދާޅުވިއެވެ. އަދި "އިންތިމެންކަހަލަ" ދިހަ ވަރަކަށް "ބުލީން" ކިހިލި ޖަހައިގެން އުޅެވޭނެ ކަމަށާއި، މެމްބަރުންގެ "އިމްތިޔާޒް" އަކީ ކިޔާ ނަމަކުން ލިބޭ އެއްޗެއް ނޫންކަމަށް ވެސް އިބްރާ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ޢަހުމަދު

    ގަދަ މީހެއް ކޮބާ އިންތި ސައިޒް ކޮއްލީ ދޯ

    44
    5
  2. ހުސޭނުބޭ

    އެއީ ރީދޫ ހުން ޖެހުނީމާ އަރުއްވާގަންނަ އެއްޗެއް! ދެން ކަލޭމެން ދެމީހުން ލަދުހަޔާތްކުޑަކަމުގެ ވޯލްޑްކަޕް ބާއްވާ! ޗެމްޕިއަނަށް ބުއްޅަބޭ ޓްރޮފީ ދޭނެ!

    56
    2
  3. ބަކުރުބެ

    އާއެކެވެ އިބްރާ އެބުނީތެދެކެވެ އެއީ އޭނާއަކީ މިއްލަތެއް މަޛްހަބެއް އޮތްމީހެއް މޫނެވެ ލަދާ ޙަޔާތާ އަގަލާ ވަނީ ބުޑުދޮށުން ކަނޑާލާފަ ވިއްޔާއެވެ އެހެންވީމާ ވަނީ އެހެންނޫން ހެއްޔެވެ

    38
    1
  4. ޝަރިއްޕެ

    އި ބުރާ ބުންޏަސް ތެދެއްވާނީ ހަމަ ތެދަކަށެވެ. އަޅެއް ބުންޏަސް ތެދެއް ވާނީ ތެދަކަށް. ބޯގަންވިލާ އާއިލާ ގެ ކޮންމެ މީހެއްވެސް އިންތި އަށް ވުރެ ހަޔާތް ކުޑަވާނެ އެވެ. މިގައުމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ބަމާވެރިކަމަކީ ބޯގަންވިލާ އާއިލާ ގެ ކޮރަޕްޝަން . އިކޮނޮމިކް މިނިސްޓަރާ ރައީސް އޮފީހުގެ ކުރީ ގެ މިނިސްޓަ ހަސަން އިސްމާއިލް ގެ މަސްލަހަތު އޮންނަ ބިގް އަށްވެސް 5 މިލިއަން ރުފިޔާ ގެ ބަދަލަށް 80 މިލިއަން ދޭން ނިންމީވެސް މިސަރުކާރުން. ރައްޔިތުން ހޯބޯލަވަން ފެއްޓީމަ އަނެއްކާ މިހާރު އެމައްސަލަ ރިވިއު ކުރަނީ. އި ބުރާ ކޮން ޚަރަދެއް ކޮއްގެން 5 އަހަރު ތެރޭ 15 މިލިއަން ރުފިޔާ އެމްް.އީ.އެސް އަތުލުމުން ގެއްލުންވާނީ. 15 މިލިއަނަށް މާލޭން ރަނގަޅު ބިމެއްވެސް ގަނެވޭނެ. މަންދު ކޮލެޖް ހުރި އިމާރާތުގެ ކުއްޔައް މަހަކު 1 ލައްކަ ރުފިޔާ ވެސް ނުދާނެ.

    18
  5. އަމިއްލައެދުންބޮޑުމީހާ

    އި ބުރާ މީގެ 5 ދުވަސް ކުރިން ބުނި ބަދަލު ގެ ގޮތުގައި އޭނަޢަށް 140 މިލިއަން ރުފިޔާ ދޭންޖެހޭ ކަމަށް އެމްއީއެސް ހުރި ބިމުން ރަނާއި ޖަވާހިރު ނަގަނީތަަ 5 އަހަރު ތެރޭ އެމްއީއެސް އަތުލުމުން އި ބުރާ އަށް 140 މިލިއަން ރުފިޔާ ގެއްލުންވީ. ލަދު ހަޔާތް ކުޑަވެ އަމިއްލަ އެދުން ބޮޑުވިއަސް ތަންކޮޅެއް ބޮޑުވަރު.

    15
  6. މަހާޓޮލަރަންސް

    ހޯހޯ.. ހޯހޯ ތިފާޑަށްނުއުޅޭ. އެންމެން އެއްބައިވެގެން ކުރިމަސަްކަތް ކާމިޔާބުވެ އަނެކާއަށް ތަންކޮޅެއް ގިނައިން މަންފާލިބުމުން ޖޭވެ ދިއްލާމަތީ އަތުންތަޅާ ދިއްލުގެ ސައިޒުބަލާ ހިސާބަށް ތިޔަގެންދަނީ. ތިފާޑަށް ނުއުޅެ ގެއްލުމުގެ ބަދަލެއް ޖެއްސީމާ އަހަންމަދުމެން އެދޭނެޔޭ.

  7. ބޮނޑ އިބިރިހި މ

    އޭ އިބުރާ ރުޅި ނާރުވައްޗޭ؟ އިބު ރ ވަރަށް ހަޔާތް ކުޑަވާނެ

  8. ކެމެރޫން

    އިބްރާ! ކަލޭއަށްވުރެ އިންތީގެ ހަޔާ މާބޮޑުތަނުން ކުޑަވާނެ ބެލީމަވެސް އެގޭ އިބްރާގެ ސައިޒު އަދި އޭނަގެ ސައިޒު ވުރެ ބޮޑުވާނެ އިންތީއަކީ ވަރަށް ގޮތްކުޑަ ހިމާރުގެ އަޑު އޮންނަ މީހެއް ވަގުން ހިފަން ޑިގްރީހަދައިގެން ހުރި މީހެއް ވަގެއްވެއްޖެއްޔާ އެންމެފަހަރަކުން ހިފާނެ ގޮތްކުޑަ އިންތީ ހަޔާކުޑަ އިންތީ ކަރުގެ ނާރުފުއްޕާފައި މީހުން ހިފާ ހައްޔަރުކުރަން ފެލޭނެ (ތިޔަ އޮޑީގެ ބްރަކި ފެއިލް ވަނީ)

    8
    2
  9. ޢެކީގަ

    މުސްލިމު ވަންތަކަން ކުޑަމީހުން ބޮޑަށް ހަޔާތްކުޑަވާނީ

    16
    1
  10. ހަބީ

    ތިތަނުން ގަދަވާނީ 240މިލިޔަންރުފިޔާލިބޭމީހާކަންޔަގީން އެހެންވީމައި އިންތި ސައިޒްކޮށްލީ ކޮކަޑިކޭމީދާވެސް ފެންލިބުނީމައި ގަދަވީކަންއެނގޭތަ އިންތިއަށްއެނގޭތަ އިންތިއަށްވުރެން ވަރުގަދަ މީހުންތިބޭކަން

    10
  11. ލަދު

    ތީ ހަމަ އެއްވަރެއްގެ ދެމީހުން އަދިއަމުދުން އެމްޑީޕީ ވެއްޖެތަ އެހެންކިޔާއެއްޗޭއް (ލަދުހަޔާތް)ނުވެސްއޮންނާނެ އެކަމަކު މިފަހަރު ބުނާނީ އިބުރާއެބުނާހެން އެކަމުގަ އިބުރާ އިންތިޔައްވުރެން ދަރަޖައެއް ކުރީގަ އުޅޭނޭ

  12. ާއަޙްމަދު

    އިބްރާއަށް ބުނެލަން ތިމާއަށް ތިމާ ފެނުމަކީ ނިކަމެތިކަމެއް.

  13. ޓރޭ

    ކާކުތޯ ހަޔާތް ކުޑަނުވާނީ ހުރިހައިވެސް އުއްމީދަކީ ފައިސާޔާ މުދަލާ ދުނިޔެ ކަން ގަބޫލު ކުރާމީހަކަށް ކޮންހަޔާތެެއް ލަދެއް އޮންނާނީ
    އިބުރާ ކަހަލަ މެނބަރުން ކަހަލަ މީހުން މަގުސަދަކީ ދައިލަތް ދަމާލާގެންވެސް ތިމާ މެން މުއްސަދިވުން
    ދައުލަތުން ހަމަ އެއްމެފައިސާ ފޮތްޗެއް ވެސް ބަދަލޭ ކިޔާގެން ދީގެން ނުވާނެ.

  14. އަބްދޫ

    އެޓަރނީ ޖެނެރަލް އައީ އެޑިޔުކޭސަނުން 15 މިލިއަންރުފިޔާ އިބުރައަށް ދޭން ނިންމީ އެގްރީމެންޓް ބާތިލް ކުރުމުގެ ސަބަބުން ކަމަށް ވައިރު ދަވްލަތަށް ލިބުނު ގެއްލުމުގެ ބަދަލުގަ ޒިންމާ ވާންޖެހޭ ފަރާތަކީ ކޮބައިކަމާއި އެމީހަކު ހޯދާ އިހުމާލުގެ މައްޗަށް ދައުވާ އުފުލާ ދަވްލަތަށް 15 މިލިއަން ޑޮލަރު ހޯދަން ޖެހޭނެ ކަމަށްދެކެން. މިކަން ނުކޮށްފިނަމަ ދެންއަންނަ ސަރުކާރަކުން އެޓަރނީޖެނެރަލްއައި އެޑިޔުކޭސަން މިނިސްޓަރުގެ މައްޗަށް ދައުވާކޮށް 15 މިލިއަންރުފަިޔާ ދަވްލަތަށް ހޯދޭން.

  15. ޖަނާޒާ

    އިބްރާ އަށް ތިޔަކަމުގައި ހަމަ ހިޔަނިވެސް ނުފެންނާނެ އިނގޭތޯ!

  16. ޖަނާޒާ

    ޙައްޤު ހޯދުމަކީ އިބްރާ ފަރިތަކަމެއް ކަމަށާއި، ބިރަކީ ދަންނަ އެއްޗެއް ނޫން ކަމާއި އަދި ބަސްބުނުމުގެ ޙައްޤު ހޯދިއިރު އިންތި އިނީ ސިއެސްޓާ އެއްގައި ނިދާފައި ކަމަށް- ސާބަހޭ އިބްރާ

  17. ޖަންގަލި

    "އިމްތިޔާޒް" އަކީ ކިޔާ ނަމަކުން ލިބޭ އެއްޗެއް ނޫން- ސާބަހޭ އިބްރާ

  18. އަބްދޫ

    އިންޓަރނޭސަނަލް ސްކޫލެއް ހިންގުމްށް އެމްއެއެސް ގެ އިމަރަތްތަށް ހަވަލުކުރުމުން އެތަނުގަ އިންޓަރނެސަނަލް ކޮލެޖެއް ނުހިންގަ މަންދު ކޮލެޖް ހިންގުމުގެ ސަބަބުންއެތަނަށް ދަވްލަތުން ކުލި ދޭންޖެހޭނެ ނޫންބާ؟ އަދި އެތަން ހަވަލުކުރި އިރު އަބުރަދައްކާގޮތަށް 3 މިލިއަންރުފިޔާ އިބުރައަސް ދިން އެތަނުގެ ހުރިހަ މަތަމަޓެއްކުރި އެފައިސައިން އިބުރައަތުންއެއް ވެސް ހަރަދެއްނުހިގާ. އެތަންބޭނުންކޮށްގެން ނާޖާއިޒް ފައިދާ ނެގިފަ ވޭތޯ ބަލަންޖެހޭނެ.