ވެންޓިލޭޓަރު ގަންނަން މިދިޔަ އަހަރު ދުބާއީ ކުންފުންޏާއިއެކު ވެފައިއޮތް އެއްބަސްވުން އުވާލަން ދިވެހި ސަރުކާރުން ނިންމައިފިއެވެ.

އެޓާނީޖެނެރަލްގެ އޮފީހުން ދެންމެ ނެރުނު ބަޔާނެއްގައި ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ހެލްތާއި ދުބާއީގެ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއާ ދެމެދު 2 އޭޕްރިލް 2020 ގައި ވެފައިވާ އެއްބަސްވުމުގައި، އެޑްވާންސް ޕޭމަންޓް ހަދާތާ 29 މަސައްކަތު ދުވަހުގެ ތެރޭގައި މުދާ ފޯރުކޮށްދޭންވާނެކަމުގައި ބަޔާންކޮށްފައިވީނަމަވެސް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެފަރާތުން މުދާ ފޯރުކޮށްދީފައި ނުވާކަމަށެވެ.

އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ސަޕްލަޔަރ މުދާ ފޯރުކޮށްނުދީފިނަމަ އެއްބަސްވުން ބާޠިލުކުރެވިދާނެކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާތީ، އެއްބަސްވުމުގައިވާ ގޮތަށް އެ ކުންފުނިން ހުރިހާ މުދާ ފޯރުކޮށްދީފައިނުވާތީ އެއްބަސްވުން ބާޠިލުކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހެލްތުން ވަނީ 2 މޭ 2021 ގައި އެ ކުންފުންޏަށް "ޓަރމިނޭޝަން ނޯޓިސް" ފޮނުވާފައި ކަމަށް ބަޔާނުގައި ވިދާޅުވިއެވެ.

އެއްބަސްވުން ބާޠިލުކުރާ ދުވަހާ ހަމަޔަށް މުދާ ފޯރުކޮށްދީފައިނުވާނަމަ، އެ މުދާ ފޯރުކޮށްދިނުމަށް އެހާތަނަށް ދައްކާފައިވާ ފައިސާ އަނބުރާ ރައްދުކޮށްދޭންވާނެކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަމަށާއި މިގޮތުން، އެ ކުންފުނިން ފޯރުކޮށްދީފައިނުވާ މުދަލަށް އެޑްވާންސްކޮށް ދައްކާފައިވާ ފައިސާއާއި އެއްބަސްވުމާ އެއްގޮތަށް މުދާ ފޯރުކޮށްނުދިނުމުގެ ސަބަބުން ލިބިފައިވާ ސީދާ ގެއްލުމުގެ ބަދަލު އެ ކުންފުނިން ސަރުކާރަށް ނުދައްކައިފިނަމަ އެ ފައިސާ ހޯދުމުގެ މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމަށް ސަރުކާރުން ވަނީ ނިންމާފައި ކަމަށް ވެސް އެޓާނީ ޖެނެރަލްގެ އޮފީހުން ވިދާޅުވިއެވެ.

އެޓާނީ ޖެނެރަލް އޮފީހުން ވިދާޅުވީ އެއްބަސްވުމުގައިވާ ގޮތުން، އެއްބަސްވުމުގެ ދަށުން އުފެދޭ މައްސަލަތައް ހައްލުކުރާނީ އާބިޓްރޭޝަން މެދުވެރިކޮށް ކަމަށެވެ. އާބިޓްރޭޝަން ހިންގާ ތަނަކީ ދިވެހިރާއްޖެ ކަމަށާއި ޢަމަލުކުރެވޭނީ ދިވެހިރާއްޖޭގެ ޤާނޫނަށް ކަމަށް ވެސް ބަޔާނުގައި ވިދާޅުވެފައި ވެއެވެ. އެހެންކަމުން މިމައްސަލައިގެ އާބިޓްރޭޝަން ހިންގާނީ މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގައެވެ. އެއްބަސްވުމުގައިވާ ގޮތުން، މައްސަލަ ބަލާނީ އެއް އާބިޓްރޭޓަރެވެ. މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގައި މައްސަލަ ބެލުމަށް ރަޖިސްޓްރީވެފައިވަނި ރާއްޖޭގެ ބޭރުގެ ތަޖުރިބާކާރު އާބިޓްރޭޓަރުންނެވެ.

އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއަކީ، ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ރަޖިސްޓްރީވެފައިވާ ކުންފުންޏެއްކަމަށްވާތީ، ދިވެހިރާއްޖެއާއި ބޭރު ޤައުމެއްގެ ކުންފުންޏަކާ ދެމެދު ހިންގޭ އާބިޓްރޭޝަންގެ މައްސަލައަކީ "އިންޓަރނޭޝަނަލް އާބިޓްރޭޝަން" ގެ މައްސަލައެއްކަން ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ދިވެހިރާއްޖެއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްއަކީ "ކޮންވެންޝަން އޮން ދަ ރިކޮގްނިޝަން އެންޑް އެންފޯސްމަންޓް އޮފް ފޮރިން އާބިޓްރަލް އެވޯޑްސް" (ނިއުޔޯކް ކޮންވެންޝަން) ގެ ބައިވެރިންކަމާއި އެ މުޢާހަދާގައި 168 ޤައުމަކުން ބައިވެރިވެފައިވާއިރު އެއިން ކޮންމެ ޤައުމެއްގައި ނަމަވެސް ހިންގާ އާބިޓްރޭޝަނަކުން ނިންމާ ނިންމުމެއް އެ މުޢާހަދާގެ އެހެން މެންބަރު ޤައުމެއްގައި ތަންފީޛުކުރެވޭކަން ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

ވެންޓިލޭޓަރުތައް ގަންނަން އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއަށް ފައިސާ ދިން މައްސަލައިގައި ބައެއް ފަރާތްތަކަށް ދައުވާ ކުރަން އޭސީސީ އިން ދެފަހަރެއްގެ މަތިން ޕީޖީ އަށް މައްސަލަ ފޮނުވާފައިވެއެވެ. ނަމަވެސް އަދި މިހާތަނަށް އެމައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ދައުވާ އުފުލާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހުސޭނުބޭ

    މާ އަވަހެއްނު! ކާނެ ވަރަކަށް ކައި ބަނޑުބޮޑުވީމާތަ ތިއެއް ތި އުވާލީ

    16
  2. އުމަރު

    ކޮންމެ ގަނޑެއް ގަތަސް އެއްވެސް މީހަކު ނެގި ފައިސާ އަނބުރާ ސަރުކާރަށް ވަންނަގޮތެއް ނުވޭ.. ޔާމީނު އަތުން ވެސް އެންމެ ލޯ ލާރި އެއްވެސް އަދި ނުލިބޭ ،، އަދީބު އެހެރަ އުޅެނީ ހަމަ އެ ފެންވަރުގަ.. ދެރަކަމެއްނުން.. ތަނަކުން މީހަކު ވަކިކުރުމުން ނުފުދޭ .. އަދިވެސް ހަމަ ގެއްލުންވިކަން ޔަގީންނުވާ ކުންފުނިތަކަށް މިލިޔަނުން ބިލިޔަނުން ފައިސާ ބަހަނީ.. ކާކު ޒިންމާ ވަނީ .. ރައްޔިތުން ދަނީ ފަގީރުވަމުން ސަލާންޖަހަމުން.

    12
    4
    • ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

      ރައީސް ޔާމީން އާއި އަޅައިގަނެގެން ނެއްޓެންނޭގިގެން ތެޅޭ އެއްޗެތިތަކެއް... ސޯލިހު ކުރިހާ ވަައްކަމޯ..މި ސަރުކާރުން ކާލި ވެންޓިލޭޓަރުތަކާ އެއްޗެހި ކޮބާ

      2
      1
  3. މައިކް

    ބަލަގ އުވާލުމަކުން އެލާރި އަބުރާ ރާއްޖެއައް ލިބޭނެބާ. ރައިތުން މިތީބީ ބަޑައް އެކަމަކުވެރިންގެ ވަކަން ނުހުއްޓޭ ވެރިން ބަޑުނުފުޜޭ. ޜއިތުން ގެ ފައިސާހޯދަން ރައިތުން އުޅެންޖެހެނީ

    16
  4. ބުރެކި

    ވަރަށް ރަނގަޅު ވަށްކަންކުރި މީހުންނަށް އުފާވެރިހަބަރެއް އަނެއްކޮޅުން ސަރުކާރުގެ ހިޔާނާތުގެ ބައިވެރިންނަށް ފިޔަވަޅު ނޭޅުމަށް ޕީޖީން ކެނޑިނޭޅި މަސައްކަތްކުރުމުމުގެ ނަތީޖާ މި ފެންނަންފެށީ ސޯލިހުގެ ނާގާބިލް ސިޔާސަތުގެ ސަބަބުން ގައުމު ހަލާކުގެ ތެރެއަށް ވެއްޓި ގަރަގު ވެއްޖެ..

    15
    1
  5. ބެއްޔާ

    ދުބާއީ ކުންފުނިން ބަދަލު ހޯދަން ހުށަހެޅިވާހަކަވެސް ޖަހާލާ.

    14
  6. އުސްމާނުބެ

    އެހެންމީމަ މިދިޔަހާ ދުވަަސްތަކުގައި މުސާރަ ދީފަ ގޭގަ ޗުއްޓީގަ ދެއްތޯ

    12
  7. ކެމެރޫން

    ސިކުޑީގެ އެއްވެސް ތެއްކަމެއްނެތް ނާގާބިލު ރައީސަކު ހުރީމާ ވާނެ ހަތަރެތި މިވަނީ ގައުމުފަނާވަނީ މީހުން ހަނާވަނީ އިބޫ ހަމަރޮނީ ވަގުވެރިކަން މިގޮތަށްގޮސް ނިމޭނީ