ރާއްޖޭގައި ހަލުވި ކަމާއި އެކީ ކޮވިޑް-19 ފެތުރެމުންދާތީ އަޅާ ފިޔަވަޅެއްގެ ގޮތުން ސްކޫލްތަކާއި އޮފީސްތައް ބަންދު ކުރަން ނިންމައިފިއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުން ސަރުކާރުގެ އޮފީސްތައް ބަންދު ކުރަން ހަމަ ޖެހިފައިވަނީ މިމަހުގެ 5 ވަނަ ދުވަހުން ފަށައިގެންނެވެ.

އެނގިފައިވާ ގޮތުން މިގޮތަށް ނިންމާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޓެގް އާއި އެކު ބޭއްވި ބައްދަލުވުމަށް ފަހުއެވެ.

ސްކޫލްތަކާއި އޮފީސްތައް ބަންދު ކުރަން ސަރުކާރުން ނިންމާފައިވާއިރު، އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވަނީ ސްކޫލްތައް ބަންދު ކުރުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

މިއަހަރު މާލޭގެ ސްކޫލްތަކުގައި މިހާރު ކިޔަވައި ދެމުން އަންނަނީ ދަށް ގްރޭޑްތަކުގެ ކުދިން ސްކޫލަށް ގޮސް ކިޔެވުން ކުރިއަށް ނުގެންދާތާ އަހަރަކަށްވުރެ ގިނަ ދުވަސްވީ ފަހުންނެވެ.

ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ މިހާރު ރާއްޖެ ހިމެނެނީ ދުނިޔެއަށް ބަލާއިރު ވެސް އާބާދީގެ ނިސްބަތުން އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވާ ގައުމުތަކުގެ އެއްވަނައިގައެވެ. ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މިހައި ބޮޑަށް މައްޗަށް ގޮސްފައި ވަނީ އޭޕްރީލް މަހު ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ކޮވިޑުން ރައްކާތެރިވުމުގެ ގިނަ ފިޔަވަޅުތައް އުވާލުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޟމ

    ހަރުދަނާ އުޞޫލުތަކެއް ތަންފީޒް ނުކުރުމުގެ ނަތީޖާ މިއަދު މިފެންނަނީ، ޒަރޫރީ ކަންކަން ފިޔަވައި ދެންހުރި ހުރިހާ ކަމެއް މިވުތަށް ބަންދު ކުރުމަކީ މިކަމުގެ އެންމެ މުހިންމު ހައްލު، އެއްވެސް މީހަކު ތަފާތު ކުރުމެއް ނެތި ކަންކަން ތަންފީޒް ކުރަންވީ ބޮޑެެއް ކުޑައެއް މުއްސަންޖެެއް ފަޤީރެެއް ބެލުމެއް ނެތި، އެހެން ނޫނީ މިކަމުން ކުރާނެ ފައިދާ އެެއް ނެތް

    41
    5
  2. Anonymous

    އަޅެ ދެން ސްކޫލްތައް ބަންދު ނުކޮށް ބަހައްޓައިދީބަލަ ދެން، އަދޭސްކޮށްފަ މި ބުނަނީ...

    16
    36
    • ޙުސޭނުލަމު

      ކިހިނެއްވެގެންތޭ ތިޔައުޅެނީ؟؟ ދަރީންނާއި.މައިންބަފައިން ފަނާވާން ފެށީމަތަ ހޭއަރާނީ؟ ޝުކުރު ކޮށްގެން ރީތކޮށްހުރެބަލަ ޝަހާދެއް މިބުނީ

  3. ޢަހު

    ސްކޫލްތައް ބަންދު ކުރުމާއެކު އޮންލައިންކޮށް ކިޔަވައިދެވޭނެ ހަރުދަނާ އުސޫލް ތަކެއް ހޯދަން ޖެހޭ. ޢިންޓްނެޓް ގެ މައްސަލަ ހައްލުކުރީމަ އެކަން ވާނެ. ޙަގީގަތކީ މި ކޮވިޑާއެކު އަހަރެމެން އުޅެންޖެހޭނެކަން.

    32
    2
  4. ކަމަނަ

    ކޮވިޑް ގެ ހާލަތުގައި އަތޮޅުތަކުގެ ސްކޫލް ތަކުގައި ކިޔަވާދޭނެ ހަރުދަނާ އުސޫލް ތަކެއް ގާއިމް ކުރެވިފައެއް ނެތް.

  5. ޢާދަނު

    އިދި ކޮޅުން ފަޅޮލޭ ގޮވަމުން ނި ކުންނާނެ ކޮންމެ ހު ކުރު ދުވަހަ ކު ކޮވިޑު ފަތުރަން މިދުވަސްވަރު ނުނި ކުންނާނެ ރައްޔިތުންނަށް ހެވެއްއެދޭ ބަޔަ ކު..

    9
    9
  6. ނިޝާ

    ރާއްޖޭގައި މިއޮތް އަނިޔާވެރި ވަގު ވެރިކަމުގެ ސުންޕާކަމުން ދިވެހިރައްޔިތުން ސަލާމަތްކުރައްވާށިއެވެ! އާމީން