ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ރޭގަނޑު 12 އިން ފެށިގެން ފަތިހު 4 އަށް މާލޭގައި ކާފިއު ހިންގަން ސަރުކާރުން ނިންމައިފިއެވެ.

މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން ރޭގަނޑު 12 އިން ފެށިގެން ފަތިހު 4 އާއި ހަމައަށް މާލޭގައި ކާފިއު ހިންގަމަށް ނިންމާފައިވަނީ ކޮވިޑް-19ގެ ވޭދަނަތައް އިތުރުވަމުން ދާތީ ކޮންޓްރޯލް ކުރުމަށް އަޅާނެ ފިޔަވަޅުތަކާއި މެދު މަޝްވަރާ ކުރުމަށް މިއަދު ބޭއްވި ބައްދަލުވުމަށް ފަހުއެވެ.

މީގެ ކުރިން ވެސް ބަލީގެ ވޭދަނަތައް އިތުރުވުމާއި ގުޅިގެން ސަރުކާރުން ވަނީ މާލެ ސަރަހައްދުގައި ކާފިއު ހިންގާފައެވެ. އޭރު އެޅި ފިޔަވަޅުގެ ސަބަބުން ބަލި ޖެހޭ މީހުންގެ އަދަދު މަދުވި ކަން ފާހަގަ ކުރެވެއެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ދުވަހުން ދުވަހަށް އިތުރުވަމުން އަންނާތީ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގެ ރަށްތަށް ފިޔަވައި ރާއްޖޭގެ އެހެން ރަށްތަކަށް ޒަރޫރީ ބޭނުމުގައި ނޫނީ ދަތުރު ނުކުރެވޭ ގޮތް މާދަމާއި ފެށިގެން ވަނީ ހަދާފައެވެ.

ކޮވިޑުން ރައްކާތެރިވުމަށް އަޅާފައި ހުރި ގިނަ ފިޔަވަޅުތައް ކައުންސިލް އިންތިހާބާއި ދިމާކޮށް ސަރުކާރުން އުވާލުމުން ރާއްޖޭގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މިހާރު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.

ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ ގިނަ ބަޔަކު އަންނަނީ ފިޔަވަޅުތައް ހަރުކަށި ކުރުމަށް ސަރުކާރަށް ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ހަމީދު

  ދަމުނަމާދު ގަޑި ލާދީނީ މީހުން ހުއްޓުވަނީ!

  29
 2. ސަންކުއިކް

  ކޮވިޑްގެ ނުރައްކާ އެންމެ ބޮޑުބާނެ ކަމަށް ލަފާ ކުރެވޭ ގަޑި އަކީ 12 އިން ފަތިހު 4ޖަހަންހެން! ... ބްރޭކިންގ ނިއުސް

  23
  • Anonymous

   އެގަޑިއަކީ ﷲގެ ޙަޟްރަތަށް ގިނަބަޔަކު ކުއްތަންވާ ވަގުތަކަށްވީމާ ކުރާކަމެއްތީ. ދަމު ނަމާދަށް މީހުން ދިޔަ ނުދިނުން މި މީހުންގެ ކަމަކީ.

  • !!!

   ކޮބާ ތި ކާފިއުގެ ބޭނުން؟ ހަމަ ބޭކާރު ކަމެއް ނުންތަތީ؟ މީހުން އެންމެ ގިނައިން ބޭރަށް ގޮސް އެއްތަންވެ އުޅެނީ ދުވާލު ގަޑީގަ، ދަންވަރަކުއެއްނޫން. ސަރުކާރުން ކަމެއް ކުރީމޭ ބުނެލަން ވެގެން ބާވާ ކާފިއުއެއްތީ. ތި ކާފިއު އިންޕޯސް ކޮއްގެން ވާނެ އެއްވެސް ފައިދާއެއް ނެތް. އެކަމްވެސް ދެން އޯކޭތާ ދޯ ކޮންމެސް ކަމެއް ސަރުކާރުން ކޮއްފި ވިއްޔާ ނަމެއްގަ ކުރިޔަސް. ލެޓްސް ވެއިޓް އެންޑް ސީ.

 3. ލޮލް

  މާ ރަނގަޅުވާނެ 12 އިން 12:30 ކާފިއު އިއުލާން ކުރިއްޔާ!

  24
 4. ބަކަރި

  ޖަނަވާރު ހުރި ނުބައިނުލަފާކަން ބަލާބަލަ

  16
  1
 5. މޮޔަގޮލާ

  މީހުން ކައިރިއަށް ވަނުން ހުއްޓުވަންތަ؟

  15
 6. ސަޓޯ

  ކޮން ކާފިއު ރާފިއު އެއްތަ އޮންނާނީ... ކޮންމެ ބިޑިއެއް އެނބުރިޔަސް ހަމަ ނިކުންނާނަން. ބޭނުން ގޮތަކަށް އުޅޭނީ... ކޮންކަމެއް ޕޮލިސްއަށް ކުރެވޭނީ... ޖޫރިމަނާ ؟؟؟ ޢެވެސް އަހަރެމެން ދެއްކީޔާ ތާ ދޯ... ނުވެސް ދޭނަން. ޢެއްކަމެއްވެސް ނުކުރެވޭނެ

  16
  5
 7. ޙާހާ

  ނަމާދު ކުރަން އެއްވީމާވެސް އެވީ މުޒާހަރާ ކުރާ ކަމަށް ހަދާ ގިތެޔޮމިރުސް ދުން ފުލުހުން ލައްވާ މަތަރާނީ ކަންނޭގެ!

 8. ޏ

  ޢެއީ ކޮންގަޑިއެއް ކާފިއު ހިންގަން

 9. ޢިސް

  12 ކީކުރަން ތިހަމަ ދަޅަދައްކަނީ މިހާރު
  ސާބަސް ވެރިޔާ

 10. މުއައްޓޭ

  ރޭގަނޑު 12 އިން ފަތިހު 4 ނޫން ހުރިހާ ގަޑިއެއްގަ ކާފިއު ހިންގަބަލަ ގަމާރާ

  11
 11. ކޮށި ވިސްނުން

  ބަލަމާލޭގަ އެކަނިތަ ކޮވިޑް ފެތުރެނީ މާލޭގަ އެކަނިދޯ މީހުން އުޅެނީ ރާއްޖެތެރޭގައި އުޅެނީ ޖަނަވާރުންދޯ ޖަނަވާރުން ނުޖެހޭނެދޯ ކޮންމެހެން ސަލާމަތް ކުރާކަށް