ވިލިމާލެ ކަސްޓޯޑިއަލް ފެސިލިޓީގައި ބަންދުގައި ހުރި ބިދޭސީއަކު އަމިއްލައަށް މަރުވެއްޖެ އެވެ.
އޭނާ އަމިއްލައަށް މަރުވެފައި ވަނީ ދެ ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި ހާދިސާއާ ގުޅޭ މައުލޫމާތު ކަމާއި ގުޅުން ހުރި އިދާރާތަކާއި ހިއްސާ ކުރައްވާފައިވާ ކަމަށެވެ.
އަދި އެ އިދާރާތަކުންނާއި ފުލުހުން މި ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި އަމިއްލަ އަށް މަރުވުމުގެ ހާދިސާތައް ގިނައިން ހިނގަނީ ނަފްސާނީ މައްސަލަތައް ކުރިމަތިވެގެންނެވެ. ދަން ޖެހުން ފަދަ ކަމެއް ކުރަން ހިތައް އަރާނަމަ ނުވަތަ ނަފްސާނީ އުނދަގުލެއް ވާނަމަ ލަސްނުކޮށް އެކަން އެހެން މީހަކާއި ހިއްސާކޮށް ނަފްސާނީ އެހީތެރިކަން ހޯދަން ވާނެއެވެ.
ހިލޭ ކައުންސިލިން ދޭ ތަންތަނުގެ ތެރޭގައި ދަމަނަވެށި ނަންބަރު:3318901 ސޮސައިޓީ ފޮ ހެލްތް ސައިންސަސް (ޝީ) ނަންބަރު:3318804 ،7976325 ޔޫތް އެންޑް ސްޕޯޓްސް ސެންޓަރު ނަންބަރު: 3313755 ،3323860 ޖުވެނައިލް ޖަސްޓިސް ޔުނިޓް ނަންބަރު: 3306691 ހިމެނެއެވެ.
އަމިއްލަ އަށް މަރުވުމަކީ އިސްލާމްދީނުގައި ވެސް ވަރަށް ބޮޑަށް ޙަރާމް ކުރައްވާފައިވާ ކަމެކެވެ.
ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (لَا ضَرَرَ وَلَا ضِرَارَ) މާނައަކީ: "ގެއްލުން ދިނުމެއްވެސް، އަދި ގެއްލުން ލިބިގަތުމެއްވެސް ނުވެއެވެ."
ތީ ފުލުހުންގެ ނާގާބިލްކަން. ތިކަމުގެ ޒިންމާ ފުލުހުން އުފުލަންޖެހޭނެ. 2ވަނަ ދުބަހުގަ ހިނގި ކަމެއް އަދިކިރިޔާ މީޑިއާއަށް މި އެގުނީ. މިވެސް މައްސަލަ . ޙުސްމަސްސަލަ
ދިވެހި ފުލުހުން ކުށެއް ނުކުރާނެ... ވަރަށް ގާނޫނު ވާނެ.ކުށްކުރާނީ ނިކަމެތި ރައްޔިތުން
ތަހުގީގު ނުނިމެނީސް އޭނާ އަމިއްލަޔައް މަރުވިކަމައް ނިންމުނީ ކީއްވެ.؟
ކާކުބާ ޒިންމާވަނީ؟
އަމިއްލައަށް މަރުވާން ފުރުޞަދުތު ލިބޭހާ ސެކިއުރިޓީދަށީ ކަރެކްޝަންގަ، އެތަނުން އަބަދު އޮންނަނީ ގައިދީންއަތުގައި ފޯނާއި ޑްރަގާއި އާލަތްތައް ލިބިފައެވެ. އެހެންތާވާނީވެސް އެތަންހިންގަނީ ކުރިން މަގުތަކުގައި ލަގިރިޖެހިކުދިންނެވެ.
ފުލުހުން ނޫން ބަޔަކު ތިމައްސަލަ ތަހުގީގު ކުރަން އެބަ ޖެހޭ.
އޭނާ މަރުވީ އަމިއްލައަށް ކަރުގައި ހިފައިގެންތޯ؟
ނާގާބިލް ފުލުހުންގެ މުއައްސަސއެއް މިހާރުއޮތީ ، ހަމައެކަނީ ޖޫރިމަނާކުރަން މިމީހުންނައް އިނގެނީ ، ދެން ސިޔާސީ މީހުން ބުނީމަ މުޒާހަރާ ރޫޅަން،
މަރުވި ގޮތެއްވެސް އެނގެން ޖެހޭ ދޮއްތަ. ދަންޖެހުނީތޯ ނާރެއް ބުރިކޮށްލީތޯ ނޫނީ . . . . .
ކުރީދުވަހު މުޒާހަރާގަ އަންހެންކުއްޖަކަށް ދައްކާލިވަރު ފެނުނު.. މިކަން ޖެހޭ ތަހުގީގު ކުރަން.. މިސޮރަށް މި މީހުން އަނެއްކާ ކިހިނެތްބާ ހެދީ
އޯގާތެރި ސަރުކާރު މައި ފުޓް