ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
އަލިފާން ރޯވެފައިވަނީ ކުދިން ދިރިއުޅޭ ފްލޯއެއްގައެވެ. ނަމަވެސް އެއްވެސް ކުއްޖަކަށް އަދި މީހަކަށް ވެސް މިހާދިސާގައި އަނިޔާއެއް ލިބިފައެއް ނުވެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ ކުޑަކުދިންގެ ހިޔާގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ ރިޕޯޓް ލިބިފައި ވަނީ މިއަދު ހެނދުނު 10:04 ގައި ކަމަށެވެ. ފަޔާ އެންޑް ރެސްކިއުގެ ސިފައިން ވަނީ މިހާރު އަލިފާން ނިއްވާލާފައެވެ.
ކުޑަކުދިންގެ ހިޔާގައި އަލިފާން ރޯވާން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ ހިޔާގައި ރޯވި އަލިފާން 10:15 ކަންހާއިރު ނިއްވާލެވުނު ކަމަށެވެ.
މިމައްސަލަ ފުލުހުން އިތުރަށް ތަހްގީގު ކުރަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
ކުޑަކުދިންގެ ހިޔާގައި އަލިފާން ރޯވުމާއި ގުޅޭ ގޮތުން ޖެންޑާ މިނިސްޓްރީން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.
ޖެންޑަރ މިނިސްޓަރު މިހާރުން މިހާރަށް އިސްތިއުފާ ދޭން ގޮވާލަން. އަދި ތިތާ ސީއީއޯ މޫމިނާ އަދި މެނޭޖަރ އާޔަތުﷲ ޝަކީލް މިހާރުން މިހާރަށް ބޭރުކުރަން ގޮވާލަން.
ދެން ތިތަން މަރާމަތު ކޮއް އަލުން ހަދަން އެތައް މިލިއަން ރުފިޔާގެ ޖަރީމާއެއް ހިންގާ. އެވެސް މަސަކަތް ކަހަނބު ދުވެލީގަ ކޮއް މުދަތް އިތުރު ކުރާ އެސްޖޭ ކަހަލެ ކުންފުންޏެއް ލައްވާ ކުރީމަ ހުންނާނީ ރަގަޅަށް. މުދަތް އިތުރު ކުރާ ކޮންމެ ފަހަރަކު ރިވިއު ކޮއްގެން އިތުރު ފައިސާ ހޯދާ ދޭން ހުންނާނެ ފަލަމަޑި އަމީރު. ޕްރޮޖެކްޓް ނިމޭއިރު ހުންނާނެ އެންމެ މަތިން ބިޑް ކުރި މީހުންގެ 100 ގުނަ އަގު އިތުރުވެފަ. މި ރާއްޖޭގައި ހިންގާ މިޖަރީމާ ބެލޭނެ ގޮތެއް ނެތީބާ...
ހިޔާކުދިން ނުކުރާނެ ތިވަރުކަމެއް.
ނާގާބިލް އަލިފާން ރޭޕް ސަރުކާރު އިސްތިއުފާ