މިއަދުގެ 16:00 އާއި ހަމައަށް ރާއްޖެއިން 400 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި އެވަގުތާއި ހަމައަށް 400 އަށްވުރެ ގިނަ މީހުން ވަނީ މި ބައްޔަށް ފައްސިވެފައެވެ. އެހެންކަމުން އިއްޔެ ފައްސިވި މީހުންނަށްވުރެ ގިނައިން މީހުން މިއަދު ފައްސިވުމުގެ ފުރުސަތު އެބަ އޮތެވެ.

މިއަދުގެ 16:00 އާއި ހަމައަށް އިތުރު 400 މީހަކު ފައްސިވެފައިވާ ކަމުގެ މައުލޫމާތު ލިބުނު ނަމަވެސް، އެ ދުވަހެއްގައި މި ބައްޔަށް ފައްސިވާ މީހުން ބަލާނީ އިރުއޮއްސި 18:00 އާއި ހަމައަށެވެ.

ފައްސިވާ މީހުންގެ އަދަދު ކޮންމެ ރެއަކު ވެސް އިއުލާން ކުރަނީ 22:00 ގައެވެ. މިރޭ އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ވަނީ ތާވަލް ކޮށްފައެވެ.

ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ މިހާރު ރާއްޖެ ހިމެނެނީ ދުނިޔެއަށް ބަލާއިރު ވެސް އާބާދީގެ ނިސްބަތުން އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވާ ގައުމުތަކުގެ އެއްވަނައިގައެވެ. ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މިހައި ބޮޑަށް މައްޗަށް ގޮސްފައި ވަނީ އޭޕްރީލް މަހު ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ކޮވިޑުން ރައްކާތެރިވުމުގެ ގިނަ ފިޔަވަޅުތައް އުވާލުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މާލޭމީހުން

    މައިމޫނާ އިސްތިއުފާ. ގައުމު ހަލާ ކު ކުކޮއް ގެތައް ދޭ