ރާއްޖޭގައި ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 އާ ގުޅިގެން ހުރިހާ ކަމެއް ބޮއްސުންލައިގެން ދިއުމުން މިސްކިތުގެ ސަފްތަކާ ކުޅުމަކީ ހައްލެއް ނޫން ކަމަށް ދީނީ އިލްމުވެެރިޔާ ޑރ. މުހައްމަދު އިޔާޒް ވިޔާޅުވެއްޖެއެވެ.

ޑރ. އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ކޮވިޑް-19 ކޮންޓްރޯލްކުރުމުގެ ނަމުގަައި ވިޔަސް ރަސޫލާ ﷺގެ އަމުރުފުޅަކާ ހިލާފުވާން އަމުރު ނުކުރެވޭނެ ކަމަށެވެ. އަދި އެފަދަ އަމުރަކަށް ކިޔަމަންތެރިވާން ނުޖެހޭނެ ކަމަށާއި، އެފަދަ އަމުރަކަށް ކިޔަމަންތެރިވުމަކީ ފާފައެއް ކަމަށް ވިދާޅުވިއެވެ.

ކޮވިޑް ގަދައަށް ފެެތުރެމުން ވަގުތެއްގައި ސަފާރީތަކުގައި ޕާޓީކުރުން ފަދަ މާތްﷲ ހަރާމްކުރެއްވި ކަންކަން ކުރުމަށް އެޗްޕީއޭ އިން ދިނީ ފެހި ސިގްނަލެއް ކަމަށާއި، ހުރިިހާ ކަމެއް ބޮއްސުންލައިގެން ދިއުމުން މިސްކިތުގެ ސަފުތަކާ ކުޅުމަކީ ހައްލެއް ނޫން ކަމަށް ޑރ. އިޔާޒް ވަނީ ވިދާޅުވެފައެވެ.

އިޔާޒް އެގޮތަށް ވިދާޅުވީ، ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ގައިދުރުކޮށް ސަފު ހަދައިގެން ނަމާދު ކުރަން އިސްލާމިކް މިނިސްޓްރީން އަންގާފައި ވަނިކޮށެވެ. މި ނިންމުމަށް އަމަލު ކުރަން ފަށަން ބުނެފައި ވަނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.

މިސްކިތްތަކުގައި ނަމާދު ކުރާ އިރު، ނޭފަތާއި، އަނގަ ނިވާވާގޮތަށް މާސްކް އެޅުމާއި ގައިދުރުކަން ބެހެއްޓުން ހިމެނެއެވެ. އަމިއްލަ މުސައްލާ ގެންދިއުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ ކުރިންވެސް ރާއްޖޭގެ މިސްކިތްތަކުގައި ގައިދުރުކަން ބަހައްޓައިގެން ނަމާދު ކޮށްފައި ވެއެވެ. އަދި އެގޮތަށް ނަމާދު ކުރުމަށް މިސްކިތްތައް ތައްޔާރުވެސް ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

 1. ޖާބެ

  މީނަޔަކީ ދީނީ އިލްމްވެރިއެއްނޫން ، މިހަރު މަވެސް ޤަބޫލްކޮށްފިން މީނަޔަކީ ބޯހަމަނުޖެހޭ މީހެއްކަން. މީނަގެ ޙަބަރުތަކައް ސަމާލުކަންދޭތީ ދެރަޔީ. ސަރުކާރުން މީނަޔައް ދީންކިޔަވައިދިނުމުގެ ހުއްދަ އަތުލަންޖެހޭ

  11
  11
  • މާއެނގޭ

   ދެން ކަލޭ ފަތުވާ ނެރެން ވީނުން މިކަމުގަ. ނޭނގުނަސް އަނގަ އަރުވަންވާނެ. ސީދާ މައްކާގެ މުޝްރިކުން އުޅުނު ވައްތަރުތީ

   3
   3
 2. ކާފި

  ދުވާލަކު ގޮތަކައްވާހަކަ ދައްކަވަނީ ކީތްވެތޯ

  12
  5
 3. Anonymous

  މަނިކުފާނަށް ފެނިވަޑައިނުގަންނަވަނީތޯ ހަރަމްފުޅުގައި ގައިދުކޮށް ނަމަާދުކުރާތަން.

  13
  4
  • ރަންން

   ހަރަންފުޅުގަ އުޅެނީމުސްލިމުންތަ؟ އެމީހުން ގެނޭ ދިވެހިން ކައިރިޔަށް ދީން ދަސްކޮށްދޭން

 4. އަޝްރަފް

  އެއް ކަލަ ރޯނު އެދުރު. ކަލެއެ ކޭ ރ. ނަަޝީދެ ކޭ އެއްވެސް ތަފާތެއް އެބައޮތްތަ؟ ބަލަ މާތްވެގެންވާ ދެ ހަރަމްގައިވެސް ނަމާދު ކުރަމުން އެ ގެންދަނީ ގައިދުރު ކަން ބަހައްޓައިގެން.

  11
  4
 5. ކިސޯރުކުމާރު

  ބަލަ ނަމާދުގެ ސަފުތައް ބަލަހައްޓަން ހަވާލުކުރީ ކަލެއާތަ؟ މިދެން ކިހާ ބޮޑު އަޖައިބެއް؟ ބަލަ މި ނާޒުކު ހާލަތުގައި ގޭގައި ނަމާދުކުރުން މޮޅު އިތުރީ. މިސްކިތުގައި ކުރާނަމަވެސް 3 ފޫޓުގެ ގައިދުރުކަމެއް ބަހައްތައިގެން ނަމާދު ކުރުން މޮޅު އިތުރުވާނީ. މުހުިންމީ ނަމާދުކުރުން. ނަމާދުކުރާއިރު ވިއްދައިގެން މީހަކު ހުރުން އެއީ ނަމާދު ސައްހަވުމުގެ ޝަރުތެއް ނޫން.
  މަށަށްވެސް އެވަރު އެގޭ.
  ހަމަ ހީވަނީ މިސްކިްތަތަކާ ނަމާދު ހަވާލުކޮށްފަ މީސްތަކުން ކައިރިއަށް ފޮނުވާފަ ހުރި މީހެއްހެން. އަބަދުވެސް ދަލުބޭރުން ޖެހިގެން މިއުލޭ ސަބަބެއް ނޭގުނު! ސައިކޮއީބާ؟؟؟؟

  10
  7
 6. ސަޒާ

  މާތްވެގެންވާ މަސްޖިދުލް ހަރަމުގައި ނަމާދުކުރަނީ ގައިދުރުކަން ބަހައްޓައިގެން. އެހެންވީމާ އޭގެ މާނައަކީ ހަރަމްގެ އިމާމުންނަށް ރަސޫﷲ ގެ ފާނު ސަފުހަދަން އެންގެވިގޮތް ނޭގެނީއޭތޯއެވެ. ނޫނީ އެގިހުރެ ފާފައަކަށް އަރައިގަންނަނީ ތޯއެވެ. ހަމައެކަނި ސަފުހެއްދެވުމަށް އެންގެވިގޮތް އެގެނީ އިޔާޒައް ތޯއެވެ. އެހެންވިއްޔާ ހަރަމްގެ އިމާމުންނަށްވެސް އެކަން ސާފުކޮށްދެއްވަންވީ ނޫންތޯއެވެ.

  10
  3
 7. މުއްތު

  މި އިއާޒަކީ ފައްކާ ރޯނުުއެދުރެއް މީނަގެ ބަލާޔާހުރެ މިގައުމުގައި އެއްވެސް ކަމެއްނުކުރެވޭ

  11
  7
 8. ކޮރަލް

  އަމިއްލަކުޑަ މުސައްލަ އެއް ގެންދިއުމުންމައްސަލަ އެއް ނެތެވެ.ބައެއްމީހުން ބޮޑެތިމުސައްލަ ގެންދެ އެވެ. ދެން އޭނަ ހުންނަނީއެހެން މީހުންނާ ވަކީނެވެ. ޖަމާއަތުގަ ވަކީންކުރަނީ އެވެ.

 9. محمد نسيم

  رسول الله صلى لله عليه وسلم حديث ކުރައްވާފައި ވަނީ އެކަލޭގެފާނު ނަމާދު ކުރެއްވި ގޮތައް ނަމާދު ކުރުމަށް
  ސައުދީގަ ކުރާހާކަމަކީ ރަނގަލު ކަމެއްނޫން

 10. މަވެސް ޢިލްމުވެރިޔެއްް ނޫން

  ރަނގަޅު އިޔާޒް. މާތްވެގެންވާ ރަސޫލުގެ ބަސްފުޅު އެއީ ސީދާ ސުބްހާނަހޫ ވަތަޢާލާގެ ބަސްފުޅު. އެކަލޭގެފާނުގެ ބަސްފުޅު ކަޓުވާލާފާ އެހެންބަޔަކު ބުނާގޮތް ހަދައިފި ބަޔަކު ހަލާކުވެދާނެ. ނަ މާދުކުރާއިރު ފަޔާފައި ކޮނޑާކޮނޑު ޖެހޭގޮތަށް ހުރު މަކީ ރަސޫލުﷲ އުން މަތަށް ކުރައްވާފާ އޮތް އަ މުރެއް...
  އަހަރެ މެންގެ ޤާނޫނުތަކާ ޤަވާއިދުތައްވެސް ހުންނަންޖެހޭނީ މަތިން ބާވާލެއްވި ޝަރިއްޔަތާ އެއްގޮތަށް. އެ ނޫން ގޮތަކަށް އެވެރިން ކަންތައްކޮއްފީވިއްޔާ އެ މީހުންނަށް ކިޔަ މަންތެރިވުމ މެއް ނުވޭ.
  މިސްކިތަކީ ﷲ ގެ ގެކޮޅު. ކަލޭ މެން ލާދިނީ ބައިގަނޑަށް ފެންނާނެ ސުނާ މީގާ ބޮޑެތި އަވައްތަށް ތަޅާ އަޅާލީރުވެސް މިސްކިތްތައް ހުރީ ހުރިގޮތަށް. އެހެން އެވީ ކީއްވެ؟ އާން ދަސްކުރަންވީ މިސްކިތްތަކުގާ ﷲ އަ މުރުކުރެއްވި އެން މެ ބޮޑު އަޅުކަންކަ މުގާ ވާ ނަ މާދު އެކަލާނގެ ރަސޫލާ ކުރެއްވި ގޮތަށް ގޮސް ކުރީ މާ އެވަގުތުކޮޅުގެ ތެރޭގާ އެތަނުން ބަލި މަޑުކަ މެއް ފެތުރު މަކީ ވަރަށްވެސް ނާދިރުކަ މެއް.
  އެހެންވީމ މާ ވަރަށް ބޮޑަށް ތަހްޤީޤްކޮއްފާ ނޫނީ ނުދަންނަ ކޮ މެންޓްތައް ނުލިޔުއްވާ. ޖަވާބުދާރީވާން ޖެހޭނެ..

  3
  1
 11. ކޮއިފުޅު

  މީނާއަކީ ހުރިގޮތަންހުރި ބޮޑުމުނާފިގެން

  2
  2
 12. އަހުމަދު

  މަވެސް މިސްކިތްތަކަށް ދަން!! ހަގީގަތަކީ ނުކިޔަވާ ޝޭހުން މިސްކިތުގައި މާސްކު ނާޅާކަން... ދެން ބުނާނެ އެކަލާނގެ ރައްކާތެރިކަން ދެއްވާނޭ....

  2
  1
 13. ކާލި

  ޑރ ރަގަޅުވާހަކައެއް ހުރިހާ ކަމެއް މަޖިލިސް ތެރެޔަށް ލައިގެން އުޅެނިކޮށް މުޅި ދައުލަތް މިވަނީ ބޮޑުތަނުން ފެއިލް ވެފައި !

  5
  1
 14. މަގޭ މަރު

  އިޔާޒު އަކަށް ނުފެނޭތަ މައްކާ މަދީނާގައި ވެސް ކޮވިޑް ދުވަސްވަރު ނަމާދު ކުރަމުންް އަންނަ ގޮތެއް.

  2
  1
 15. ނަރެލް

  އިޔާޒުމެން ހީކުރީ އިބޫ ވެރިކަންކުރާތީ މިރާއްޖެއަށް އެކަނި ދިމާވެގެންއުޅޭ ކަމެއްކަމަށްތަ ސައޫދީގެ މިސްކިތްތައް ކިތައްދުވަހު ބަންދުކޮށްފަހުރިކަން އެނގޭބާ ނިމުނުއަހަރު ހައްޖުގެ މަތިވެރި އަޅުކަން ހިނގާދިޔަގޮތް ހަނދާންނެތީބާ އެތާވެރިކަންކުރަނި އިބޫޕާޓީއެއްނޫން އަމިއްލައަށް ތިމާއަކީ މަތިންފޭބި މީހެކޭ ހީވެގެން ނޫޅެބަލަ

  2
  1
 16. ނާހިދު

  ނަމާދަށް ސަފުހަދަންޖެހޭގޮތް ސުންނަތުގައި ބަޔާންވެގެންވާގޮތް އެއްވެސް މީހަކަށް އޮޅިގެންނެއް ނޫޅެ. އެއީ އާންމު ޙާލަތުގައި ޢަމަލުކުރަންޖެހޭގޮތް. މުޖުތަމަޢުތެރޭ ބަލިމަޑުކަމުގެ ވަބާއެއްފެތުރި
  އެކަމުގެ ނުރައްކާތެރިކަން އިތުރުވީމަ، އެކަން އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި މިޚާއްޞަ ޙާލަތުގައި ސަފުހެދުމުގައި ގައިދުރުކަން ބެހެއްޓުމަކީ މައްސަލައެއްނޫން. އިމާމެއްގެ ފަހަތުން ނަމާދުކުރާއިރު ސަފުތައް މެދުކެނޑިފައި ހުރުމުން ނަމާދު ޖަމާޢަތް އޭގެ އެންމެ ފުރިހަމަނުވިނަމަވެސް އެމީހަކުރާނަމާދު ބާތިލެއްނުވާނެ.

 17. ސަގީފު25

  އިޔާޒު ކަލޭ ރަނގަޅުވާނީ މިއޮށްފަދަރޯދަމަހު އަގަމަޑުންލާއިގެން ހުރީއްޔާ. ބައްޔާކީ ކޮންމެމީހަކަށްވެސް ޖެހިދާނެ އެއްޗެއް ސަލާމަތްތެރިކަން ހޯދަން މަސައްކަތް ކުރުމަކީވެސް އޮންނަކަމެއް.ނަމާދުކުރަންވާނެ ސަފެއްނެތަސް އޮތަސް.ވާޖިބު އަދާކުރެވުނީމަ ނިމުނީ.

  1
  1
 18. ގަމާރު

  އެބުނީ ތެދެއް ސައޫދީ ފޮލޯކުރާކަށް މިގައުމުން ނުޖެހޭ ސައޫދީއަރަބިޔާ ވަނީ ނަސޯރާއިންގެ އުނގަށްވެއްޓި ގަރަގުވެފަ އެތަނުގައި ދެޖިންސު މަސްހުނިވެ މިއުޒިކުކުޅެންވަނީ ހުއްދަދީފައި މަހުރަމަކާނުލައި އެއްތަނުންއަނެއްތަނަށް އަންހެނުން ދަތުރުކުރުމަށް ހުއްދަވަނީ ދެވިފަ ސައޫދީގެ މުފުތީން ބުނާހާގޮތެއް ޕުރިންސެއް ނުހަދާނެ.......

  1
  1
 19. ކޮވިޑް

  ކަލޭ ތިހެން ބުނުން އެއީ ހައްލު . ދެން ދުވޭ ލާދީނީ ބައިގަނޑު ގެ ފަހަތުން