ރައީސް ޔާމިންއަކީ ރަހުމެއް، އިންސާނިއްޔަތުގެ ކަމެއްހުރި ވެރިއެއް ނޫން ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.
މައުމޫނާއި ދެ ފަނޑިޔާރުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ތިންބޭފުޅުން 1 އަހަރާ 7 މަހަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކުރުމާ ގުޅިގެން އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ވަނީ މައުމޫން މިހާރުން މިހާރަށް މިނިވަން ކުރުމަށް ގޮވާލާފައެވެ.
"ރައީސް ޔާމިންއަކީ ރަހުމެއް، އިންސާނިއްޔަތުގެ ކަމެއްހުރި ވެރިއެއް ނޫން. ފިތުރު އީދު ދުވަހުގެ ކުރިން ރައީސް މައުމޫނަށް އިއްވި ޖަލު ހުކުމުން އެކަން ސާބިތުވޭ' އެމަނިކުފާނުގެ މައްޗަށް އިއްވި ހުކުމަކީ ގާނޫނާއި ގަވާއިދާ ހިލާފަށް އިއްވި ހުކުމެއް" އަދާލަތު ޕާޓީން ބުނެފައިވެ އެވެ.
ރައީސް މައުމޫނަށް ކުރި ހުކުމް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި އަދާލަތު ޕާޓީން ވަނީ މިހާރުން މިހާރަށް އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލާފަ އެވެ.
ރައީސް މައުމޫން އަދި އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު އަލީ ހަމީދު ގެ މައްޗަށް ހުކުމް ކުރީ އިއްވާފައިވަނީ ފުލުހުންގެ ތަހުގީގަށް އެ ތިން ބޭފުޅުން ފޯނު ދީފައި ނުވާތީ ކޮށްފައިވާ އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާގައެވެ.
ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެ ތިން ބޭފުޅުންގެ ތެރެއިން ރައީސް މައުމޫންގެ މައްޗަށް އިއްވި ފުރަތަމަ ހުކުމެވެ. އުއްތަމަ ފަނޑިޔާރަށް މީގެ ކުރިން ދެ ހުކުމް އިއްވާފައިވާ އިރު މިއީ އަލީ ހަމީދަށް އިއްވި ދެ ވަނަ ހުކުމެވެ.
އެންމެނަށް ހަމަހަމަވާގޮތަށް ޤާނޫނު ހިންގުމުގައި ރައީސް ޔާމީނަކީ ވަކިމީހަށްވީތީ ރަޙުމެއް ނުބަހައްޓާނޭ ވެރިޔެއް! އެކަން ވަރަށް ސާފް!
ޤާނޫނީ ސަރުކާރެއް ވައްޓާލަން އުޅުނުއިރު އިންސާނިއްޔަތު ކަމެއްނެތް. އަދާލަތުވެސް އުޅުނީ ސަރުކާރު ރިޝްވަތިދީގެން ވައްޓާލަން. މިހާރުކީކޭ ތިކިޔަނީ
ރައީސް ޔާމީންތޯ ޙުކުމް ކުރެއްވި ގާޒީއަކީ؟ ބަލަގަ ޙުކުމް ކުރެއްވީ ކްރިމިނަލް ކޯޓުންނޭ. ރައީސް ޔާމީންއަކީ މިގައުމުގެ ރައީސޭ. ޙުކުމް ކުރުމުގެ މަސްއޫލިއްޔަތު އޮންނަ ބޭފުޅެއް ނޫނޭ.
މޭޑޭގެ މުޒާހަރާގައި ކާކުގެ ކޮމާންޑައްތޯ ބޮޑުލޮރީއެއް މީހުންގެ ތެރެއަށް ބާރު ސްޕީޑްގައި ދުއްވާފަވަނީ، އެއީ އިންސާނިއްޔާތާއި ރަހުމާއި ހަމްދަރުދީ ހުރެގެން ކުރިކަމެއްބާ؟ ޔާމީން ކޮންކަމެއްތަ ތިމީހުންނަ ކުރެއްވީ، މޫނަކަށް ކަނދުރާއަކަށް ބެއްލެވުމެއް ނެތި އަދުލު އިންސާފު ޤާއިމު ކުރުމަކީ ދެވޭ އަނިޔާއެއްތަ؟
ޢަހަރެމެން ދެކެފީމު ފަސް ރައީސުން އިބްރާހިމް ނާސިރު މައުމޫން ނަޝީދު ވަހީދު ޔާމިން މައުމޫނަށްވުރެ އަނިޔާވެރި މީހަކަށް ދެން ހުރީ ނާސިރު ތިނަދޫމީހުންނަށްވެސް އެހެރަ ހަދާލި ގޮތެއް ޔާން ކުރާކަމަކީ އެންމެންގެ ކުރިމަތީގަ ޤާނޫން ހަމަހަމަ ކުރީ އެއީ އަނިޔާތޯ؟
ނަޝީދުގެ ވެރިކަން ވައްޓާލުމަށް ޔާމީނާ ގުޅިގެން މަސައްކަތް ކޮށްގެން ޔާމީނަށް ވެރިކަން ހޯދައި ދިން އެންމެންނަށްވެސް ވެސް ސާހިބު މީހާގެ ފަރާތުން ލިބެނީ އަނިޔާ. ހަމަ ހިނި އަންނަނީ
ތިޔައީ މިގައުމުގަ އޮތް ފިތުނަ އުފައްދާ ހަމައެކަނި ޕާޓީ