މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 585 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދަކީ މިހާތަނަށް ރާއްޖެ އެއްދުވަސް ތެރޭގައި އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

މިއަދު މާލެ އިން 397 މީހުން ވަނީ ފައްސިވެފައެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 160 މީހުން ރިސޯޓްތަކުން 11 މީހުން ހަދަމުންދާ ރިސޯޓްތަކުން 02 މީހުން އަދި އިންޑަސްޓްރިއަލް ރަށްތަކުން 15 މީހުން މިއަދު ފައްސިވިއެވެ.

މިއަދު 585 މީހުން ފައްސިވެފައި ވަނީ 4255 މީހުން ކޮވިޑަށް ޓެސްޓް ކޮށްގެންނެވެ.

މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައި 6033 މީހުން އެބަތިއްބެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތައް އިތުރުވަމުން ދިއުމަކީ އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އިތުރުވެ ހޮސްޕިޓަލްތަކަށް ބާރު ބޮޑުވެގެންދާނެ ސަބަބެކެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެކްޓިވް ކޭސްތައް އިތުރުވަމުންދާ ވަރަކަށް ހޮސްޕިޓަލްތަކަށް ބާރުބޮޑުވެ ބަލި މީހުންނަށް ފަރުވާ ނުދެވޭ ހިސާބަށް ކަންކަންދާ މަންޒަރު ފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މާމިގިލީ މީހާ

    ތިވާނީ އިންޑިޔާގަ ފެތުރޭ ކޮވިޑް ރާއްޖޭގަ ވެސް ފެތުރެނީ ކަމައް.

  2. ބަޅ

    ސަރު ކާރުގެ ދޯދިޔާ ކަމުގެ އިންތިހާ

  3. ޖަންގަލި

    އިންކަމްސަޕޯރޓް ދެއްވަވާ ރައްޔިތުން ބަނޑަށް ޖެހެނީ . ރައީސް ޞާލިހް އަވަސްކުރައްވާ

  4. ޖުމް

    ހާދަ ރެކޯޑެއް.ކޮންގުރާ.މޮޔަވެދާނެ ހަމަ ހުވާ.

  5. Anonymous

    ފާރިސީންނާއި