ކޮވިޑް-19 ކޮންޓްރޯލް ކުރަން މާލޭގައި އަޅާ ފިޔަވަޅުތައް އެޗްއީއޯސީ އިން އިއުލާންކޮށްފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް ވިދާޅުވީ މައިގަނޑު އަށް ފިޔަވަޅެއް އަޅަން ނިންމާފައިވާކަމަށެވެ.

ފިޔަވަޅުތައް ހަރުކަށި ކޮށްފައި ވަނީ މިމަހުގެ 05 ވަނަ ދުވަހުން ފެށިގެން ދިހަ ދުވަހުގެ މުއްދަތަކަށެވެ.

ކޮވިޑް ކޮންޓްރޯލް ކުރަން އެޅި ފިޔަވަޅުތަކުގެ ތެރޭގައި މާލެ ޞަރަޙައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅިފަޅު) ގެ ޕާކުތަކާއި، މައިޒާންތަކާއި، ކުޅިވަރުކުޅޭ ތަންތަނާއި، ދުވާ ޓްރެކުތަކާއި، ސްވިމިންގ ޓްރެކްތައް ބަންދުކުރުމާއި މާލެ ސަރަޙައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅިފަޅު) ގައި ކުޅިވަރުކުޅުމާއި، ކުޅިވަރުގެ މުބާރާތްތައް ބޭއްވުން ހުއްޓައިލުން ހިމެނެއެވެ.

ސްކޫލްތައް ވެސް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން ފަށާ، ސަރުކާރު އޮފީސްތައް ވެސް ބަންދު ކުރަން ވަނީ ނިންމާފައެވެ.

މީގެ އިތުރުން މާލެ ސަރަޙައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅިފަޅު) ގައި ރޭގަނޑު 12:00 އިން ފެށިގެން ފަތިހު 4:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުން ވަނީ މަނާކޮށްފައެވެ.

ހުއްދައާއެކު ޒަރޫރީ ބޭނުންތައްކަށް ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓައިލުމަށާއި (މާލެއިން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް، 10 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރުން) ހުއްދައާއެކު ޒަރޫރީ ބޭނުންތަކަށް ފިޔަވައި ޞިނާޢީ މަސައްކަތްތައް ކުރާ ރަށްރަށަށް ދަތުރުކުރުމާއި، އެ ރަށްރަށުން މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓައިލުން (ޞިނާޢީ މަސައްކަތްތައް ކުރާ ރަށްރަށުން އެހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް، 10 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރުން) ވެސް މިރޭ އިއުލާން ކުރި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެއެވެ.

އަދި އިންޑިއާއިން ދިވެހިރާއްޖެއަށް އަންނަ ދިވެހިންނާއި ވާރކްޕާމިޓް ހޯލްޑަރުން 14 (ސާދަ) ދުވަހުގެ މުއްދަތަށް ކަރަންޓީނު ފުރިހަމަކޮށް ޕީ.ސީ.އާރު ޓެސްޓް ހެދުމަށް ވަނީ އަންގާފައެވެ.

ވެކްސިންގެ 2 (ދޭއް) ޑޯޒް ފުރިހަމަކުރުމުން ދަތުރުކުރުމަށް ދެވިފައިވާ ލުއިތައް މެދުކަނޑައިލަން ވެސް ވަނީ މިހާރު ނިންމާފައެވެ.

މަބްރޫކް ވިދާޅުވީ މިރޭ އިއުލާން ކުރި ފިޔަވަޅުތަކުގެ މުއްދަތު އިތުރުކުރުމާއި މެދު ގޮތެއް ނިންމާނީ ދިހަ ދުވަސްތެރޭގައި ހާލަތައް އަންނަ ބަދަލުތައް ދިރާސާކޮށްފައި ކަމަށެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅަން މިއަދު ނިންމާފައި މިވަނީ ކޮވިޑް ކޮންޓްރޯލް ކުރަން މީގެ ކުރިން އަޅާފައި ހުރި ގާތްގަނޑަކަށް އުވާލާފައި ބޭއްވުމަށް ފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

 1. ބަކަރި

  ރައްޔިތުން މި އަނިޔާވެރި ސަރުކާރާ ދެކޮޅަށް ނުކުންނަން ލަަސްވެސް ވެއްޖެ.. ދޮގުހަދައިގެން ވެކްސިން ޖަހުވާފަ ލުއިވެސް ނުދިން

  108
  29
 2. ގެރި

  މި ބައިގަނޑު ހަލާކު ކުރައްވާތޯ ދުޢާ ކުރާނަން ކޮންމެ ރެޔަކު

  70
  29
  • ނަސޭހަތް

   މިހާލަތުން މިންޖުކޮށް ދެއްވާތޯ ދުޢާކުރުން ގިނަކުރާށެވެ. ކޮރޯނާ ވައިރަސް ނެތި ކުރެއްވުމަށް ދުޢާ ކުރާށެ...

   11
 3. އަބްދޫ

  ކޮވިޑްޓެސްޓް ތައް ގޭބިސީ ތަކުން ކޮށްގެން މާލޭގެ އެއްކޮޅުންއަނެއްކޮޅަށް ނިންމަނިކޮށް މާލޭގަ ބަލިޖެހިފަތިބި އެންމެން ފުރާނަލެވިދާނެ. ޓެސްޓް ސާމްޕަލް ނަގާމީހުން ގޭގަ މަޑުކުރަންޖެހޭނީ ނަތީޖާ ލިބެންދެން. ނަތީޖާ ލިބޭއިރު ޕޮޒިޓިވް މީހުން ގެ ގޭބިސީތައް ކަރަންޓީނު ކުަންވީ 14 ދުވަހަށް. މިހާރު ބަލިފެނިފަ ހުރި ހުރިހާރަށެއްގަވެސް ފުލް ސާމްޕަލް ނެގުމަށް ފަހު އަވަހަށް ޓެސްޓް ކުރައްވައިފިނަމަ 2 މަސްދުވަހުގެތެރޭ ރަނގަޅުނަތީޖާ ފެނިދާނެ.

  65
  10
 4. ކޮއްވެއް

  ކޮވިޑް ކޮންޓްރޯލެއް ނުވިޔެއްނޫން!ދެން އޮތީ ކާއްޓާއި ކޮވިޑާއި ޖަހައިގެން ކެއުން!

  54
  10
 5. ހަލަމްގަން

  މިފިޔަވަޅުތައް ރަގަޅުކަމަށް ފެނޭ

  45
  29
 6. ނަން

  މީ ނަމަކަށް ކުރި ހަރުކަށި ފިޔަވަޅުތަކެއް އެއްމެ 5 ދުވަހުގެ ހަރުކަށި ފިޔަވަޅުތަކެއް. މިޔަކުން ނަތީޖާއެއް ނުނުކުންނާނެ...

  63
  13
  • Liyan kiyan

   ކިޔަން ދަސްކުރަމާ.

   5
   1
  • މަ

   އޭރުން ނުޒޭރު ނިކުންނާނެ އޭނަގެ ގްރޫޕާއެކު. މިސްކިތް ބަންދު ކުރިމަ އަލީ ރަމީޒާއި އިޔާޒު ގްރޫޕުން ނިކުންނާނެ. ނެތް ރަނގަޅު އެއްވެސް ގޮތެއް

   4
   18
 7. އިބްރާހިމް

  މި މާތް މައްސަރުގައި ދަމުނަމާދު ހުއްޓުވާލަން ކުރިކަމެއް ނޫންތޯ؟

  20
  5
 8. ޖަނާޒާ

  މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅިފަޅު ގަ އެކަނިތަ! ކޮވިޑް އުޅެނީ ކޮބާ އަތޮޅުތެރޭގެ ފިޔަވަޅުތައް؟ ކޮބާ އަތޮޅުތެރޭގެ ސުކޫލްތައް ! ބަންދު ނުކުރަނީތޯ!

  17
  1
 9. ޖަނާޒާ

  ސްކޫލްތައް ވެސް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން ފަށާ، ސަރުކާރު އޮފީސްތައް ވެސް ބަންދު ކުރަން ނިންމީވެސް މާލެ ސަރަހައްދުގައި އެކަނިތޯ!

  19
 10. ޑެޑުއހފޯސް

  ވާވަރު ވީމަ. މިވާހަކަ އަޅުގަނޑު ބުނިން މާކުރިން މައިމޫނާ ކައިރި. ޢަޑު އިވޭކަމަށްވެސް ނުހެދި. ޜާއްޖެތެރެއަށް ކޮވިޑު ފެތުރި ނިމުނީމަ ދެން ރައްޔިތުންނަށް ކޮން އާރުކާޓީއެއް ތިދައްކަނީ. ޥެރިކަން ވައްޓާލާފަ މައިމުނާ ޖަލައްލާންވި. އަދި އިބޫ އަދި އިންޑިއާ ކޮވިޑް ޓުއަރިސްޓުންގެ ބާނީ މައުސޫމުވެސް ޖަލައްލާންވި.

  24
  1
 11. ާަ12

  ދެއްވެސް
  ޢިލެކްސން ބޯޓް
  ދއކ
  ޢޭރުނއޯކޭ ވ ނެ

 12. ދިވެހިސޮރު

  ހޮޓާ ރެސްޓޯރެންޓް ކީއްވެތަބަންދު ނުކުރަނީ މީތިކަޑަ

  17
  1
 13. ތެދު

  އިންޑިޔާއިން މީހުންގެނެސް ގައުމައްއަރުވާ ބަލިފަތުރާފަ މިހާރުމިކިޔަނީ ކީކޭ...ރައްޔިތުން ގުނބޯހައްދަން..!؟ އެޗްޕީއޭގެ ބަހާ އަމަލު ދިމަޔެއްނުވޭ...!؟

  27
  1
 14. ޥާނެ

  ކޮވިޑުން ވާނެ ހަތަރު އެެއްޗެއް ދިވެހިރައްޔިތުންނަށް ވީމަތޯ ލޮކުޑައުން ކުރަން ތިބެނީ

  17
 15. ޢިބޫ

  ބަންގާޅިން ރަޝުތެރޭގަވާއިދެއްނެތި ހޮޓާނަމުގަ ބޯޑުއަޅުވާގެން އެއްލައް ކަބަންގާޅީންނައްރެއާދުވާލު ކައް ކާއިރު ހުއްޓުވާނުލެވުނު ސަރު ކާރުތަ ކައް ސިއްހީއެހެން ަކންތައްހައްލު ކުރެވޭނެބާ ހޮޓާހިންގުމައް ހުއްދަދެނީ އެތަނެއްގަ ކައް ކާބަދިގެތަކ ކުގަވެސް ފެންވަރެއްހުރެގެން އެތަންތަނައް ހުއްދަދޭން ޗެއް ކުރަނީވެސް ބަންގާޅީންނައްވެދާނަ ލަޑާވަހުން ގެތަ ކުގަނުތިބެވޭ ކައް ކަންތިބެނީވެސް ބަންގާޅިން ހެދުންނުލާ ބަދިގެތެރޭހޫނުވާތީ ރާއްޖޭގެ ވެރިކަން ކުރާސިޓީގެހާލަތު ދިހަބުރީގެ އިމާރާއްތައް ފުރެންދެން އޮފީސްތައް ނަންހުސްވަންދެން ހުޅުވާފަ އެތައްސީޔާސީމަގާމުތަ ކައެއްދީފަ ނަމަވެސް ގައުމުހިންގަނީ ބަންގުލަދޭޝް އެންބަސީއިން އެމީހުންގެ ރައްޔިތުން ޜައީސްޔާމިން ބަންގާޅިންގެ އަތުން މާލެ ކުނިގޮޑުއަތުލި ދެއަހަރުތެރޭ ރެއާދުވާލު ނުނިދާތިބެ ގާނޫނުހަދަނީ ބޭރުބަޔަ ކައްގާނޫނުއަރާ ހަމަ ކުރާތަނެއްނުފެނޭ ދެފުރޮޅުޅުލީ އެއްޗެއްވެއްޖެ ނަމަވަގުތުން އިސްޓި ކާތަޅާލެވޭ.

  12
  1
 16. ޑައެލޯގް

  ސިއްހީ މީހުން ބުނެލާއިރަށް އަނެއްކާވެސް ފިޔަވަޅުއެޅީދޯ. ސިއްހީމީހުން ބުނާނެތާ ލޮކްޑައުންގައި އެމީހުންގެ އެލަވަންސް 40 ހާހުންމަތިވެއެވެ.އެމީހުން ބުނެގެންދޯ ވެކްސިން 2 ޑޯޒްވެސްޖެހީ ދެންތިޔަވެކްސިނުގެ ބޭނުމެއްކޮބާ؟މިއީ ސަރުކާރާއި ސިއްހީމަދުބަޔަކު އެކުވެގެން ގައުމު ހަޒާނާ ދޮވެލަންކުރާކަމެކެވެ. މިހާރު މިމީހުނަކާހެދި ގައުމުގައި ފައިސާދައުރުނުވެ ރައްޔިތުން ހަނާވެއްޖެއެވެ.

  11
  6
 17. Anonymous

  މުޅި ދުނިޔެ 14 ދުވަހައް ލޮ ކްޑައުން އަ ކައް ގޮސްގެން ނޫނީ މިބަލި ކޮންޓްރޯލެއް ނުވާނެ.

  10
  2
 18. ނާސިރު11

  ނާޤާބިލް ސަރުކާރުގެ ދޯހޮޅިކަމުން ބަލިފެތުރުނީ. އިންޑިއާމީހުން އަރުވާއަރުވާ ރާއްޖެ ހަލާކުކޮށްފަ ކޮން ލޮކުޑައުންއެކކޭ ފާފަޅޮލެކކޭ ކިޔާކަށް.

  20
 19. ކޮވިޑް

  އޮފީސްތައް އަދި ސްކޫލިތައް ބަންދުކުރުމުގެ ވާހަަކައެއް ނެއް ގެޒެޓް ކޮއްފަވާ އެންގުން ނަންބަރު 2021/34 (ކޮވިޑް-19 އިން ރައްކައުތެރިވުމަށް މުޅި ރާއްޖޭގައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން އެންގުން) ގަ.

 20. އިޔާދު

  ކުއްލިއަކާ ކޮވިޑް ފެނުނީމަ މަ ހަމަ ހައިރާންވެފަ މިހިރީ މިއޮތް ހުރިހާދުވަހު ކޮވިޑް ނެއްވިއްޔަ ސަރުކާރަކަތް

 21. ބާބޫ

  ރާއްޖޭގައި ކަންކަން މިދަނީ ބޮނޑުނަގުލަށް، ފުރަތަމަ ކޭސް ފެނިގެން ހީވީ އުޑުބޮލަށް ވެއްޓުނުހެން................މިހާރު 500 އަށް ވުރެ މަތިން ފެންނަ އިރުވެސް މުޒާހަރާކޮށް، ޕާޓީބާއްވާ، އަންބަރާކުރަނީ..............ފިޔަވަޅުތައް ތިޔަ އެޅީ ވާނެ ހަތަރެތިވީފަހުން. ދެން އެރޭނީ ފައިން ފަޔަށް.............ކިނބުލާކާއި ޖަހުލަކާއި ވަހުލެއްގެ ބާރުގަ ރާއްޖެ ދުންޖަހާފަ އަޑިޔަށް...

 22. ....

  މަބުނީ ހާދަ ހަރުކަށި ފިޔަވަޅޭ ތިޔަ އަޅާލީ

 23. މުރާދު

  ހަމައެކަނިދިވެހިންނަށް ދިވެހިގައުމުގައި ހަރުކަށިވެލައްވާ ފިޔަވަޅުއެޅުއްވުމުން ކަންތައްތައްކޮންޓްރޯލްކުރެއްވޭނެތޯ މިހެންމިބުނީ ފެންނަކަންތައްތަކުނަނާ ބައެއްފަހަރު ނިމިފައިވާ
  ކަންތައްތަކުން އެއީ އިންޑިޔާމިހާރު ކޮވިޑުގެ ރެކޯޑްގައުމަކަށް ވެފައިވާހިނދު އިންޑިޔާއިން
  މީހުންގެނައުން ކޮންޓްރޯލްކުރެވޭތޯ، ބޭރުބައެއްފަރާތްތައް ގައުމަށް އަރާ ކޮވިޑް ފެތުރިދާނެކަންތައް
  ކޮންޓްރޯލްކުރެވޭތޯ ( ބަންގާޅިން ރަށުތެރޭގަ ގަވާއިދެއްނެތި ހޮޓާގެނަމުގަ ރެއާދުވާލު ކައްކާއިރު
  އެކަން ކޮންޓްރޯލްކުރެވޭތޯ ) މިގައުމުގައި ދިވެހިންނަށްވުރެ ބޭރުގެބައެއްފަރާތްތައްގަދަކަމަށް ފަހަގަ
  ކުރެވޭ އެއީ ފެންނަމަންޒަރުތަކުން ކުޑަކުދިނާނާ ކުރިައަށްއޮތްޖީލަށްވެސް މިކަމުގެނޭދެވޭ އަސަރު
  ކުރާނެކަމަށް ބެލެވޭ އެއީ ރޭގަނޑު ބައްތިނުދިއްލާ

 24. ފިޔަވަޅު

  ގެޒެޓް ގައި އިއުލާ ކޮށްފައިވާ ފިޔަވަޅު ތަކުގެ ތެރޭގައި އޮފީސްތައް ބަންދު ކުރާ ވާހަކަ އެއް ނެތް. އަހަރުންގެ ބޮސް ވިދާޅު ވީ މަބްރޫކު ތަނަކަށް އަރާފަ ބުނީމަ ޖެހޭ ހޮ ބަންދު ކުރަން. ސަރުކާރުން އެއްބަހެއް ނޫނޯ އޮފީސްތައް ބަންދު ކުރާކަށް. ވ ސަލާމް