މިނިވަން ނޫސްވެރިކަމަކީ ގައުމުގެ ދިރުން ކަމަށް ވިދާޅުވެ، ދުނިޔޭގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ރާއްޖޭގެ އެންމެހައި ނޫސްވެރިންނަށް، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ހެޔޮއެދުމާއި ތަހުނިޔާ އަރިސް ކުރައްވައިފިއެވެ.

ސިފައިންގެ "އައްޑަނަ" މަޖައްލާގައި މިނިސްޓަރު ވިދާޅުވީ ދިވެހި ގައުމާއި ރައްޔިތުންގެ ހައްގުގައި، ސިފައިން އަވަދިނެތި ކުރާ ބުރަ މަސައްކަތާބެހޭ އެންމެ ފަހުގެ މައުލޫމާތު ރައްޔިތުންނަށް ވީހާވެސް ތާޒާކަމާއެކު ފޯރުކޮށްދޭން އެމްއެންޑީއެފުން އާ ވެބްސައިޓެއް ލޯންޗުކޮށްފައިވާ ކަމަށެވެ.

މިއީ، ރައްޔިތުންގެ ފުރިހަމަ އިޙްތިރާމާއި އިތުބާރު ލިބިފައިވާ، ޒަމާނީ، ގާބިލް އަދި ޕްރޮފެޝަނަލް ބާރަކަށް އެމްއެންޑީއެފް ހެދުމަށް މިކުރާ މަސައްކަތަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. މިވެބްސައިޓު ރައްޔިތުން ވަރަށް ފުރިހަމައަށް ބަލައިގަނެފައިވާކަމީ ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވަނީ މި ފުރުސަތުގައި އެމްއެންޑީއެފްގެ މީޑިއާ އެންޑް ޕަބްލިޝިން ސާވިސް (އެމްޕީއެސް) ގެ ކުޑަ އެހެނެސް ވަރަށް ހީވާގި ޓީމުން ކޮންމެ ހަފްތާއަކު އައްޑަނަ މަޖައްލާ ނެރުމަސް ކުރާ ބުރަ މަސައްކަތް ފާހަގަކޮށް އެކަމަށްޓަކައި އެމްޕީއެސްގެ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވައިފައެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރި މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން މާރިޔާ ވިދާޅުވީ މަސައްކަތްތެރިންގެ ދުވަހަކީ، ދުނިޔޭގެ މުޖްތަމައުތައް ބިނާ ކުރުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވާ މުރާލި މަސައްކަތްތެރިންގެ އަގުވަޒަންކޮށް އެމީހުންގެ ހައްގުތައް ރައްކާތެރިކޮށް ކަށަވަރުކޮށްދޭން ބާރު އަޅާ ދުވަހެއް ކަމަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްތެރިންގެ ހައްގުތައް ދަނީ، އެކި ސިފަސިފައިގައި، ނިގުޅައިގަންނަމުން ކަމަށާއި ހިއުމަން ޓްރެފިކިންގ ނުވަތަ އިންސާނީ ވަގުފާރިއަކީ އެކަމަށް ހުޅުވިފައިވާ އެއް ދޮރެއް ކަމަށް ވިދާޅުވިއެވެ.

އިންސާނީ ވަގުފާރިއަކީ ރާއްޖޭގެ ގައުމީ ސަލާމަތަށް ހުރި ބޮޑު ގޮންޖެހުމެއް ކަމަށާއި އިންސާނީ ވަގުފާރިއާ ދެކޮޅަށް ރައީސް އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ސޯލިޙް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތައް ވިލަރެސްކުރުމުގެ ޒިންމާ ޙަވާލުކުރައްވާފައިވާ ވަޒީރުގެ ޙައިސިއްޔަތުން، އުންމީދަކީ، އެމްއެންޑީއެފްގެ ހަރުދަނާ ލީޑަރޝިޕުގެ އިރުޝާދުގެ ދަށުން، ދިވެހި ގައުމީ ދިފާއީ ބާރުގެ ސިފައިން، މިގޮންޖެހުމާ ކުރިމަތިލުމުގައި މިހާރެކޭ އެއްފަދައިން، ކަމާބެހޭ ފަރާތްތަކަށް ފުރިހަމަ އެއްބާރުލުން ދެމުން ގެންދިޔުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ސީނުކަރަ

  މިނިވަން ނޫސްވެރިކަން ކުރެވޭނީ މިނިވަން އިންސާނިޔައްތުކަމާއި އިންސާފް ލިބިފަތިބޭ ބަޔަކަށެވެ

 2. ދައިތަ

  ރޭގަ ފެނިގެންދިޔައީ ގައިދުރު ކަމާއި އެ ކު ވަޒީރު ވަޒީފާއިން ވަ ކިކކ ކުރެވުނުތަން ، އެވެސް ވަޒީރު ނިދާފަ އޮއްވާ ވީ ކަމެއް ހާރު ކަން ހޭލެވުނުއިރު ވަޒީފާ ވަނީ ގެއްލިފައި.

 3. ހުސޭނުބޭ

  ބުއްޅަބޭ ކައިރީގައި ބުނެގެން ތަޅާނެ ކުދިންކޮޅެއް ހޯދައި

 4. ބަކުރު

  ގައުމުގެ ދިރުމަށްވާތީތޯ ނޫސްވެރިންނަށް އަނިޔާކުރަނީ މިކަލޭގެ ފިލާއިނދެ ދަށްކާވާހަކަ ގަބޫލުކުރާނީ ނާގާބިލް ރައީސް.

 5. މާރިޔާ

  ފިނދަނަ ތަކަކީ ހޭލާ ތިބޭ ދޫނިތަކެއް. - މާރިޔާ

 6. Anonymous

  ތިހެން ކޮމިންޓެއްކޮށްލިޔަސް ރީދޫހުން ޖެހިފަތިބި ކުދިން ދެރައެއްނުވާނެ. ޢެއަށްވުރެ މާގަޓުވާނެ

  1
  1
  • ރީނދޫ

   ރީނދޫ ހުން ޖެހިއްޖިއްޔާ ތިޔަ ބުނާ ގަޓު ކަމެއް ނުހުރޭ. ބާރަށް ހަޅޭއްލަވައިގަންނައިރަށް އިސްތިއުފާ ދޭނެ. ރޭރުވާނެ. އެހެނެއް ނޫން. ފިސާރި ހަޔާތްކުޑަކަމަކާއި ގޮތެއްފޮތެއް ނެތް ކަމަކާއި ލަދުވެތިކަމެއް ނުހުންނާނެ.