23:01

ކޮވިޑް ޖެހުނު މާބަނޑު އަންހެނަކުގެ ހާލު ސީރިއަސް ވެއްޖެ.

 

22:42

މިއަދު ވެސް ރާއްޖެ އިން އިތުރު 601 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

22:06

މާލޭ ޖަލުން 25 ގައިދީއަކު ކޮވިޑަށް ފައްސިވެއްޖެ.

20:48

ބޮލީވުޑްގެ ބަތަލާ ދިޕިކާ ޕަދުކޯން ކޮވިޑް-19 އަށް ފައްސިވެއްޖެ

19:38

ލ. ގަމުން އިތުރު 10 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

17:36

މިހާރު ކޮވިޑް-19 ފެތުރެމުންދާ ކ. އަތޮޅު މާފުށީގެ ހެލްތް ސެންޓަރުގައި މަސައްކަތް ކުރަމުންދާ ގިނަބަޔަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

17:11

16:57

ކޮވިޑް 19 އާއި ގުޅިގެން ދިމާވެފައިވާ ހާއްސަ ހާލަތަށް ރިޢާޔަތްކޮށް އައިޖީއެމްއެޗްގައި އަމަލު ކުރަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފި

16:21

ހެލްތް މިނިސްޓްރީގެ އިސް ބޭފުޅުންތަކެއް ކޮވިޑް-19 އަށް ފައްސިވެއްޖެ

16:11

އިންޑިއާގެ ހައިދަރްއާބާދުގައި ހުންނަ ނެހްރޫ ޒޫލޮޖިކަލް ޕާކުން އަށް އޭޝިއާޓިކް ސިންގާ ކޮވިޑް-19އަށް ފައްސިވެއްޖެ

15:57

14:30

ކޮވިޑް-19 އާ ގުޅިގެން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަނެއްކާ ވެސް އިތުރުކޮށްފި.

14:18

ސ. ހިތަދޫން އިތުރު ހަ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

12:54

މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިން ދިނުން ވަގުތީ ގޮތުން ހުއްޓާލެވިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި.

12:18

ވެންޓިލޭޓަރު ގަންނަން ދުބާއީ ކުންފުންޏާއިއެކު ވެފައިއޮތް އެއްބަސްވުން އުވާލަން ނިންމައިފި.

09:55

މިހާރު މާލޭ މަގުމަތިން މީހުން ހުއްޓުވައިގެން ކޮވިޑް ސުންކެއް ނުނަގާ!

01:46

ހއ.ދިއްދޫން އިތުރު ހަތަރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

01:45


ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދުތައް ދުވަހުން ދުވަހަށް އިތުރުވަމުން އަންނަތާ ދެހަފްތާ ވެގެން ދިޔައިރު ވެސް ކޮވިޑް ކޮންޓްރޯލް ކުރަން އިތުރު އެއްވެސް ފިޔަވަޅެއް ނާޅައި އޮތުމަށް ފަހު މިރޭ އިތުރު ފިޔަވަޅުތަކެއް އިއުލާން ކޮށްފިއެވެ. ނަމަވެސް މިރޭ އިއުލާން ކުރި ފިޔަވަޅުތަކަށް ވެސް އަމަލު ކުރަން ފަށާނީ އަދި ބުދަ ދުވަހުން ފެށިގެންނެވެ.

ފިޔަވަޅުތައް އިއުލާން ކުރިއިރު މިއަދު ރާއްޖެ އިން ވަނީ 585 މީހުން ކޮވިޑަށް ފައްސިވެފައެވެ.

އެޗްޕީއޭ އިން މިރޭ އިއުލާން ކުރި ފިޔަވަޅުތަކުގެ ތެރޭގައި މާލެ ޞަރަޙައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅިފަޅު) ގެ ޕާކުތަކާއި، މައިޒާންތަކާއި، ކުޅިވަރުކުޅޭ ތަންތަނާއި، ދުވާ ޓްރެކުތަކާއި، ސްވިމިންގ ޓްރެކްތައް ބަންދުކުރުމާއި މާލެ ސަރަޙައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅިފަޅު) ގައި ކުޅިވަރުކުޅުމާއި، ކުޅިވަރުގެ މުބާރާތްތައް ބޭއްވުން ހުއްޓައިލުން ހިމެނެއެވެ.

ސްކޫލްތައް ވެސް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން ފަށާ، ސަރުކާރު އޮފީސްތައް ވެސް ބަންދު ކުރަން ވަނީ ނިންމާފައެވެ.

މީގެ އިތުރުން މާލެ ސަރަޙައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅިފަޅު) ގައި ރޭގަނޑު 12:00 އިން ފެށިގެން ފަތިހު 4:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުން ވަނީ މަނާކޮށްފައެވެ.

ހުއްދައާއެކު ޒަރޫރީ ބޭނުންތައްކަށް ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓައިލުމަށާއި (މާލެއިން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް، 10 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރުން) ހުއްދައާއެކު ޒަރޫރީ ބޭނުންތަކަށް ފިޔަވައި ޞިނާޢީ މަސައްކަތްތައް ކުރާ ރަށްރަށަށް ދަތުރުކުރުމާއި، އެ ރަށްރަށުން މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓައިލުން (ޞިނާޢީ މަސައްކަތްތައް ކުރާ ރަށްރަށުން އެހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް، 10 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރުން) ވެސް މިރޭ އިއުލާން ކުރި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެއެވެ.

އަދި އިންޑިއާއިން ދިވެހިރާއްޖެއަށް އަންނަ ދިވެހިންނާއި ވާރކްޕާމިޓް ހޯލްޑަރުން 14 (ސާދަ) ދުވަހުގެ މުއްދަތަށް ކަރަންޓީނު ފުރިހަމަކޮށް ޕީ.ސީ.އާރު ޓެސްޓް ހެދުމަށް ވަނީ އަންގާފައެވެ.

ވެކްސިންގެ ދެޑޯޒް ފުރިހަމަކުރުމުން ދަތުރުކުރުމަށް ދެވިފައިވާ ލުއިތައް މެދުކަނޑައިލަން ވެސް ވަނީ މިހާރު ނިންމާފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަޙްމަދް

    ތިބުނާ އަދަދު ތަކަކީ ބޭނުންވީމަ ކޮންޓްރޯލުކޮށް ބޭނުން ނުވީމަ ކޮންޓްރޯލު ދޫކޮއްލާ އެއްޗެއް.
    ބޮޑޭ ބުނީމަ ބޮޑުވީ ކުޑައޭ ބުނީމަ ކުޑަވީ ނެތޭ ބުނީމަ ނެތީ ދާ އަޅައިގެން މީހުން ހޯދައިގެން ތި ޕީސީ އާރު ޓެސްޓު ހާދާދުވަހަކު މި ކޮވީޑޭ ކިޔާ ޚިޔާލީ ބަލިމަޑުކަމަކުން ސަލާމަތެއް ނޫވާއެވެ.

    4
    3
  2. ރަސްގެފާނު

    ތިވަރުވި ކަންވެސްރަނގަޅު !! އަލިފު ހާ

    8
    1
  3. ސޮނިބެެ

    އެޗްޕީއޭ އަށް ހޭލެވުނީކީއެއް ނޫން އަނެއްކާ އަނެއް ޖަރީމާ ހިންގަންވީ ކުރިން ހިންގި ޖަރީމާތަކުގެ ލާރިކޮޅު ހުސްވީކަމަށް ތިވާނީ

  4. ހަވާސާ ހަމީދު

    އަދަދުތައް ކޮންޓުރޯލުން ނެއްޓުމުން އެޗުޕީއޭ ހޭލީޔަކީނޫން ސަރުކާރު ހޭލީ އެޗުޕީއޭ އޭރުވެސް މިހާރުވެސް އޮތީހޭލާ މިހިސާބައް މިކަނދިޔައީ އެމްޑީޕީން ލޯކަލް ކައުންސިލްގެ އިންތިހާބައް ބޫތުކައިގެން ކެނެރީގޭ ނަސީދު ވެރިކަމާހެދި މޮޔަވީމާ

    • ކާފަ

      ރަނގަަޅު ވާހަކަ އެއއ އް

  5. ކޮތަރު

    ކުރިންވެސްތިބީހޭލާ އެ ކަމަ ކުތިބީ
    ހިނދު ކޮޅުގަ