ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދުތައް މިހާރު އިތުރުވަމުންދާ ގޮތައް ބަލާއިރު ހޮސްޕިޓަލްތައް ފުރި ބަލި މީހުންނަށް ފަރުވާ ނުދެވިދާނެ ކަމުގެ ބިރު ހީވެއްޖެ ކަމަށް އެޗްއީއޯސީ އިން ވިދާޅުވެއްޖެއެވެ.

މިރޭ އެޗްއީއޯސީ އިން ބާއްވަމުން ގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އައިޖީއެމްއެޗްގެ ކޮންސަލްޓެންޓް ރޭޑިއޮލޮޖިސްޓް ޑޮކްޓަރ ފާތިމަތު މުފްލިހާ ވިދާޅުވީ ކޮވިޑަށް ފައްސިވާ މީހުންގެ އަދަދަށް ބަލާއިރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އިތުރުވެ، އެމީހުންނަށް ފަރުވާދޭނެ ސިއްހީ އެހީތެރިން ލިބުމުގެ ދަތިކަން ވެސް ކުރިމަތިވެދާނެ ކަމަށެވެ.

މިހާރު ފެންނަމުން މިދަނީ ނަމްބަރުތައް ވަރަށް މައްޗަށް ގޮސްފައިވާތަން. ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދުވެސް އަންނަނީ އިތުރުވަމުން. މީގެ ދެހަފްތާ ކުރިން އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހުނީ 60 މީހުންނަށް ކަމުގައި ވީނަމަވެސް މިހާރު އޮކިއުޕެންސީ ތިން ގުނަ މަތިވެއްޖެ. މިހައި ވަރަށް އަދަދުތައް އިތުރުވަމުން އަންނަމަ ފަރުވާ ދޭން ތިބި މީހުންނާއި އަދި ހޮސްޕިޓަލްތަކުގެ ކެޕޭސިޓީއަށް ނުކަތާވަރު ވެގެން ދިއުމަކީ ވެސް އެކަށީގެންވާ ކަމެއް." ޑޮކްޓަރ ފާތިމަތު މުފްލިހާ ވިދާޅުވިއެވެ.

މިއަދު ރާއްޖެ އިން 585 މީހުން ކޮވިޑަށް ފައްސިވިއެވެ. މިހާރު ރާއްޖޭގައި ތިބި ކޮވިޑް ބަލި މީހުންގެ އަދަދު 6033 އަށް އަރައެވެ. އޭގެތެރެއިން 173 މީހުންނަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެންނެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް ވިދާޅުވީ ހޮސްޕިޓަލްތަކުގެ ކެޕޭސިޓީ އާއި ބަލި މީހުންނަށް ފަރުވާދޭން ތިބި ސިއްހީ އެހީތެރިންގެ އަަދަދު އިތުރު ކުރެވެން ހުރި ގޮތްތައް ބަލަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހުއްތު

    ޢަދިވެސް ކިޔާނެ ސިޔާސީ ކޮވިޑޭ އަނެކައްޗެކޭ، ނިކަން ބަލާ ބަލަ އޮއޮތް ބޮޑު އިންޑިޔާ ވެސް ފަރުވާ ކުޑަވީމަ ޖެހުނު ހާލު

    10
    1
  2. ޔ

    މަށައްރަގަޅީ ކޮވިޑްނޫޅެޔޭ ކިޔައިގެން އުޅޭއެންމެނަށް ކޮވިޑް ޖެހުނިއްޔާ.

    3
    5
  3. އަޙްމަދް

    ތިޔައީ ބޭހައި ވެކްސިން ވިއްކަން ވެގެން އުފައްދާ ސިއްޙި ބިރުވެރިކަމެކެވެ.

    6
    2
  4. ޖަޒީރާ 07

    މެޑަމް ނަޒްލާއަށް، ރާކަނި މަސް ކެވިއްޖެ. އަދިވެސް ދޮގު ހަދާތި.

    11
    1
  5. އެމަންޖެ

    އަންނިމެން ބޭނުންވީ ގައުމު މިހާލަތައް ގެންދަން.