ހއ.ދިއްދޫން އިތުރު ހަމީހުން ކޮވިޑް-19 އަށް ފައްސިވެ އެރަށުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު 20 އަށް އަރައިފިއެވެ.

ދިއްދޫގައި ހުންނަ ހއ.އަތޮޅު ހޮސްޕިޓަލުން ދެންމެ އާއްމުކުރި މައުލޫމާތުތައް ދައްކާ ގޮތުގައި މިއަދު ނަތީޖާ ލިބުނު ހަސުންކުގެ ތެރެއިން ހަސުންކެއް ވަނީ ކޮވިޑަށް ފައްސިވެފައެވެ. ނަމަވެސް އަދިވެސް 75 މީހެއްގެ ސުންކުގެ ނަތީޖާ ނުލިބޭ ކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ.

މިހާތަނަށް ދިއްދޫން ވަނީ 149 ސުންކެއް ނަގާފައެވެ. އޭގެތެރެއިން 74 ސުންކެއްގެ ނަތީޖާ ވަނީ މިހާތަނަށް ލިބިފައެވެ.

ދިއްދޫ ފުލޫ ކްލިނިކަށް ދެއްކި މީހަކު ފުރަތަމަ ކޮވިޑަށް ފައްސިވީ މީގެ ދެދުވަސް ކުރިންނެވެ. އޭނާ ކޮވިޑަށް ފައްސިވުމުން އެރަށަށް އަރައި ފޭބުން މަނާކޮށް ރަށް ވަނީ މޮނިޓަރިންގެ ހާލަތައް ގެނެސްފައެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާން ފެށުމުން މިހާރު ވަނީ އަތޮޅުތެރޭގައި ވެސް އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު