ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު އިތުރުވެފައި މިވަނީ ބަލީގެ ނުރައްކާތެރިކަމާއިމެދު މީހުންގެ ސަމާލުކަން ކުޑަވެ، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ނުދޭތީ ކަމަށް އެޗްއީއޯސީ އިން ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީ އިން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްޕީއޭގެ އެޕިޑޮމޮލޮޖިސްޓް ޑޮކްޓަރ އިބްރާހިމް އަފްޒަލް ވިދާޅުވީ މިހާރު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދުތައް އިތުރުވެފައި މިވަނީ އާއްމުންނަށް ""ދޫކޮށް އުޅެވުމުން" ކަމަށެވެ.

ޑރ.އަފްޒަލް ވިދާޅުވީ ކޮވިޑް ވެކްސިން ލިބުމުން މީހުންނަށް ހީވީ ދެން ބަލިމަޑުކަމުން އަރައިގަނެވުނީ ކަމަށެވެ. އެއާއިއެކު މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް މީހުން ސަމާލުކަންދޭ މިންވަރު ކުޑަވެ ބިރު ކެނޑިފައިވާ ކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ.

ޑރ.އަފްޒަލް ވިދާޅުވީ ކޮވިޑް ކޮންޓްރޯލް ކުރަން އަދިވެސް ކުރަން ޖެހެނީ ވަރަށް ކުދިކުދި ކަންތައްތައް ކަމަށެވެ. އެގޮތުން އައި ދޮވުމާއި މާސްކް އެޅުމާއި ގައިދުރުކަން ބަހައްޓާނަމަ އަދިވެސް ވަރަށް ފަސޭހައިން ބަލި ކޮންޓްރޯލް ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ފާއިތުވެދިޔަ ދުވަސްތަކުގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދުތައް އަންނަނީ ހިފެހެއްޓުމެއް ނެތި އިތުރުވެ ރެކޯޑް އަދަދުތަކަށް އަރަމުންނެވެ. މިގޮތުން އިއްޔެ އެކަނިވެސް އިތުރު 585 މީހަކު ހިމެނޭހެން ރާއްޖެއިން މިހާތަނަށް ފައްސިވީ މީހުންގެ ޖުމްލަ ޢަދަދު މިހާރު އުޅެނީ 31000 އިން މަތީގައެވެ.

ހިފެހެއްޓުމެއްނެތި ކޮވިޑް-19 ފެތުރޭތީ އިދާރާތަކުން ވަނީ ރާއްޖޭގައި ހަރުކަށި އާ ފިޔަވަޅުތަކަށް އެޅުމަށް ވެސް ނިންމާފައެވެ.

މިގޮތުން މާލެ ޞަރަޙައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅިފަޅު) ގެ ޕާކުތަކާއި، މައިޒާންތަކާއި، ކުޅިވަރުކުޅޭ ތަންތަނާއި، ދުވާ ޓްރެކުތަކާއި، ސްވިމިންގ ޓްރެކްތައް ބަންދުކުރުމާއި މާލެ ސަރަޙައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅިފަޅު) ގައި ކުޅިވަރުކުޅުމާއި، ކުޅިވަރުގެ މުބާރާތްތައް ބޭއްވުން ހުއްޓައިލުމަށް ނިންމާފައި ވެއެވެ.

އަދި ސްކޫލްތައް ވެސް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން ފަށާ، ސަރުކާރު އޮފީސްތައް ވެސް ބަންދު ކުރަން ވަނީ ނިންމާފައެވެ.

މީގެ އިތުރުން މާލެ ސަރަޙައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅިފަޅު) ގައި ރޭގަނޑު 12:00 އިން ފެށިގެން ފަތިހު 4:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުން ވަނީ މަނާކޮށްފައެވެ.

ހަމައެހެންމެ ހުއްދައާއެކު ޒަރޫރީ ބޭނުންތައްކަށް ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓައިލުމަށާއި (މާލެއިން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް، 10 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރުން) ހުއްދައާއެކު ޒަރޫރީ ބޭނުންތަކަށް ފިޔަވައި ޞިނާޢީ މަސައްކަތްތައް ކުރާ ރަށްރަށަށް ދަތުރުކުރުމާއި، އެ ރަށްރަށުން މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓައިލުން (ޞިނާޢީ މަސައްކަތްތައް ކުރާ ރަށްރަށުން އެހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް، 10 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރުން) ވެސް މިރޭ އިއުލާން ކުރި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެއެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމާފައި މިވަނީ ކޮވިޑް ކޮންޓްރޯލް ކުރަން މީގެ ކުރިން އަޅާފައި ހުރި ފިޔަވަޅުތައް ގާތްގަނޑަކަށް އުވާލާފައި ބޭއްވުމަށް ފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

 1. ޢަލީ

  އިންޑިއަާ މީހުން ކަރަންޓީން ވާން މި ޤައުމަށް އަންނާތީ ވާ ގޮތް.

  20
  1
 2. ގެރި

  ފައްސިވަނީ މި ސަރުކާރުގެ ބަލާވެރިކަމުގެ ސަބަބުން

  21
  2
 3. ފުތާބެއްޔާ

  ރައީތުން ކުރިމަތީގަ ކޮވިޑަކީ ޖޯކު އެއްޗަކަށް ހެދީ ކަލޭމެން. އަމިއްލަ އެދުމާ ހަމަ ހަމަ ކަމެއް ނެތި އަޅާ ފިޔަވަޅުން ރައީތުން ތިބީ ފޫހިވެފަ ކަލޭމެން ކިޔާ އެއްޗެހި އަޑު އަހަން. ދެންވެސް ރައީތުންނަށް ކަމެއް ކޮއްދެންޏާ އިސްތިއުފާ ދޭންވީ.

  19
 4. ނަސީ

  އާދައިގެ ހުމެއް ދެކެ މީހުން ދެން ބިރެއްގަންނާކައް ނުޖެހޭނުން އެހެންނޫނަން ބިރުގަންނަން ޖެހޭނީ އެއްމެފަރާތަކައް އެއި އަހަރުމެން ހެއްދި ކަލާންގެއައް

  13
  2
 5. ޔ

  ކ ކީއް ކުރާނީ. ދިވެހިން އަދިވެސް ޖާހިލު ކަންމަތީ.

  9
  11
 6. އަޙްމަދް

  އެހެންވީމާ ގަދަޔަށް ބިރުގައްނަވާ.

 7. ހަޤީޤަތް

  ސަރުކާރެއްވެސް މިހާރަކު ބިރެއް ނުގަނޭ ކޮވިޑް ދެކެއެއް އަމުދަކުން
  ދެން ރައްޔިތުން ވަކި ބިރު ގަންނާނެތަ؟ 😒
  މިހާރު ފިޔަވަޅުތައް އަދިވެސް އިތުރަށް ހަރުދަނާ ކުރަން އެބަ ޖެހޭ އެހެން ނޫނިއްޔާ މާގިނަދުވަސް ވަންދެއް އަނެއްކާވެސް މިހާލުގައި (ކުޅިވަރެއް ނުކުޅެވި، ސުކޫލާއި އޮފިސް ތައް ބަންދުކުރަން) ޖެހިދާނެ
  ސަރުކާރުގެ ރިސްޕޮންސް ވަރަށް ސްލޯ ދެން ކޮންމެ އަކަސް 🥲

  14
 8. ީގުރޖމ

  ފައްސިވާ އަދަދު އިތުރުވަނީ ކަލޭމެން އިންޑިޔާދެކެ ބިރުގަންނާތީ!

  ކަލޭމެންގެ ނުކުޅެދުންތެރިކަމުން ދިމާވާކަންކަން ކޮންމެހެން ރައްޔިތުން ބޮލަށްކަނޑަން އުޅޭނެކަމެއްނެތް. ލާދީނީ ނާޤާބިލު ސަރުކާރު

  20
  2
 9. ޢަހްމަދު

  ބަހާ އަމަލާ ދިމާނުވުމުގެ ނަތީޖާ ތިޔަފެންނަނީ، ދެނެއް ރަޔިތުންނެއް ނާހާނެ ބަހެއް

  21
  1
 10. ވަސީ

  ދެން އަޅެފަހެ ކޮވިޑު ދެކެ ބިރުން އަހަރެމެން އަބަދު ފުމެންތަވީ.. ބަލަގަ ކަލޭމެން ބުނީމަ ބުނާގޮތައް ހަދައިގެން މާސްކު އަޅައިގެން މިއުޅެނީ. ކަލޭމެން ގެއިން ނިކުންނަން ހުއްދަ ދިނީމަ ނިކުންނަނީ. ހޮޓާ ހޮޓަލައް ވަދެ ސައިބޯ ހުއްދަދިނީމަ އެކަންކުރީ. ކެމްޕޭނު ހުއްދަ ދިނީމަ އެކަން ކުރަނީ. ދެން ކީކޭތަ ކިޔަން ތިޔާ އުޅެނީ.

  18
 11. ވެކްސިން ކިއު

  ވެކްސިން ކިއުޖެއްސުވީމަ ވީގޮތް މިއީ. އެޗް ޕީ އޭ އިން ޒިމްމާ އަދާ ނުކުރީމަ ވީ ގޮތް މިއީ. އާމުން ބޮލައް މިހާރު ކަނޑާ ލަނީ.

  21
  1
 12. ބެރާން

  ކ ކީ ކޭ ދެންބުނާނީދޯ...ބޮޑެތި މާސިންގާ ފިރިހެނުން ތަންތަނަށް އަރާތިބެ ތި ކަހަލަ ކޮސް ގޮވާތީ މައްސަލައަ ކީ..ރައްޔަތުން ބިރެއްނުގަންނާނެދޯ ސިޔާސީ މަންފާ ހޯދުމަށް ކޮވިޑު އެއީ ނެތްއެއްޗެއްކަމަށް ބަޔަ ކު ހެދީމަ...އެ ކަންކުރުމުން އެއްޗެ ކޭ ބުނަން ނު ކެރިފަ ފިލާ ތިބެފަ މިހާރު ނިި ކަމެތި ރައްޔަތު މީހާބޮލުގަ ހުރިހާ ކަމެއް ތިއަޅުވަނީ..

  20
  2
 13. ވާގޮނުސްކޮ

  ފައްސިވާ އަދަދުއިތުރުވަނީ އެޗްޕީއޭ ނިދިޖެހިފައޮތީމަ. ހޭބަލިވެދާނެ. މިއޮއްހާދުވަހު އިންޑިއާ މީހުންނާގައުމުތަކުން ރާއްޖެއަށް ފަތުރުވެރިން ނާޖުނުބުވެރިން އެތެރެކޮށް ބަލިފެތުރީ
  . ރައްޔިތުން މާސްކުއަޅުވާފަ ބޮޑުވިޔަފާރިފެށީ އަތްދޮއްވާފަ ބައިތުލްމާލުން ވައް ކަން ކުރީ އުރިހާގޭހެއް އަނބުރާފަ ރައްޔިތުން ބޮލައް ޖަހަން ކޮންއަނގައެއްތިތަޅަނީ؟

  15
 14. ވީސް

  އެހެން ނޫންތޯވާނީ..މިއޮއްފަދަ ޒަމާނުގަ ވެކްސީން ޖަހަން ނަންބަރު ނަގަންޖެހެނީ ބަސް ކޮންޑަކްޓަރުން އަތުން ޓިކެޓު ހޯދާ ބީދާއިން ކިޔޫގަ ޖެހިހެން ތިބެ އަތުންއަތައް ވިއްޔާ.

 15. ކިޔުންތެރިއެއް

  މީހުން ބިރުނުގަންނާތީކީ ނޫން ދެއްތޯ. ތި ޑޮކުޓަރުން މަގާމުތައް ހޯދުމަށާ މި ނާގާބިލް ސަރުކާރު ރުއްސުމުގެ ނިޔަތުގައި ސަރުކާރާއެކުވެ ހޭވި ހަޑި މިފެއްނަނީ. ރައްޔިތުން ބަސްއަހާގެއް އަތްދޮވެދޮވެ ގޭގައި އޯލްމޮސްޓް އެންއަހަރު ތިބެފެ. ތިބޭފުޅުން ބެއްލެވީ ތީބޭފުޅުން ގެ ޖީބަށް ބަރުވާގޮތަށް އަދި ސަރުކާރުންގެ އިސްވެރިންނަށް ދައުލަތުގެ މާލިއްޔާތު ބަނޑުއަޅުވާލެވޭނެ ހުރިހާ ގޮތްތަކެއް ހަދާދެވޭތޯ. ތިބޭފުޅުން ބޮޑެތި މުސާރަ ހަރާމެއް ހަލާލެއް ނުބަލާ ނަންގަވަމުން ގެންދަވާއިރު ނިމިދިޔަ ލޮކްޑައުންގައި ވަރައްގިނަ އާއިލާތައް ނިކަމެތި ވެއްޖެ. ވަރައްގިނަ އާއިލާތައް މަގުމަތި ކޮށްލާފި. އަނެއްކާވެސް ސޭމް ޝިޓް ދިސްއިޔަރ. ރާއްޖެކަހަލަ ވަކިވަކިން އޮށްނަ ޖަޒީތާ ޤަމުއެއްގައި ކޮވިޑް ކޮންޓުރޯލް ނުކުރެވުމަކީ ތިބޭފުޅުން ގެ ނާގާބިލްކަން. އިސްތިއުފާ ދެއްވާ. ރައްޔިތުން ހަނާއަރުވަމުންދާ މި ވަގުންގެ ލާދީނީ ސަރުކާރަށް އަދިވެސް ފުރުސަތުދޭންވީތޯ؟

 16. ނަން

  މީހުން ނިދާގަޑީ ބޭރަށް ނިކުމެ އުޅުން ބަންދު... ވަރަށް ހަރުކަށި ފިޔަވަޅެއް...

 17. ޚަމަނަ

  ބޮޑު ވަޒީރެއްނު މީހުންނަށް އެގޮތައް ވިސްނަ ދިނީ ދެން ބިރެއް ނުގަންނާނެއްނު😇😇😇..

 18. މަރިޔަމް

  ގިނަމީހުންފައްސިވަނީ އެއް ގުލައުޒް ބޭނުންކުރަނީ އެންމެނައް މީ ނުކުޅެދިފައިވާ ސަރުކާރު

 19. އިންޑިއާ އައުޓް

  ޢަހަރެމެން މިދުނިޔެއަށް ފޮނުއްވީ ކޮވިޑެއްނޫން އެހެންވީމާ ކޮވިޑައް ބިރުގަންނާކަށް ނުހޭހޭ ކަލޭމެން ތިބޭ ކޮވިޑައްބިރުން އަހަރެމެބް ބިރުގަންނަނީ އެއްކައުވަންތަ ﷲ އައް ކޮވިޑު ބައްޔަކީ ހަގީގަތެއްނަމަ އޭގެވަބާއިން އިންސާނިއްޔަތު ރައްކާތެރިކުރައްވާށި އާމީން

 20. އެމަންޖެ

  ސަރުކަރު ނުވާނެ ގޯސްވާނީ ރައްޔިތުން ، މިގައުމު މިކަމުން ސަލާމަތް ކުރެވޭނީ އެޗްއީއޯސީ އުވާލައި މިވެރިކަން ބަދަލުކޮއްގެން.

 21. ވަޒީރެއާލާ

  ރައްޔިތުން ކޮވިޑްދެކެ ބިރުގަތީ އެންމެމީހަކަށް ކޮވިޑްޖެހިގެން ރައީސް ސޯލިހު ޓީވީއަށްއަރާ ބިރުން ކީރިތި ކުރެއްވީމާ. މިހާރު 400- 500 މީހުނަނަށް ކޮވިޑްޖެހޭއިރުވެސް ރައީސްސޯލިހުކަންބޮޑުވެ ބިރުގަނެގެން ޓީވީއަށްއަރާ ކީރިތިނުކުރައްވާ. އެހެންވީމާ ރައްޔިތުން ކޮން ކަންބޮޑުމެއްތޯ ވާންވީ.

 22. އަބޫ

  އަހަރެމެން ކައިރީގަ ކޮވިޑަކީ ޖޯކު އެއްޗަކަށް ހެދީ އެޗް ޕީ އޭ އިން. ބިރު ކަނޑުވާލީ ހަމަ ތިމީހުން