ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ދޭ ލުޔާއެކު އޭގެ ބޭނުން ހިފުމަށް ފަހު ބަލި ކޮންޓްރޯލް ކުރަން ގޮވައި ސަބަބާ މެދު، މަޝްހޫރު ޑޮކްޓަރު އަބްދުﷲ ނިޔާފް ސުވާލު އުފައްދައިފިއެވެ.
ރާއްޖެއިން ރެކޯޑް އަދަދަކަށް ކޮވިޑުގެ ވޭދަނަތައް އިތުރުވަމުން އަންނާތީ ކަމާބެހޭ ފަރާތްތަކުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށައިފައެވެ. އެގޮތުން އެންމެ ބޮޑު އެއް ފިޔަވަޅަކީ ބުރާސްފަތި ދުވަހުން ފެށިގެން ރޭގަނޑު 12:00 އިން 4:00 މާލޭގައި ކާފިއު އިއުލާން ކުރުމެވެ.
ކުޑަކުދިންގެ ހާއްސަ ޑރ. ނިޔާފް ކުރެއްވި ޓްވީޓެއްގައި އޭނާ ވަނީ ވެރިންނާއި އާއްމުންވެސް އެބަޔަކު ބޭނުން ކޮންމެ ކަމެއް ކުރުމަށް ފަހު އަދި ބޭނުން ހުރިހާ ލުޔެއް ހޯދުމަށް ފަހު ބަލި ކޮންޓްރޯލް ކުރަން ގޮވާތީ ސުވާލު އުފައްދަވައިފައެވެ. ނަމަވެސް އިތުުރު ތަފްސީލަކަށް ނިޔާފް ނުދެއެވެ.
އެކަމަކު ބެލެވޭ ގޮތުގައި ނިޔާފްގެ ވާހަކައިގައި ފާހަގަ އެ ކުރެއްވީ މިދިޔަ މަހު ބޭއްވި ލޯކްލް ކައުންސިލް އިންތިހާބުގެ ވޯޓާ ދިމާކޮށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދިން ބޮޑެތި ލުއިތަކާ ގުޅިގެން އެކަމަށެވެ.
ނިޔާފް ވަނީ ހުރިހާ ފަރާތްތަކުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ބާރު އަޅުއްވައިފައެވެ.
0.
Never asked.
Never want.
Will never take!— Abdulla Niyaf (@niyaf) May 3, 2021
ކޮވިޑް-19 އާ ގުޅޭ މުހިއްމު މައުލޫމާތުތައް ނިޔާފް ގެންދަވަނީ އަބަދުވެސް ޓްވީޓް މެދުވެރިކޮށް ހިއްސާ ކުރައްވަމުންނެވެ.
ރާއްޖޭގައި ބަލީގެ ހާލަތު ކުއްލިއަކަށް ގޯސްވެގެން ދިޔަ ސަބަބެއް އެނގިފައި ނުވިޔަސް ކޮވިޑް ވޭދަނަތަކުގެ އަދަދު މިވަނީ ބޮޑުތަނުން މައްޗަށް ޖެހިލާފައި އެވެ. ޑޮކްޓަރުން ގެންދަނީ އަޅާފައިވާ ފިޔަވަޅުތަކަށް ބޯނުލަނބާ ނަމަ ހާލަތު ގޯސްވެ އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދު އިތުރުވެގެންދާނެ ކަމުގެ އިންޒާރުދީފަ އެވެ. ފާއިތުވި 24 ގަޑިއިރު ތެރޭގައި 585 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައިވެއެވެ.
އެގޮތުން އެންމެ ބޮޑު އެއް ފިޔަވަޅަކީ ބުރާސްފަތި ދުވަހުން ފެށިގެން ރޭގަނޑު 12:00 އިން 4:00 މާލޭގައި ކާފިއު އިއުލާން ކުރުމެވެ. ހާދަހާވާ ބޮޑު ފިޔަވަޅެކޭ ރަމަޟާންމަހު ފަހު 10ގެ ރޭތަކުގައި އެގަޑީގައި ބޭރުގައި އުޅެނީ ދަމުަމާދުކުރުމަށް މިސްކިއްތަކަށް ދާ މީހުން މައިމޫނާ ކޮބާ އަހުރެންނަށް ލިބިދީފައިވާ ބާރުތައް ކޮބާ ހަމަ އިއުލާނެއް ކޮއްލަން ނިކެރިގެންތަ ތިއުޅެނީ އަބަ މަބުރޫކުތަ މިހާރު ގައުމު މިހިންގަނީ
ޥަގުންނަށްހީވާނީ ދެންވެސްތިބޭނީ ހުސްވަގުންކަ މަށް. ޢެހެން... ވަންކަންކޮންގެންހޯދާ ފައިސާއިން ޓީވި ޗެނަލެއްހަދާލާފަ އެޗެނަލުގެ މައްސޫލިއްޔަތަކީ ވަގުންހި މާޔަތްކުރަންގޮވުން ކަ މަށްހަދާލީ މަ އޯކޭވާނެ މީހުންވެސްތިބޭނެ.
ހުރިހާ ޑިޕްލޮމެޓިކް ތަންތަންވެސް ބަންދުތަ؟