ގާނޫނާއި ހިލާފަށް ވެރިކަން ބަދަލު ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ބަންދުކޮށްފައި ހުންނެވި ކުރީގެ ރައީސް މައުމޫން އަދި އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް އަލީ ހަމީދު ގެ މައްޗަށް، ހުކުމް އިއްވީ ބޭއިންސާފުން ކަމަށް، އެމެރިކާއިން ރާއްޖެއަށް ކަނަޑައަޅާފައި ހުންނަވާ ސަފީރު އަތުލް ކެޝަޕް ވިދާޅުވެއްޖެ އެވެ.

މައުމޫނާއި ދެ ފަނޑިޔާރުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ތިންބޭފުޅުން 1 އަހަރާ 7 މަހާއި 6 ދުވަހަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކުރުމާ ގުޅިގެން އިއްޔެ ކުރެއްވި ޓުވީޓެއްގައި އެމެރިކާ ސަފީރު ވިދާޅުވީ ދިފާއީ ހެކިންނާ ދިފާއީ ވަކީލުންގެ ފުރުސަތު ނުލިބޭ ގޮތަށް ބާއްވާ ޝަރިޔަތެއްގައި އިއްވާ ހުކުމަކީ އިންސާފުން ބޭރުން އިއްވާ ހުކުމެއް" ކަމަށެވެ.

https://twitter.com/USAmbKeshap/status/1006876590217629696?s=19

ކުރީގެ ރައީސް މައުމޫން އަދި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ހުކުމް އިއްވާފައިވަނީ ފުލުހުންގެ ތަހުގީގަށް އެ ތިން ބޭފުޅުން ފޯނު ދީފައި ނުވާތީ ކޮށްފައިވާ އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވުމުންނެވެ.

މިއީ ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެ ތިން ބޭފުޅުންގެ ތެރެއިން ރައީސް މައުމޫންގެ މައްޗަށް އިއްވި ފުރަތަމަ ހުކުމެވެ. އުއްތަމަ ފަނޑިޔާރަށް މީގެ ކުރިން ދެ ހުކުމް އިއްވާފައިވާ އިރު މިއީ އަލީ ހަމީދަށް އިއްވި ދެ ވަނަ ހުކުމެވެ.

އުއްތަމަ ފަނޑިޔާރުގެ މައްޗަށް ފުރަތަމަ ހުކުމް އިއްވާފައިވަނީ ޖެމްސް ހުއްޓުވި މައްސަލާގައި ކުރި ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާއެވެ. އެ މައްސަލާގައި ދައުވާ ކުރަނީ ސްޕްރީމް ކޯޓުން ޖެމްސްގެ ހިދުމަތް ކަނޑާލަން އުއްތަމަ ފަނޑިޔާރު އެންގެވި ކަމަށް ބުނެއެވެ. އެ މައްސަލާގައި އުއްތަމަ ފަނޑިޔާރަށް އިއްވާފައިވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.

ދަށު ކޯޓުގެ ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި ކަން ސާބިތުވެ އަބްދުﷲ ސައީދާއި އަލީ ހަމީދަށްވަނީ އެއް އަހަރާއި ހަތް ހަމާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ރުޒާނާ ޗޮއްޕަޓު

    ހެހެހެހެ ކަލޭމެންވެސް އަޑީގަ ތިބެގެން ރޭވި ރޭވުން ނާކާމިޔާބުގެ ކަލޭމެންގެ ގޮނޑިކޮއްކޮ މިތަނުން އުސް ގޮނޑިއަކަށް އަރުވާފަ ބައިންދަން ކުރި މަސައްކަތް ފަނު ފުލުން ދިޔައިމަ ވަރަށް އަސަރު އޮތަ؟ ކެކެކެކެ

  2. ކަސަބު

    މި މީހާގެ ވާހަކަތަކުން ދޭހަވަނީ ދިވެހި ސަރުކާރާ ދިމާކޮށްލައިގެން އުޅޭހެން އެމެރިކާއިން ފަލަސްތީނުގެ ރައްޔިތުންނާ ދޭތެރޭ މުއާމަލާތްކުރަނީ އިންސާފުންތަ؟ އަމިއްލައަށް އިސްލާޙުވާން ރަށަށްދޭ!

    • ފީޓޮމާޓޯ ކެޗަޕް

      ތީ ރަނގަޅު ވާހަކައެއް

  3. ވިސްނާ

    އިޒްރޭލްސިފައިން މުސްލިމްބިންެތައްހިފާ މުސްލިމުންގެ ގެދޮރުއަންދާ ސުންނާ
    ފަތިކޮށް މުސްލިމުންމަރަމުންދާއިރު އެމެރިކާއިން އިޒްރޭލްދިފާއުކޮށް އިޒްރޭލަށްއެހީތެރިވަނީ
    އިންސާފުންތޯ ދެރައީ އިންސާފުންހިގާކަންތައް ބޭއިންސާފޭބުނުއްވާ ބޭއިންސާފުންހިންގާ
    ކަންތަކަށް ހިތްވަރުލިބޭގޮތަށް ޢަމަލުކުރެވެމުންތާތީ

  4. Anonymous

    ދެން ކަލޭ 3 ދުވަހު ރޯދަ ހިފާބަލަ.

  5. Anonymous

    ކަލެއަކަށް ނޭނގޭނެ މިގައުމުގެ ގާނޫނުތަކާއި ބެހޭ ގޮތުން ވާހަކަދައްކާކަށް. ކަލޭ ބެހިބަ އިންޑިޔާގަ ކޮންމެ ދުވަހެއްގެ މައްޗަށް ރޭޕްކުރާ ކުދިންނަށް އިންސާފު ހޯދާ ނުދޭ މައްސަލައާ.

  6. ޒާ

    ކިހާ ބޮޑު ބަލައެއް. އެމެރިކާއަކީތަ އެންމެ އިންސާފުވެރި ގައުމު؟

  7. ޒާ

    ނުބައި މައްލޫނެއް. ކޮބާ ގުއާންޓަނާމޯ ޖަލުގައި އަނިޔާދިން މުސްލިމުން؟ ކޮބާ އިޒްރޭލަން ފަލަސްތީނު މީހުން މަރާއިރު އދ. މަޖިލީހަށް އަރަބިން ހުށަހަޅާހާ ގަރާރުތައް؟

  8. ރެޓޭ

    ކަލެއަށް ތިހެން ބުނަން އެގޭނީ ކިހިނެތް؟ ކަލޭ ހުރިންތަ އެ ޝަރީޢަތް ހިންގިތަނުގަ؟ އިހަށް ކަލޭގެ ތިޔަ ހުތުރުނަން، ރީތިނަމަކަށް ބަދަލުކޮށްބަލަ! ކޮން ކެޕަހެއް ކެޝަޕެއްތަ!

  9. އދ

    ކަލޭމެންތިޔަ ކަންކަން ކުރަނީ އިންދޯ! ބަލަ ފަލަސްތީނުގައި އެއުޅެނީކީ އިންސާނުންނެއްނޫންތަ އެމީހުންނަކަށް އިންސާފެއް ނުވޭތަ

  10. ކަނބުލޮ

    އެމެރިކާ އަށް ގެންދަންވީނު

  11. ޢިސްމާއިލް

    މިކަންތަކުގެ ވާހަކަ ދައްކާއިރު ފަލަސްތީނުގެ ރައްޔަތުންނަށް ދޭބޭ އިންސާފުގެ ވާހަކަ މި މީހުން ދައްކަން ކެރޭނެބާ؟

  12. ފާއިޒް

    އެމީހުން ޖަލަށް ލީމަ މާ ރަނގަޅު ވާނެ ކުރީ ފަހަރު ކޮފީމޭޒުން މިފަހަރު ކޮޓަރިން ދިނީމަ އޯކޭނު...

  13. އެމެރިކާ ދަ ބޯގަޅާ

    ސަރ!!! ވައިޑޯންޓުޔޫ މައިންޑް ޔުައަރު އޯން ބިޒްނަސް!!! ޓްރައި ޓު އިސްޓޮޕު ދަ އައުޓްރޭޓް ކުރައިމްސް އޮފް ޔުއަރ އޯން ކަންޓްރީ ރާދަދޭން ޖަގްލިން އެންޑު ޑުރޮޕިންގ އިންޓު އަދާ ނޭޝަންސް އިޝޫސް!!! ގެޓްލޮސްޓް!! ޔުއަރ ކަންޓްރީ އިސް ވޯލްޑްސް ނަމްބަރު 1 އިން ޕަބްލިކް ގަންޝޫޓް!!! ހެހެހެހެ ބީކެއަރފުލް ޑޫޑް!!

  14. ސަރޭ

    މީނާއަކަށް ނުޖެހޭ ރާއްޖޭގެ ކަންކަމާބެހޭކަށްދޯ!