އެމްޑީޕީ ހަލާކުވެގެން ދާނީ އަމިއްލައަށް ކަމަށް ރައްޔިތުން މަޖިލީހުގައި އައްޑޫ ސިޓީ ފޭދޫ ދާއިރާ ތަމްސީލް ކުރައްވާ އެމްޑީޕީގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ނިހާދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އަހަރުން އަހަރުންނާއި އަމިއްލަ އަށް ހަލާކުވެ ނިމިގަންނަނީ" ކަމަށެވެ. (އެމްޑީޕީ) ކަލާކު ކޮށްލުމަށް އިދިކޮޅެއް ބޭނުން ނުވާކަމަށް ވެސް ނިހާދު ވިދާޅުވިއެވެ.

ނިހާދު މިހެން ވިދާޅުވުމުން މީހަކު ކުރި ޓްވީޓެއްގައި "ބޯވަ ހިއްޕާލީ" ކަމަށް ވިދާޅުވުމުން ނިހާދު ވިދާޅުވީ އެފުރުސަތު ދޭން ބޭނުން ނުވާ ކަމަށެވެ.

އެމްޑީޕީ ހަލާކު ވެގެންދާނީ އަމިއްލައަށް ކަމަށް ނިހާދު ވިދާޅުވިއިރު ރައީސް ސޯލިހާއި ރައީސް ނަޝީދަށް ތާއިދުކުރާ އެމްޑީޕީގެ މަޖިލިސް މެންބަރުން ދެބަޔަކަށް ބެހި ކޯޅުންތައް ވަނީ ބޮޑުވެފައެވެ. ގެއްލުމުގެ ބަދަލު ދިނުމާއި ގުޅޭ ގޮތުގެ މައުލޫމާތު ދިނުމަށް ރައީސް އޮފީހުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކެވި ވާހަކަތަކަށް މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން މިއަދު ވަނީ ވަރަށް ހޫނުކޮށް ރައްދުދީ، ފާޑުކިޔާފައެވެ.

ޖުޑިޝަރީ ކޮމެޓީގެ މުގައްރިއްރު މެންބަރު އިމްތިޔާޒު ފަހުމީ އަކީ ރައީސް ނަޝީދުގެ ފެކްޝަންގައި ހިމެނިވަޑައިގަންނަވާ މެންބަރެކެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބާރު މަޖިލީހަށް ދިނުމަށް ރައީސް ނަޝީދުގެ ފެކްޝަނުން ކުރި މަސައްކަތް މިދިޔަ ހަފްތާގައި ރައީސް ސޯލިހްގެ ފެކްޝަނުން ވަނީ ފެއިލް ކޮށްލާފައެވެ. ނަމަވެސް އެދުވަހުގެ ޖަލްސާގައި މަޖިލިސް ރައީސް ނަޝީދު ވިދާޅުވީ "މި މަޖިލީހުގެ ވޯޓު ގުނާ ބޭފުޅުންނަށް މި ކަން މިހާރު ތުނިވެފައި އޮތް މިންވަރު" ސާފުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ބަދީ

    މެޗުައަރ ނުވާ ޑިމޮކްރަސީތަކުގެ ވާނީ ތިހެން. ޕީޕީއެމްގެ ވެރިކަން ވެސް ދިޔައީ ޕާޓީ ތެރެއިން ޕާޓީގެ ވެރިކަމާ އިދިކޮޅަށް ނުކުތީމަ. 12 މެންބަރުން. އޭރު އިދިކޮޅު އޮތީ މާ ބޮޑަށް ބަލިކަށިވެފައި އޭރު އިންތިޚާބު ކާމިޔާބު ނުކުރެވުނީމަ.

    39
    2
    • ގެރި

      އެމްޑީޕީއަކީ ޑިކްޓޭޓަރޝިޕްއެއް

      23
    • ބަކަރި

      މި ސަރުކާރު އޮތީ ރޭޕަށް ފައްސިވެފަ

      23
  2. ކޮވިޑް

    އުފެދުނު ގޮތަކަށް ނިމިގެން ވެސް ދާނީ. އިންޝާ ﷲ

    87
    1
  3. މާމި

    މިހާރު ދިވެހިން ގަބޫލު ކުރޭ އެންޑީޕީ ގެ ބޮޑެތި މީހުންނަކީ ލާދީނީ ބައިގަޑެއް ކަން.

    101
    2
    • ޢަހޫ

      ޢެހެންވީމަ ޕީޕީއެމް އަ ކީ ވަގުންގެބައިގަޑެއްދެއްތޯ.

      8
      75
  4. ވެރިން

    އޑޕ ހަލާކުވެގެން ދަނީ ކަލެޔާ ކެނެރީގޭ ނަށީދު ކަހަލުގެ މަދު މީސްކޮޅަކާ ހެދީ

    19
    1
  5. މުޖޫ

    ރައީސް ނަޝީދުގެ ލަގޮނޑިއަށް އެމްޑީޕީގެ އެހެން މީހަކު ވެރިކަންކުރާތަން ދެކެން ކެތްނުވަނީ. ކޮންމެ ގޮތެއް ހަދާފަވެސް ބޭނުން ވަނީ ތިމާ މީހާ ވެރިކަމަށް އަންނަން. އެހެން ވީމަ ޖެހިގެން އުޅޭ ދަންތުރައެއްމީ. އަހަރެންވެސް އެމްޑީޕީ. ރައީސް ސޯލިހަކީ އެމްޑީޕީއާއި ކޯލިޝަންގެ މިހާތަނަށް އެންމެ ބޮޑު ތާއީދާއެކު އެއްބުރުން ވެރިކަން ގޯއްދަވާފަ ހުރި ރައީސެއް. އެހެންވީމާ، ރައީސް ސޯލިހަށް ވެރިކަން ކުރުމުގެ ފުރުޞަތު ދޭން ޖެހޭ. ކުރަންވީ ޖެއްސުމެއްނޫން. އަންނި ދެން ވެރިކަމަށް އަންނަން އުޅޭނެ ކަމެއްނެތް. އެއް ފަހަރު ދެވިއްޖެ. ދިނީ އިސްތިއުފާ. ދެވަނަ ފަހަރު ޓިކެޓްލިބި ވީ ނާކާމިޔާބު. އެހެންވީމާ، ދެން ފެއްސެންޖެހޭ އެބަ.

    17
    2
  6. ޝެއިޚު ޒައީމު

    ދޮން ކަލޯ ހުރީ 5 ހިއްސު ސަލަމާތުންތަ؟ ޝައް ކު ވައްޏާ ޕީސީރު ޓެސްޓު ހަދާ ބަލަ

    4
    3
  7. ގައުމުގެ ދޫ

    ހަމަ ބަހެއް ބުނާއިރަށް އެހެންމީހުންގެ އަގީދާއާމެދު ސުވާލު އުފައްދަންޖެހޭ ހެއްޔެވެ؟ ދީންދެކެ ލޯބިވުމަކީ އެހެންމީހުން ލާދީކީކަން ސާބިތުކުރުންތަ؟ އެހެންމީހުންގެ ހުރިނަމަ ހުރި އުނި ސިފައެއްގާ އެލިނުގަނެ ތިމާމީހާގެ ހުރި އުނިސިފަތަކާމެދު ކޮންމެ މީހަކުވެސް ވިސްނާލާނަމަ އިސާހިތަކު ގައުމު އިސްލާހުވެދާނެ.

    5
    2
  8. އައްލާބެއްޔާ

    އަނގަތަޅާނެ ކަމައްނެއް،ރ.އިބޫއަ ކީމަދަ
    އާބާދީއައްއޮއް ކުދުރަށަ ކކ ކި ކުދު ކަތީބު ކަން
    ވޭވަރަގާބިލު ކ ކަމަ ކ ކަސްހިށިމީހަ ކަސްނުން

    9
    1
  9. ޝޮކްތެރަޕީ

    އެމްޑީޕީ އަކީ ރައްޖޭގެ ހަލާކު

    22
  10. ރާއްޖެތެރެ

    މި ޕާޓީގެ އިސް ސަފުގަ ތިބީ ފީކަޅާ ބައެއް

    18
  11. ޙައްޤު

    ބާތިލް އޭގެ އަމިއްލަ ޒާތުގައިވެސް ހަލާކުވެގެންދާނެ.

  12. ަަ

    ތި ވިދަާޅުވިީ ރަގަޅަަަަަަަައް ފަނަާވެދަާން ކައިރި ވެއްޖެ

  13. އަސްލު

    މިސަރުކާރުން ވައްކަމެއް ނުކުރާނެ ތަންތަން ލޫޓުވާނީ ހަރުމުދާތަށް ނުއަގުގައި ވިއްކާނީ ބަޖެޓު ހުރިހާ ރައްޓަހިންނަށް ބައިއަޅާ ހުސްކޮއްލާނީ ،މިޔަށް ކިޔާތަ ސަރުކާރޭ ..ދެން އުޅޭނީ އެއްވެސް އަމިއްލަ އެދުމެއް ނެއްކަމަށް އަމިއްލަޔަށް ބުނާމީހެއް އެކަމަކު ދުވަހަކު މީނާ ބުނާ އެއްޗަކާ އަމަލާ ދިމާ ނުވާނެ، މިގައުމަށް ޖެހުނުހާ މުސީބާތެއް ޖެހިފައި ވަނީ މިކަލޭގެޔާ ހުރެ.

  14. ގެރިބޯ

    ރާއްޖޭގައި ތިބި ހުރިހާ ސިޔާސީ ޕާޓީތަކަށް ތިޔަހެން ވެއްޖިއްޔާ ރަގަޅީ. ތިޔަ ޕާޓީ ސިސްޓަމަކީ މިތަނަށް އެކަށޭނަ އެއްޗެއް ނޫން. ވަކިން ހާއްސަކޮށް ތިބުނާ ޕާޓީ ބައިބައިވެ ހަލާކުވުން ދުއާއަކީ.

    9
    1
  15. ޝަކީލް

    إِنَّمَا أَمْرُهُ إِذَا أَرَادَ شَيْئًا أَن يَقُولَ لَهُ كُن فَيَكُونُ ‎

    8
    1
  16. އިޔާދު

    ކޮބާ އަނގަ މައިތިރިކޮއްލާފަ ޕާޓީން ވަކިވާން ވީނުން

    5
    2
  17. ސީނުކަރަ

    ހަމްދާއި ޝުކުރު ނިހާދައް ހެޔޮވިސްނުނީތީ

    4
    2
  18. ކުޑަކާށި

    މާނައަކީ : ކުފުރު މަރެކޭތ ؟ އާދައިގެ މަރުތަކަށްވުރެ ނުރައްކާ ކަމަށް އިލްމުވެރިންވިދާޅުވޭ...