ހއ. ހޯރަފުށީގައި ގެސްޓުހައުސް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފިއެވެ.

ހޯރަފުށީ ކައުންސިލް އިދާރާއިން ކުރި އިއުލާނެއްގައި ވަނީ އެ ރަށުގެ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ގެސްޓު ހައުސްތަކެެއް ގާއިމްކުރުމަށް ބިން ދޫކުރަން ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ލީޒް، ޑިވެލޮޕްމެންޓް އެންޑް އޮޕަރޭޝަން އުސޫލުން ހިންގުމަށް ހަ ގެސްޓްހައުސް ގާއިމްކުރުމަށް ހުޅުވާލުމަށްް ނިންމާފައިވާކަމަށް އެ އިއުލާނުގައިވެއެވެ.

މި މަޝްރޫއުގެ ދަށުން ގެސްޓްހައުސް ގާއިމްްކުރުމަށް ޝައުވެރިކަން ހުރި ފަރާތްތަކަށް މި މަހުގެ 18 ވަނަ ދުވަހު ބާއްވާ ޕްރީ ބިޑް ސެޝަންގައި ބައިވެރިވުމަށް ރަޖިސްޓަރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވަލާފައި ކަމަށް އެ އިއުލާނުގައިވެއެވެ.

މި ޕްރޮޖެކްޓުގެ ބިޑް ޑޮކިއުމެންޓުގެ އަގަކީ 500ރ. ކަމަށާއި، ބިޑް ހުށަހަޅަން ޖެހެނީ މި މަހުގެ 27 ވަނަ ދުވަހުގެ މެންދުރު 1:00 އަށް ހޯރަފުށީ ކައުންސިލް އިދާރާ އަށް ކަމަށް އެ އިއުލާނުގައި ވަނީ ވިދާޅުވެފައެވެ. ބިޑު ހުށަހަޅަން ޖެހޭނީ ކޮންމެ ބިމަކަށް ވެސް ވަކިން ކަމަށް ކައުންސިލް އިދާރާ އިން ވަނީ ހާމަކޮށްފައެވެ.

މިފަހަރު އެރަށުން ގެސްޓުހައުސް ގާއިމްކުރުމަށް ބިން ދޫކުރަންް ނިންމާފައި ވާއިރު މީގެ ކުރިން ވެސް ވަނީ ގެސްޓުހައުސް އެޅުމަށް އެރަށުން ހަތް ބިމެއް ދޫކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނާރު

    ދެން މަސްވެރިކަން ތިޔާނިމުނީ މަސް އެކްސްޕޯޓުކުރަން ހުއްޓާލާ އިންޕޯޓުކުރަންވީ ހުރި ހިތާމައެއްގެ ބޮޑުކަމާ ފަޅުރަށެއް އަޅެފަހެ ގެސްޓްހައުސް އަޅަންދޭވީނުން ރައްޔިތުންނަށް މާފުށި ފަފަ ރަށަކަށް އިހަވަންދޫ ހޯރަފުށި ނުލައްވާށި އާމީން

  2. މާނިއުމާނި

    މީހަކު ހޭބައްޔެއް ނުވާނެތަ 1000 އަކަފޫޓު ބިމެއްގަ ކޮން ގެސްޓް ހައުސް އެއް އެޅޭނީ އެވަރު ބިމެއްގަ ފާހާނާ ބަރިޔެއް އަޅާލެވިދާނެ