ކޮވިޑް-19 އާ ގުޅިގެން ބަންދުކުރަން ނިންމާފައި ވަނީ މާލެެ ސަރަހައްދުގެ ސްކޫލްތައް އެކަނި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާާމަކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވިދާޅުވެފައި ވަނީ މާދަމާ އިން ފެށިހެން މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަަލަށް މާލެެ ސަރަަހައްދުގެ ސްކޫލްތައް ބަންދުކޮށް ކްލާސްތައް އޮންލައިންްކޮށް ކުރިއަށް ގެންދިއުމަަށް ނިންމާފައިވާ ކަމަށެވެ.

ގްރޭޑް 12 އާއި ހަމައަށް އޮންލައިންކޮށް ކްލާސްތައް ގެންދިއުމަށް ހަމަޖެހިފައިވީ ނަަަމަވެސް އިމްތިހާންތައް ކުުރިއަށް ގެންދާނެ ކަމަށް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ސްކޫލްތައް ބަންދުކުރުމަށް މަޝްވަރާކޮށްފައި ވަނީ މިހާރު ރެކޯޑް މިންވަރަކަށް ކޮވޮޑް ފެތުރެމުންް އަންނާތީ އަދަދުތައް މަދު ކުރުމަށެވެ.

މިއަހަރު މާލޭގެ ސްކޫލްތަކުގައި މިހާރު ކިޔަވައި ދެމުން އަންނަނީ ދަށް ގްރޭޑްތަކުގެ ކުދިން ސްކޫލަށް ގޮސް ކިޔެވުން ކުރިއަށް ނުގެންދާތާ އަހަރަކަށްވުރެ ގިނަ ދުވަސްވީ ފަހުންނެވެ.

ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ މިހާރު ރާއްޖެ ހިމެނެނީ ދުނިޔެއަށް ބަލާއިރު ވެސް އާބާދީގެ ނިސްބަތުން އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވާ ގައުމުތަކުގެ އެއްވަނައިގައެވެ. ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މިހާ ބޮޑަށް މައްޗަށް ގޮސްފައި ވަނީ އޭޕްރީލް މަހު ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ކޮވިޑުން ރައްކާތެރިވުމުގެ ގިނަ ފިޔަވަޅުތައް އުވާލުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަވަ

    މާލެއަށް ޚާއްޞަކޮށްގެން ހަދާ އުސޫލުތަކާއި ޤަވާޢިދުތަކުގައި އެކަން ސާފުކޮށް ލިއަން ވެއްޖެ ނޫންތޯއެވެ.
    ކޮވިޑާ ގުޅިގެން ނެރޭ އެކިއެކި އެންގުންތައް ޢާންމު މާނާގައި މުޅި ގައުމަށް ނިސްބަތްވާގޮތަށް ނެރޭކަން ފާހަގަކުރެވޭ. އިރުކޮޅަކުން ގުޅުންހުންނަ މިނިސްޓްރީތަކުން ބަޔާނެއް ނެރޭނެ، ހޯހޯއޭ، އެއީ ހަމައެކަނި މާލެއަށޭ. ރޭގަވެސް އެޗްއީއޯސީ ނޫސްކޮންފަރެންސުގައި ބުނި، ރޭގައި އިއުލާންކުރި ފިޔަވަޅުތަކަކީ މުޅި ރާއްޖެއަށް އަޅާ ފިޔަވަޅުތަކެކޭ. ނަމަވެސް މިއަދު މިނިސްޓްރީތަކުން ދެއްކި ވާހަކަ ތަފާތު.
    އެކަމަކު މާލޭގައި ވެހިކަލް ގިނަވާތީ ހަދާ ހަރުކަށި އުސޫލުތަކާއި ބޮޑުކުރާ ކަސްޓަމް ޑިއުޓީ އަގުތަށް އަތޮޅުތެރޭ ރައްރަށަށް ގެންނަ ވެހިކަލްތަކަށް ވެސް ތަންފީޒު އެބަކުރޭ.
    އެކަމަކު މާލެއަށް ކޯވިޑް ފެތުރޭ ވަރު މަދުކުރަން އަޅާ ފިޔަވަޅު އަތޮޅުތެރެއަށް ތަންފީޒެއް ނުކުރޭ.
    މާނައަކީ އަތޮޅުތެރޭ މީހުން ތަރައްޤީވާކަށް އަދި އަތޮޅު ތެރޭގައި ބަލި ފެތުރުން ހުއްޓުވާކަށް ސަރުކާރުން ބޭނުމެއް ނުވެޔޭ!
    މިސާރުކާރު ވާނުވަގަ ނޫންތޯ މިހާރު.
    ކޮވިޑް ފެތުރުމުގެ ޒިންމާ ސަރުކާރާއި މަޖިލީހުން ނަގަންޖެހޭނެ.

  2. ާއަހުމަދު

    ރަށްރަށުގަ ސުކޫލުތަކުގަ އުޅޭކުދިންބަލިވިއަސް މިނިސްޓަރައް މިއްސަލައަކައްނުވަނީކަންނޭގޭ
    އެއީހަމައެކަނިމާލޭސަރަހައްދުގަ މިނިސްޓަރައްތަ

  3. ާއަހުމަދު

    ރަށްރަށުގަ ކުދިން ބަިވިއަސް އޯކޭތަ
    މިނިސްޓަރަކީ އެކަނި މާލޭސަރަހައްދުގެ މިނިސްޓަރެއްތަ