ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތައްވެސް ކަރަންޓީން ވާން ޖެހޭ ގޮތަށް ނިންމައިފިއެވެ.

މިއަދު ބޭއްވި ބައްދަލުވުމުގައި މިގޮތަށް ނިންމާފައިވާއިރު، މި ނިންމުން މިރޭ ނޫނީ މާދަމާގެ ވަގުތެއްގައި އެޗްއީއޯސީން އިއުލާނު ކުރާނެ އެވެ.

ކޮވިޑާއި ގުޅިގެން އޭޕްރިލް 20 ވަނަ ދުވަހުން ފެށިގެން ދިން ލުއިތަކުގައިވާގޮތުން އާބާދީގައި 60 އިންސައްތަ މީހުން ކޮވިޑް-19 ގެ ވެކްސިން ޑޯޒްތައް ހަމަވެފައިވާނަމަ، އެ ރަށަކަށް ކަރަންޓީނުވުމަކާ ނުލައި ދަތުރު ކުރުމަށް ހުޅުވާލުމާއި، އާބާދީގެ 60 އިންސައްތަ މީހުންނަށް ކޮވިޑް-19 ގެ ވެކްސިން ޑޯޒްތައް ހަމަވެފައި ނުވާ ރަށްރަށަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، ދެ ހަފްތާ ވެފައިވާ ފަރާތްތަކަށް ކަރަންޓީނާ ނުލައި ދަތުރުކުރުމަށް ހުޅުވައިލުން ހިމެނެއެވެ.

އަދި ރަށެއްގައި ކޮވިޑް-19 ގެ ބަލި އުޅޭ ނިސްބަތް 5 އިންސައްތައަށްވުރެ މަތި ރަށަކުން އެނޫން ރަށަކަށް ދަތުރުކުރާނަމަ ޕީ.ސީ.އާރު. ނެގެޓިވް ޓެސްޓާއެކު ދަތުރުކުރެވޭނެ ގޮތަށް ދިން ލުއިތަކުގައި ވެއެވެ.

އެހެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ހިމެނޭ ގޮތަށް ޓެގް ޓީމުން މިއަދު ބޭއްވި ބައްދަލުވުމެއްގައި މާލެ ސަރަހައްދުގައި ކޮވިޑް ނުރައްކާ މިންވަރަކަށް ފެތުރެމުންދާތީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ފިޔަވަޅުތައް ހަރުކަށި ކުރުމަށް ނިންމުންތަކެއް ނިންމާފައި ވެއެވެ.

އެ ނިންމުންތަކުގައި ހުއްދައާއެކު ޒަރޫރީ ބޭނުންތަކަށް ފިޔަވާ މީހުން ދިރިއުޅޭ ރަށްރަށާއި، ސިނާއީ މަސައްކަތް ކުރާ ރަށްރަށަށް ދަތުރުކުރުން ހުއްޓާލުމަށް އަންގަން ނިންމާފައި ވެއެވެ. އޭގައި ވާގޮތުން ދަތުރު ކުރާ ފަރާތްތައް ދިޔަ ދުވަހުގެ ކަރަންޓީނަކާއެކު މާލެ އިން ރަށްރަށަށް ދަތުރު ކުރެވޭނެ ކަމަށް ބަޔާންކޮށްފައި ވެއެވެ.

އަދި ވެކްސިން ޖެހުމުން ދަތުރު ކުރުމަށް ލިބިފައިވާ ލުއި މެދުކަނޑާލަން އެ ނިންމުންތަކުގައި ވެއެވެ.

އެ ޓީމުން މިގޮތަށް ނިންމާފައިވަނީ މިހާރު މާލެ ސަރަހައްދާއި އަތޮޅު ތެރޭގައި ހަަލުވިކަމާއެކު ދަނީ ކޮވިޑް ފެތުރެމުންނެވެ. އެގޮތުން ފާއުވެދިޔަ ހަފްތާއެއްހާ ދުވަސް ތެރޭގައި ކޮވިޑްގެ ވޭދަނަތައް 400 އިން މައްޗަށް އެރިއިރު، އިއްޔެ އެ ވޭދަނަތަކުގެ އަދަދު އުޅުނީ 500 އިން މަތީގައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

 1. ކާފަ

  ޜަނގަޅު ނިންމުމެއް

  15
  7
  • ގެެރި

   ކީއްކުރަން ޖެހުވި ވެކްސިނެއް

   17
   2
   • ސަންފާ

    ވޯޓޭ ކިޔާއިގެން ކުރި ކަމެއް.

 2. ބަޅ

  ދެން ލަލަލާ.. ކީއް ކުރަން ޖަހާ ވެ ކްސިނެއްތީ ދެން.

  28
  5
  • ކުރެވޭތޯ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ

   ކޮންމެ ކަމެއްވެސް ކުރެވޭތޯ އެބަލަނީ އެންމެންގެ ރަނގަޅަކަށް ކީއްވެތަ ވިސްނާނުލާ ތިއެއްޗިހިބުނަނީ...ތިކަހަލަ ވިސްނުން ގެންގުޅޭ މީހުން ވެކްސިންގެ އެްމެޑޯޒެއްޖެހޭ އިރަށް މުޅިރަށުގަ ދުވަން ފަށްޓަނީ..ފަރުދީޒިންމާ އަދާކުރެވޭނީ ބަލާބަލަ.
   ކޮންމެކަމެއްގަ ސަރުކާރާ ޑޮކްޓަރުން ގޯސްކޮއްގެން ފައިދާއެއްވޭތޯ؟؟؟ ބުނީމަ ބުނާގޮތަށް ހަދާލެވޭތޯ؟؟؟

   8
   16
 3. ކިޔުންތެރިޔާ

  ތީ ވަރަށް ރަނގަޅު ކަމެއް! ވެކްސިނޭ ކިޔާ ވާރޭ ފެންފޮދެއް މި މީހުންގެ ގަޔަށް ޖަހައިގެން ހީވަނީ މީތި ޖެހީމަ ދެން އެޖަހާ މީހަކު ހަލްކުއަށް ބަދަލުވަނީހެން.

  15
  9
 4. ޜަސް

  އަސްލު ތިކަން އަަބަދުވެސް ކުރަންވީ ތިގޮތަށް..އއމީހާގެ ގައިގަ ވައިރަސް އުފުލާ އެހެންމީހުން ހަމައަށް ފޯރުވެސް ކޮއްދެވޭހަމަ ލައިގެން ހުންނަ ހެދުމާ ގެންގުޅޭ އެއްޗިހި ގެ ފަރާތުން ވެސް..ވީމާ ތީ ވ ވެސް ރިނގަޅު ނިންމުމެއް...އަލްޙަމްދުލިﷲ

  15
  7
 5. Anonymous

  ކޮވިޑުން ވައްކަންކުރުން އޮޅުވާލުން މަކަރުހެދުން.
  ވެކްސިނުންވެސް ކުރިކަމަކީ ވައްކަން ތިކަމެއް ނުވިޔެއްނުހޭ އިސްތިއުފާދޭށޭ.

  23
  5
 6. މީހާ

  ކޮވިޑްމީ ސިޔާސީ ކަމަށް ނުހަދައި ކޮންމެ މީހަކުވެސް ފަރުދޫ ޒިންމާ ނަގަން އެބަޖެހޭ. ދިވެހީންނަށް ހީވާކަހަލަ ކޮންމެ ކަމެއްވެސް މީ ހުންނަ ވެރިމީހާ ކުރާ ކަމެކޭ، އަމިއްލަ މީހާ ހެޔޮ މާސްކު ނޭޅިޔަސް ނޫނީ ރަށު ރައްޔިތުން ކައިރިއަށް ދުވިޔަސް.

  4
  4
 7. ސިޕް

  ރާއްޖެތެރޭ ރަށްރަށަށް ކޮވިޑު ފޮނުވާފަ ދެން ކޮން ބޭކާރު ވާހަކަ ތަކެއް ދައްކަން ދެއިރަށް ޓީވީ އަށް އަރާ މިތިބެނީ ... ކަން ކަން ނުވަންޔާ ނުވާނޭ ކިޔާފަ ގެޔަށްދޭބަލަ ކިހާ ދެރަކަމެއްދެންމީ .. ހުރިހާ ދެރައެއް ނިކަމެތި ރައްޔިތު މީހާ އަށް

  11
  2
 8. ކިހާ

  ކިހާ ބޮޑު ކަމެއް ދެން މިއީ. ދެދުވަހު އެކައްޗެއް ނުކިޔާ..އެމީހުން ބޭނުން ކަމެއް ކުރުމަށް ލުއި ދެވޭ

  10
 9. މާމިގިލީ މީހާ

  ބޭކާރު އެއްޗެއް ތި ވެކްސިންތަކަކީ. ފައިދާއެއް ނެތް ގެއްލުންހުރި އެއްޗެއް. ސަރުކާރުން އިންޑިޔާއަށް ލާރި ގަނޑެއް ދޭން ވެގެން ގަނި އެއްޗެއްތީ. އިންޑިޔާގަ އެއޮތް ބަލި މިރާއްޖެއަށް ގެނެސްފަ، ނޫނީ، ސޯލިހާ ނަސީދު ނުހުއްޓާނެ. ރާއްޖެތެރޭގެ މީހުންނައް މީގެ ނުރައްކާ ބޮޑު ވާނީ. ރަށް ރަށުގެ ސިއްހީމަރުކަޒުގަ އޮކްސިޖަންނެއް ނެތް. 1 ފުޅި އޮކްސިޖަން އިނީ.

  12
 10. ދޮންކެޔޮ

  ހަދާނެ ނުހަދާނެ ނޭގިގެން ތޯ ތިޔަ އުޅުއްވަނީ

 11. ނަފީސާ

  ސިއްހީ މާހިރުން އެންމެ ފުރަތަމަ ވެސް ބުނީ ވެކްސިން ޖަހަނީ ބަލީގަ ބޮޑުވަރުނުވެ ރަގަޅުކުރުމަށް ކަމަށް. ވެކްސިން ޖަހައިގެން ކޯވިޑް ނުޖެހޭނެ ކަމަށް 1 ފަހަރުވެސް ބުނެފައެއް ނެތް. ވީއިރު ނިކަމެތި ރައްތިޔުމީހާ މޮޔަ ހައްދަން 2 ޑޯޒް ހަމަކޮށް 2 ހަފްތާ ވުމުން ކަރަންޓީނާވުމަކާ ނުލާ ރަށްރަށަށް ދެވޭގޮތް އަދި ކެމްޕޭނަށް ކަރަންޓީންނުވެ ރަށްރަށް ދެވޭގޮތް ހެދުމަށް ފަހު މުޅި ރާއްޖެއަށް ބަލި ފަތުރާލާފަ ކޮންކަމެއް ކުރާންތަ މިއުޅެނީ؟ ސިޔާސީ ގޮތުން ބާރުހުރިމީހާ ބޭނުންވާ ގޮތަށް ޓެކްނިކަލް މީހުން ކަންތައް ނިންމަން ޖެހުނީމަ ވާނެ ހަޔެތި ވެފަތިއޮތީ. އިންޑިއާއަށް ވަމުންދާގޮތް މިތަނަން ނުވިއްޔާ ރަގަޅު.

  11
  1
 12. މޮޔަގޮލާ

  ކަރަންޓީނުވުން އޯކޭ. އެކަމު ކަރަންޓީނުވުމާއެކީ ވަގުތުން ސާމްޕަލްނަގާފަ ޓެސްޓް ކުރަން ފޮނުވަންޖެހޭނެ. ޏެގަޓިވް ނަމަ ދޫކޮށްލަންޖެހޭނެ. ޕޮސިޓިވް ނަމަ ބަންދުގައި ބަހައްޓަންވީ. ކޮން ނުކުޅަދާނައެއް ކުރާކަށް ތިއުޅެނީ. ތިޔަ ކުރެވެނީ ވާ ވެރިކަމެއް!

  12
 13. Ahmed

  ކިހާ ބޮޑު ދުއްޕާނެއް

 14. ޢާވި

  ޥެކްސިން ޖަހާތަނަށް ދިޔަޔަސް ކޮވިޑް ޖެހިދާނެ! ޢެހާވެސް އިންތިޒާމް ތަށް ރަގަޅު!

 15. ޑައެލޯގް

  އޭރުވެސް އެގޭ ތިޔައީ އިންޑިއާއިން ގެނައި ފޭކް ވެކްސިންތަކެއްކަމެވެ. މޯދީއަށް ފައިސާދޭންވެގެން އިބޫކުރިކަމެއް. ތިޔަށްވުރެ ރަގަޅުވާނެ އިންޖިކްޝަނަކަށް ފެންއަޅާފަޖެއްސަސް އޭރުން ސައިޑް އެފެކްޓެއްނުވާނެއެވެ. މިހެންމިބުނީ ތިޔަވެކްސިނުންވި ފައިދާއެއްނެތީމައެވެ.،

 16. ފޯއްބެ

  ކޮވީޑް ޖެހި ރަނގަޅުވެފަވެފަ ތިބޭ މީހުންނައް އޮތީ ކޮން ހުކުމެއްބާ ؟