އިންޑިއާއިން ރާއްޖެ އަންނަ ދިވެހިންނާއި ވޯކްޕާމިޓް ހޯލްޑާސް 14 ދުވަހަށް ކަރަންޓީން ކުރަން ނިންމި ކަމުގައިވިޔަސް، ފަތުރުވެރިން ކަރަންޓީން ނުކުރަން ނިންމައިފިއެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން ބައްދަލުވުމުގައި ނިންމީ ރާއްޖެ އަންނަ އިންޑިއާ ފަތުރުވެރިން ކަރަންޓީން ނުކުރުމަށެވެ.

އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިން މީހުން ދިރިއުޅޭ ރަށްތަކަށް ދަތުރު ކުރުމަކީ މިހާރުވެސް މަނާ ކަމެކެވެ.

އިންޑިއާ އިން ރާއްޖެ އަށް އަންނަ ދިވެހިންނާއި އަދި އެގައުމުން ވޯކް ވިސާގައި އަންނަ މީހުން 10 ދުވަހަށް ގޭގައި ކަރަންޓީން ކުރަން ނިންމީ އޭޕްރިލް 23 ވަނަ ދުވަހު އެވެ.

އަދި މިގޮތަށް އަންނަ މީހުންނަކީ ވެކްސިން ޖަހައިގެން ރާއްޖެ އަންނަ ބަޔަކަށް ވިކަމުގައިވިޔަސް ކަރަންޓީން މުއްދަތު ފުރިހަމަ ކުރަން ޖެހޭނެކަމަށްވެސް އެއިރުވެސް ބުނެފައި ވެއެވެ.

އެހެން ނަމަވެސް މިހާރު އެ ފިޔަވަޅު ވަނީ ހަރުކަށިކޮށްފައެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ހިމެނޭ ގޮތަށް ޓެގް ޓީމުން މިއަދު ބޭއްވި އެ ބައްދަލުވުމުގައި ނިންމި ނިންމުންތަކުގެ ތެރޭގައި އިންޑިއާއިންއިން ރާއްޖެ އަންނަ ދިވެހިންނާއި ވޯކް ވިސާގައި އަންނަ މީހުން 14 ދުވަހަށް ކަރަންޓީނެއް ފުރިހަމަކޮށް ޕީސީއާޓް ޓެސްޓެއް ހެދުން ހިމެނެއެވެ.

މިހާރު އިންޑިއާގައި ހަލުވިކަމާއެކު ދަނީ ކޮވިޑް ފެތުރެމުންނެވެ. އަދި މި ބަލީގެ ނުރައްކާ ބޮޑުވެ އިންޑިއާގެ ބައެއް ހިސާބުތަކުގައި ފިޔަވަޅުތައްވެސް ދަނީ ވަރުގަދަ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ކާފ

    ޙުސިޔާރު ބައެކޭދޯ؟... ވަކި ބައެއްގެ ގައިންތަ އަންނަނީ... ތިބެބަލަ އިންޑިޢާގެ ހާލަތަށް މިތަން ދުއްވާލާނެ...

    45
  2. Anonymous

    މި ފަހު ދިހައިގެ ބޭނުންހިފާ ﷲށް ދުޢާކުރޭ މި މީހުންގެ ކިބައިން މިޤައުމު މިންޖުކޮށްދިނުމަށްއެދި. މިއަށްވުރެ ހެޔޮ ބަޔަކު އަޅަންމެންގެ މައްޗަށް ވެރިކޮށްދިނުމަށްއެދި.
    ފަހުބަހަކަށްވެސް އިހުބަހަކަށްވެސް އޮތީ ކަލޭމެންގެ ކިބަޔަކު މެނޭޖުކުރުމުގެ ޤާބިލުކަމެއް ނެތޭ. އިސްތިއުފާދޭށޭ.

    63
    1
  3. ހާޝިމް

    މި ބައިގަނޑު ހަލާކު ކުރައްވާތޯ ދުޢާ ކުރާނަން ކޮންމެ ރެއަކު ދެން.. ވެކްސިން ޖަހުވާފަ ލުއިވެސް ނުދިން.. މި ސަރުކާރުން ހަދަނީ މަކަރު، ކުރަނީ އަނިޔާ

    34
    4
  4. އެލްޝަން

    ފަތުރުވެރިން ކަރަންޓީން ނުކުރާނަމަ އަނެއްކާވެސް މިބަލި މުޅި ޤައުމު ގައި ފެތުރޭނީ.. ހާސަކޮއް އިންޑިޔާއިން އަންނަ ފަތުރުވެރިން ކަރަންޓީން ކުރަން އެބަ ޖެހޭ!

    40
  5. ބަކަރި

    މި ސަރުކާރު އޮތީ ރޭޕަށް ފައްސިވެފަ

    29
    1
  6. ރިސޯޓް ބޯއި

    ހުވާ މިބުނީ މިސަރު ކާރަށް ހެޔޮ ރިސޯޓް ސްޓާފުން މަރުވިޔަސް.

    33
  7. ސަމައްކޮ

    ވޯޓް ލާންވީމަ ހަމަ އެގިހުރެ ފިޔަވަޅުތައް އުވާލާފަ ދެންވާނެގޮތަކަށް ނުބަލާ ދޫކޮށްލީ، ދެން ކޯވިޑް ބޮއްސުންލީމަ ކާކު ޒިންމާވާނީ؟؟؟ ހުރިހާ އަނިޔާއެއް ރައްޔިތުންނަށް ދިނީ ހަމަ އެގިހުރެ...ކިހާބޮޑު ނުރައްކަލެއް މިއޮތީ ޖައްސާފަ

    31
  8. މާބުރަކު

    ތިމާގެ ރަށަށް އިންޑިޔާގެ ފަތުރުވެރިން ނޭރުވުން ވަރަށް މިހިއްމު. ކޮވިޑު ރަށަށް ފެތުރުނަ ނުދޭން..

  9. ކެމެރޫން

    ޔާﷲ މިބައިގަޑު ވައްކަންކޮއްގެން ވެރިކަމަށް އައިމާ ދިމާވެގެންއުޅޭ މުސީބާތެއް ބަލަގަ މުސީބާތް އަންނަނީ އެނުބައި ޖަރީމާ ހިންގިބަޔަކަށް އެކަންޏެއްނޫން ހުރިހާމީހުންގެ މައްޗަށް މިބައިގަޑު އެއިރު ބުނަމުންގެންދިޔައީ ނުހައްގުން ވެރިކަމަށް އައިކަމުގައި ވިއްޔާ މުސީބާތްތައް އެބަޔެއްގެ މައްޗަށް އަންނާނެކަމަށެވެ. ބޮޑެތި މުސީބާތް މަތިމައްޗަށް މިވެރިންގެ މައްޗަ މިއޮއްފާވަނީ ގަމާރު އިބޫ ދެންވެސް ހައްޤަށް ރުޖޫޢަވޭ ނުބައިކަމުގައި ޣާފިލުކަންމަތީ އަބަދަކު ނޫޅެވޭނެ ތިޔައީ އަބޫޖަހުލުތަ ނޫނީ ފިރުއައުނުތަ ތިޔައީ އިބޫ އަވަސްކުރޭ

  10. ޑެޑުއހފޯސް

    ވާވަރު ވީމަ. މިވާހަކަ އަޅުގަނޑު ބުނިން މާކުރިން މައިމޫނާ ކައިރި. ޢަޑު އިވޭކަމަށްވެސް ނުހެދި. ޜާއްޖެތެރެއަށް ކޮވިޑު ފެތުރި ނިމުނީމަ ދެން ރައްޔިތުންނަށް ކޮން އާރުކާޓީއެއް ތިދައްކަނީ. ޥެރިކަން ވައްޓާލާފަ މައިމުނާ ޖަލައްލާންވި. އަދި އިބޫ އަދި އިންޑިއާ ކޮވިޑް ޓުއަރިސްޓުންގެ ބާނީ މައުސޫމުވެސް ޖަލައްލާންވި

  11. މަސީހު ކަޅޭ

    ބަލައިންޑިޔާެިން އައިސްއުޅޭ ފަތުރުވެރިން އެބައުޅޭ ހުޅުމާލޭގަ އެމީހުންނަމުގަ ކަރަނޓީން މެދުއިރުމައްޗައް މަސައްކަތުދާމީހުނޯ މާސްކެއް އަޅަނީކީނޫން ޕާކުތަކުގަޔާ މުޅިހުޅުމާލެތެރޭ އެންބުރެނީ މީކޮންކަހަލަ ކަރަންޓީންއެއްތޯ

  12. އެދުރުބެ

    ދެން އިންޑިއާއިން އަންނާނީ ދިވެއްސެއް ފިޔަވައި ހުސް ފަތުރުވެރިން.