ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު އިތުރުވަމުންދާ ނިސްބަތައް ބަލާއިރު ރާއްޖޭގެ ހާލަތު އިންޑިއާ އާއި ނޭޕާލް އޮތް ހާލަތައް ހިނގައިދާނެ ކަމަށް އެޗްއީއޯސީ އިން ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި އައިޖީއެމްއެޗްގެ ކޮންސަލްޓެންޓް ރޭޑިއޮލޮޖިސްޓް ޑޮކްޓަރ ފާތިމަތު މުފްލިހާ ވިދާޅުވީ ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދުނުކުރެވޭނަމަ ބަލި މީހުންނަށް ފަރުވާ ނުދެވޭ ހިސާބަށް ހިނގައިދާނެ ކަމަށެވެ.

އިންޑިއާ އާއި ނޭޕާލަކީ މިހާރު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އެންމެ ބޮޑަށް އިތުރުވެފައިވާ ދެގައުމެވެ. އެދެގައުމުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދުތައް އިތުރުވެ ހޮސްޕިޓަލްތައް ވަނީ ތޮއްޖެހިފައެވެ. އިންޑިއާގެ ހޮސްޕިޓަލްތަކަށް ބޭނުންވާ ވަރަށް އޮކްސިޖަން ނުލިބިގެން ވެސް އެތައް ބަޔަކު އަންނަނީ މަރުވަމުންނެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑޮކްޓަރ ފާތިމަތު މުފްލިހާ ވިދާޅުވީ ކޮވިޑް ކޮންޓްރޯލް ކުރަން ފިޔަވަޅުތަކެއް އެޅި ނަމަވެސް ފިޔަވަޅުތައް ތަންފީޒު ކުރަން އާއްމުން ސަމާލުކަން ނުދޭނަމަ ހާލަތު ބަދަލު ނުކުރެވޭނެ ކަމަށެވެ.

"އިންޑިއާ އޮތް ހާލަތު އެބަފެނޭ. އަޅުގަނޑުމެންގެ ތެރެއިން އެއްވެސް ބޭފުޅަކު ބޭނުމެއް ނުވާނެ އެހާލަތައް ދާކަށް." ޑޮކްޓަރ ޑޮކްޓަރ ފާތިމަތު މުފްލިހާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދުތައް އިތުރުވަމުން އަންނައިރު ބަލީގައި ބޮޑުވަރުވާ މީހުންގެ އަދަދުތައް ވެސް އިތުރުވަމުން އަންނަކަން ފާހަގަ ކުރެވޭ ކަމަށެވެ. "އޮކްސިޖަން ދޭން ޖެހޭ މީހުންގެ އަދަދުވެސް އިތުރުވެގެން ހިނގައްޖެ. މިހުރިހާ ވާހަކައަކުން ވެސް އަޅުގަނޑުމެންނަށް އެނގިގެން މިދަނީ އަޅުގަނޑުމެންގެ ހާލަތު ގޯހުން ގޯހަށް ދާކަން." ޑރ.ފާތިމަތު މުފްލިހާ ވިދާޅުވިއެވެ.

މިއަދު ރާއްޖެ އިން 585 މީހުން ކޮވިޑަށް ފައްސިވިއެވެ. މިހާރު ރާއްޖޭގައި ތިބި ކޮވިޑް ބަލި މީހުންގެ އަދަދު 6033 އަށް އަރައެވެ. އޭގެތެރެއިން 173 މީހުންނަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. އިންޑިއާ އައުޓް

  އަދިވެސް ކަރަންޓީނު ނުކޮށް އިންޑިއާ މީހުންގެނެސް ދިވެހިންނަށް ދުއްޕާން ކުރޭ

  23
 2. ތަރި

  ދެން ކަލޭމެން ތި ކިޔެވި އެއްޗެއްގެ ބޭނުމެއް ކޮބާތަ އަޅެ އެއް އަހަރުވަންދެން ވަޒީފާ ދޫކޮއްލާފަ ގޭގަ އޮތިން ވީކްމެއް ހަރާމެއްނު ދެން ނޯވެވޭނެ ގޭގަ އަހަރުމެންވެސް ބަލަންޖެހޭ ދަރިން އެބަތިބި

  14
  2
 3. ހަސަނު

  ކޮސް ގޮވާބަލަ ކަލޭމެން ނެތް ބައްޔެއް އޮތް ކަމަށް ހަދައިގެން. ހަމަ ކުރިން ވެސް އުޅޭ ރޯގާ އުޅެނީ . ނަން ބަދަލުވީ

  8
  1
 4. ހުވަދު

  އަދިވެސް އިންޑިޔާ ރައްޔިތުން ގިނައިން ގެނައިމަ ރަނގަޅުވާނެ. އަދިވެސް ކޮންމެވެސް އިންތިހާބެއް ބާއްވަންވީ.

  19
 5. ޟމ

  ހަރުދަނާ ފިޔަވަޅުތަކެއް ނޭޅުމުގެ ނަތީޖާ މިފެންނަނީ،
  1- އެކަނި ކުޅޭ ކުޅިވަރުތައް ފިޔަވައި އެހެން ކުޅިވަރުތައް ހުއްޓާލަން މީގެ ކުރިން އަންގާފަ އޮތްއިރު ފުޓްބޯޅަ ޕްރެކްޓިސްތައް ފުލުސް އޮފީސް ކުރިމަތީގައި ކުރިއަށް ދިޔައިރު ވެސް އޯކޭ
  2- ފިހާތަކަށް މީހުން ތޮއްޖެހިފަ އޮންނައިރު އެކަން ފެންނަ ބަޔަކު ނެތް
  3- ރެސްޓޯރެންޓްތަކުގަ ގައިދުރުކަމެއް ނެތި ޚިދުމަތް ދެމުންދާއިރު އެކަން ބަލާނެ ބަޔަކު ނެތް
  4-މާސްކް އެޅުން މަޖުބޫރު ކޮށްފައިވާއިރު ތަކުރާރުކޮށް އެ ނާޅާ މީހުން ޖޫރިމަނާކޮށް ސަރުކާރަށް ފައިސާ ލިބުން ނޫން އިރުތު ކަމެއް
  ނެތް
  5- ބޭންކްތަކުގަ މީހުން ތޮތްޖެހިފަ ތިބެ ޚިދުމަތް ހޯދާއިރު އެކަން ފެންނަ ބަޔަކު ނެތް

  14
 6. މާޒިން

  މިހާލަތައް ދާން މެދުވެރިވަނީ ކޮން ބައެެއްގެ ދޯހަޅި ސިޔާސަތުގެ ސަބަބުންބާ. އިންތިހާބު އައިސް ވަކިބަޔަކު ކެންޕޭން ކުރަންވީމަ ކޮވިޑް އެއްކޮށް ފިލާފި. ދޯނިތަކުގަ ނަށާ ނާޗަރަންގީ ކުޅެލީމަ ކޮވިޑް ގޮސްފި. އަނެއްކާވެސް ކޮވިޑް މި ގިނަވީ ރައްޔިތުން ފަރުދީ ޒިންމާ އަދާ ނުކުރީމަޔޯ. އެކަމަކު އިންޑިއާ މީހުން މިތަނަށް އައުން ވަގުތީ ގޮތުންވެސް ނުހުއްޓުވާ ތިބީ ކޮންބައެއްގެ އިހުމާލުންތޯ. ސިންގަޕޫރު ތަންތަނުން ވަގުތުން ފިޔަވަޅު އަޅާ އިންޑިއާ މީހުން އައުން ހުއްޓުވިއޭ. ރާއްޖެ އަށް ވަގުތުން ކަންކަމުގަ ރިޔަވަޅެއް ނާޅައޭ. ދަށުވެފައޭ މިތިބީ. މިނިވަން ރާއްޖެއެއް ނޫނޭ މީ މިހާރު. ވާނެ ހަތަރެއްޗެއް ވީމަ ކޮންމެ ފަހަރަކުވެސް ފިޔަވަޅު އަޅަނީ. ދެން ހެއްވާ ތަންކޮޅަކީ އެންމެން ނިދާފަ ތިބޭ ގަޑި މި ކާފިއު އިލާން ކުރަނީ. އެގަޑީގަބާ ކޮވިޑް އެންމެ ގަދަޔަށް ފެތުރެނީ. މަހަމަ ހައިރާން ވެއްޖެ.

  18
 7. ހަސަނާ

  ހެޔޮނުވާނެ މިހާލަތުގަ ޗައިނާގެ އެހީތެރިކަން ލިބޭތޯ ބަލާބަލަ އިންޑިއާ ވަނީ މިވަގުތު ވަރައްހާލުގަ ޗައިނާ ވަނީ މިކަމުންހިންދަމާލާފަ ފުލޯޓިންހޮސްޕިޓަލްއެއްވެސް މިވަގުތުފޮނުވޭނީ ޗައިނާއައް ދިވެހިރަްޔިތުންނައްވެކުސިންދީނިންމާލަބަލަ ....

  15
  1
 8. ޑެޑުއހފޯސް

  ވާވަރު ވީމަ. މިވާހަކަ އަޅުގަނޑު ބުނިން މާކުރިން މައިމޫނާ ކައިރި. ޢަޑު އިވޭކަމަށްވެސް ނުހެދި. ޜާއްޖެތެރެއަށް ކޮވިޑު ފެތުރި ނިމުނީމަ ދެން ރައްޔިތުންނަށް ކޮން އާރުކާޓީއެއް ތިދައްކަނީ. ޥެރިކަން ވައްޓާލާފަ މައިމުނާ ޖަލައްލާންވި. އަދި އިބޫ އަދި އިންޑިއާ ކޮވިޑް ޓުއަރިސްޓުންގެ ބާނީ މައުސޫމުވެސް ޖަލައްލާންވި.

  14
 9. މަބޭ

  އާންމުންތަބާނުވެޔޭ ނުކިޔާށެވެ ބޮޑުމައްސަލަވަރައްސާފު މިސަރުކާރައް މިއުޅެނީ އިންޑިޔާމީހުނައް ރާއްޖޭގެބޯޑަރު ބަނދުކުރަންނުކެރިގެން ހުރިހާބިންމުމެއް މިނިންމަންޖެހެނީ މިތާހުންނަ އިންޑިޔާސަފީރުބުނާގޮތައް.

  11
 10. މޫސަ

  ސަރުކާރުން ބޭނުންވަނީ ރާއްޖެ އެ ހާލަތަށް ގެންދަންކަން ވަރަށް ސާގުކޮށް އެބަ އެނގޭ. ކޭސްތަށް އިތުރު ވެގެން ދިޔައިރުވެސް އަޅާ ނުލާ ތިބީ އެހެންވެގެން.

  13
 11. ރެފްރީ

  ބަލަ ސަރު ކާރުބިރުނުގަންނާތީއެންނުން
  މިހެންމިވަނީ !!
  ސަރު ކާރު ބިރުގަންނަނަނަ ރައްޔިތުން ބިރުގަންނާނެ!!
  އަލިފު ހާ

 12. ކޮތަރު

  ބޮޑުވަޒީރުގެސުންޕާ ކަން. ސަރު ކާރުގެ ނާގާބިލު ކަން. ދިވެހިންގެ ނާތަހުޒީބު ކަން. ހުޅުވަންޖެހޭހުރިހާތަނެއް އިތުރަށްހުޅުވާލާ!!

  12
 13. ކެތި

  ދިވެހިސަރު ކާރަށް ދިވެހިންދަސްނުވީމާވާގޮތް! ދިވެހިންނަ ކީ ގަމާރުބައެއް! ދިވެހިންނަ ކީ ކިބުރުވެރި ބޮޑާބައެއް! ބޭރުގެލިއުންތެރިއަ ކު ބުނެފައޮންނަނީ ދިވެހިރާއްޖެއަ ކީ ރީތިތަނެއް ކަމަށް
  އަދި ދިވެހިންނަ ކީ ކަ ކުންޏަށްވުރެންވެސް
  ބޯ ކުޑަބައެއް ކަމަށް އެ ކަމަ ކު ގިނަދިވެހިން ގަބޫލު ކުރަނީ ދިވެހިންހާ ބޯބޮޑުބައެއް މިދުނިޔޭގާނެތް ކަމަށް .. ވަރަށްބޮޑުތެދެއް

  9
  2