ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު މަގާމުން ވަކި ކޮށްފި އެވެ.

މިނިސްޓަރ ޒަހާ މަގާމުން ވަކިކޮށްފައިވާ ކަން އަންގާފައި ވަނީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު، އޭނާއަަށް ފޯން ކޯލެއް ކޮށްފައެވެ.

މިނިސްޓަރ ޒަހާ އަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްކޮށް ހުންނައިގެން އުފައްދަވާފައިވާ ޕާޓީ، އެމްއާރްއެމްގެ ސްލޮޓެއްގައި މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ބޭކަނބަލެކެވެ.

ޒަހާ މިނިސްޓަރުކަމުގެ މަގާމުން ވަކިކުރައްވާފައި ވަނީ، އޭނާ މަގާމުން ވަކި ކުރާނެ ކަމަށް މީގެ ކުރިން އަޑުތަކެއް އަރާފައި ވަނިކޮށެވެ.

ކެބިނެޓަށް ބަދަލުތައް ގެންނަން ރައީސް މަސައްކަތް ކުރައްވަމުން ގެންދަވާކަން ރައީސް އޮފީހުން ވެސް މިދިޔަ ހަފްތާގައި ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

"ވަގުތު"އަށް މައުލޫމާތުލިބިފައިވާގޮތުން، ފިޝަރީޒް މިނިސްޓަރުކަމަށް ދެން އައްޔަން ކުރައްވަނީ އެންވަޔަރްމަންޓް މިނިސްޓަރުކަމުގެ މަގާމުގައި މިހާރު ހުންނެވި ޑރ.ހުސައިން ރަޝީދު ހަސަނެވެ. އަދި އެންވަޔަރްމަންޓް މިނިސްޓަރުކަމަށް އައްޔަން ކުރައްވަނީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އާމިނަތު ޝައުނާ އެވެ.

ޒަހާ މަގާމުން ވަކިކުރެއްވުމަށްފަހު، ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް ވަނީ ބަދަލު ކޮށްފައެވެ.

ޒަހާ ފިޝަރީޒް މިނިސްޓަރު ކަމުން ދުރުކޮށްފައި މިވަނީ ސަރުކާރު ހިންގުމަށް ގެންނަން ޖެހޭ ބަދަލުތަކާއި ގުޅޭ ގޮތުން ރައީސް ސޯލިހް ކޯލިޝަންގެ ބައިވެރިންނާއި މަޝްވަރާ ކުރަމުން ގެންދާ ކަމަށް ރައީސް އޮފީހުން ވިދާޅުވެފައި ވަނިކޮށެވެ.

ފިޝަރީޒް މިނިސްޓްރީގެ މަސައްކަތްތައް އެކަށީގެންވާ ބާރު ސްޕީޑެއްގައި ކުރިއަށް ނުދާކަމަށް ބުނެ ސަރުކާރު ހިންގާ އެމްޑީޕީގެ ބައެއް މެންބަރުން ވެސް ވަނީ ޒަހާ އަށް ފާޑުކިޔާފައެވެ. އޭނާ މަގާމުން ދުރުކުރުމުގެ ވާހަކަތައް ދޭތެރެދޭތެރެއިން އެމްޑީޕީގެ މެންބަރުން އަންނަނީ ދައްކަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

39 ކޮމެންޓް

  1. ފާއީ

    ދަންވަރު އޮފީސް ހުޅުވައިގެން އެ ވަކި ކޮއްލީ އެކްސްޕްރެސްގަ ދެއްތޯ. ރައީސް މައުމުން އަތަށް ލޭ އަރަންދެއް ބާރަށް އަތްޖައްސުވާ

    96
    1
  2. ޑަރޭ

    ވައްތަރަކަށް އޮންލައިން ކޮށް ދޯ....ގައިދުރު ކަން ބަހައްޓަންވެގެން ....އެ ކަމަ ކު އަސްލު އެޑިއު ކޭޝަންގެ ހާލު ޒަހާ އަށްވުރެ ގޯސް.

    98
    2
  3. ކޭ އެޗް - ކުޅުދުއްފުށީ ހިނިތުން

    ރާ ކަނިމަސް ކެވިއްޖެ

    84
    4
  4. ޙަސަނާޮނާާޒިމު

    ޓތިޔަވަރު ކަމެ ނުކުރެވޭނެ
    ޙާދަވާގަދަ ޢެވެ

    57
  5. ޙަސަން ނާޒިމު

    ޝަހަރް ޗ ޝަހަރް

    37
  6. ޑައެލޯގް

    ތިޔަ ހުސެން ރަޝިދަކީ ވަރަށް ކަންނެތް މީހެކެވެ. ނުވާނެ ރަގަޅެއް

    74
    2
  7. 😁

    ފޯނު ކޯލް އަ ކުން މިނިސްޓަރު ވަރި ކޮއްފި

    69
  8. ނާސިރު

    ރ.އޮފީހުގައި ކީއްކުރަންއުޅޭ ގޮނޑި ހޫނުކުރާ މިނިސްޓަރުންތަކެއްތޯ. ރައްތިތުންގެ ފައިސާ ކައި ޤައުމު ދަރާ ބަޤުރޫޓްވާއިރު ކީއްކުރަން ތޯ ތިއުޅުއްވަނީ. ޒަހާވެސް ވެއްޖެނުން އަމިއްލަޔަށް އިސްތިއުފާދޭން.

    73
    1
  9. ރަސްގެފާނު

    ޖާބިރުއަށް ތިމަގާމުދީ !! ވޯޓުންބަލިވީމާ ޒަހާ ގޯސް ..
    މަސްނުބޭނުނީމާ ކަނޑުވެސްގޯސް !! އިންޓަނެޓް ފާސްޓްނުވީމާ މަލީހު ގޯސް !
    ކޮބާ މިސް ކިތްތައް އޭސީ ކުރަންވެސް ވައުދުވީމެއްނުން ؟؟

    82
    1
  10. ޖައްސާސާ

    Dr. Hussain egennanee, balathi hahdeh nethi beyru meehunnah masverikan kuran huhdha deyne adhi miyaru hifan ves huhdha kurane …laari beynun golaeh thee

    31
    1
  11. ރެފްރީ

    ނަސީބެއްނުން ފޯނު ކޯލަ ކުން
    ޒަހާވަރިނު ކުރި ކަން !! ޖާބިރު ދިޔާނާއަށް ހުސް ކޮށްދިންމަގާމެއްދޯ ؟؟
    އަލިފު ހާ

    52
  12. ކާފަ

    ކިހާ ފުރިހަމަ

    39
  13. ކާފަބަެ

    އެއް ލޯވަޅުން އަނެއް ލޯވަޅަށް. ކިހާ ރީތި..

    49
  14. ޑރ. ރާމީ ހަސަން މަނިކު (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

    (1) އިނގިރޭސި ބަހުން ނެ-ޕޯޓިޒަމް ގެ މާނައަކީ "ތިމާގެ" މީހުންނަށް ވަޒީފާ ދިނުން. ޒަހާ އަކީ މައުމޫނު ގެ ބައްޕަ ޢަބްދުލްޤައްޔޫމް ސީދީ އަށް މުނިކާފަ ކިޔާ މީހެއް. (2) މައުމޫން އަށް ސްލޮޓް ތައް ދިނީ ނެ-ޕޯޓިޒަމް ގެ ބޮޑު "ކުޅިގަނޑު" ހިންގާކަށް ނޫން. މައުމޫން ގެ ދަރިފުޅު، ޔުމްނާ އަކީ ވެސް އެއްވެސް މަސައްކަތެއް ނުކޮށް އަހަރުމެން ގެ ޖީބުން މުސާރަ ގެންދާ މީހެއް. ރާއްޖޭ ގައި ހުރި ދެތިން ހަވިއްތަ ބަލަހައްޓަން މިނިސްޓްރީ އެއް ބޭނުމެއް ނުވާނެކަން ކުޑަކުއްޖަކަށް ވެސް އިނގޭނެ. (3) މައުމޫނު އަށް ނެ-ޕޯޓިޒަމް ހިންގަން ފުރުސަތު ދިނީ އިބޫ އާއި ފައިސަލް ނަސީމް، ގަސްތުގައި. (4) އެއީ މި ދެމީހުން ވެސް ނެ-ޕޯޓިޒަމް ހިންގަން ބޭނުން ވާތީ. (5) ފާތިމަތު ސޯލިޙް އަކީ އިބޫ ގެ ކޮއްކޮ. ނަޒްރާ ނަސީމް އަކީ ފައިސަލް ނަސީމް ގެ ކޮއްކޮ. ދެމީހުންނަށް ވެސް ވަނީ ސްޓޭޓް މިނިސްޓަރ ފެންވަރު ގެ މަޤާމްތައް ދީފަ. (6) މިހީވަނީ ސަރުކާރު ގެ ވަޒީފާ ތަކަކީ މައުމޫނު އާއި، އިބޫ އާއި، ފައިސަލް ނަސީމް ގެ މައިބަފައިންގެ ފުށުން ވާރުތަވީ ތަރިކަ މުދާގަނޑެއް-ހެން. (7) ވަޒީފާ ނުލިބިފަ އެތައް ބަޔަކު މުޅި ރާއްޖޭގައި މިހާރު އެބަތިބި ކަން މައުމޫން އާއި، އިބޫ އާއި، ފައިސަލް ނަސީމް ދަންނަން އެބަޖެހޭ !

    81
    8
    • ޝައްފަ

      ޑޮކްޓަރ ތިޔަވިދާޅުވީ އިބޫމެންއެނގިގެން ދީފަހުރި ވަޒީފާ. ނޭންގި ކިތައްވަޒީފާ އޮންނަނެ ދީފަ!

      16
      1
    • ސުއްޓާ ޒަކީ

      ޑރ. ރާމީ ހަސަން މަނިކު: އަޅެ ޕްލީޒް މީކީ މަޒުމޫނު ލިޔުމުގެ މުބާރާތެއް ނޫނެވެ.

      11
      9
      • މުޙައްމަދު ޢަޙްމަދު އދ.ތޮއްޑޫ

        ކިޔާލަންފަސޭހަ. ހުރިހާވާހަކައެއް ޑޮކްޓަރަށް ބުނެވޭނީ އެގޮތަށްލިޔެގެން. ރަނގަޅަށް ޑޮކްޓަރ ލިޔުއްވާފައެއޮތީ. ޒަކީއަށް ކަމުނުދަންޏާ ޒަކީނުކިޔާނީ. 2ސެންޓެންސް އަކުން ކިޔާދެވޭވަރަށްވުރެ އިބޫމެންގެކަންތައް ބޮޑުވެއްޖެ. ލައިކިން ޖަހާފަހުރި ޢަދަދަށްބެލީމަ އިގޭޒަކީ އަށް ކަމުނުދިޔަސް ގިނަބަޔަކަށް ކަމުގޮސްފިކަން. ޑޮކްޓަރ ރަނގަޅު!

        3
        1
      • އަލިބެއްޔާ

        ސުއްޓާ ޒަކީ ފަދަ ޤަމާރުންގެ ޒަމާނެވެ.

      • ޝަމްސް

        ޖެލަސްވީދޯ ޑޮކްޓަރުގެ ލިޔުން މޮޅުވީމަ. ޑޮކްޓަރުއެއޮތީ ޙަޤީޤަތް ހާމަކޮށްފަ.

      • މުބީނު މާރނީ

        މަޒުމޫނަކީ ޙިޔާލީ ވާހަކައެއް. މިއީ ޙަޤީޤަތެއް.

        8
        1
    • ޢަބްދުﷲދީދީ/އައްޑޫ

      ޑޮކްޓަރުގެ ލިޔުން އެއްވަނަ. ވަރަށްބަރާބަރު. މައުމޫނުއަށް ތާޢިދުކުރާމީހުން ފާޑުފާޑު އެއްޗެހިބުންޏަސް ލިޔުންގަނޑުގަކިޔާނެ ކަމެއްނެތް. ވަރަށް ބެސްޓު!!!!!!

    • ބޮޑުވަރު

      އީވާ އަކީ އަންނިގެ ދެބޭންގެދެދަރި މީހެއް. ނޫޝީން އަކީވެސް އަންނިގެ އެއް އަތް. ދެން ލަލަ ލާ...

    • ބޭން

      މައުމޫން އަށް އަސަރުކުރާނެ ޔުމްނާ ވަކި ކުރާ ހިސާބުން. އޭރުން ފަހަރުގައި އަންނަ ރުޅިގަނޑުގައި ކޯލިސަނުންވެސް ވަކި ވެދާނެ

  15. ޝައްފަ

    ޙުދު މައުމޫނުގެޕާޓީ ގައި ވެސް ޒަހާއަށް ވުރެ ރަނގަޅަށްހިންގާދޭނޭ ރާއްޖެތެރޭގެ ބޭފުޅުން އެބަތިއްބެވި. ޒަހާއަށްދިނީ އައްޑޫ ބަހުން ބުނާ ނަމަ މައުމޫނު ގެ "ކޮއްޔާ" ވީމަ.

    23
    1
  16. އެލްމިނިއަމް

    އެންމެލޯބި މިނިސްޓަރު

    8
    1
  17. ހެހ

    މިއޮތީވާ ސަރުކާރެއް!

    16
  18. ނަސީ

    މިހާރު ދެން މިޔަރު ހިފޭނެތާ

    16
  19. ރައްޕެ

    ނާދިރާ ތިޔަމަޤާމަށް ވަރަށް ފައިނަގަނަގާފާ ޔާމީނަށް ބަވާތަންފެނޭ! މައުމޫނު ޖެހޭނީ ހަމަ ފިތި ގޮށްޖެހިފަ ހުންނަން ކަތިލާއިރުވެސް! ޕޮއް

    19
    2
  20. އައިޝާ

    އިކޮނޮމިކު މިނިސްޓަރަށް ވާކަމެއް އޮވޭތަ

    14
  21. ސުއްޓާ ޒަކީ

    ޑރ. ރާމީ ހަސަން މަނިކު: އަޅެ ޕްލީޒް މީކީ މަޒުމޫނު ލިޔުމުގެ މުބާރާތެއް ނޫނެވެ.

    10
    6
    • ޢަބްދުﷲދީދީ/އައްޑޫ

      ޑޮކްޓަރުގެ ބަސްފުޅު މޮޅު. ތިކަހަލަ މައުމޫނަށް ތާއީދުކުރާ ބަގަ ކޮންމެއެއްޗެއް ބުންޏަސް. ޑޮކްޓަރު ރާމީ ޙަސަން މަނިކު ގެ ލިޔުން ބެސްުޓު!!!!!!!!!!

      5
      1
    • މަލްހާ

      މަޒުމޫނެއްގަ އަޅައިގަތްފަވެއްޓުނިއްޔާ އިނގޭނެތަ ؟ މަޒުމޫނަކީޙިޔާލީ ވާހަކައެއް. ޑޮކްޓަރ ލިޔުއްވާފައެއޮތީ ޙަޤީގަތް.

      4
      1
  22. ދޮންރިހަ

    މައުމޫނު އާއިލާއަކީ ދައުލަތައް ބަލަދުއަރާފަ ތިބި ބައެއްތަ އަޅެ..............މަޤާމުގެ މަސްޢޫލިއްޔަތު އަދާކުނުރެވޭނަމަ ވަކިކޮށް ގެޔަތްފޮނުވާލާ................

    16
  23. ނާޝިދާ

    ގއ.ކޫއްޑޫ ހިންގުމާއި ޙަވާލުވެ ތިބި ސިޔާސީ ފަރާތްތައް އެ މަޤާމުތަކުން ދުރުކޮށް ޤާބިލް ބަޔަކު އެތަންތަނަށް ލާން އެބަ ޖެހޭ.. ކޫއްޑޫ ކުރިއަށް ނުކަނޑަނީ އެއްވެސް ޤާބިލުކަމެއް ނެތް ވެރިން އެތާގެ ވެރިންނަށް ތިބުމުން.. އެމް.ޑީ.ޕީ ގައިވެސް ޤާބިލް ފަރާތްތައް އެބަތިބި.. ގއ.މާމެންދޫ ކައުސިލް އިންތިޚާބުން ފެއިލްވި ފަރާތެއްވެސް އެބަހުރި ބޮޑު ވަޒީފާއެއް ދީފަ ކޫއްޑޫގަ ބަހައްޓާފަ..

  24. ޝިރޯ

    ޒަހާ ކަލެޔަށްވެސް އެގޭނޫން މީ ވަގު ވެރިކަމެއްކަން ދާއިމަށް ދެމި ނޯންނާނެކަން މަޖިލިސް ވޯޓުވެސް މުޅި ޤައުމުގެ ވެރިކަންވެސް ޝަރީފް ހަވާލުކުރީ ވަރަށް އިތުބާރު ކޮށްފައި މާތްﷲ ވޮޑިގެންވާކަން ނުވިސްނާ އެއޮތް މިސްކިތަށް އަރާ ޝަރީފް ވައްކަން ކުރުމުގެ ވިސްނުން ދެއްވާތޯ އަބަދު ދުޢާކުރާ ޝަރީފް އެހެރަގެން ފައިސާގިނަވެގެން ހަދާނެގޮތެއްނެތިގެން ޝަރީފް އެހެރަ ފަޅައިގެން ދަނީ ވާވާވާވާ

  25. މަސްއޫދު

    އެއްވެސް ފައިދާއެއްނެތް! އަސްލުގަ ކަންނުކުރެވޭ މީހަކީ ރައީސް އަމިއްލަކުށް ފޮރުވަން އުޅުގެ ބޭނުމެއް މީރަކުނެތް ވާނި ހައެތިވެ ނިމެއްޖެ!

  26. ކޮވެލި

    ކިތަންމެވަރަ ކަށް ފެހި ކަހާދަވާދުލިޔަސް ތިޔަރީނދޫއޮޑިއެއްނުދުވާނެ !!

  27. ލައްޓިބެ

    ޙުސައިން ރަޝީދު ދެކެމުންއައި ޒަމާންވީ ހުވަފެނެއް ފިޝަރީޒް މިނިސްޓަރަކަށް ވުމަކީ...

  28. އަބްދޫ

    ފޯނު ކޯލަކުން މިނިސްތަރުކަމުން ވަކި ނުކުރެވޭނެ. މިނިސްޓރުކަމުން ވަކި ކުރެވޭނި ރައިސް ފޮނުވަ ލިއުމަކުން.