ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ "ލަގަން" އޮތީ އާންމުންގެ އަތުގައި ކަމަށް ހެލްްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެެއެވެ.
ރާއްޖޭގައި ކޮވިޑްް ފެތުރެމުން އަންނަ މިންވަރު ރެކޯޑް އަދަދަށް މަތިވެފައިވުމާ ގުޅިގެން އެޗްޕީއޭއިން ބާއްވަމުން އަންނަ ސިލްސިލާ ނޫސްވެެރިންގެ ބައްދަލުންތަކުގެ ތެރެއިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ އެެޕިޑިއޮލޮޖިސްޓް ޑރ. އިބްރާހިމްް އަފްޒަލް ވިދާޅުވީ މި ބަލި ކޮންޓްރޯލްކުރުމުގެ ބާރު މިހާރު އޮތީ އާންމުންގެ އަތުގައި ކަމަށެވެ.
ޑރ. އަފްޒަލް ވިދާޅުވީ މި ދަނޑިވަޅުގައި ރޯދަވީއްލުން ފަދަ ގިނަ އާންމު އެއްވުންތަކުން ދުރުހެލިވާން ޖެހޭ ކަމަށާއި، މި ބަލިމަޑުކަން ކޮންޓްރޯލް ކުރެވޭނީ ހަާއްސަ ސަމާލުކަމެއްދީގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކަަމަށެވެ.
އެގޮތުން މާސްކު އެޅުމަށާ ގައިދުރުކަން ބެހެއްޓުމަށް އޭނާ ވަނީ އިލްތިމާސްކުރައްވައިފައެވެ.
އިއްޔެ އަކީ މިހާތަނަށް ރާއްޖެ އެއްދުވަސް ތެރޭގައި އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ. އެގޮތުން މާލެ އިން އެކަނިވެެސް 397 މީހުން ވަނީ ފައްސިވެފައެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 160 މީހުން ރިސޯޓްތަކުން 11 މީހުން ހަދަމުންދާ ރިސޯޓްތަކުން 2 މީހުން އަދި އިންޑަސްޓްރިއަލް ރަށްތަކުން 15 މީހުން މިއަދު ފައްސިވިއެވެ. އިއްޔެ 585 މީހުން ފައްސިވެފައި ވަނީ 4255 މީހުން ކޮވިޑަށް ޓެސްޓް ކޮށްގެންނެވެ. މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައި 6033 މީހުން އެބަތިއްބެވެ.
އެލަގަނުގެ ކޮންޓުރޯލް އޮތީ ކެނެރީގޭ ނަޝީދުގެ އަނގަތެރޭގަ.
އަހުގެ ލަގަން އާންމުންނަށް ހަތަރު ފައި ތިޔަ ބޭފުޅުންނަށް ދެން ...........
ތިހެންބުނެފަ ދޫކޮށްނުލާ ރައްޔިތުން ތިބީ އަންގާ އެންގުންތަކަށް ކިޔަމަންވެގެން ގޯސްތައްހަދަނީ ބާރުހުރި ފަރާތްތަކުން ދެންއޮތީ ޤައުމުގައުޅޭ ބޭރުމީހުންގެވާހަކަ އެމީހުން މަގުތަކުގަޔާ އެތަންމިތާ މާސްކުނާޅާ އެނބުރޭ އެނބުރުންވެސް ކޮންޓްރޯލް ކުރެވޭނީވެސް ރަސްމީފަރާތްތަކުން ހަރުކަށި ފިޔަވަޅު އަޅައިގެން އެމީހުންނަށް މާސްކުއަޅަން މަޖުބޫރު ކުރުވައިގެން ވީމާ ކަންކަން ނުކޮށްތިބެފަ ތިހެން ރައްޔިތުންގެ ބޮލަށް ޖެހުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކަމަެއް
އާނ އެއީތެދެއް މިމީހުން ވައްކަން ކުރަން ދީފަ ލަގަން ކަރުގަ އޮޅައިގެން ރައްޔިތުން ގޭގަތިބޭ
ލަގަން އޮތީ ވެރިން އަތުގައާ ޑަކްޓަރުން އަތުގައި، ރައްޔިތުން އަމަލުކުރާނީ ވެރިންނައި ޑަކްތަރުން ބުނާގޮތަށް. އެއްވެސ ކޮންސިސްޓެންސީ އެއްނެތި ވެރިންނާ ޑަކްތަރުން އެކެިފަހަރު އެކި ވާހަކަ ދެއްކިމާ ރައްޔިތުން އިތުބާރެއ ްނުކުރާނެ ވެރިއަކަށްވެސް ޑަކްޓަރަކަށްވެސް. ބައެއް ފަހަރު ވެރިން ބޭނުންކަމެއް ކުރަންވީމާ ހަމަ ކުރަނީ. ޑަކްތަރުން މިތިބެނީ އިސްދަށާށް ޖަހައިގެން ބަހެއް ނުބުނެ ވަޒިފާދެކެ ބިރުން. އެފަދަ ހާލަތުގައި ކޮވިޑް އަކީ އުލޭއެއްޗެއްވެސް ނޫން. އަނެއްބައި ފަހަރު އެސޮރުގެ "ބލާ" ބޮޑުވެގެން ވެރިންނާ ޑަކްތަރުން ތެޅިފޮޅެނީ.
އާމުން އަތުގައި ނެތް އެއްޗަކީ އޮޅުވާލުމާއި މަކަރު ހެދުން. އެކަމުގެ ނަތީޖާއަކީ ބަލި ކޮންޓްރޯލް ނުކުރެވުން.
ތިޔަ ބޭފުޅުންނަށް ލިބިލައްވާ އެއްޗެއްގެ ބޮޑުކަުން އެޅިހާ ބަތަކަށް ރިހަވެގެން ސަރުކާރުން ބޭނުންގޮތަކަށް ކަންކަން ފަހިކޮށްދީ ތި ތިއްބެވީ. ދެން މިއަދު އާމުންނެކޭ ކިޔާނެ ކަމެއްނެތް. އަދިވެސް އިންޑިޔާއިން އަންނަ ފަތުރުވެރިންނަށް ފްރީކކށްއުޅުވެގޮތަށް. އިންޑިޔާއިން މިބަލީގެ ނުރައްކާ އޮތްތާ އެތައްދުވަހެއްވީއިރުވެސް އެޤައުމުން އަންނަ މީހުން ފްރީކޮށް ދޫކޮށްލާފަ. ސިޔާސީ މީހުން ބޭނުންގޮތަކަށް މިކަންކުރީމާ އެޒިންމާ ޙަވާލުވެ ޒިންމާ އަދާނުކޮށް ރައްޔިތުން ބޮލުގައި އަޅުވާނެކަމެއް ނެތް. ލިބޭ މަންފާއެއްގެ ބޮޑުކަމުން ކަންކަް އޮޅުވާލައިގެން މިއަދާހަމަޔަށްވެސް....
އޭރުވެސް އެގޭ ރައްޔިތުން ބޮލުގަކަން އަޅުވާނީ ބަލަ އިންޑިޔާ މީހުންނަކީ މިހާރު ދިވެހިންތަ ތިޔަބައި މީހުން ރައްޔިތުންގެ ކިބައިން މާފަށް އެދެންޖެހޭ ސިޔާސީެރިންނަކީ ތިޔަބައިމީހުން އައުވާނުން
ކާކު އަތުގަ ލަގަން އޮތްއިރަކުތަ ވޯޓުލީ؟؟
ކަލޭ މެންގެ ދޫ އޮތީ ސިޔާސީ މީހުންގެ ޖީބުގަ.. އަސްލު ވެގެން އުޅޭގޮތް ހާ މަކުރަން ނުކެރި އާއްމުން ބޮލުގަ ކަންކަން ތި އަޅުވަނީ..
ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ "ލަގަން" އޮތީ އާންމުންގެ އަތުގައި ކަމަށް ހެލްްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެެއެވެ.
————————————————
ކޮވިޑް 19 އޭ މިކިޔާ ދެބޯގެރިދުއްވާ ސިޔާސީ ކުޅިގަނޑު ނިމުން އޮތީ އެއްމެ ގޮތެކެވެ އެއީ ނެތް އެއްޗެއްގެ ގޮތުގައި ޤަބޫލުކުރުމެވެ.
އުފެދޭހާ ވޭރިއަންޓެއް ގައުމަށް ވަންނަނީ ފަތުރުވެރިންގެ ފަރާތުން. އަދި އެވޭރިއަންޓްތައް ވަދޭތޯ ބެލުމުގެ ޒިންމާވެސް ކަމާބެހޭ ފަރާތްތަކުން ނުނަގާ. އެހާ އަވައްޓެރި ދަތުރުފަތުރު ގިނަ ގައުމެއްގަ އާ ވޭރިއަންޓެއްގެ ބޮޑު ރާޅެއް އަރައިގެން ދިއައިރުވެސް އެ ގައުމުގެ މީހުން މިގައުމަށް އަރުވަމުން ދިއައީ. ކަންކަން ބަލަމުންދަނީ ކަމަށް ބުނެ މިގައުމުގައި ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް އަޅަން ނުއުޅެ ތިބީ. ބަލި ކޮންޓްރޯލްކުރަން ތިބޭ މީހުންގެ އިހުމާލު އެހާ ބޮޑު ކުރީބައިގަ ފިޔަވަޅުތައް ނޭޅުމުގަ. އެކަމު އާއްމުން އަބަދުވެސް ވީ ބަލި ފަތުރާކަމުގެ ބަދުނާމު ބޮލުގަ އަޅައިގެން ބަލި ފެތުރޭކަމުގެ އަގު ދައްކާލަ ދައްކާލަ ތިބެން.
ލަގަންް އޮތީ އާންމުންގެ އަތުގައިވިޔަސް ތިޔަ ޑޮކުޓަރުން ސަރުކާރުގެ ތުންފުހިތަކަށްވެ ސިޔާސީ ވެރިންގެ އުނގުތެރޭ ތިބޭހާދުވަހަކު ކޮވިޑް ކޮންޓްރޯލްނުކުރެވޭނެ. އެންއަހަރު ރައްޔިތުން ތިބޭކާރު މީހުންގެ ބަސްއަހާގެން އަތް ދޮވެ ދޮވެ ގޭގައި ތިބެފެ. ރައްޔިތުންގެ ރުފިޔާތަށް ބަނޑުއަޅުވާލެވުންނޫން ކަމެއް ނުކުރެވުން. ރަނގަޅުވާނީ ރައްޔިތުންގެ ބޮލަށް ނުޖަހާ އިސްތިއުފާދިނިއްޔާ.