ރާއްޖޭގައި މިވަގުތު ހުރި ކޮވިޝީލްޑްް ވެެކްސިނުުގެ އަދަދު ވަނީ މަދުވެފައި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންް މަބްރޫކް ވިދާޅުވީ، ރާއްޖޭގައި ދެމުން އަންނަ ވެކްސިނުގެ އަދަދު މަދުވެެފައިވާކަން ހެލްތު މިނިސްޓްރީންނާއި، ހެލްތު ޕްރޮޓެކްޝަންް އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ ކަމަށެވެ. ނަމަވެސް މިވަގުތު ހުރީ ކިހާ އަދަދެއްގެ ވެކްްސިނެއް ކަމެއް އަދި ސާފު ނުވާކަމަށް މަބްްރޫކް ވިދާޅުވިއެވެ.
"ވެކްސިންގެ ސްޓޮކު މަދުކަން އެޗްޕީއޭ އިން ވެސް ހެލްތު މިނިސްޓްރީން ވެސް ފާހަގަކުރައްވާފައިވޭ. މިވަގުތު އަޅުގަނޑު އަތުގައި ސީދާ އެ އަދަދަކީ ކޮބައިކަން ނެތީ،" މަބްރޫކް ވިދާޅުވިއެވެ.
މީގެ ކުރިންވެސް ވެކްސިނުގެ އަދަދު މަދުވެފައިވާކަމަށް އަޑުތަކެއް ވަނީ ފެތުރިގެން ގޮސްފައެވެ. ނަމަވެސް އެވާހަކަތައް އެޗްޕީއޭ އިން ވަނީ ދޮގުކޮށްފައެވެ.
އެންމެ ފަހުން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ބައްދަލުވުމުގައި ހެލްތު މިނިސްޓްރީންވެސް ވަނީ ވެކްސިން ހުސްނުވެ ދެވޭ ވަރަށް އެބަހުރިކަމަށް ހާމަކޮށްފައެވެ.
ރާއްޖޭގެ މިވަގުތު ހުރި ވެެކްސިން މަދުވަމުން އަންނަ އިރު ރާއްޖެއިން އެސްޓްރަޒެނިކާއިން ގަނެފައިވާ 700،000 ޑޯޒް ވެކްސިން އަދި އިތުރު ފައިޒާ ވެކްސިން އަންނަ މަހު ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ ހާމަކުރައްވައިފައެވެ.
ނަސީމް ވެެސް ވަނީ އެ ވެކްސިން ލިބުމާ ހަމައަށް މިހާރު ރާއްޖޭގައި ހުރި ވެެކްސިން ހުސްް ނުވާނެެ ކަމަށް ވިދާޅުވެފައެވެ.
މި އަހަރުގެ ޖެނުއަރީ އަދި ފެބްރުއަރީ މަހުގައި އިންޑިއާ ސަރުކާރުން ވަނީ ރާއްޖެ އަށް ދެ ލައްކަ ކޮވިޝީލްޑް ވެކްސިން ޑޯޒް ހަދިޔާކޮށްފައެވެ. އަދި ކޮވެކްސް ފެސިލިޓީން ވެސް ވަނީ ރާއްޖެ އަށް 12،000 ވެކްސިން ޑޯޒް ދީފައެވެ. ރާއްޖޭގައި ކޮވިޑް ވެކްސިންގެ ޕްރޮގްރާމް ފުރަތަމަ ފެށީ ވެސް އިންޑިއާ އިން ހަދިޔާކުރި ކޮވިޝީލްޑްގެ އެއް ލައްކަ ޑޯޒުންނެވެ.
ރާއްޖެއިން ގަތް ކޮވިޝީލްޑް ވެކްސިންގެ ތެރެއިން 100،000 ޑޯޒް މިދިޔަ މާޗް މަހު ރާއްޖެ ގެނެސްފައިވެއެވެ. އިންޑިއާ އާއި ރާއްޖެއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އިތުރު އެއް ލައްކަ ޑޯޒް ގެނައުމަށް ނިންމި ނަމަވެސް އެ ވެކްސިންތައް އަދި ނުގެނެއެވެ.
ރާއްޖޭގައި ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް މިހާރު ޖަހަމުން އަންނަ އިރު، މާލޭގައި ވެކްސިން ޖަހަމުން އަންނަނީ ދެ ސެންޓަރަކުންނެވެ. އެއީ ސޯޝަލް ސެންޓަރާއި ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރުންނެވެ.
މިހާރު ރާއްޖޭގައި ކޮވިޑް-19 ފެތުރުން އަަންްނަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ. ދުވާލެއްގެ މައްޗަށްް މުޅި ރާއްޖެއިން ފައްސިވާ އަދަދު އަންނަނީ 500 އަށްވުރެ އިތުރުވަމުންނެވެ. އިއްޔެ އެކަނިވެސް މި ބަލި ޖެެހުނު މީހުންގެ އަދަދު 600 އާ ކައިރިކުރެއެވެ.
އެކަމަކު ހަމަ ދީލަތި ކަމުންނާއި، ދިވެހިރާއްޖޭގެ މުއްސަނދިކަން ދުނިޔޭގެ 1 ވަނައިގައި ހުރީމަ ރާއްޖޭގެ ރައްޔިތުންނަށް ދީފަ އަދި މަސައްކަތްކުރާ ބޭރުމީހުނަށް ދީފަ އިންޑިޔާގެ ރައްޔިތުންނަށްވެސް ދެމުންދާތި!!!! ފޮނިކަމާއި ބޮޑާކަމުން ތިމާމެންގެ ނެތް ފެންވަރުގަ މިގައުމުގެ ވެރިން މިއުޅުއްވަނީ.!!!!!!!!!
މުޅި އޮޑީގައި ހަސަނު ދެފައި ،މިހާރުދެން ބަލިމަޑުކަން އިތުރުވާން ފެށީމަ އެކޮޅުންވެސް ކޮޅެއްހޯދައިގެން އުޅެންފެށީ، މައިމޫނ އަކަށް ނުވިކަމަށް ނިންމާ ބަސްވެސް ކިޔަން ފެށީ. މަބޭމެންނަކީ މިހާރު އިތުބާރު ކުރެވޭ ބައެއްނޫން ހުރިހިސާބްގަ މައިތިރިވެގެން ތިބެބަލަ. މިހާރުވެސް ލިބޭވަރު މަދެއް ނުވާނެ.
މަބްރޫކް ހަނުހުރުން ބުއްދިވެރި.
އެހެންވިއްޔާ ކަލޭ ގޮސް އިންޑިޔަން ހައިކޮމިޝަން ކުރިމަތީގައި ނަށާ!
ޔޫ ޑޯންޓް ސޭ!
މިހާރު ތިޔަކިޔާ ލަވަ ތަފާތު ވެއްޖެ
ކަލޭމެން ހީކުރަނީ ރައްޔިތުން މޮޔައީކަމަށްތޯ ، މާކުރިންވެސް އެނގޭ ތިހުސްވާތީ ކަލޭމެން ތެޅެފޮޅުނުކަން ، އަދި މިސްކިތުގައި ހުޅުޖެހިމީހާ ހެދިގެން ، އިބޫ ސޯލިހު ބުނި ވެކްސިން ހުހެއްނުވެޔޭ
މިހާރު ރާއްޖޭގައި ހުރި ވެެކްސިން ހުސްް ނުވާނެެ ނުޖަހާ ބެހެއްޓިއްޔާ...ކީކޭ ދެންބުނާނީ.ދެ ހަފުތާ މިވަނީ ވެކްސިން ނުޖެހިގެން އުޅޭތާ..
ކަންކަން ކުރަން ނޭގޭތީ ވާގޮތް
ސަރުކާރުންކަންކަން މެނޭޖްކުރުން ހަމަ0